Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުރޮނާލްޑޯއާ ނުލައި ރެއާލްގެ ކުރިމަގު

ރޮނާލްޑޯއާ ނުލައި ރެއާލަށް ކާމިޔާބު ހޯދޭނެކަން އެނގޭ: މޮޑްރިޗް

23 ޖުލައި 2020 | ބުރާސްފަތި 13:46

"ޒިދާން އަނެއްކާވެސް ސާބިތުކޮށްދިނީ އޭނާ އަކީ އެންމެ ފެންވަރު ރަނގަޅު އެއް ކޯޗުކަން"

އަތޫފް އާތިފް
އަތޫފް އާތިފް | 23 ޖުލައި 2020 | ބުރާސްފަތި 13:46
ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ލޫކާ މޮޑްރިޗް

ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ލޫކާ މޮޑްރިޗް

ރެއާލް މެޑްރިޑަށް ކްރިސްޓިއާނޯ ރޮނާލްޑޯއާ ނުލައި ކާމިޔާބު ހޯދޭނެކަން ކުރިންވެސް އެނގޭ ކަމަށް އެ ކްލަބުގެ މިޑްފިލްޑަރު ލޫކާ މޮޑްރިޗް ބުނެފިއެވެ.

މޮޑްރިޗް މިހެން ބުނިއިރު ރެއާލުން ވަނީ މި ސީޒަނުގެ ސްޕެނިޝް ލީގު ކާމިޔާބުކޮށްފައެވެ. މިއީ 2017 ވަނަ އަހަރަށް ފަހު ރެއާލުން ސްޕެނިޝް ލީގު ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ. އަދި ރެއާލުން މި ސީޒަނުގެ ސްޕެނިޝް ލީގު ނިންމާލީ، މިދިޔަ ސީޒަނުގެ ޗެމްޕިއަން ބާސެލޯނާ އަށްވުރެ ފަސް ޕޮއިންޓު އިތުރަށް ހޯދައިގެންނެވެ.

މޮޑްރިޗް ބުނީ ރޮނާލްޑޯ އަކީ ކިހާފެންވަރެއްގެ ކުޅުންތެރިއެއްކަން އެންމެނަށްވެސް އެނގޭނެ ކަމަށާއި، އޭނާ ކޮށްދިން ކަންކަން ރެއާލުން ހަނދާން ކުރާނެ ކަމަށެވެ. އެކަމަކު ރޮނާލްޑޯ އާއެކު ހޯދި ކާމިޔާބީތައް، ރޮނާލްޑޯ ނުލައިވެސް ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އަބަދުވެސް އޮންނަ ކަމަށާއި، ރެއާލުން ކާމިޔާބީއަށް އަބަދުވެސް މަސައްކަތް ކުރާނެ ކަމަށެވެ.

މޮޑްރިޗް އިތުރަށް ބުނީ ރެއާލްގެ ކޯޗު ޒިނެދިން ޒިދާން އަނެއްކާވެސް ސާބިތުކޮށްދިނީ އޭނާ އަކީ އެންމެ ފެންވަރު ރަނގަޅު އެއް ކޯޗުކަން ކަމަށާއި، ޒިދާނާއެކު ރެއާލަަށް ގިނަ ކާމިޔާބީތަކެއް ހޯދޭނެ ކަމަށެވެ.

ރެއާލްގެ ކުޅުންތެރިންގެ މެދުގައި ހަމަނުޖެހުން އޮންނަ ކަމަށް ބުނާ ވާހަކަ ދޮގު ކުރަމުން މޮޑްރިޗް ބުނީ ރެއާލްގެ އެއްވެސް ކުޅުންތެރިއެއްގެ މެދުގައި ހަމަނުޖެހުމެއް ނެތް ކަމަށާއި، ކޮންމެ ކުޅުންތެރިއެއްވެސް މަސައްކަތް ކުރަނީ އެ ކުޅުންތެރިއެއްގެ އެންމެ ރަނގަޅު ކުޅުމެއް ދައްކާ، ފުރަތަމަ އެގާރައިން ޖާގަ ހޯދުމަށް ކަމަށެވެ.

ރެއާލުން ޔޫރަޕްގެ އެންމެ ބޮޑު މުބާރާތް ތިން ފަހަރު ކާމިޔާބު ކުރުމުގައި ރޮނާލްޑޯގެ ހިއްސާ ބޮޑެވެ. ޖެހިޖެހިގެން ތިން ފަހަރަށް ރެއާލަށް ޔުއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދިނުމަށްފަހު، 2018 ވަނަ އަހަރު އިޓަލީގެ ޔުވެންޓަސްއަށް ރޮނާލްޑޯ ބަދަލުވީ 117 މިލިއަން ޔޫރޯއަށެވެ. ރޮނާލްޑޯއާ ނުލައި ރެއާލުން ކުޅުނު ފުރަތަމަ ސީޒަނުގައި އެޓީމަށް ތިން ކޯޗަކު އިރުޝާދު ދިންއިރު، އެ ސީޒަނުގައި އެޓީމަށް އެދެވޭ ނަތީޖާއެއް ނެރެވިފައެއް ނުވެއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

އެމެރިކާގެ އަސްކަރީ އޮޕަރޭޝަންތަކަށް އެހީތެރިވާ ބޯޓުފަހަރާ ކުންފުނިތަކަށް އީރާނުގެ އަސްކަރިއްޔާ އިން ފާރަލާން ފަށައިފި

އިތުރަށް ކިޔާލަން

16 ފެބުރުއަރީ 2017

ވެލެންސިއާ ބަލިކޮށް ސީޒަން ހުޅުވާ ޗެރިޓީ މެޗު މާޒިޔާ ކާމިޔާބުކޮށް ޝިލްޑް އުފުލާލައިފި

16 ފެބުރުއަރީ 2017
ވެލެންސިއާ ބަލިކޮށް ސީޒަން ހުޅުވާ ޗެރިޓީ މެޗު މާޒިޔާ ކާމިޔާބުކޮށް ޝިލްޑް އުފުލާލައިފި
12 ފެބުރުއަރީ 2017

މުބާރާތެއް ކާމިޔާބުކުރަން ނުކުތް ހަމައެކަނި ޓީމަކީ އެމްޕީއެލް: ސޮފީ

12 ފެބުރުއަރީ 2017
މުބާރާތެއް ކާމިޔާބުކުރަން ނުކުތް ހަމައެކަނި ޓީމަކީ އެމްޕީއެލް: ސޮފީ
06 ފެބުރުއަރީ 2017

އެފްރިކަން ކަޕް އޮފް ނޭޝަންސް ކެމަރޫން އިން ކާމިޔާބުކޮށްފި

06 ފެބުރުއަރީ 2017
އެފްރިކަން ކަޕް އޮފް ނޭޝަންސް ކެމަރޫން އިން ކާމިޔާބުކޮށްފި
02 ފެބުރުއަރީ 2017

މިއަދުގެ މެޗުތައް ޕޮލިހާއި ފިނޭންސުން ކާމިޔާބުކޮށްފި

02 ފެބުރުއަރީ 2017
މިއަދުގެ މެޗުތައް ޕޮލިހާއި ފިނޭންސުން ކާމިޔާބުކޮށްފި
31 ޖެނުއަރީ 2017

އަށާރަ ވަނަ ވަނަ ގްރޭން ސްލޭމް މުބާރާތް ފެޑްރާ ކާމިޔާބުކޮށްފި

31 ޖެނުއަރީ 2017
އަށާރަ ވަނަ ވަނަ ގްރޭން ސްލޭމް މުބާރާތް ފެޑްރާ ކާމިޔާބުކޮށްފި
25 ޖެނުއަރީ 2017

އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި

25 ޖެނުއަރީ 2017
އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި
18 ޖެނުއަރީ 2017

ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް

18 ޖެނުއަރީ 2017
ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް
08 ޖެނުއަރީ 2017

އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ

08 ޖެނުއަރީ 2017
އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ
07 ޖެނުއަރީ 2017

ރާއްޖޭ ފުޓުބޯޅަ އެނގޭ، ކާމިޔާބުކުރެން އޮތް އެއްޗެއް ކުރާނަން: ސެކުލޮސްކީ

07 ޖެނުއަރީ 2017
ރާއްޖޭ ފުޓުބޯޅަ އެނގޭ، ކާމިޔާބުކުރެން އޮތް އެއްޗެއް ކުރާނަން: ސެކުލޮސްކީ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް