Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުއުރީދޫ

މޫލީ މެދުވެރިކޮށް ވިޔަފާރިކުރާ ފަރާތްތަކަށް އަގުހުރި އެތައް އިނާމެއް ލިބޭ ޑިޖިޓަލް ކާނިވަލެއް

24 ޖުލައި 2020 | ހުކުރު 11:50

ނަސީބުވެރި ފަރާތްތަކަށް އަގު ހުރި އެތައް އިނާމެއް ގިވްއަވޭސް ލިބިގެންދާނެ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 24 ޖުލައި 2020 | ހުކުރު 11:50
ކާނިވާ ކުރިއަށްދާނީ 3 އޯގަސްޓް ގެ ނިޔަލަށް

ކާނިވާ ކުރިއަށްދާނީ 3 އޯގަސްޓް ގެ ނިޔަލަށް

ދިވެހިރާއްޖޭގެ މިނިވަން ދުވަހާއި އަޟްޙާ ޢީދުގެ މުނާސަބަތުގައި ޑިޖިޓަލް ކާނިވަލެއް 24 ޖުލައި 2020 (މިއަދުން ފެށިގެން) އިން 3 އޯގަސްޓް 2020 އަށް މޫލީ ޕްލެޓްފޯރމްގައި ކުރިއަށްދާނެ ކަމަށް އުރީދޫ އިން ބުނެފިއެވެ.

ފުޅާވަމުން އަންނަ އީ ކޮމަރސް ޕްލެޓްފޯމް، މޫލީ އިން މި ތަޢާރަފު ކުރާ ޑިޖިޓަލް ކާނިވަލުން ވިޔަފާރިކުރާ ނަސީބުވެރި ފަރާތްތަކަށް އަގު ހުރި އެތައް އިނާމެއް ގިވްއަވޭސްގެ ގޮތުގައި ލިބިގެންދާނެއެވެ.

މޫލީ ކާނިވަލް އަށް ޚާއްޞަ ސެކްޝަން އެއް އީ ކޮމާރސް ޕްލެޓްފޯމް ގައި ހުޅުވި، އުރީދޫ ކަސްޓަމަރުންނަށް އީދު ހަދިޔާ ގަނެ، މާލެ، ހުޅުމާލެ އަދި އަތޮޅު ތެރޭގެ ބައެއް ހިސާބުތަކަށް ޑެލިވަރީ ކޮށްދެވޭނެ ކަމަށާއި ސްމާޓް ފޯން، އާއި ގޭތެރޭގައި ހިފާގެންގުޅޭ ސާމާނު، ކޮސްމެޓިކްސް އަދި ތުއްތު ކުދިންނަށް ޚާއްޞަ ވާހަކަ ފޮތުގެ އިތުރުން އެކި އުމުރުފުރާގެ މީހުންނާ ގުޅޭ ތަފާތު ތަކެތި މޫލީ ގެ މޫލީ ކާނިވަލްއިން ލިބޭނެ ކަމަށް އުރީދޫ އިން ބުންޏެވެ.

ޢީދު ހަދިޔާ ފޮނުއްވުމަށް:

މޫލީ ކާނިވަލް އިން ވިޔަފާރި ކުރައްވާ ހުރިހާ ކަސްޓަމަރުން ލަކީޑްރޯއެއްގައި ހިމެނި، ގިވްއަވޭތަކުގެ ނަސީބުވެރިއަކަށް ވުމުގެ ފުރުޞަތު ލިބިގެން ދާނެއެވެ.

ގިވްއަވޭ ޕެކްތައް މޫލީ ގައި މިހާރު ލިސްޓްކުރެވިފައިވާ 18 ބްރޭންޑްއަކުން ވަނީ ހުށައަޅާފައިވާ ކަމަށާއި އޭގެ ތެރޭގައި ތަކެތި، އައި.ޓީ ވޯރލްޑް، ބްރޭންޑްލޫމް، ސީޕްރިޔާ، ޑިންޑިންކޮއެލި، ޑްރީމާރސް މޯލްޑިވްސް، ކޮންފުޑް، ކަނޑުފަޅު، ލެކިއުޓް، ލި ޕާރފިއުމް، ލިންކްސާރވް، ޕެންހޮމް، ރީމެކްސް، ސޭވިއަރސް، ދަ ސްޕޭސް، ވީސްޓޯރ، ހައި ފައިވް އަދި ފުލޯކު ޓޭލްސް ހިމެނޭ ކަމަށް އުރީދޫ އިން ވަނީ ހާމަކޮށްފައެވެ. މީގެ ތެރެއިން ކޮންމެ ބްރޭންޑަކުން ވެސް ނަސީބުވެރި ފަރާތެއް، އެ ބްރޭންޑަކުން ވިޔަފާރި ކުރާ ފަރާތްތަކުގެ މެދުގައި ނެގޭ ގުރުއަތަކުން ހޮވިގެންދާނެއެވެ. މި ކާނިވަލް އަށް ކޮންމެ ނެޓްވާރކް އަކުންވެސް ވަދެ ވިޔަފާރިކޮށް، އީދު ހަދިޔާތަކާއިއެކު ޢީދު އުފަލާއި މަޖާ، އާއިލާ އާއި އެކުވެރިންނާއި އެކު ހިއްޞާ ކޮށްލެވޭނެއެވެ.

މޫލީގެ ޕާރޓްނަރުންނާއި އެކު މޫލީ ޓީމުން މަސައްކަތްކުރަމުންދަނީ ޑެލިވަރީ ޓީމް އަދި ކަސްޓަމަރުންގެ ރައްކާތެރިކަމަށް އެންމެ އިސްކަމެއްދީގެން، އެޗް.ޕީ.އޭ ގެ އިރުޝާދުތަކާއި އެއްގޮތަށް ކަމަށް އުރީދޫ އިން ބުންޏެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

4

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

5

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

އިތުރަށް ކިޔާލަން

27 ޑިސެމްބަރު 2017

ފާނަ އާއި ހުއިފިލަނޑާ ނެގުން: ގިނަ ފަރުތަކަކާއި ގިރިތަކެއް ވަނީ އެކި ފަރާތްތަކަށް ދީފައި!

27 ޑިސެމްބަރު 2017
ފާނަ އާއި ހުއިފިލަނޑާ ނެގުން: ގިނަ ފަރުތަކަކާއި ގިރިތަކެއް ވަނީ އެކި ފަރާތްތަކަށް ދީފައި!
25 ނޮވެމްބަރު 2017

ރެއިންބޯ އިޔަރ އެންޑް ސޭލް އަގުހުރި އިނާމު ތަކާއިއެކު ފަށައިފި

25 ނޮވެމްބަރު 2017
ރެއިންބޯ އިޔަރ އެންޑް ސޭލް އަގުހުރި އިނާމު ތަކާއިއެކު ފަށައިފި
24 ނޮވެމްބަރު 2017

މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ ގާލާ އެޑިޝަން އަށް ހޮވުނު ފަރާތްތަކަށް އެވޯޑްތައް ދީފި

24 ނޮވެމްބަރު 2017
މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ ގާލާ އެޑިޝަން އަށް ހޮވުނު ފަރާތްތަކަށް އެވޯޑްތައް ދީފި
01 ނޮވެމްބަރު 2017

ބީއެމްއެލްގެ އޭޓީއެމް މެދުވެރިކޮށް ޑިޖިޓަލް ރިސިޕްޓް ލިބޭ ގޮތަށް ހަދަނީ!

01 ނޮވެމްބަރު 2017
ބީއެމްއެލްގެ އޭޓީއެމް މެދުވެރިކޮށް ޑިޖިޓަލް ރިސިޕްޓް ލިބޭ ގޮތަށް ހަދަނީ!
30 އޮކްޓޯބަރު 2017

މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ ގެސްޓް ހައުސް އެޑިޝަން އަށް ހޮވުނު ފަރާތްތަކަށް އެވޯޑް ހަވާލުކޮށްފި

30 އޮކްޓޯބަރު 2017
މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ ގެސްޓް ހައުސް އެޑިޝަން އަށް ހޮވުނު ފަރާތްތަކަށް އެވޯޑް ހަވާލުކޮށްފި
08 އޮކްޓޯބަރު 2017

މޯބައިލް މެދުވެރިކޮށް ފައިސާގެ މުއާމަލާތްތައް ކުރުމަށް ދިރާގު ޕޭ ތައާރަފްކޮށްފި

08 އޮކްޓޯބަރު 2017
މޯބައިލް މެދުވެރިކޮށް ފައިސާގެ މުއާމަލާތްތައް ކުރުމަށް ދިރާގު ޕޭ ތައާރަފްކޮށްފި
06 އޯގަސްޓު 2017

ސްޓޮކް އެކްސްޗޭންޖްގެ އޮންލައިން ޕޯޓެލް މެދުވެރިކޮށް އެޗްޑީއެފްސީގެ ސުކޫކު ގަތުމުގެ ފުރުސަތު ހުޅުވާލައިފި

06 އޯގަސްޓު 2017
ސްޓޮކް އެކްސްޗޭންޖްގެ އޮންލައިން ޕޯޓެލް މެދުވެރިކޮށް އެޗްޑީއެފްސީގެ ސުކޫކު ގަތުމުގެ ފުރުސަތު ހުޅުވާލައިފި
02 އޯގަސްޓު 2017

މުވާސަލާތީ ޓެކްނޮލޮޖީ މެދުވެރިކޮށް އާ ތަސައްވުރެއް ގެނެސްދޭނަން: އުރީދޫ ސީއީއޯ

02 އޯގަސްޓު 2017
މުވާސަލާތީ ޓެކްނޮލޮޖީ މެދުވެރިކޮށް އާ ތަސައްވުރެއް ގެނެސްދޭނަން: އުރީދޫ ސީއީއޯ
20 ޖުލައި 2017

ޕޮއިސްއިން ކުޅިވަރު ކުޅޭ ފަރާތްތަކަށް ޚާއްސަ "ހޮޓްއައިސް ސްޕޯޓްސް" ތައާރަފްކޮށްފި

20 ޖުލައި 2017
 ޕޮއިސްއިން ކުޅިވަރު ކުޅޭ ފަރާތްތަކަށް ޚާއްސަ "ހޮޓްއައިސް ސްޕޯޓްސް" ތައާރަފްކޮށްފި
06 ފެބުރުއަރީ 2017

ޓެކްސީ ދަތުރަށް އެމްފައިސާ މެދުވެރިކޮށް ފައިސާ ދެއްކޭނެ ގޮތް ތަޢާރަފްކޮށްފި

06 ފެބުރުއަރީ 2017
ޓެކްސީ ދަތުރަށް އެމްފައިސާ މެދުވެރިކޮށް ފައިސާ ދެއްކޭނެ ގޮތް ތަޢާރަފްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް