Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެތުލެޓިކްސް އެސޯސިއޭޝަނުގެ އިންތިޚާބު

އެތުލެޓިކްސް އެސޯސިއޭޝަނުގެ ރައީސްގެ މަގާމަށް ތޮލާލާއި ޔަޒޫ

22 ޖުލައި 2020 | ބުދަ 08:08

އެތުލެޓިކްސް އެސޯސިއޭޝަނުގެ އިންތިޚާބު އޮންނާނީ މި މަހުގެ 29 ގައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 22 ޖުލައި 2020 | ބުދަ 08:08
މުޙައްމަދު ތޮލާލް (ކ) އަދި ކުރީގެ ދުވުންތެރިޔާ ޔަޒްނީ ނަޝީދާ (ޔަޒޫ) (ވ)

މުޙައްމަދު ތޮލާލް (ކ) އަދި ކުރީގެ ދުވުންތެރިޔާ ޔަޒްނީ ނަޝީދާ (ޔަޒޫ) (ވ)

މި މަހު ބޭއްވުމަށް ހަމަޖެހިފައިވާ އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސްގެ މަގާމަށް މިހާރުވެސް އެ މަގާމު ފުރުއްވަމުން އަންނަ މުޙައްމަދު ތޮލާލް އަދި ކުރީގެ ދުވުންތެރިޔާ ޔަޒްނީ ނަޝީދާ (ޔަޒޫ) ކުރިމަތިލައްވައިފިއެވެ.

މި މަހުގެ 29 ވަނަ ދުވަހު އެތުލެޓިކްސް އެސޯސިއޭޝަނުގެ އަހަރީ އާންމު ޖަލްސާ އާއި އިންތިޚާބީ ޖަލްސާ ބާއްވަން ވަނީ ނިންމާފައެވެ.

އެތުލެޓިކްސް އެސޯސިއޭޝަންގެ ހިންގާ ކޮމިޓީއަށް އިންތިޚާބުކުރާ މަގާމުތަކަކީ ރައީސް އާއި، ނައިބު ރައީސް އާއި، ހަޒާންދާރާއި، ހިންގާ ކޮމިޓީގެ އިތުރު ތިން މެންބަރުންގެ އިތުރަށް ހިންގާ ކޮމިޓީގެ އަންހެން މެންބަރެވެ. އިންތިޚާބުގެ މަގާމުތަކަށް ކުރިމަތިލުމުގެ މުއްދަތު އަންގާރަ ދުވަހު ހަމަވިއިރު، ރައީސްގެ މަގާމަށް ކުރިމަތިލެއްވީ ތޮލާލާއި ޔަޒޫއެވެ. އެކަމަކު މީގެ ކުރިން އެތުލެޓިކްސް އެސޯސިއޭޝަނުގެ ރައީސްގެ މަގާމަށް އެ އެސޯސިއޭޝަނުގެ ފުރަތަމަ އިންތިޚާބީ ރައީސް މައިޒާން އަލިމަނިކު (އަލިބެ) ކުރިމަތިލައްވާނެ ކަމުގެ އިޝާރާތެއް ވަނީ ދެއްވާފައެވެ.

ތޮލާލް އިތުރު ދައުރަކަށް އެތުލެޓިކްސް އެސޯސިއޭޝަނުގެ ރައީސްގެ މަގާމަށް ކުރިމަތިލެއްވިއިރު، އޭނާ އަންނަނީ 2012 ވަނަ އަހަރުން ފެށިގެން އެ އެސޯސިއޭޝަނުގެ ރައީސްގެ މަގާމު ފުރުއްވަމުންނެވެ. ދެން މި މަގާމަށް ކުރިމަތިލެއްވި ޔަޒޫ ވަނީ 1994ން 2004ށް ގައުމީ ޓީމަށް ދުވެފައެވެ.

އެތުލެޓިކްސް އެސޯސިއޭޝަނުގެ ރައީސްގެ މަގާމަށް ތޮލާލާއި ޔަޒޫ ކުރިމަތިލެއްވިއިރު، ނައިބު ރައީސްގެ މަގާމަށް ކުރިމަތިލެއްވީ މިހާރުވެސް އެ މަގާމު ފުރުއްވަމުން އަންނަ އަހުމަދު އަޒީލު އެކަންޏެވެ. ހަޒާންދާރުގެ މަގާމަށް ކުރިމަތިލެއްވީ މީގެ ކުރިން އެ މަގާމު ފުރުއްވި މުސްތަފާ މުހައްމަދެވެ.

އިތުރު ތިން މެމްބަރުންގެ މަގާމަށް ވާދަކުރަނީ މިހާރުވެސް އެ މަގާމު ފުރުއްވަމުން އަންނަ މުހައްމަދު ޝުޖާއު އާއި، މުހައްމަދު ޝާހިދާއި، ކުރީގެ ދުވުންތެރިޔާ އިބްރާހީމް އުމަރު އަދި އަލަށް ވާދަކުރާ ހުސެއިން އަމީން ނަސީރާއި، ކުރީގެ ދުވުންތެރިޔާ އަހުމަދު ޝަގީފެވެ. އަންހެން މެމްބަރު ކަމަށް ވާދަކުރަނީ މިހާރު ވެސް އެ މަގާމު ފުރަމުން އަންނަ ޔާސްމީން އަބްދުﷲ އެކަންޏެވެ.

އެންމެ ހިނގާ

1

ރައީސް މުއިއްޒު މޭޔަރުކަމަށް ގެންނަން އަމިއްލަ ގޭގައި ކޯލް ސެންޓަރު ހިންގި ފަޒްލާވެސް ވަޒީފާއިން ވަކިކޮށްފި

2

ރައީސް މުއިއްޒުގެ ކޮއްކޮ ހައްސާން އަށް މަސައްކަތެއް ނުކޮށް އެމްއޭސީއެލްއިން މުސާރަ ދޭތާ 4 މަސް!

3

އާޒިމާގެ ފުރަތަމަ ޓާސްކް ފްލޮޕް!

4

އީރާނުން ދެކުނު ކޮރެއާއަށް އިންޒާރުދީފި

5

އީރާނުން އާ މިސައިލެއް ޓެސްޓުކޮށް އެމެރިކާއަށް "ސާފު އިންޒާރެއް" ދީފި

އިތުރަށް ކިޔާލަން

03 ޖޫން 2017

ހާއްސަ ތަމްރީންތަކަށް އެތުލެޓިކްސް ޓީމް އިންޑިއާއަށް ފުރައިފި

03 ޖޫން 2017
ހާއްސަ ތަމްރީންތަކަށް އެތުލެޓިކްސް ޓީމް އިންޑިއާއަށް ފުރައިފި
17 މެއި 2017

ސިޓީ ލީގުގެ ތިންވަނަ މަގާމަށް، އާސެނަލަށް މޮޅެއް

17 މެއި 2017
ސިޓީ ލީގުގެ ތިންވަނަ މަގާމަށް، އާސެނަލަށް މޮޅެއް
09 މެއި 2017

އިސްލާމިކް ސޮލިޑަރިޓީ ގޭމްސް އަށް އެތުލެޓިކްސް ޓީމު ފުރައިފި

09 މެއި 2017
އިސްލާމިކް ސޮލިޑަރިޓީ ގޭމްސް އަށް އެތުލެޓިކްސް ޓީމު ފުރައިފި
30 މާރިޗު 2017

އެތުލެޓިކްސް އެސޯސިއޭޝަންގެ މިއަހަރުގެ ބަޖެޓު ހަތް މިލިއަނަށް

30 މާރިޗު 2017
އެތުލެޓިކްސް އެސޯސިއޭޝަންގެ މިއަހަރުގެ ބަޖެޓު ހަތް މިލިއަނަށް
11 ފެބުރުއަރީ 2017

ޔޫއެފާގެ ރައީސްގެ މަގާމުގައި ހުރެވޭނީ ގިނަވެގެން 12 އަހަރު

11 ފެބުރުއަރީ 2017
ޔޫއެފާގެ ރައީސްގެ މަގާމުގައި ހުރެވޭނީ ގިނަވެގެން 12 އަހަރު
05 ފެބުރުއަރީ 2017

ކްލަބުން ވަކިކުރުމުން ވޮލީބޯލް އެސޯޝިއެންގެ ރައީސްގެ މަގާމާ މެދު ސުވާލު އުފެދިއްޖެ

05 ފެބުރުއަރީ 2017
ކްލަބުން ވަކިކުރުމުން ވޮލީބޯލް އެސޯޝިއެންގެ ރައީސްގެ މަގާމާ މެދު ސުވާލު އުފެދިއްޖެ
03 ފެބުރުއަރީ 2017

ގައުމީ ފިރިހެން ވޮލީ ޓީމުގެ ހެޑް ކޯޗުގެ މަގާމަށް ޝަރަފް

03 ފެބުރުއަރީ 2017
ގައުމީ ފިރިހެން ވޮލީ ޓީމުގެ ހެޑް ކޯޗުގެ މަގާމަށް ޝަރަފް
02 ފެބުރުއަރީ 2017

ކްލަބުން ބޭރު ކުރިއަސް، އެސޯސިއޭޝަންގެ ރައީސްގެ މަގާމެއް ނުގެއްލޭނެ: ލަތީފް

02 ފެބުރުއަރީ 2017
ކްލަބުން ބޭރު ކުރިއަސް، އެސޯސިއޭޝަންގެ ރައީސްގެ މަގާމެއް ނުގެއްލޭނެ: ލަތީފް
04 ޖެނުއަރީ 2017

އެޓޯލް ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕް އައްޑޫގައި ބައްވަނީ!

04 ޖެނުއަރީ 2017
އެޓޯލް ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕް އައްޑޫގައި ބައްވަނީ!
04 ޖެނުއަރީ 2017

ވިކްޓަރީގެ ޗެއާޕާސަންގެ މަގާމަށް ނަޒީމް އިންތިހާބުކޮށްފި

04 ޖެނުއަރީ 2017
ވިކްޓަރީގެ ޗެއާޕާސަންގެ މަގާމަށް ނަޒީމް  އިންތިހާބުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް