Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިޓާލިއަން ލީގު

އުދިނޭޒީ އަތުން ބަލިވެ ޔުވެންޓަސްއަށް އިތުރު އިންތިޒާރެއް

24 ޖުލައި 2020 | ހުކުރު 02:10

އުދިނޭޒީ އަތުން ޔުވެންޓަސް ބަލިވީ 2-1 ގެ ނަތީޖާއަކުން

އަތޫފް އާތިފް
އަތޫފް އާތިފް | 24 ޖުލައި 2020 | ހުކުރު 02:10
އުދިނޭޒީ އާއި ޔުވެންޓަސް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން އުދިނޭޒީ މޮޅުވީ 2-1 ން

އުދިނޭޒީ އާއި ޔުވެންޓަސް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން އުދިނޭޒީ މޮޅުވީ 2-1 ން

އުދިނޭޒީ އަތުން މޮޅުވެގެން ޖެހިޖެހިގެން ނުވަވަނަ ފަހަރަށް އިޓާލިއަން ލީގު ކާމިޔާބުކުރަން ލިބުނު ފުރުސަތު ޔުވެންޓަސްއިން ނަގާލައިފިއެވެ.

ބުރާސްފަތި ދުވަހުގެރޭ ކުޅުނު މެޗުން ޔުވެންޓަސް ބަލިވީ 2-1 ގެ ނަތީޖާއަކުންނެވެ. މި މެޗުން މޮޅުވެގެން ޔުވެންޓަސްއަށް ލީގު ޗެމްޕިއަންކަން ކަށަވަރުކުރެވެން އޮތެވެ. މިހާރު އޮތްގޮތުންވެސް ލީގުގައި ބާކީ އޮތް ތިން މެޗުން ޗެމްޕިއަންކަން ހޯދަން ޔުވެންޓަސްއަށް ބޭނުންވަނީ ތިން ޕޮއިންޓެވެ.

އުދިނޭޒީ ދަނޑުގައި ކުޅުނު މެޗު ފަށައިގެން ޔުންޓަސްއިން ވަނީ އުދިނޭޒީގެ ގޯލަށް ނުރައްކާކޮށް ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. އެގޮތުން ޔުވެންޓަސްގެ ޕައުލޯ ޑިބާލާގެ އިތުރުން ކްރިސްޓިއާނޯ ރޮނާލްޑޯއަށްވެސް ވަނީ ލަނޑު ޖަހަން ރަނުގެ ފުރުސަތުތަކެއް ލިބިފައެވެ. ފުރަތަމަ ހާފުގައި ޔުވެންޓަސްއިން ރަނގަޅު ކުޅުމެއް ދެއްކިއިރު، ފުރަތަމަ ހާފު ނިމުމުގެ ކުރިން އެޠީމުން ވަނީ ލަނޑު ޖަހާ ލީޑު ނަގާފައެވެ. މި ލަނޑު މެޗުގެ 42 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ މަތައިސް ޑިލީޓްއެވެ.

ދެވަނަ ހާފުގައި އުދިނޭޒީން އެޓީމުގެ ކުޅުން ރަނގަޅު ކުރިއިރު، ދެވަނަ ހާފު ފަށައިގެން ހަތްވަނަ މިނެޓުގައި އެޓީމުން ވަނީ ލަނޑު ޖަހާ ނަތީޖާ ހަމަހަމަކޮށްފައެވެ. ކެން ސެމާ ނަގައިދިން ހުރަހަކުން މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އިލީއާ ނެޓޮރޯވްސްކީއެވެ. އަދި މި މެޗުން އުދިނޭޒީ މޮޅު ކޮށްދިން ލަނޑު މެޗުގެ އިތުރު ވަގުތުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ ސެކޯ ފޮފާނާއެވެ.

މި ނަތީޖާއާއެކު ޔުވެންޓަސް ތާވަލުގެ އެއްވަނައިގައި އޮތީ ކުޅުނު 35 މެޗުން ކާމިޔާބުކުރި 80 ޕޮއިންޓާއެކުގައެވެ. ދެވަނައިގައި އޮތް އެޓަލާންޓާއަށް 35 މެޗުން 74 ޕޮއިންޓު ލިބިފައިވާއިރު، ތިންވަނައިގައި އިންޓަ މިލާން އޮތީ 35 މެޗުން ލިބުނު 73 ޕޮއިންޓާއެކުގައެވެ.

އަދި ޔުވެންޓަސް އަތުން ހޯދި މޮޅާއެކު ރެލިގޭޝަނުން ސަލާމަތްވާން މަސައްކަތްކުރާ އުދިނޭޒީ މިހާރު އޮތީ ތާވަލުގެ 15 ވަނައިގަ އެވެ. އެ ޓީމަށް 35 މެޗުން ލިބިފައިވަނީ 39 ޕޮއިންޓެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

އެމެރިކާގެ އަސްކަރީ އޮޕަރޭޝަންތަކަށް އެހީތެރިވާ ބޯޓުފަހަރާ ކުންފުނިތަކަށް އީރާނުގެ އަސްކަރިއްޔާ އިން ފާރަލާން ފަށައިފި

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ

02 ފެބުރުއަރީ 2017
އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ
28 ޖެނުއަރީ 2017

އިތުރު 30 ވޮލީކޯޓް އަޅަންވަނީ ނިންމާފައި: އިރުތިޝާމް

28 ޖެނުއަރީ 2017
އިތުރު 30 ވޮލީކޯޓް އަޅަންވަނީ ނިންމާފައި: އިރުތިޝާމް
27 ޖެނުއަރީ 2017

ހަލް ސިޓީ އަތުން ބަލިވި ކަމަށް ޤަބޫލެއް ނުކުރަން: މޮރީނިއޯ

27 ޖެނުއަރީ 2017
ހަލް ސިޓީ އަތުން ބަލިވި ކަމަށް ޤަބޫލެއް ނުކުރަން: މޮރީނިއޯ
25 ޖެނުއަރީ 2017

ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

25 ޖެނުއަރީ 2017
ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ
18 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް

18 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް
17 ޖެނުއަރީ 2017

މޯލްޑިވްސް ފުޓްބޯލް އެވޯޑް އަންނަ އަހަރު އިތުރުވާނެ: ބައްސާމް

17 ޖެނުއަރީ 2017
މޯލްޑިވްސް ފުޓްބޯލް އެވޯޑް އަންނަ އަހަރު އިތުރުވާނެ: ބައްސާމް
14 ޖެނުއަރީ 2017

ސާއިދު އިތުރު ތަމްރީނަށް ޖެމެއިކާއަށް ފުރަނީ

14 ޖެނުއަރީ 2017
ސާއިދު އިތުރު ތަމްރީނަށް ޖެމެއިކާއަށް ފުރަނީ
11 ޖެނުއަރީ 2017

ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ

11 ޖެނުއަރީ 2017
ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ
10 ޖެނުއަރީ 2017

ވޯލްޑް ކަޕުން އޭޝިޔާ އަށް އިތުރު ޖާގަތަކެއް ދީފި

10 ޖެނުއަރީ 2017
ވޯލްޑް ކަޕުން އޭޝިޔާ އަށް އިތުރު ޖާގަތަކެއް ދީފި
04 ޖެނުއަރީ 2017

ވުމަންސް ސާފް ޗެމްޕިއަންޝިޕް: ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖެ އަށް ފައިނަލުގެ ފުރުސަތު ގެއްލިއްޖެ

04 ޖެނުއަރީ 2017
ވުމަންސް ސާފް ޗެމްޕިއަންޝިޕް: ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖެ އަށް ފައިނަލުގެ ފުރުސަތު ގެއްލިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް