Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއީޔޫގެ ސޭފް ލިސްޓް

އީޔޫގެ ސޭފް ލިސްޓުގައި ރާއްޖެ ހިމެނުމަށް ފޮރިން މިނިސްޓްރީން މަސައްކަތް ކޮށްދިނުމަށް މަޖިލީހުން އެދެފި

މިރިޕޯޓް ފާސްކޮށްފައިވަނީ 70 މެމްބަރުންގެ ވޯޓުން

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 20 ޖުލައި 2020 | ހޯމަ 11:56
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން

ޔޫރަޕިއަން ޔޫނިއަން އިން މިހާރު ނިންމާފައިވާ ނިންމުމަކީ ސޭފް ލިސްޓަކީ ކޮންމެ 14 ދުވަހަކުން ރިވިއު ކުރެވޭނެ ލިސްޓެއްކަން ފާހަގަކުރެވޭތީ ޔޫރަޕިއަން ޔޫނިއަން(އީޔޫ) ގައި ހިމެނޭ ގައުމުތަކަށް ދަތުރުކުރެވޭ ލިސްޓުގައި ރާއްޖެ ހިމަނައިދިނުމަށް މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން މަސައްކަތްކޮށްދިނުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ކޮވިޑް -19 ގެ ބަލިމަޑުކަމުގެ ސަބަބުން ބަންދުކޮށްފައިވާ ޔޫރަޕިއަން ޔޫނިއަންގެ ބޯޑަރުތައް އަލުން ހުޅުވާލާއިރު، އެ ޤައުމުތަކުގެ ބޯޑަރުތަކުން އެތެރެވެވޭ ޤައުމުތައް ހިމެނޭ "ސޭފް ލިސްޓް" ގައި ދިވެހިރާއްޖެ ހިމެނިފައިނުވާކަން ފާހަގަކޮށް، އެ ލިސްޓުގައި ދިވެހިރާއްޖެ ހިމެނުމަށް ކުރެވިދާނެ ކަންކަމާ ގުޅޭ ގޮތުން ޤައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން ވަނީ އެކަން ދިރާސާކޮށްފަ އެވެ. ދިރާސާކުރި ކޮމިޓީ ރިޕޯޓް ފާސްކުރުމަށް ނެގުނު ވޯޓުގައި ބައިވެރިވި ވަޑައިގެންނެވި 70 މެމްބަރުންގެ އިއްތިފާގުން ވަނީ ރިޕޯޓް ފާސްވެފަ އެވެ. މިރިޕޯޓްގައި ކޮމިޓީން ވަނީ ދެ ހުށަހެޅުމެއް ހުށަހަޅާފައެވެ.

Advertisement - newsAdvertisement

އެގޮތުން ދެވަނަ އަށް ކޮމިޓީން ހުށަހަޅާފައިވާ ހުށަހެޅުމަކީ ރާއްޖޭގެ ބޯޑަރު ހުޅުވާލެވޭއިރު އެންމެންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، ސިއްހީ ސަލާމަތާއި ދުޅަހެޔޮކަމަށް އަޅާ ފިޔަވަޅުތައް ވަރުގަދަކުރުމާއެކު، ދިވެހިންނަށް އެއްވެސް އިތުރު ތަކްލީފްތަކެއް ކުރިމަތިވެދާނެފަދަ ގޮތެއްގެމަތިން ރާއްޖެއިން ބޭރަށް ދަތުރުކުރުމާއި ރާއްޖެއަށް އަނބުރާ އައުމުގެ ފުރުސަތު ތަނަވަސްކޮށްދިނުމަށް ސަރުކާރުގެ ކަމާބެހޭ ވުޒާރާތައް ގުޅިގެން މަސައްކަތްކުރުމެވެ.

މިމައްސަލަ ދިރާސާކުރި ކޮމިޓީން މިނިސްޓްރީ އޮފް ޓޫރިޒަމްއާއެކު ކުރެވުނު މަޝްވަރާގެ އަލީގައި ފާހަގަކުރެވުނު 18 ކަމަކާއި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްއާއެކު ކުރެވުނު މަޝްވަރާގެ އަލީގައި ފާހަގަކުރެވުނު 9 ކަމެއް ވަނީ ފާހަގަކޮށްފަ އެވެ.

ޓޫރިޒަމް މިނިސްޓްރީއާއެކު ކުރެވުނު މަޝްވަރާތަކުގައި ކޮމިޓީއަށް ފާހަގަކުރެވުނު ކަންތައްތަކުގެ ތެރޭގައި ހިމެނެނީ ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރަން ރާއްޖޭގެ ރައްޔިތުން މިހާތަނަށް ކުރި މަސައްކަތް ދެގުނައަށް އިތުރުކޮށްފިނަމަ ރާއްޖޭގެ ބޯޑަރު ހުޅުވާލުމަށްފަހު އަލުން ބަންދުކުރަން ނުޖެހޭނެކަމަށް ކޮމިޓީ ރިޕޯޓްގައި ވަނީ ފާހަގަކޮށްފަ އެވެ. އަދި ޤައުމުތަކުގެ ބޯޑަރު ބަންދުކޮށްފައިވާނަމަ ފަތުރުވެރިންނަށް ރާއްޖެ ނާދެވޭނެ ކަމަށާއި އަދި ބޯޑަރުތައް ހުޅުވާލިނަމަވެސް ޤައުމަށް ގޮސް އަލުން އަނބުރާ ކަރަންޓީން ވާންޖެހޭނަމަ ފަތުރުވެރިން އައުމުގައި ދަތިތަކެއް ކުރިމަތިވާނެކަމަށް ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ.

ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލާއިރު ޤައުމުތަކުން ހަދާ އުސޫލުތަކަކީ ފަތުރުވެރިންނަށް އަސަރުކުރާނެ ކަމެއް ކަމަށްވާނަމަ އެއީވެސް ގޮންޖެހުމެއްކަމަށާއި އަންނަ ފަތުރުވެރިން ޓެސްޓް ކުރުމާއި އަދި ކޮވިޑް-19 އަށް ފަތުރުވެރިޔަކު ޕޮޒިޓިވްވިނަމަވެސް އޭނާގެ ޗުއްޓީ ޚަރާބުނުވާނެ ގޮތަށް ކަންކަން އިންތިޒާމުކޮށް ރޭވިފައިވާ ކަމަށް ކޮމިޓީން ވަނީ ފާހަގަކޮށްފަ އެވެ.

މީގެއިތުރުން ޓޫރިޒަމް މިނިސްޓްރީން ތައްޔާރުކޮށްފައިވާ ގައިޑްލައިނަކީ ޑަބްލިޔުއެޗްއޯއާއި ޔޫއެންޑަބްލިޔުޓީއޯގެ ޔުނިވަރސަލް ގައިޑްލައިންގެ މިންގަނޑުތަކާއި އެއްގޮތަށް ތައްޔާރުކުރެވިފައިވާ ގައިޑްލައިނެއް ކަމަށާއި އެގައިޑްލައިންގެ ތަފްސީލް ވަނީ ރާއްޖެއަށް ފަތުރުވެރިން ގެންނަ ހުރިހާ ފަރާތްތަކަކާއި ހިއްސާ ކުރެވިފައިވާކަމަށް ކޮމިޓީން ވަނީ ފާހަގަކޮށްފަ އެވެ.

ފޮރިން މިނިސްޓްރީ އާއެކު ކުރެވުނު މަޝްވަރާގެ އަލީގައި ފާހަގަކުރެވުނު ކަންތައްތަކުގެ ތެރޭގައި ކޮމިޓީން ފާހަގަކޮށްފައިވަނީ ބަންދުކޮށްފައިވާ އީޔޫގެ ބޯޑަރުތައް އަލުން ހުޅުވާލާއިރު އެގައުމުތަކުގެ ބޯޑަރުތަކުން އެތެރެވެވޭ ގައުމުތައް ހިމެނޭ ސޭފް ލިސްޓްގައި ރާއްޖެ ހިމެނިފައިނުވުމަކީ ޤައުމުތަކުން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރަން އޮތް ހުރަހެއް ނޫންކަމަށާއި އެގައުމުތަކަށް ދިޔުން މުޅިން މަނާކޮށްފައި އޮތުމެއް ނޫންކަމަށް ވަނީ ފާހަގަކޮށްފަ އެވެ.

މީގެއިތުރުން އީޔޫގެ ގައުމުތަކުގެ ބޯޑަރުތަކުން އެތެރެެވޭ ގައުމުތައް ހިމެނޭ ސޭފް ލިސްޓް ގެ ސަބަބުން ރާއްޖެއަށް ޓޫރިސްޓުން އައުމަށް އެއްވެސް ހުރަހެއް ނެތްކަމަށާއި މިއީ ރާއްޖެއިން ދިވެހިން ޔޫރަޕަށް ދަތުރުކުރާއިރު މިދުވަސްވަރު ސަމާލުކަން ދިނުމަށް ކޮށްފައިވާ އިލްތިމާސެއްކަން ވަނީ ފާހަގަކޮށްފަ އެވެ.

އަދި އީޔޫގެ މިނިންމުމާއި ގުޅިގެން ބައެއް ކަންކަން ސާފުކޮށްދިނުމަށް އެޖަމިއްޔާއިން ނެރުނު ބަޔާނުގައި އީޔޫގެ ގައުމުތަކުގެ ބޯޑަރުތައް ހުޅުވާލާއިރު އެ ޔޫނިއަންއަށް އެތެރެވެވޭ ގައުމުތަކުގެ ލިސްޓުގައި ރާއްޖެ އަދި ނުހިމެނުމަކީ ރާއްޖެ ބްލެކްލިސްޓް ކުރުން ނޫންކަމަށް ބުނެފައިވާ ކަމަށެވެ. އަދި ޔޫރަޕްގެ އެތެރޭގެ ބޯޑަރުތައް ހުޅުވުމަށް މިހާރު މަސައްކަތް ކުރަމުން އަންނައިރު އެހެން ގައުމުތަކުން ޔޫރަޕަށް އެތެރެވުމުގެ ހުއްދަދޭން ތައްޔާރުވަމުން އަންނަކަމަށް އީޔޫގެ ބަޔާނުގައި ވަނީ ފާހަގަކޮށްފަ އެވެ.

ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައިވަނީ މަރޗް މަހުގެ 27 ވަނަ ދުވަހު އެވެ. އަދި މިމަހުގެ 15 ވަނަ ދުވަހު އަލުން ބޯޑަރު ހުޅުވާލާފައިވާއިރު ފަތުރުވެރިން މިހާރު އަންނަނީ ރާއްޖެ ޒިޔާރަތްކުރަމުންނެވެ. ސަރުކާރުގެ އަމާޒަކީ މިއަހަރު 85،000 ފަތުރުވެރިން ރާއްޖެ ގެނައުމެވެ.

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

އަސްލެއް ނެތް ދައުވާ ކޮށްގެން ރާއްޖެ ޓީވީގެ މަންޒަރެއް، އަޑު ކަނޑައެއް ނުލެވޭނެ: ފިޔާޒު

23 ޖެނުއަރީ 2017
އަސްލެއް ނެތް ދައުވާ ކޮށްގެން ރާއްޖެ ޓީވީގެ މަންޒަރެއް، އަޑު ކަނޑައެއް ނުލެވޭނެ: ފިޔާޒު
20 ޖެނުއަރީ 2017

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

20 ޖެނުއަރީ 2017
ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ
20 ޖެނުއަރީ 2017

ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ

20 ޖެނުއަރީ 2017
ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ
17 ޖެނުއަރީ 2017

އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި

17 ޖެނުއަރީ 2017
އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި
16 ޖެނުއަރީ 2017

ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

16 ޖެނުއަރީ 2017
ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު