Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އެމެރިކާއިން ވެކްސިން ގަންނަނީ

އެތައް މިލިއަން ޑޯޒެއްގެ ވެކްސިން ގަތުމަށް އެމެރިކާއިން ފިޒަރއާއެކު އެއްބަސްވުމަކަށް!

100 މިލިއަން ވެކްސިން ޑޯޒް އެއީ ފުރަތަމަ މަރުހަލާގައި އެމެރިކާއިން ގަތުމަށް ނިންމާފައިވާ އަދަދު

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 22 ޖުލައި 2020 | ބުދަ 13:58
ކޮވިޑް-19ގެ ވެކްސިން އުފައްދަމުން އަންނަ ކުންފުންޏަކުން ވެކްސިންގެ ހިއުމަން ޓްރަލްސް ކުރިއަށް ގެންދަނީ

ކޮވިޑް-19ގެ ވެކްސިން އުފައްދަމުން އަންނަ ކުންފުންޏަކުން ވެކްސިންގެ ހިއުމަން ޓްރަލްސް ކުރިއަށް ގެންދަނީ

އެމެރިކާގެ ޑިޕާޓްމަންޓް އޮފް ހެލްޑް އެންޑް ހިއުމަން ސަރވިސްއާއި ޑިޕާޓްމަންޓް އޮފް ޑިފެންސުން ފިޒަރއާއެކު އެތައް މިލިއަން ޑޯޒެއްގެ ކޮވިޑް-19އިގެ ވެކްސިން އުފެއްދުމަށް އެއްބަސްވުމަކަށް އައިސްފިއެވެ.

ބުދަ ދުވަހު ވެވުނު މި އެއްބަސްވުމުގެ ދަށުން މުޅި ގައުމަށް ވެކްސިން ފޯރުކޮށްދިނުމަށް 100 މިލިއަން ޑޯޒްގެ ވެކްސިން އުފެއްދުމަށް އެއްބަސްވެފައިވަނީ ވެކްސިނެއް ކާމިޔާބުވު އުފައްދަން ފަށާ ހިސާބުންނެވެ. މި އެއްބަސްވުމުގެ ދަށުން އިތުރު 500 މިލިއަން ޑޯޒްގެ ވެކްސިން ވެސް އުފެއްދުމަށް އެމެރިކާއިން އެދެވިދާނެއެވެ.

އެންމެ ފުރަތަމަ އުފައްދާ ވެކްސިން ލިބެން ޖެހޭނީ ފެޑެރަލް ސަރުކާރަށް ކަމަށް މި އެއްބަސްވުމުގައި ވެއެވެ. އެހެންކަމުން ފިޒަރ އިން ކާމިޔާބު ކަމާއެކު ވެކްސިންއެއް އުފައްދައިފި ނަމަ ވެކްސިން ފުރަތަމަ ދޭން ޖެހޭނީ އެމެރިކާއަށެވެ. ކަން މިހެން އޮތް ނަމަވެސް ބޭސް އުފައްދާ ފިޒަރ އިން އަދި ވެކްސިން އުފެއްދުމަށް 3 މަރުހަލާއެއް ކަޑައްތު ކުރަން ޖެހެއެވެ.

ޑިޕާޓްމަންޓް އޮފް ހެލްޑް އެންޑް ހިއުމަން ސަރވިސްއިން ނެރުނު ނޫސްބަޔާނުގައި ހެލްތް ސެކްރެޓަރީ އެލެކްސް އަޒަރ ވިދާޅުވެފައިވަނީ އޮޕަރޭޝަން "ވަރޕް ސްޕީޑް" ގެ ދަށުން މަސައްކަތް ކުރަމުންދަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުފައްދަމުންދާ ވެކްސިންގެ ތެރެއިން ކާމިޔާބު ވެކްސިންއެއް އުފެއްދުމާއެކު އެމެރިކާގެ ރައްޔިތުންނަށް ބޭނުންވާ ވަރަށް ވެކްސިން ލިބޭތޯ ކަމަށެވެ. އަދި ބުދަ ދުވަހު ވެވުނު އެއްބަސްވުމުގެ ދަށުން މިހާރު ހަދަމުންދާ ވެކްސިން ކާމިޔާބުވެއްޖެ ނަމަ ފިޒަރ އަދި ބައޯއެންޓެކުން 100 މިލިއަން ޑޯޒްގެ ވެކްސިން ފޯރުކޮށްދޭނެ ކަމަށް އެލެކްސް އަޒަރ ވަނީ ވިދާޅުވެފައެވެ.

މި އެއްބަސްވުމުގެ ދަށުން ފުރަތަމަ އުފައްދާ 100 މިލިއަން ޑޯޒްގެ ވެކްސިނަށް 1.95 މިލިއަން ޑޮލަރު، އެމެރިކާގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީން ވެކްސިން ކާމިޔާބުކަމަށ އިއުލާންކޮށް އާންމުކޮށް ބޭނުންކުރަން ހުއްދަ ދިނުމާއެކު އެ ކުންފުންޏަށް ދެވޭނެއެވެ.

ކާމިޔާބު ވެކްސިނެއް އުފެއްދިއްޖެނަމަ މިހާރު ރާވާފައިވާ ގޮތުން މުޅި ގައުމަށް ވެކްސިން ދިނުމުގެ ޕްރޮގްރާމް މި އަހަރުގެ ހަތަރުވަނަ ކުއާޓާގައި ނުވަތަ ފަހުކޮޅުގައި ލިބޭނެއެވެ. އަދި ވެކްސިން ފޯރުކޮށްދެމުންދާނީ އެމެރިކާގެ ސަރުކާރުގެ އިރުޝާދާއެކު ކަމަށާއި، އެމެރިކާގެ ރައްޔިތުންނަށް އެއްވެސް އަގަކާއި ނުލާ ވެކްސިން ލިބޭނެކަމަށް ބުދަ ދުވަހު ނެރުނު ނޫސްބަޔާނުގައި ބުނެފައިވެއެވެ. ނަމަވެސް ސިއްހީ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން ވެކްސިންއަށް އިންޝިއުރަންސްގެ ތެރެއިން އަގު ނެގިދާނެކަމަށް ވެސް މި ބަޔާނުގައި ބުނެފައިވެއެވެ.

މި އެއްބަސްވުމާއި ގުޅޭގޮތުން ފިޒަރގެ ޗެއަރ އަދި ސީއިއޯ ޑރ. އަލްބަރޓް ބޯރލާ ވިދާޅުވި މަސައްކަތް ކުރަމުންދަނީ ނުވާނެ ކަންކަން ވުމަށް މަގުފަހިކުރުމަށް ކަމަށާއި، ރައްކާތެރި އަދި ކުރު މުއްދަތެއްގައި ވެކްސިންއެއް ކާމިޔާބުކަމާއެކު ހޯދާ ފޯރުކޮށްދިނުމަކީ މިވަގުތު އެންމެ އިސްކަންދޭ ކަންތައް ކަމަށެވެ.

އެ ކުންފުނިން މީގެ ކުރިން ބުނެފައިވަނީ ޕްރިލިމިނަރީ ޑާޓާތައް ދައްކާ ގޮތުން ފިޒަރ އަދި ބައޯއެންޓެކުން ބުނެފައިވަނީ އުފައްދަމުން އަންނަ ކޮވިޑް-19 ގެ ވެކްސިން ރައްކާތެރިކަމަށް ދައްކާ ކަމަށާއި، ފޭސް އެކެއްގެ މަސައްކަތްތައް ވެސް ކާމިޔާބު ކަމަށެވެ. ނަމަވެސް އިތުރު ދިރާސާތައް އަދި ވެސް ބޭނުންވާ ކަމަށް ބުނެފައިވެއެވެ. އަދި ފޭސް ތިނެއްގެ މަސައްކަތްތައް ކަމާބެހޭ ފަރާތްތަކުން ހުއްދަ ދިނުމާއެކު މި ޖުލައި މަހުގެ ފަހުކޮޅު ފެށުމަށް ތައްޔާރަށް އޮތް ކަމަށް އެ ކުންފުނިން ނެރުނު ބަޔާނެއްގައި މީގެ ކުރިން ވަނީ ބުނެފައެވެ.

މުޅި ދިނުޔޭގައި 100ށް ވުރެ ގިނަ ކުންފުނިތަކުން ކޮވިޑް-19ށް ވެކްސިނެއް އުފައްދަން މަސައްކަތް ކުރަމުން އަންނަ އިރު މި ރޭހުގެ ކުރީގައި އުޅެނީ އޮކްސްފޯޑް ޔުނިވަރސިޓީއެވެ. ބީބީސީގައި ރިޕޯޓް ކޮށްފައިވާ ގޮތުން ޔުނިވަރސިޓީ އޮފް އޮކްސްފޯރޑުން އުފެއްދި މި ވެކްސިން އިންސާނުންގެ ހަށިގަނޑުގައި މަސައްކަތްކުރާ މިންވަރު ދެނެގަތުމަށް ހަދާފައިވާ "ހިއުމަން ޓްރަޔަލް" އިން ކާމިޔާބު ނަތީޖާތަކެއް ވަނީ ނުކުމެފައެވެ. އެގޮތުން އެއްވަނަ މަރުޙަލާގައި 1077 މީހުން ބައިވެރިކޮށްފައިވާއިރު، ވެކްސިން ހަށިގަނޑަށް ޖެހުމުން ހަށިގަނޑުގެ އެތެރޭގައި "އެންޓިބޮޑީސް"އާއި، ވައިރަސްއާ ހަނގުރާމަކުރާ "ވައިޓް ބްލަޓް ސެލްސް" އުފައްދާކަމަށް ހޯދިފައިވާކަމަށް ސައިންސްވެރިންނާ ޙަވާލާދީ ބީބީސީގައި ރިޕޯޓް ކޮށްފައިވެއެވެ.

އޭގެ އިތުރުން، މި މަރުޙަލާގެ ނަތީޖާތަކާއެކު، ކޮވިޑް-19 އަށް ވެކްސިނެއް ހޯދިދާނެ ކަމުގެ އުއްމީދު ބޮޑުވެފައިވާ ކަމަށާއި، ނަމަވެސް އެކަން ކަށަވަރު ކުރުމަށް އިތުރު ޓެސްޓުތައް ހަދަން ޖެހޭކަމަށް ސައިންސްވެރިން ބުނެއެވެ.

ކޮވިޑް-19 އަށް ވެކްސިނެއް ހޯދުމަކީ މިހާރު އެންމެ ހަލުވިމިނުގައި ފާމަސޫޓިކަލް ކުންފުނިތަކުން ކުރަމުންދާ މަސައްކަތެވެ. މިކަން ކުރުމުގައި އެކި ގައުމުތަކުގެ އެކި ޓީމުތައް ހަރަކާތްތެރިވާއިރު އޮކްސްފޯޑް ޔުނިވަރސިޓީން ކުރިޔަށް ގެންދާ ޕްރޮޖެކްޓަކީ އެސްޓްރާޒެނިކާ އާއެކު ކުރިޔަށް ގެންދާ މަޝްރޫޢެކެވެ. އެގޮތުން މި ވެކްސިންއަށް ނަން ދެވިފައިވަނީ AZD1222 (އޭޒެޑްޑީ 1222)ގެ ނަމުންނެވެ.

މީގެ އިތުރުން ކޮވިޑް-19 އަށް ވެކްސިނެއް އުފެއްދުމަށް އިންޑިއާއިން ކުރަމުންދާ މަސައްކަތްތައް ވަރަށް ކާމިޔާބު ކަމަށާއި، ނޮވެންބަރު މަހުގެ ތެރޭގައި ވެކްސިން ލިބޭނެ ކަމުގެ އުންމީދު އެގައުމުން ވަނީ ދީފައެވެ. ވެކްސިން އުފެއްދުމުގެ މަސައްކަތް ކުރަމުންދާ ސީރަމް އިންސްޓިއުޓްގެ ސީއީއޯ އަދަރް ޕޫނަވަލާ ވިދާޅުވީ ވެކްސިން އުފެއްދުމުގެ މަސައްކަތް ވަރަށް ކާމިޔާބު ކަމަށާއި، ވެކްސިންގެ އިންސާނުންގެ ތިންވަނަ ޓްރައަލް ފެށުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން އަންނަ ހަފްތާ ތެރޭގައި އިންސާނުންގެ ތިންވަން ޓްރަޔަލްގެ ފެށޭނެ ކަމުގެ އުންމީދު އެބަ އޮތް ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން އަދަރް ވިދާޅުވީ ވެކްސިން އުފެއްދުމަށް ކުރާ މަސައްކަތުގައި ޓްރަޔަލްތައް ކާމިޔާބުވާ ކަމުގައިވާނަމަ މިވެކްސިން މިއަހަރު ނޮވެންބަރު މަހުގެ ތެރޭގައި ލޯންޗް ކުރުމުގެ އުންމީދު ބޮޑު ކަމަށެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކޮވިޑް-19 އަށް ވެކްސިން އުފެއްދުމުގެ 120ށް ވުރެ ގިނަ ޕްރޮގްރާމް ކުރިޔަށްދާއިރު އިންޑިއާގެ އެކި ކުންފުނިތަކުންވެސް ވެކްސިން އުފެއްދުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ.

ކަމާބެހޭ މާހިރުން ގަބޫލުކުރާ ގޮތުގައި ކޮވިޑް-19 އަށް ވެކްސިނެއް ލިބޭވަރު ވާނީ އަންނަ 2021 ވަނަ އަހަރުގެ މެދުތެރޭގައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ވެކްސިން ނުޖަހާ ކުދިންނަށް ބައެއް ޚިދުމަތް ނުދޭން އޮސްޓްރޭލިއާއިން ވިސްނަނީ

ވެކްސިން ނުޖަހާ ކުދިންނަށް ބައެއް ޚިދުމަތް ނުދޭން އޮސްޓްރޭލިއާއިން ވިސްނަނީ

13 މާރިޗު 2017
ވޯލްޑް ބޭންކުން މޮރޮކޯއަށް 150 މިލިއަން ޑޮލަރު ދެނީ

ވޯލްޑް ބޭންކުން މޮރޮކޯއަށް 150 މިލިއަން ޑޮލަރު ދެނީ

12 މާރިޗު 2017
20 މިލިއަން މީހުން ބަނޑުހައިހޫނުކަން ތަހައްމަލު ކުރަންޖެހިދާނެ

20 މިލިއަން މީހުން ބަނޑުހައިހޫނުކަން ތަހައްމަލު ކުރަންޖެހިދާނެ

23 ފެބުރުއަރީ 2017
އެމްބެސެޑަރ ޗާކިން އަވަހާރަވެފައިވާ ގޮތް ދެނަގަތުމަށްޓަކައި އިތުރު ޓެސްޓުތަކެއް ހަދަން ޖެހޭ: މެޑިކަލް އެގްޒެމިނަރުން

އެމްބެސެޑަރ ޗާކިން އަވަހާރަވެފައިވާ ގޮތް ދެނަގަތުމަށްޓަކައި އިތުރު ޓެސްޓުތަކެއް ހަދަން ޖެހޭ: މެޑިކަލް އެގްޒެމިނަރުން

22 ފެބުރުއަރީ 2017
ރެފިއުޖީން ބަަލައިގަތުމަށް ގޮވާލާ އެތައް ހާސް ބަޔަކު ސްޕެއިންގައި މުޒާހަރާ ކޮށްފި

ރެފިއުޖީން ބަަލައިގަތުމަށް ގޮވާލާ އެތައް ހާސް ބަޔަކު ސްޕެއިންގައި މުޒާހަރާ ކޮށްފި

20 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

19 ޖެނުއަރީ
ބައެއް ވަޒީރުން އިޚްލާސްތެރި އެއް ނޫން: ލަތީފު
20251 އަހަރު ކުރިން
ރާއްޖެ

ބައެއް ވަޒީރުން އިޚްލާސްތެރި އެއް ނޫން: ލަތީފު

ނީޝާމް: އެއް ލަނޑަށް ހަ ވިކެޓް ނެގި، ރެކޯޑް މުގުރާލެވިދާނެތަ؟
20242 އަހަރު ކުރިން
މީހުން

ނީޝާމް: އެއް ލަނޑަށް ހަ ވިކެޓް ނެގި، ރެކޯޑް މުގުރާލެވިދާނެތަ؟

މޮޅުވީ ޕީއެސްޖީ، ވިދާލީ ރޮނަލްޑޯ!
20233 އަހަރު ކުރިން
ކުޅިވަރު

މޮޅުވީ ޕީއެސްޖީ، ވިދާލީ ރޮނަލްޑޯ!

މޭރީގެ މަރު: ލަމްހާގެ ފަރާތުން މާވިންއަށް ކޮށްފައިވާ މެސެޖެއްގައި އަންހެނެއްގެ ގަޔަށް ސިރިންޖު ޖަހާނެ ގޮތުގެ ވާހަކަތަކެއް!
20224 އަހަރު ކުރިން
ރާއްޖެ

މޭރީގެ މަރު: ލަމްހާގެ ފަރާތުން މާވިންއަށް ކޮށްފައިވާ މެސެޖެއްގައި އަންހެނެއްގެ ގަޔަށް ސިރިންޖު ޖަހާނެ ގޮތުގެ ވާހަކަތަކެއް!

މެޑްރިޑް ގޮވުން- މިނިސްޓަރ މައުސޫމުގެ ޙާލުކޮޅު ރަނގަޅު
20215 އަހަރު ކުރިން
ރާއްޖެ

މެޑްރިޑް ގޮވުން- މިނިސްޓަރ މައުސޫމުގެ ޙާލުކޮޅު ރަނގަޅު

ހިންނަވަރުގެ ތަރައްގީއަށް އެޅިފައިވާ ހުރަހަކީ މީހުން ހިޖުރަކުރުން
20197 އަހަރު ކުރިން
ރިޕޯޓު

ހިންނަވަރުގެ ތަރައްގީއަށް އެޅިފައިވާ ހުރަހަކީ މީހުން ހިޖުރަކުރުން

ރައީސް ޔާމީންގެ ރަނިންގމޭޓަކަށް ވާނީ ހަމަބުއްދި ނެތް މީހެއް: ފައިރޫޝް
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ ރަނިންގމޭޓަކަށް ވާނީ ހަމަބުއްދި ނެތް މީހެއް: ފައިރޫޝް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު