Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުރެސްޓޯރެންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް

ރެސްޓޯރެންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ މަސައްކަތްތައް އަލުން ފަށަނީ

27 ޖުލައި 2020 | ހޯމަ 13:32

ރެމް އުފެދިފައިވަނީ 2009 ވަނަ އަހަރުގައި

އަތޫފް އާތިފް
އަތޫފް އާތިފް | 27 ޖުލައި 2020 | ހޯމަ 13:32
ރެމްއިން ފުޑްބޭންކްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

ރެމްއިން ފުޑްބޭންކްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

ރެސްޓޯރެންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ރެމް) ގެ މަސައްކަތްތައް އަލުން ފަށާ އަހަރީ އާންމު ޖަލްސާ ބޭއްވުމަށް ތައްޔާރުވަމުން އަންނަ ކަމަށް އެ އެސޯސިއޭޝަނުން ބުނެފިއެވެ.

ރެމްއިން ފުޑްބޭންކްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އެސޯސިއޭޝަނުގެ ފައުންޑިންގ މެމްބަރު ނުޒައިރު އަލީ ވިދާޅުވީ މި ޖައްމިއްޔާ އަކީ ވަރަށް ކުރީގެ ޖަމިއްޔާއެއް ކަމަށާއި، އެގޮތުން ޖަމިއްޔާ އުފެއްދުމަށް ފަހު ތިން ވަރަކަށް އަހަރު ވަންދެން ޖަމިއްޔާގެ މަސައްކަތް ވަރަށް ރަނގަޅަށް ކުރިޔަށް ދިޔަކަމަށެވެ.

ނަމަވެސް، ދިމާވި އެކިކަހަލަ މައްސަލަތަކާ ގުޅިގެން ޖަމިއްޔާގެ މަސައްކަތްތައް މަޑުޖެހިލުމަށް ފަހު އަލުން މަސައްކަތްތައް ފެށުމަށް ނިންމީ ކޮވިޑް-19 އާ އެކު ރެސްޓޯރެންޓް އިންޑަސްޓްރީއަށް އައި ގޮންޖެހުމާއި ގުޅިގެން ކަމަށް ވެސް ނުޒައިރު ވިދާޅުވިއެވެ. އަދި މި ހަރަކާތް އަލުން ފަށާއިރު އެންމެ ބޮޑަށް ބަލާނީ މި ހަރަކާތުގައި ޒުވާނުން ބައިވެރި ކުރުމަށް ކަމަށާއި، ސަބަބަކީ މިވަގުތު މި ދާއިރާގައި ގިނަ އަދަދެއްގެ ޒުވާނުން ހަރަކާތްތެރި ވާތީ ކަމަށް ވެސް ނުޒައިރު ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ރެމްގެ މެމްބަރެއް ކަމުގައިވާ ހުސެއިން އިސްމާއީލް ވިދާޅުވީ މި އެސޯސިއޭޝަނަކީ މިދާއިރާގެ އެންމެން އެކުވެގެން ހިންގަން ޖެހޭ އެސޯސިއޭޝަނެއް ކަމަށާއި މި އެސޯސިއޭޝަނަށް ވަރަށް ބައިވަރު ކަންކަން ކުރެވެން އެބަހުރި ކަމަށެވެ. އެގޮތުން ދިވެހިންނަށް ހުރި ފުރުސަތުތައް ކިޔައިދީ ދިވެހިން މިކަމަށް ތަމްރީނުކުރުމާއި ރެސްޓޯރެންޓް ހިންގަމުންދާ ފަރާތްތަކަށް ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމަށް އެސޯސިއޭޝަނުގެ ފަރާތުން އެހީވެދެވޭނެ ކަމަށް ވެސް ހުސެއިން އިސްމާއީލް ވިދާޅުވިއެވެ.

ރެމްގެ ޖެނެރަލް ސެކެޓްރީ މަރިޔަމް ސުހާނާ ވިދާޅުވީ މި އެސޯސިއޭޝަނަކީ ވަކި ބަޔަކުގެ އެސޯސިއޭޝަނެއް ނޫން ކަމަށާއި މިދާއިރާގައި ހަރަކާތްތެރިވާ ރަޖިސްޓާރޑް ކޮންމެ ބަޔަކަށްވެސް މި އެސޯސިއޭޝަނުގައި ބައިވެރިވެވޭނެ ކަމަށެވެ.

2009 ވަނަ އަހަރު ވުޖޫދަށް އައި ރެމްގެ މަސައްކަތްތައް ހީނަރުވެފައި އޮތް އޮތުން ބަދަލުކޮށް އަލުން އެސޯސިއޭޝަނުގެ މަސައްކަތްތައް ފެށުމުގެ ގޮތުން ރެމްގެ އަހަރީ އާންމު ޖަލްސާ ބާއްވުމައް އެ އެސޯސިއޭޝަނުން މަސައްކަތް ކުރަމުން އަންނައިރު ރެމްގެ މަސައްކަތްތައް ފެށުމުގެ ގޮތުން އައު ހިންގާ ކޮމެޓީ އިންތިހާބު ކުރުމަށް އަންނަ އޯގަސްޓް މަހުގެ ހަވަނަ ދުވަހު އިންތިހާބު ބާއްވާނެ ކަމަށް އެ އެސޯސިއޭޝަނުން ބުނެއެވެ.

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

28 އޮކްޓޯބަރު 2017

"ތަކާފުލް އެންޓިޓީ އޮފް ދި އިޔަރ – ގޯލްޑް އެވޯޑް" އަމާނާ ތަކާފުލް އަށް ލިބިއްޖެ

28 އޮކްޓޯބަރު 2017
"ތަކާފުލް އެންޓިޓީ އޮފް ދި އިޔަރ – ގޯލްޑް އެވޯޑް" އަމާނާ ތަކާފުލް އަށް ލިބިއްޖެ
14 ސެޕްޓެމްބަރު 2017

ނޯރ ދަ މާސްޓާ އޮފް ސީޒަނިން މުބާރާތް ދުބާއީގައި ބާއްވަން ނިންމައިފި

14 ސެޕްޓެމްބަރު 2017
ނޯރ ދަ މާސްޓާ އޮފް ސީޒަނިން މުބާރާތް ދުބާއީގައި ބާއްވަން ނިންމައިފި
20 އޯގަސްޓު 2017

ކަލިނަރީ ޗެލެންޖުގެ އެންމެ ގިނަ އެވޯޑް ބަރޮސް މޯލްޑިވްސްގެ ޝެފުންނަށް!

20 އޯގަސްޓު 2017
ކަލިނަރީ ޗެލެންޖުގެ އެންމެ ގިނަ އެވޯޑް ބަރޮސް މޯލްޑިވްސްގެ ޝެފުންނަށް!
08 ޖުލައި 2017

ބޭންކް އޮފް ސިލޯނުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ހައުސިންގް ލޯނެއް ތައާރަފުކޮށްފި

08 ޖުލައި 2017
ބޭންކް އޮފް ސިލޯނުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ހައުސިންގް ލޯނެއް ތައާރަފުކޮށްފި
24 ޖޫން 2017

އައިޕީއޯގެ ކާމިޔާބީން ދައްކައިދެނީ އުރީދޫ މޯލްޑިވްސްގެ ކުރިއެރުމާ މެދު އިންވެސްޓަރުންނަށް އިތުބާރު އޮތުން: ސީއީއޯ

24 ޖޫން 2017
އައިޕީއޯގެ ކާމިޔާބީން ދައްކައިދެނީ އުރީދޫ މޯލްޑިވްސްގެ ކުރިއެރުމާ މެދު އިންވެސްޓަރުންނަށް އިތުބާރު އޮތުން: ސީއީއޯ
13 ޖޫން 2017

މެގަ މޯލްޑިވްސްގެ ފްލައިޓްތައް އަލުން ފަށަން ތައްޔާރުވަނީ

13 ޖޫން 2017
މެގަ މޯލްޑިވްސްގެ ފްލައިޓްތައް އަލުން ފަށަން ތައްޔާރުވަނީ
13 ޖޫން 2017

ރެސްޓޯރެންޓް ކެފޭ އިންޝުއަރެންސަށް ހާއްސަ ސްކީމެއް ދިވެހި އިންޝުއަރެންސްއިން ތަޢާރަފުކޮށްފި

13 ޖޫން 2017
ރެސްޓޯރެންޓް ކެފޭ އިންޝުއަރެންސަށް ހާއްސަ ސްކީމެއް ދިވެހި އިންޝުއަރެންސްއިން ތަޢާރަފުކޮށްފި
22 މެއި 2017

"ބާސެލޯސް" އަށް ބޮޑު ތަރުހީބެއް ލިބޭ، ވަރަށް ބާރުބޮޑުކޮށް ދަނީ: ބާސެލޯސް ރެސްޓޯރެންޓް

22 މެއި 2017
"ބާސެލޯސް" އަށް ބޮޑު ތަރުހީބެއް ލިބޭ، ވަރަށް ބާރުބޮޑުކޮށް ދަނީ: ބާސެލޯސް ރެސްޓޯރެންޓް
09 މެއި 2017

ޓްރެވަލް ޓްރޭޑް މޯލްޑިވްސްގެ ޕްލެޓީނަމް ޕާޓްނަރ ގެ ގޮތުގައި ބީއެމްއެލް ހަމަޖައްސައިފި

09 މެއި 2017
ޓްރެވަލް ޓްރޭޑް މޯލްޑިވްސްގެ ޕްލެޓީނަމް ޕާޓްނަރ ގެ ގޮތުގައި ބީއެމްއެލް ހަމަޖައްސައިފި
04 އެޕްރީލު 2017

އުރީދޫ މޯލްޑިވްސްގެ ސީއީއޯ އަކަށް ނަޖީބް ޚާން އައްޔަނުކޮށްފި

04 އެޕްރީލު 2017
އުރީދޫ މޯލްޑިވްސްގެ ސީއީއޯ އަކަށް ނަޖީބް ޚާން އައްޔަނުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް