Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިސްމާއިލް އަލީ ޕޮޒިޓިވްވުން

އިންތިޚާބު ބޯމަތިވެފައި ވަނިކޮށް އިސްމާއިލް ކޮވިޑް-19ށް ޕޮޒިޓިވް ވެއްޖެ

21 ޖުލައި 2020 | އަންގާރަ 09:02

އަންނަ ހޮނިހިރު ދުވަހު ސްވިމިންގެ އިންތިޚާބު ބޭއްވުމަށް ވަނީ ނިންމާފައި

ހުސައިން ފަރިޔާޒް
ހުސައިން ފަރިޔާޒް | 21 ޖުލައި 2020 | އަންގާރަ 09:02
ސްވިމިންގ އެސޯސިއޭޝަންގެ ނައިބު ރައީސް އިސްމާއިލް އަލީ: ކޮވިޑް-19ށް ޕޮޒިޓިވްވެ ވަނީ ކަރަންޓީން ކޮށްފައި

ސްވިމިންގ އެސޯސިއޭޝަންގެ ނައިބު ރައީސް އިސްމާއިލް އަލީ: ކޮވިޑް-19ށް ޕޮޒިޓިވްވެ ވަނީ ކަރަންޓީން ކޮށްފައި

ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ނައިބު ރައީސް އިސްމާއިލް އަލީ ކޮވިޑް-19ށް ޕޮޒިޓިވް ވެއްޖެއެވެ.

އިސްމާއިލް ކޮވިޑް-19ށް ޕޮޒިޓިވްވީ މީގެ ދެ ދުވަސް ކުރިން ހުން އައުމުން، ކޮވިޑަށް ޓެސްޓް ކުރުމުން އަންގާރަ ދުވަހު ލިބުނު ނަތީޖާއިންނެވެ.

އިސްމާއިލް ކޮވިޑް-19ށް ޕޮޒެޓިވް މިވީ އަންނަ ހޮނިހިރު ދުވަހު ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އިންތިޚާބު ބޭއްވުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހުއްދަދިނުމުން، އެ އިންތިޚާބު ބޭވުމަށް ނިންމާފައި ވަނިކޮށެވެ. އިސްމާއިލް އަކީ މި އިންތިޚާބުގައި ނައިބު ރައީސް ކަމަށް ވާދަކުރައްވާ ބޭފުޅާއެވެ.

ސްވިމިންހ އެސޯސިއޭޝަންގެ ނައިބު ރައީސް ކަމުގައި ދެ ދައުރު އަދާކޮށްފައިވާ އިސްމާއިލް އަކީ މެދުނުކެނޑި ގިނަ އަހަރުތަކެއްގައި ފެތުމުގެ ކަންކަމަށް ޚިދުމަތް ކޮށްދީފައިވާ ބޭފުޅެކެވެ. ޖަމާލުންދީން ސްކޫލްގެ ޓީޗަރެއްގެ ގޮތުގައި ހުރިއިރު، އެ ސްކޫލުގެ ދަރިވަރުން ގޮވައިގެން އިނިސްޓަކްޓަރެއްގެ ގޮތުގައި އެންމެ ފުރަތަމަ ފަތާ ޓްރެކަށް އެރުނު އިސްމާއިލް ސްވިމިންގ އެސޯސިއޭޝަންގައި މަސައްކަތް ކުރަން ފަށާފައި ވަނީ 2006 އަހަރުއެވެ. ނައިބު ރައީސް ކަމަށް އައުމުގެ ކުރިން އިސްމާއިލް ވަނީ އެ އެސޯސިއޭޝަންގެ ޖެނަރަލް ސެކްރެޓަރީ ކަންވެސް ކޮށްފައެވެ.

ސްވިމިންގ އެސޯސިއޭޝަންގެ އިންތިޚާބު މީގެ ކުރިން އެޕްރީލް މަހުގެ 11 ވަނަ ދުވަހު ބޭއްވުމަށް ނިންމި ނަމަވެސް، ކޮވިޑް-19 އާ ގުޅިގެން ސްވިމިންގ އެސޯސިއޭޝަންގެ އިންތިޚާބު އޭރު ފަސްކުރިއެވެ. އެ އެސޯސިއޭޝަންގެ އިންތިޚާބު ނުބޭއްވި ލަސްވަމުންދާތީ މިހާރު އެސޯސިއޭޝަން ހިންގަމުންދަނީ ދުނިޔޭގެ ފެތުމުގެ މައި ޖަމިއްޔާ (ފީނާ) އާއި ސްޕޯޓްސް ކޮމިޝަނުގެ ހުއްދަ އާއެކު ހިންގާ ކޮމިޓީގެ ދައުރު ދަމަހައްޓައިގެންނެވެ.

ސްވިމިންގ އެސޯސިއޭޝަންގެ އިންތިޚާބު ހަތަރު ފަހަރަށް މިހާތަނަށް ވަނީ ފަސްކޮށްފައެވެ. ސްވިމިން އެސޯސިއޭޝަންގެ ހިންގާ ކޮމިޓީއަށް މާ ބޮޑެތި ބަދަލުތަކެއް ނެތި ތިން ދައުރު ހަމަކޮށްފައިވާއިރު، ކުރިއަށް އޮތް ދައުރުގައިވެސް އެ ސޯސިއޭޝަންގެ ރައީސްގެ މަގާމަށް ކުރިމަތިލައްވާފައި ވަނީ މިހާރުގެވެސް ރައީސް މުޙައްމަދު އަބްދުއްސައްތާރެވެ.

އެ އެސޯސިއޭޝަންގެ އިންތިޚާބުގައި ނުވަ މަގާމެއް އިންތިޚާބު ކުރުމަށް ހަމަޖެހުފައިވާއިރު، އޭގެ ތެރޭގައި ހިމެެނީ ރައީސް، ނައިބު ރައީސް، ހަޒާންދާރު، ޓެކްނިކަލް އޮފިޝަލުންގެ ގޮނޑި، ކޯޗުންގެ ގޮނޑި، އާންމު މެންބަރުންގެ ތެރެއިން އަންހެން އަދި ފިރެން ގޮނޑި، ކްލަބުތަކުގެ ގޮނޑި، ޖެނަރަލް ސެކްރެޓަރީ އެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

02 ޖުލައި 2020

އެފްއޭއެމްގެ އިންތިޚާބު ފަސްކޮށްދިނުމަށް ކޮމިޓީން އެދިއްޖެ

02 ޖުލައި 2020
އެފްއޭއެމްގެ އިންތިޚާބު ފަސްކޮށްދިނުމަށް ކޮމިޓީން އެދިއްޖެ
30 ޖޫން 2020

އެފްއޭއެމްގެ އަސާސީ ގަވާއިދުގައި ބުނާ ކަންކަން ކުރުމަށްފަހު ނޫނީ އިންތިޚާބު ނުބޭއްވުމަށް މަޖިލީހަށް ކުއްލި މައްސަލައެއް

30 ޖޫން 2020
އެފްއޭއެމްގެ އަސާސީ ގަވާއިދުގައި ބުނާ ކަންކަން ކުރުމަށްފަހު ނޫނީ އިންތިޚާބު ނުބޭއްވުމަށް މަޖިލީހަށް ކުއްލި މައްސަލައެއް
16 ޖޫން 2020

ސްޕެއިންގެ ފުޓްބޯޅަ އިންތިޚާބުގައި ވާދަނުކުރަން ކަސިއަސް ނިންމައިފި

16 ޖޫން 2020
ސްޕެއިންގެ ފުޓްބޯޅަ އިންތިޚާބުގައި ވާދަނުކުރަން ކަސިއަސް ނިންމައިފި
03 މެއި 2020

ދުނިޔޭގެ ކްރިކެޓް ޖަމިއްޔާ އަށް އަފްލާހް ދެވަނަ ފަހަރަށް އިންތިޚާބުވެވަޑައިގެންފި

03 މެއި 2020
ދުނިޔޭގެ ކްރިކެޓް ޖަމިއްޔާ އަށް އަފްލާހް ދެވަނަ ފަހަރަށް އިންތިޚާބުވެވަޑައިގެންފި
08 ފެބުރުއަރީ 2020

ބެޑްމިންޓަންގެ އިންތިޚާބު މިމަހު 24 ގައި، ރައީސް ކަމަށް މޫސަ އެކަނި

08 ފެބުރުއަރީ 2020
ބެޑްމިންޓަންގެ އިންތިޚާބު މިމަހު 24 ގައި، ރައީސް ކަމަށް މޫސަ އެކަނި
05 ފެބުރުއަރީ 2020

އެފްއޭއެމްގެ އިންތިޚާބުގައި މާޒިޔާގެ ތާއީދު ބައްސާމަށް

05 ފެބުރުއަރީ 2020
އެފްއޭއެމްގެ އިންތިޚާބުގައި މާޒިޔާގެ ތާއީދު ބައްސާމަށް
09 އޮކްޓޯބަރު 2019

ވޮލީ އެސޯސިއޭޝަނުގެ ހިންގާ ކޮމެޓީގެ އިންތިޚާބު މި މަހު 24 ގައި

09 އޮކްޓޯބަރު 2019
ވޮލީ އެސޯސިއޭޝަނުގެ ހިންގާ ކޮމެޓީގެ އިންތިޚާބު މި މަހު 24 ގައި
15 ޑިސެމްބަރު 2018

ވިކްޓްރީގެ އިންތިޚާބު މި މަހު 22 ގައި، މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

15 ޑިސެމްބަރު 2018
ވިކްޓްރީގެ އިންތިޚާބު މި މަހު 22 ގައި، މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
21 ނޮވެމްބަރު 2018

ލިވަޕޫލް މެޗް ބޯމަތިވެފައި އޮއްވާ ނޭމާއާއި އެމްބާޕޭ އަށް އަނިޔާވެއްޖެ

21 ނޮވެމްބަރު 2018
ލިވަޕޫލް މެޗް ބޯމަތިވެފައި އޮއްވާ ނޭމާއާއި އެމްބާޕޭ އަށް އަނިޔާވެއްޖެ
04 ޖެނުއަރީ 2017

އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!

04 ޖެނުއަރީ 2017
އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް