Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުނޭމާ - އެމްބާޕޭ

ލިވަޕޫލް މެޗް ބޯމަތިވެފައި އޮއްވާ ނޭމާއާއި އެމްބާޕޭ އަށް އަނިޔާވެއްޖެ

ދެ ކުޅުންތެރިންނަށް އަނިޔާވީ ގައުމީ ޓީމަށް ކުޅެނިކޮށް

އަލީ ސަމާޚް
އަލީ ސަމާޚް | 21 ނޮވެމްބަރު 2018 | ބުދަ 13:01
ނޭމާ އާއި އެމްބާޕޭ ޕީއެސްޖީގެ ފަރިތަކުރުންތަކުގައި ބައިވެރިވަނީ

ނޭމާ އާއި އެމްބާޕޭ ޕީއެސްޖީގެ ފަރިތަކުރުންތަކުގައި ބައިވެރިވަނީ

ޔޫއެފާ ޗެމްޕިއަންސް ލީގުގައި ލިވަޕޫލް އާއި ޕީއެސްޖީ ބައްދަލު ކުރާ މެޗް ބޯމަތިވެފައި އޮއްވާ ޕީއެސްޖީގެ ނޭމާ އަދި ކީލިއަން އެމްބާޕޭ އަށް އަނިޔާ ވެއްޖެއެވެ.

މި ދެކުޅުންތެރިންގެ ތެރެއިން ނޭމާއަށް އަނިޔާވެފައި ވަނީ ބުދަ ދުވަހު ބްރެޒިލް އާއި ކެމެރޫން ބައްދަލުކުރި އެކުވެރިކަމުގެ މެޗްގައެވެ. އެ މެޗްގެ ހަވަނަ މިނިޓްގައި ނޭމާގެ ފައިގެ ފަލަމަސްގަނޑަށް ވަނީ އަނިޔާވެފައެވެ.

ނޭމާއަށް ލިބުނު އަނިޔާއާ ބެހޭގޮތުން ވާހަކަ ދައްކަމުން ބްރެޒިލް ޓީމުގެ ޑޮކްޓަރު ރޮޑްރިގޯ ލަސްމާ ބުނެފައިވަނީ ނޭމާއަށް ލިބުނީ ކިހާވަރެއްގެ އަނިޔާ އެއްކަން އެގެނީ ސްކޭނެއް ހެދުމުން ކަމަށާއި، ނަމަވެސް އެއީ އެހާ ބޮޑު އަނިޔާއެއް ކަމަށް ލަފާނުކުރެވޭ ކަމަށެވެ.

މިމެޗްގައި ހަމައެކަނި ފެނިގެންދިޔަ ގޯލް ޖޭހީ ނޭމާއަށް އަނިޔާ ލިބުމާއި ގުޅިގެން އޭނާގެ ބަދަލުގައި ކުޅެން އެރި ރިޗާލިސަން އެވެ.

މި ލަނޑު އޭނާ ކާމިޔާބުކުރީ މީގެ އިތުރުން ފްރާންސްގެ ޒުވާން ކުޅުންތެރިޔާ ކީލިއަން އެމްބާޕޭގެ ކޮނޑު ހުޅަށް އަނިޔާވީ އަންގާރަ ދުވަހުގެ ރޭ ފްރާންސް އާއި އުރުގުއޭ ބައްދަލުކުރި މެޗުގައެވެ. އެ މެޗުގައި އެމްބާޕޭ އަށް އަނިޔާވީ ކީޕަރު މާޓިން ކަމްޕަނާއި މުޑިއަރައިގެންނެވެ.

އެމްބާޕޭގެ އަނިޔާ ބެހޭގޮތުން ފްރާންސްގެ ކޯޗު ޑިޑިއޭ ޑިޝޯމްޕްސް ބުނީ، އެމްބާޕޭގެ ކޮނޑުހުޅާށް ތަދުވެފައިވާކަމަށާއި ބުދަދުވަހު އިތުރު ޓެސްޓް ތަކެއް ހަދާނެކަމަށެވެ.

އުރުގެއޭއާ ދެކޮޅަށް ކުޅުނު މެޗް ފުރާންސުން ކާމިޔާބުކުރީ 1-0 ގެ ނަތިއްޖާ އަކުންނެވެ. ޕީއެސްޖީގެ މެޗެއް ދެން އޮންނާނީ ހޮނިހިރު ދުވަހު އެވެ. ރާއްޖެ ގަޑިން ނުވައެއްޖަހާއިރު ޕީއެސްޖީ ކުޅެނީ ތުލޫސްއާ ދެކޮޅަށެވެ.

ޔޫއެފާ ޗެމްޕިއަންސް ލީގުގައި ޕީއެސްޖީ އިން ލިވަޕޫލާ ދެކޮޅަށް މި މަހު 28 ވަނަ ދުވަހު ނިކުންނައިރު އެޓީމު އޮތީ ފަސްޕޮއިންޓާއި އެއްކޮށް ގްރޫޕްސީގެ ތިންވަނާގައި އެވެ.

ލިވަޕޫލްގެ ދަނޑުގައި ޕީއެސްޖީ އެންމެ ފަހުން ބައްދަލުކުރި މެޗްގައި ލިވަޕޫލް މޮޅުވެފައިވަނީ 3-2 ގެ ނަތީއްޖާއަކުންނެވެ

އިތުރަށް ކިޔާލަން

03 އެޕްރީލު 2017

އާސެނަލް އާއި ސިޓީގެ މެޗް އެއްވަރުވެ އިތުރު ހުރަސްތަކެއް

03 އެޕްރީލު 2017
އާސެނަލް އާއި ސިޓީގެ މެޗް އެއްވަރުވެ އިތުރު ހުރަސްތަކެއް
01 އެޕްރީލު 2017

ޕްރިމިއާ ލީގު: އެވަޓަންގެ މައްޗަށް ލިވަޕޫލް އިން ކުރިހޯދައިފި

01 އެޕްރީލު 2017
ޕްރިމިއާ ލީގު: އެވަޓަންގެ މައްޗަށް ލިވަޕޫލް އިން ކުރިހޯދައިފި
26 މާރިޗު 2017

ހަމޭސްގެ ސޮއި ހޯދުމުގެ ރޭހުގައި ލިވަޕޫލްވެސް ބައިވެރިވެއްޖެ

26 މާރިޗު 2017
ހަމޭސްގެ ސޮއި ހޯދުމުގެ ރޭހުގައި ލިވަޕޫލްވެސް ބައިވެރިވެއްޖެ
20 މާރިޗު 2017

ޕްރިމިއާ ލީގު: ސިޓީން ލިވަޕޫލް ހިފެހެއްޓިއިރު، ޓޮޓެންހަމް މޮޅުވެއްޖެ

20 މާރިޗު 2017
ޕްރިމިއާ ލީގު: ސިޓީން ލިވަޕޫލް ހިފެހެއްޓިއިރު، ޓޮޓެންހަމް މޮޅުވެއްޖެ
05 މާރިޗު 2017

ޕްރިމިއާ ލީގު: އާސެނަލްގެ މައްޗަށް ލިވަޕޫލް ކުރިހޯދިއިރު، ޔުނައިޓެޑް އެއްވަރުވެއްޖެ

05 މާރިޗު 2017
ޕްރިމިއާ ލީގު: އާސެނަލްގެ މައްޗަށް ލިވަޕޫލް ކުރިހޯދިއިރު، ޔުނައިޓެޑް އެއްވަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު