Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެފްއޭއެމްގެ ކުއްލި މައްސަލަ

އެފްއޭއެމްގެ އިންތިޚާބު ފަސްކޮށްދިނުމަށް ކޮމިޓީން އެދިއްޖެ

އެފްއޭއެމްގެ ކުއްލި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާޢީ ކޮމިޓީން އަންނަނީ ދިރާސާ ކުރަމުން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 2 ޖުލައި 2020 | ބުރާސްފަތި 09:15
އެފްއޭއެމްގެ ރައީސް ބައްސާމާއެކު ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފް

އެފްއޭއެމްގެ ރައީސް ބައްސާމާއެކު ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފް

ބުރާސްފަތި ދުވަހު ބޭއްވުމަށް ހަމަޖެހިފައި އޮތް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ އިންތިޚާބު ފަސްކޮށްދިނުމަށް ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާޢީ ކޮމިޓީން ކުޅިވަރާ ބެހޭ ވުޒާރާގައި އެދިއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާޢީ ކޮމިޓީން އެގޮތަށް އެދުނީ އެފްއޭއެމްއާ ދޭތެރޭގައި ފިޔަވަޅު އަޅައިދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ހުށަހެޅި ކުއްލި މައްސަލަ އިތުރަށް ދިރާސާ ކުރަމުން އަންނާތީއެވެ.

ކުޅިވަރާ ބެހޭ ވުޒާރާއަށް ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާޢީ ކޮމިޓީން ބުރާސްފަތި ދުވަހު ފޮނުވި ސިޓީގައި ވަނީ މި މައްސަލަ އެ ކޮމިޓީން ދިރާސާކޮށް ނިމެންދެން އެފްއޭއެމްގެ އިންތިޚާބު ފަސްކޮށްދޮނުމަށް އެދިވަޑައިގެންފައެވެ.

ކޮރޯނާވައިރަސް (ކޮވިޑް-19) އާ ގުޅިގެން ފަސްކުރި އެފްއޭއެމްގެ އިންތިޚާބީ ކޮންގްރެސް ބޭއްވުމަށް ތާވަލުކޮށްފައިވަނީ ބުރާސްފަތި ދުވަހުއެވެ. ދުނިޔޭގެ ފުޓްބޯޅައާ ބެހޭ މައި އިދާރާ، ފީފާއިން ވަނީ މި ތާރީޚުގައި އެފްއޭއެމްގެ ކޮންގްރެސް ބޭއްވޭނެ ކަމަށް އަންގާފައެވެ.

އެފްއޭއެމްގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހުން ބަލަމުންދާއިރު، ތިންވަނަ ފަރާތަކުން ނުފޫޒު ފޯރުވާނަ ރާއްޖެ ސަސްޕެންޑް ކުރަން ޖެހިދާނެ ކަމުގެ އިންޒާރެއް ފީފާއިން ވަނީ ބުދަ ދުވަހު ދީފައެވެ. މިއީ ރާއްޖެއަށް ދެ އަހަރުގެ ތެރޭގައި ކުރިމަތިވި މިފަދަ ދެވަނަ އިންޒާރެވެ. މީގެ ކުރިން، 2018 ވަނަ އަހަރުގެ ފަހުކޮޅު، ކުޅިވަރާ ބެހޭ ވުޒާރާއިން އޭއެފްސީ ކަޕުން ރާއްޖޭގެ ކްލަބުތަކަށް ފުރުސަތު ނުލިބުނު މައްސަލަ ބަލަން ކޮމިޓީއެއް އެކުލަވާލުވުމުން އިންޒާރު ދިނީ އޭޝިއާގެ ފުޓްބޯޅަ ޖަމިއްޔާ، އޭއެފްސީންނެވެ. އެއާއެކު އެ ވުޒާރާއިން އެ މަސައްކަތް ހުއްޓާލިއެވެ.

މެންވަރު އަލީ އާޒިމް ހުށަހެޅުއްވި ކުއްލި މައްސަލައާ ގުޅިގެން ފުރަތަމަ ޑިވިޝަނުގެ ގިނަ ކްލަބުތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށް ބަޔާން ނެރެފައެވެ. އޭގެ ތެރޭގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން، ޓީސީ ސްޕޯޓްސް ކްލަބު، ކްލަބު އީގަލްސް، ކްލަބު ގްރީން ސްޓްރީޓްސް އަދި ޔުނައިޓެޑް ވިކްޓަރީ ހިމެނެއެވެ.

އެފްއޭއެމްގެ އިންތިޚާބު ބޭއްވުމަށް މަސައްކަތް ކުރަމުންދާއިރު، އެ އިދާރާގެ އަސާސީ ގަވާއިދުގައި ބަޔާން ކޮށްފައިވާ އިންތިޚާބު ބާއްވަން ޖެހޭ ތާރީޚުގެ ނުވަ މަސް ދުވަސް ކުރިން އިންތިޚާބު ބޭއްވުމަށް ހިންގާ ކޮމިޓީން ނިންމާފައިވަނީ ފެބްރުއަރީ މަހުގެ ހަތަރުވަނަ ދުވަހުއެވެ.

އެފްއޭއެމްގެ އިންތިޚާބުގައި ރައީސްގެ މަގާމަށް ކުރިމަތިލައްވާފައިވަނީ މިހާރުގެ ރައީސް ބައްސާމް އަދީލް ޖަލީލް އެކަންޏެވެ. އެއާއެކު ބައްސާމަށް ތާއީދުކުރާކަން ފުރަތަމަ ޑިވިޝަނުގެ ގިނަ ކްލަބުތަކުން މީގެ ކުރިން ވަނީ ހާމަކޮށްފައެވެ.

އިތުރަށް ކިޔާލަން

19 ޖޫން 2017

ޕީއެސްޖީއަށް އޭނާއާއެކު ބަދަލުވުމަށް ރޮނާލްޑޯ ގާތު ޕެޕޭ އެދިއްޖެ

19 ޖޫން 2017
ޕީއެސްޖީއަށް އޭނާއާއެކު ބަދަލުވުމަށް ރޮނާލްޑޯ ގާތު ޕެޕޭ އެދިއްޖެ
17 މެއި 2017

ސާފް ޗެމްޕިއަންޝިޕް އަންނަ އަހަރަށް ފަސްކުރުމަށް އިންޑިއާއިން އެދިއްޖެ

17 މެއި 2017
ސާފް ޗެމްޕިއަންޝިޕް އަންނަ އަހަރަށް ފަސްކުރުމަށް އިންޑިއާއިން އެދިއްޖެ
23 އެޕްރީލު 2017

އޮލިމްޕިކް ކޮމިޓީގެ އިންތިހާބުގައި އެފްއޭއެމްގެ އެންޑޯސްމަންޓް ޝަވީދަށް

23 އެޕްރީލު 2017
އޮލިމްޕިކް ކޮމިޓީގެ އިންތިހާބުގައި އެފްއޭއެމްގެ އެންޑޯސްމަންޓް ޝަވީދަށް
09 އެޕްރީލު 2017

އެފްއޭއެމްގެ ޓެކްނިކަލް ޑައިރެކްޓަރުކަން ދެ އަހަރު ދުވަހަށް ވަންލީއާ ހަވާލުކޮށްފި

09 އެޕްރީލު 2017
އެފްއޭއެމްގެ ޓެކްނިކަލް ޑައިރެކްޓަރުކަން ދެ އަހަރު ދުވަހަށް ވަންލީއާ ހަވާލުކޮށްފި
03 އެޕްރީލު 2017

އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރަށް ތުރުކީގެ ޖޭން ވަންލީ ހަމަޖައްސައިފި

03 އެޕްރީލު 2017
އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރަށް ތުރުކީގެ ޖޭން ވަންލީ ހަމަޖައްސައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު