Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުގެސްޓްހައުސްތަކުގެ ބިލްތައް

ގެސްޓްހައުސްތަކުގެ ފެންބިލާއި ކަރަންޓް ބިލް ދެއްކުން ނޮވެމްބަރަށް ފަސްކޮށްދީފި

މިދިއަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން މި މަހުގެ ނިޔަލަށް ހުރި ބިލްތައް، އަންނަ ނޮވެމްބަރު މަހުން ފެށިގެން 6 މަސް ދުވަހަށް ބަހާލައިގެން ދައްކާގޮތަށް

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 25 ޖުލައި 2020 | ހޮނިހިރު 10:46
ގެސްޓްހައުސް ސިމްޕޯޒިއަމް 2018ގެ ތެރެއިން: ގެސްޓްހައުސްތަކުގެ ކަރަންޓް ބިލާއި ފެން ބިލް ދެއްކުމަށް ލުއިތަކެއް މިވަނީ ދީފައި

ގެސްޓްހައުސް ސިމްޕޯޒިއަމް 2018ގެ ތެރެއިން: ގެސްޓްހައުސްތަކުގެ ކަރަންޓް ބިލާއި ފެން ބިލް ދެއްކުމަށް ލުއިތަކެއް މިވަނީ ދީފައި

ގެސްޓްހައުސްތަކުގެ ފެންބިލާއި ކަރަންޓް ބިލް ދެއްކުން ނޮވެމްބަރަށް ފަސްކޮށްދީފިއެވެ.

ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ގޭމް) އިން ނެރެފައިވާ ސަރކިއުލަރއެއްގައި ބުނެފައިވަނީ، ކޮވިޑް-19 ޕެންޑަމިކާ ގުޅިގެން ވަރަށް ގިނަ ދުވަހު ގެސްޓްހައުސް އިންޑަސްޓަރީ ބަންދުވެފައި އޮތުމުގެ ސަބަބުން ދިމާވި، މާލީ ދަތިތަކާހުރެ ގެސްޓްހައުސްތައް ހުޅުވުމަށް ގިނަގުނަ ގޮންޖެހުންތައް ކުރިމަތި ވެފައިވާ ކަމަށެވެ.

ވަކިން ހާއްސަކޮށް، ކަރަންޓް ބިލާއި ފެން ބިލްތަކުގެ ނުދައްކާހުރި އަދަދު ބޮޑުވެފައި، އެކަމަށް އެކަށީގެންވާ ލުއިތަކެއް ލިބިފައި ނުވާތީ އެކަމަށް ލުއިތަކެއް ހޯދައި ދިނުމަށް ބައެއް ގެސްޓްހައުސްތަކުން އެސޯސިއޭޝަންގައި އެދިފައިވާތީ، ޓޫރިޒަމް މިނިސްޓްރީގައި އެދުމުން، އެކަމަށް އެކަށީގެންވާ އިޖާބައެއް ލިބިފައިވާ ކަމަށް ވެސް ގެސްޓްހައުސް އެސޯސިއޭޝަނުން ބުނެފައި ވެއެވެ.

އެގޮތުން މި މަހުގެ 23 ވަނަ ދުވަހު ކަމާބެހޭ ފަރާތްތަކާއެކު ބޭއްވި ބައްދަލުވުމުގައި އެކަށީގެންވާ ލުއިތަކެއް ހޯދިފައިވާ ކަމަށް އެ އެސޯސިއޭޝަނުން ވަނީ ބުނެފައެވެ. އެ ލުއިތަކުގެ ތެރެއިން، ފެންބިލާއި ކަރަންޓް ބިލްތަކުގެ ތެރެއިން، 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން މިއަހަރުގެ ޖުލައި މަހާ ހަމައަށް ނުދައްކާހުރި ބިލްތަކަށް ދައްކަންޖެހޭ ފައިސާ މި އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން ހަ މަސް ދުވަހަށް ބަހާލަ ދިނުމަށް އެ ބައްދަލުވުމުގައި ބައިވެރިވި ސްޓެލްކޯ އާއި ފެނަކަ އަދި އެމްޑަބްލިޔުއެސްސީއިން ވަނީ އެއްބަސްވެފައެވެ.

ކޮވިޑް-19އާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައިވަނީ، މިދިއަ މާރިޗު މަހުގެ 27 ވަނަ ދުވަހުއެވެ. އަލުން ބޯޑަރު ހުޅުވާފައިވަނީ މި ޖުލައި މަހުގެ 15 ވަނަ ދުވަހުއެވެ. ސަރުކާރުން ވަނީ އަންނަ އޯގަސްޓު މަހުގެ 1ން ފެށިގެން ގެސްޓްހައުސްތަކަށް ފަތުރުވެރިން އައުމަށް ހުއްދަ ދިނުމަށް ނިންމާފައެވެ.

އިތުރަށް ކިޔާލަން

15 މާރިޗު 2020

މިމަހު ބިލް ނުދެއްކުނަސް ޚިދުމަތް ކަނޑައެއްނުލާނެ: އުރީދޫ

15 މާރިޗު 2020
މިމަހު ބިލް ނުދެއްކުނަސް ޚިދުމަތް ކަނޑައެއްނުލާނެ: އުރީދޫ
21 ފެބުރުއަރީ 2020

ދައުލަތުގެ ރިކަރަންޓް ހަރަދު 1.6 ބިލިއަނަށް!

21 ފެބުރުއަރީ 2020
ދައުލަތުގެ ރިކަރަންޓް ހަރަދު 1.6 ބިލިއަނަށް!
30 ސެޕްޓެމްބަރު 2019

އިންކަމް ޓެކްސް ބިލް މި ހަފްތާގައި އޭޖީ އޮފީހަށް ހުށަހަޅަނީ

30 ސެޕްޓެމްބަރު 2019
އިންކަމް ޓެކްސް ބިލް މި ހަފްތާގައި އޭޖީ އޮފީހަށް ހުށަހަޅަނީ
22 އޯގަސްޓު 2019

ކޮންސްްޓްރަކްޝަންގެ ދާއިރާއަށް ޚާއްސަކޮށް، "ބިލްޑެކްސް މޯލްޑިވްސް 2019" ފަށައިފި

22 އޯގަސްޓު 2019
ކޮންސްްޓްރަކްޝަންގެ ދާއިރާއަށް ޚާއްސަކޮށް، "ބިލްޑެކްސް މޯލްޑިވްސް 2019" ފަށައިފި
24 އޮކްޓޯބަރު 2018

އެއްތަނަކުން ބިލްތައް ދެއްކޭނެ ހިދުމަތް ޕޭޔާރ މެދުވެރިކޮށް!

24 އޮކްޓޯބަރު 2018
އެއްތަނަކުން ބިލްތައް ދެއްކޭނެ ހިދުމަތް ޕޭޔާރ މެދުވެރިކޮށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު