Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓު

ބިދޭސީންގެ މައްސަލަ ބޮއްސުން ލައިގެން ދިޔައީ އޭރުުގެ ލޭބަރ މިނިސްޓަރ އަބްދުﷲ ޔާމީންގެ އިހުމާލުން!

ކަންކަން ބޮއްސުންލައިގެން ދިޔައީ މަގާމުތަކުގައި ތިބި މީހުންނަށް ޒިންމާ އަދާ ނުކުރެވުމުން

ދާނިޝް ނިޡާމް
ދާނިޝް ނިޡާމް, ރާއްޖެ އެމްވީ | 19 ޖުލައި 2020 | އާދީއްތަ 07:40
ރެގިއުލަރައިޒޭޝަން ޕްރޮގުރާމްގެ ދަށުން ބިދޭސީން ރަޖިސްޓަރ ވުމަށް ގަލޮޅު ދަނޑުގައި

ރެގިއުލަރައިޒޭޝަން ޕްރޮގުރާމްގެ ދަށުން ބިދޭސީން ރަޖިސްޓަރ ވުމަށް ގަލޮޅު ދަނޑުގައި

ބިދޭސީ މަސައްކަތްތެރިންގެ ހައްގުތައް ނިގުޅައިގަނެފައިވާކަން އެއީ އެންމެންވެސް ދަންނަ އެއް ހަގީގަތެވެ. ހިއުމަން ޓްރެފިކިންގް އިން ފެށިގެން ގޮސް، ކުޑަ އުޖޫރައަށް މަސައްކަތު ގެނެސް އެމީހާއަށް މުސާރަ ނުދީ ބޮޑެތި ކުންފުނިތަކުން ޒިންމާތަކުން ރެކެން މަސައްކަތް ކުރާކަން ވަރަށް ބޮޑަށް ސާބިތުވެގެންދެއެވެ. މައްސަލަ ބޮއްސުންލައިގެން ގޮސްފައި އޮތް ހިސާބު ތަސައްވަރު ކޮށްލާންވެސް ދަތިއިރު ރާއްޖޭގައި ބިދޭސީން ގަވާއިދާއި ހިލާފަށް އުޅޭ އަދަދުވެސް ކަމާބެހޭ އިދާރާތަކަށް ނޭނގެއެވެ.

މިކަން މިހާހިސާބަށް ދާންޖެހުނީ، ގިނަ ބައެއްގެ އިހުމާލުން ކަން އެނގެން އެބައޮތެވެ. މިނިސްޓްރީ އޮފް ހަޔަ އެޑިއުކޭޝަން، އެމްޕްލޯއިމަންޓް އެންޑް ސޯޝަލް ސެކިއުރިޓީގެ 2007 ވަނަ އަހަރީ އޮޑިޓް ރިޕޯޓުގައި ކަންކަން ހިނގައިގެން ގޮސްފައިވާގޮތް ވަރަށް ރަނގަޅަށް ބަޔާންކޮށްފައިވެއެވެ. އެގޮތުން، 27 އޮކްޓޯބަރ 2008 ވަނަ އަހަރު، އެއިރުގެ އޮޑިޓަރ ޖެނެރަލް އިބްރާހިމް ނައީމް ސޮއިކުރައްވައި ނެރެފައިވާ ރިޕޯޓުގައި އެތައް ކަމެއް އިސްލާހުކުރަން އަންގާފައިވެއެވެ.

އެގޮތުން އެ މިނިސްޓްރީގެ ހިސާބުތަކުން ދެއްކި ގޮތުން، 2008 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ރާއްޖޭގައި 76،755 ބިދޭސީން ވަޒީފާ އަދާކުރަމުން ދިޔައެވެ. އެއީ ބަންގްލަދޭޝްއަށް ނިސްބަތްވާ 34،00 މިހަކާއި އިންޑިއާއަށް ނިސްބަރް ވާ 23000އެއްހާ މީހަކާއި އެހެނިހެން ގައުމުތަކަށް ނިސްބަތްވާ 18،000އެއްހާ ބިދޭސީން ވަޒީފާ އަދާކުރަމުން ދިޔައެވެ. އެކިއެކި މަސައްކަތް ކުރުމަށްޓަކައި ރާއްޖެއަށް ގެންނަ ބިދޭސީން ކަންތައްތައް ބެލެހެއްޓުމަށްޓަކައި، 1997 ވަނަ އަހަރު އިންފޯޓެކް ކިޔާ ކުންފުންޏަކާއި ގުޅިގެން ކޮމްޕިއުޓަރ ސޮފްޓްވެއަރ އެއް ތައްޔާރުކޮށްފައިވާއިރު، ސްފޮޓްވެއަރ ބޭނުންކުރަމުން އައީ ބިދޭސީ މުވައްޒަފުންގެ ނަން، ގައުމު، ކުރާ މަސައްކަތް ފަދަ އާންމު މައުލޫމާތު ބެލެހެއްޓުމަށެވެ. 2008 ވަނަ އަހަރާއި ހަމަޔަށް އެ ހިސާބުތައް ދެއްކި ނަމަވަސް، ލޭބަރ މިނިސްޓްރީން ސޮފްޓްވެއަރ އަށް ގެނެވޭ ބަދަލުތަކެއް، އިތުބާރު ހުރި ގޮތެއްގައި މަސައްކަތް ކުރޭތޯ ބަލާފައެއް ނުވެއެވެ.

އޭގެ އިތުރަށް، 1997ގައި ބޮޑު އަގެއް ދިނުމަށްފަހު، މިނިސްޓްރީގެ މަސައްކަތްތަކަށް ފަރުމާކުރެވިފައިވާ ސޮފްޓްވެއަރގެ މިލްކުވެރިކަން 2008 ވަނަ އަހަރުގެ ނިޔަލަށްވެސް އޮތީ އިންފޯޓެކް އަތުގައެވެ. އެ މެއިންޓެއިން ކުރުމާއި ބެލެހެއްޓުމުގެ ކަންތަކުގެ އެއްބަސްވުން 2001 ވަނަ އަހަރުގެ ނިޔަލަށް ހަމަވީ ނަމަވެސް، ހުރިހާ ދުވަހު އެކަންކުރީ އެގްރީމަންޓްއަކާ ނުލައެވެ. އަދި އިންފޯޓެކްގެ މުވައްޒަފުންނަށް ކޮންމެ ތަނެއްގައި ހުރެވެސް ސިސްޓަމްސްގެ ކޮންޓްރޯލްއާއި ކުޅެވެއެވެ. އެ ހުރިހައި ކަންތައްތަކެއް އިސްލާހުކޮށް ބިދޭސީންގެ މައުލޫމާތު ފުރިހަމައަށް ބެއްލެވުމަށް ވަނީ ލަފާދިފައެވެ. އަދި އޮޑިޓަރ ޖެނެރަލް ވަނީ، ބިދޭސީންގެ އަދަދުތައް ނުބެލެހެއްޓުމުގެ ނުރައްކާ އޮތް މިންވަރުވެސް ހިއްސާކޮށް އިސްލާހުކުރުމަށް ހުށަހަޅާފައެވެ.

2004 ވަނަ އަހަރުން ފެނިގެން އެއަރޕޯޓް އިމިގްރޭޝަންގެ ކޮމްޕިއުޓަރުން ލޭބަރ މިނިސްޓްރީގެ ޑޭޓާބޭސްއަށް މަޢުލޫމާތު އަޅާބަލަހައްޓަމުން ގެންގޮސްފައިވާއިރު ޑޭޓާބޭސް ބޭނުންކުރަމުން ގެންގޮސްފައިވަނީ ރާއްޖޭގައި މަސައްކަތް ކުރުމަށް އަންނަ ބިދޭސީ މީހުން ރާއްޖެ އެތެރެވާ ތާރީޚާއި އަދި ރާއްޖޭން ބޭރުވާ ތާރީޚުތައް ޑޭޓާބޭސްއަށް އެންޓަރ ކުރުމަށެވެ. ނަމަވެސް މިފަދަބޭސްއެއް ބަލަހައްޓަންޖެހޭ މިންވަރަށް މި ޑޭޓާބޭސް ބަލަހައްޓަމުން ނުގެންދެވޭ ކަމުގައި އޮޑިޓަރ ޖެނެރަލް ފާހަގަކުރެއްވިއެވެ.

އެގޮތުން، ލޭބަރ މިނިސްޓްރީން މައުލޫމާތު ބަދަލުނުކުރުމުގެ ޝަކުވާއާއި އިންފޯޓެކްގެ ފަރާތުން އެއްބާރުލުން ނުލިބުން ފާހަގަކޮށްލެވޭއިރު 2008 ގެ ޖޫންގެ ނިޔަލަށް 100 މުވައްޒަފުންނަށް ޑޭޓަބޭސް އަށް ވަދެވުނު ނަމަވެސް، އެ ބޭނުންކުރާ ފަރާތްތައް އެނގޭނެ އޮޑިޓް ލޮގެއްވެސް ހަދާފައި ނެތެވެ. އަދި ކޮރަޕްޝަންގެ އަމަލުތައް ފާހަގަވެ، މަސައްކަތްކުރާ ބިދޭސީންވެސް ފުރާފައިވާކަން ގަސްދުގައި ލޮގްކޮށްފައިވެއެވެ.

އިމިގްރޭޝަން މުވައްޒަފުންވެސް ޑޭޓާ ބޭސްއަށް ދޮގުހަދާފައިވާކަން އެއިރުވެސް ހާމަވެފައި އޮތެވެ. އަދި ވޯކް ޕާރމިޓް ފީގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ 37 މިލިއަން ރުފިޔާ 2004ގެ ނިޔަލަށްވެސް ދައްކާފައެއް ނުވެއެވެ. އެއީ ރެކޯޑްތަކުން އެނގެން އޮތް މިންވަރު ނަމަވެސް 2007 ވަނަ އަހަރުގެ ނިޔަލަށް ފީގެ ގޮތުގައި ދައްކަންޖެހޭ އަދަދު ލިޔެކިޔެމެއްނެތުމުން، އެނގިފައެއް ނުވެއެވެ. އަދި ފައިސާ ނުދައްކާ ހުރި ފަރާތްތަކަކީ ކޮބައިކަން ދެނެގަނެ، ފައިސާހޯދުމަށްވެސް ވަނީ އަންގަވާފައެވެ.

ބިދޭސިންގެ ކަންކަން ބޮއްސުން ލައިގެން ދިއުމުގައި ލޭބަރ މިނިސްޓްރީގެ މުވައްޒަފުން ބޭރު މީހުން ގެންނަ އެޖެންސީތައް ހުޅުވައި ސީދާ ގޮތުންނާއި ނުސީދާ ގޮތުން އެކަމުގެ މަންފާ ނަގަމުން ދިޔަކަން ތާރީޙުގެ ތެރެއިން ފެންނަން އެބައޮތެވެ. އަދި ބޮޑެތި މައްސަލަތައް ދިމާވީ މި ސަބަބާއި ހުރެކަންވެސް އެނގޭއިރު އެކަން ހައްލުކުރުމަށް އެކަށީގެންވާ މަސައްކަތްތަކެއް ކޮށްފައެއް ނުވެއެވެ. ވަކި ހަމައެއް ލަމައެއް ބެލުމެއްނެތި ކޯޓާ ދޫކޮށްފައިވާއިރު، ގާނޫނާއި ގަވާއިދާއި ހިލާފަށް އެކަން ކޮށްފައިވާކަންވެސް ފެންނާން އެބައޮތެވެ. ކޯޓާ ދޫކުރުމަށް ކަނޑައަޅާފައިވާ ކޮމިޓީން ވަކި މެމްބަރުން ނާޖާއިޒު ފައިދާ ނަގައި އުސޫލުތަކުން ބޭރުން ކަންތައް ކޮށްފައިވެއެވެ.

2007 ވަނަ އަހަރުގެ ތެރޭގައިވެސް ފިލައިގެން ނުވަތަ ގެއްލިގެން 1968 ބިދޭސީން އުޅޭކަމުގެ މައްސަލަ ރިޕޯޓުކޮށްފައިވާއިރު، އެ ރިޕޯޓުކުރި ގިނަ ކުންފުނިތަކަކީވެސް ވާރކްޕާމިޓް ފީ މިނިސްޓްރީއަށް ނުދައްކާ ފަރާތްތަކެވެ. އެގޮތަށް ނާޖާއިޒު ފައިދާނަގައި ޒިންމާތަކުން ރެކިގެން ދައުލަތައް ދައްކަންޖެހޭ ފައިސާ ނުދައްކައި އެއިރުގައިވެސް އެތައް ފަރާތެއް ތިބިއިރު، އެ ކުންފުނިތަކުން އެމީހުން ހޯދައި އަނބުރާ ގައުމަށް ފޮނުވުމަށް ލަފާދިން އިރު އެކަންވެސް ކޮށްފައިނުވެއެވެ. ބިދޭސީން ރާއްޖެއަށް ގެނައުމަށް މިނިސްޓްރީގައި ބަހައްޓަންޖެހޭ 1،154،690 ޑޮލަރު މިނިސްޓްރީއަކަށް ލިބިފައެއް ނުވެއެވެ. ކޮރަޕްޓް މުވައްޒަފުން ވަޒީފާގައި ބެހެއްޓުމަކީވެސް ބޮއްސުން ލައިގެން ދިޔަ ކަންކަމެވެ.

މިދެއްކީ ހައްތާވެސް 2008 ވަނަ އަހަރުގެ ނިޔަލަށް ކަންތައްތައް ހިނގައިފައި ހުރި މިންވަރުގެ ވާހަކައެވެ.

މިއަދު ބިދޭސީންގެ އަދަދުވެސް ނޭނގޭއިރު، އެތައް އިޖްތިމާއީ މައްސަލަތަކެއް ދަނީ ފެންމަތި ވަމުންނެވެ. ގައުމީ ސަލާމަތައް ނުރައްކާވެ، ދިވެހިން ރަހީނު ކުރާ ހިސާބަށްވެސް ކަންތައްތައް ގޮސްފައި އެބަވެއެވެ. މުއައްސަސާތަކަށް ޒިންމާ އަދާނުކުރެވޭކަމުގެ ހެއްކަކީ، މިކަންތައް ހައްލުކުރުމަށް އެދެވޭ ފިޔަވަޅެއް ނޭޅުމެވެ. އިމިގްރޭޝަންއަށްވެސް ޒިންމާ އަދާ ނުވުމެވެ.

މިހާހިސާބަށް ބިދޭސީންގެ މައްސަލަ ދިޔައީ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ އާއިލީ ވެރިކަމުގައި އެ ވުޒާރާ ހިންގަވަން ހުންނެވި އެމަނިކުފާނުގެ އެއްބަފާ ކޮއްކޯފުޅު ޔާމީން އަބްދުލް ގައްޔޫމްވެސް މައްސޫލިއްޔަތު އަދާނުކުރުމުގެ ސަބަބުންނެވެ. މިއީ މުއައްސަސާތަކުގައި އިސްކޮށް ތިއްބެވި ބޭފުޅުން ގައުމުގައި ހިނގި ކަންތައްތަކަށް ބީރު ކަންފަތެއް ދިނުމުގެ ނަތީޖާއެވެ. މަގާމުގެ މަސްއޫލިއްޔަތު އަދާނުކުރުމުގެ ނަތީޖާއެވެ. އެއިރު އިސްލާހުކުރިނަމަ މިއަދު މި ހާލަތަށް ގައުމު ނުދިޔައީސްކަން ކަށަވަރެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޤަތަރުގެ މައްސަލައިގައި ދިވެހިރާއްޖެ އިސްރާއީލުގެ އަޅުވެތިކަމަށް!؟

ޤަތަރުގެ މައްސަލައިގައި ދިވެހިރާއްޖެ އިސްރާއީލުގެ އަޅުވެތިކަމަށް!؟

08 ޖޫން 2017
ގަތަރުގެ މައްސަލައަށް މަތިންބައިން ޖެހިގެން ވަނުމުން ރާއްޖޭގެ ނަން ހުތުރު ވަނީ!

ގަތަރުގެ މައްސަލައަށް މަތިންބައިން ޖެހިގެން ވަނުމުން ރާއްޖޭގެ ނަން ހުތުރު ވަނީ!

07 ޖޫން 2017
ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ދައުލަތުގެ ޒިންމާ!

ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ދައުލަތުގެ ޒިންމާ!

03 ޖޫން 2017
ގިނަ އަދަދެއްގެ ބިދޭސީންގެ ރޯދަ ވީއްލުން މިސްކިތުގައި

ގިނަ އަދަދެއްގެ ބިދޭސީންގެ ރޯދަ ވީއްލުން މިސްކިތުގައި

30 މެއި 2017
"ކޮޅުވެއްޓިއާއި ދިމާވި ކާގޯ ބޯޓު، އެހީއަށް އެދުމުން ވެސް އަޅާނުލައި ދިޔައީ"

"ކޮޅުވެއްޓިއާއި ދިމާވި ކާގޯ ބޯޓު، އެހީއަށް އެދުމުން ވެސް އަޅާނުލައި ދިޔައީ"

23 މެއި 2017

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު