Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެނެލްސަން މަންޑޭލާ ރޫލްސް

ޖަލުތައް ބެލެހެއްޓުމުގައި ގެންގުޅޭ "މަންޑޭލާ ރޫލްސް" ދިވެހި ބަހަށް ތަރުޖަމާކޮށް، ނެރެފި

18 ޖުލައި 2020 | ހޮނިހިރު 10:23

ޖަލުގައި ބަންދުކޮށްފައި ތިބޭ މީހުންނާމެދު މުއާމަލާތްކޮށް ޖަލުތައް ހަރުދަނާ ކުރުމުގެ ގޮތުން ޖަލުތައް ބެލެހެއްޓުމުގައި ގެންގުޅެން އދ. އިން ކަނޑައަޅާފައިވާ މިންގަނޑު

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 18 ޖުލައި 2020 | ހޮނިހިރު 10:23
\"ދި މަންޑޭލާ ރޫލްސް\" ދިވެހި ބަހަށް ވަނީ ތަރުޖަމާކޮށް، ހޯމް މިނިސްޓްރީގެ ވެބްސައިޓްގައި ވެސް ވަނީ ޝާއިއު ކުރައްވާފައި

\"ދި މަންޑޭލާ ރޫލްސް\" ދިވެހި ބަހަށް ވަނީ ތަރުޖަމާކޮށް، ހޯމް މިނިސްޓްރީގެ ވެބްސައިޓްގައި ވެސް ވަނީ ޝާއިއު ކުރައްވާފައި

އދ. އިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ރެޒިޑެންޓް ކޯޑިނޭޓަރ، މިސް ކެތަރިން ހަސްވެލް، "ދަ ނެލްސަން މަންޑޭލާ ރޫލްސް" ފޮތުގެ ދިވެހި ތަރުޖަމާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމްގެ އަތްޕުޅަށް އަރުވައިފިއެވެ.

ހޮނިހިރު ދުވަހުގެ ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ މި ފޮތް ބަލައިގަތުމުގެ ފުރުޞަތު ނެލްސަން މަންޑޭލާގެ އުފަން ދުވަހު ލިބިވަޑައިގަތުމަކީ އެމަނިކުފާނަށް ލިބިވަޑައިގެންނެވި ޝަރަފެއް ކަމުގައި ވިދާޅުވެ، މަންޑޭލާއަކީ ލާމަސީލު ބޭފުޅެއްކަން ފާހަގަކުރައްވާފައެވެ.

Advertisement - newsAdvertisement

މީގެ އިތުރުން، މަންޑޭލާގެ ހަޔާތްޕުޅުން ޢިބުރަތް ލިބިގަނެ، އެމަނިކުފާނުގެ އަމިއްލަފުޅު ދިރިއުޅުމުގައި ވެސް މަންޑޭލާ ގެންގުޅުއްވި ރަނގަޅު އާދަތަކާއި އުޞޫލުތައް އަށަގެންނެވުމަށް މަސައްކަތްކުރައްވާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި އ.ދ. ގެ ރެޒިޑެންޓް ކޯޑިނޭޓަރ ދެއްކެވި ވާހަކަފުޅުގައި، ކޮންމެ ފަރުދަކު ވެސް އެމީހެއްގެ ޤައުމުގެ ކަންކަން ރަނގަޅުކުރުމަށް ނެލްސަން މަންޑޭލާ ގެންގުޅުއްވި އުޞޫލުތައް ރަނގަޅަށް ދަސްކޮށް، އޭގެ ބޭނުން ހިފުން މުހިންމުކަމުގައި ވިދާޅުވިއެވެ.

މިގޮތުން އެކަމަނާ ވަނީ ޤައިދީންނާމެދު ޢަމަލުކުރާ ގޮތްތައް ދެނެގަތުމުގައި މަންޑޭލާ ގެންގުޅުއްވި ހަރުދަނާ އުޞޫލުތަކުގެ މައްޗަށް އަލިއަޅުއްވައިލައްވާފައެވެ.

މީގެ އިތުރުން އެކަމަނާ ވަނީ ދެވެން އޮތް ހުރިހާ ދާއިރާއަކުން އ.ދ. ގެ އެއްބާރުލުމާއި އެހީތެރިކަން ރާއްޖެއަށް ހޯދައިދިނުމަށް މަސައްކަތް ކޮށްދެއްވާނެ ކަމުގެ ޔަޤީންކަން އަރުވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، ކުށްވެރިން ރިހެބިލިޓޭޓްކޮށް އަލުން މުޖުތަމަޢަށް ނެރުމަށް ރައީސުލްޖުމްހޫރިއްޔާ ބަހައްޓަވާ ޙާއްޞަ އިސްކަން ފާހަގަކުރައްވާފައެވެ. މިގޮތުން، ރާއްޖޭގެ ޖަލުތަކުގައި ތަޢުލީމާއި ތަމްރީނުގެ ފުރުޞަތުތައް ފަހިކޮށްފައިވަނީ މި ބޭނުމުގައިކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހާމަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަރިހުގައި މި ބައްދަލު ކުރެއްވުމުގައި، މިނިސްޓަރ އޮފް ހޯމް އެފެއާޒް އައްޝައިޚް ޢިމްރާން ޢަބްދުﷲ ބައިވެރިވެވަޑައިގެންނެވިއެވެ.

"ނެލްސަން މަންޑޭލާ ރޫލްސް،" މި ފޮތަކީ ދެކުނު އެފްރިކާގެ ކަޅުނަސްލުގެ ފުރަތަމަ ރައީސްކަމުގައިވާ ނެލްސަން މަންޑޭލާގެ ޝަރަފުގައި ލިޔެފައިވާ، އެއިރު ދެކުނު އެފްރިކާގައި ހިނގަމުންދިޔަ ނަސްލީ ތަފާތު ކުރުންތަކާއި ދެކޮޅަށް އޭނާ ކުރެއްވި ބުރަ މަސައްކަތްތައް ފާހަގަކުރުމުގެ ގޮތުން ލިޔެފައިވާ ފޮތެކެވެ. ދެކުނު އެފްރިކާގެ "އެޕާތައިޑް" ވެރިކަމާއި ދެކޮޅަށް ކުރެއްވި މަސައްކަތުގެ ތެރެއިން ނެލްސަން މަންޑޭލާ 27 ދިގު އަހަރު ޖަލުގައި ހޭދަ ކުރައްވަން ޖެހިވަޑައިގެންނެވި އިރު، މި ފޮތުގައި ޤައިދީންނާއި މެދު އިންސާފާއި، އިންސާނީ ކަރާމާތް ނުގެއްލޭ ގޮތައް ޢަމަލުތައް ބަހައްޓާނެގޮތް ވަރަށް ތަފްޞީލުކޮށް ލިޔެފައިވެއެވެ.

ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މަންޑޭލާޑޭ އާދިމާކޮށް، "މަންޑޭލާ ރޫލްސް" ދިވެހި ބަހަށް ތަރުޖަމާކޮށް ޝާއިރުކުރެއްވުމަކީ ޖަލުތަކަށް ގެންނަވާ ހެޔޮ ބަދަލުގެނައުމަށް އެޅުނު މުހިއްމު ފިޔަވަޅެއް ކަމަށެވެ. ޔޫއެންއޯޑީސީއާ ގުޅިގެން އެ އުސޫލްތަކަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އޮފިސަރުން ތަމްރީން ކުރުމުގެ މަސައްކަތް ކުރިއަޢް އޮތްތަނުގައި ކުރިއަށް ގެންދަވާނެ ކަމަށް ވެސް މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ ސަރުކާރުން ގެންދަވަނީ، ޖަލުތަކުގެ ހިންގުން ހަރުދަނާ ކުރުމަށް މަސައްކަތްތަކެއް ކުރައްވަމުންނެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2018

ހައުސިން މިނިސްޓްރީން ގާނޫނާ ހިލާފަށް ބިދޭސީން ގެންގުޅޭކަން ފަޅައިއަރައިފި

31 ޖެނުއަރީ 2018
ހައުސިން މިނިސްޓްރީން ގާނޫނާ ހިލާފަށް ބިދޭސީން ގެންގުޅޭކަން ފަޅައިއަރައިފި
22 ޑިސެމްބަރު 2017

ބޭރުގެ ގައުމުތަކުން ރާއްޖެއަށް އިތުބާރު ނުކުރަނީ މި ސަރުކާރުން ހާރިޖީ ސިޔާސަތު ގެންގުޅޭ ގޮތުން: ކެރަފާ ނަސީމް

22 ޑިސެމްބަރު 2017
ބޭރުގެ ގައުމުތަކުން ރާއްޖެއަށް އިތުބާރު ނުކުރަނީ މި ސަރުކާރުން ހާރިޖީ ސިޔާސަތު ގެންގުޅޭ ގޮތުން: ކެރަފާ ނަސީމް
24 ޖުލައި 2017

ފުލުހުން ތަކެއް ހައްޔަރުކޮށްގެން ނުގެންގުޅޭ ކަމަށް ފުލުހުން ބުނެފި

24 ޖުލައި 2017
ފުލުހުން ތަކެއް ހައްޔަރުކޮށްގެން ނުގެންގުޅޭ ކަމަށް ފުލުހުން ބުނެފި
07 ޖޫން 2017

ގަތަރާއި ގުޅުން ކަނޑާލުމަކީ ރާއްޖެއިން ވަކިވެގަތުމަށް ގެންގުޅޭ ސިޔާސަތު ދައްކައިދޭ ބޮޑު މަންޒަރެއް: މައުމޫނު ފެކްޝަން

07 ޖޫން 2017
ގަތަރާއި ގުޅުން ކަނޑާލުމަކީ ރާއްޖެއިން ވަކިވެގަތުމަށް ގެންގުޅޭ ސިޔާސަތު ދައްކައިދޭ ބޮޑު މަންޒަރެއް: މައުމޫނު ފެކްޝަން
05 ޖޫން 2017

ރައީސްގެ ގެކޮޅުގެ ހަރުމުދަލުގެ ރެކޯޑްތައް ބެލެހެއްޓުމުގައި މައްސަލަތަކެއް ހުރި: އޮޑިޓް ރިޕޯޓް

05 ޖޫން 2017
ރައީސްގެ ގެކޮޅުގެ ހަރުމުދަލުގެ ރެކޯޑްތައް ބެލެހެއްޓުމުގައި މައްސަލަތަކެއް ހުރި: އޮޑިޓް ރިޕޯޓް
04 އެޕްރީލު 2017

ރައުދާގެ އިންސްޓަގްރާމް އެކައުންޓް އެހެން މީހަކު ގެންގުޅޭކަމަށް ޝައްކުކުރެވިގެން އާއިލާއިން ސަރުކާރުގެ އެހީއަށް އެދިއްޖެ

04 އެޕްރީލު 2017
ރައުދާގެ އިންސްޓަގްރާމް އެކައުންޓް އެހެން މީހަކު ގެންގުޅޭކަމަށް ޝައްކުކުރެވިގެން އާއިލާއިން ސަރުކާރުގެ އެހީއަށް އެދިއްޖެ
26 މާރިޗު 2017

ރައީސް މޮޑޭ ފުށްގަނޑަކަށް، މެޑަމް ހަލުވަން ގެންގުޅޭ ބޮލިރަވަ ފުއްތަކަކަށް މެންބަރުން ހެދީ މަސީހު: މަޚްލޫފް

26 މާރިޗު 2017
ރައީސް މޮޑޭ ފުށްގަނޑަކަށް، މެޑަމް ހަލުވަން ގެންގުޅޭ ބޮލިރަވަ ފުއްތަކަކަށް މެންބަރުން ހެދީ މަސީހު: މަޚްލޫފް
19 މާރިޗު 2017

އަމިއްލަ އަށް ވެކްސިން އެތެރެކޮށްގެން ގެންގުޅޭ ފަރާތްތަކަށް ޑރ. އަފީފްގެ ނަސޭހަތެއް!

19 މާރިޗު 2017
އަމިއްލަ އަށް ވެކްސިން އެތެރެކޮށްގެން ގެންގުޅޭ ފަރާތްތަކަށް ޑރ. އަފީފްގެ ނަސޭހަތެއް!
15 ފެބުރުއަރީ 2017

ސިއްހީ ޚިދުމަތްތައް ދޭ ފަރާތްތަކުން މިހާރު ގެންގުޅޭ ސަގާފަތް ބަދަލުކުރަން ޖެހޭ: މިނިސްޓަރ

15 ފެބުރުއަރީ 2017
ސިއްހީ ޚިދުމަތްތައް ދޭ ފަރާތްތަކުން މިހާރު ގެންގުޅޭ ސަގާފަތް ބަދަލުކުރަން ޖެހޭ: މިނިސްޓަރ
11 ފެބުރުއަރީ 2017

"ދެފުށް ފެންނަ" ސިޔާސަތެއް ސަރުކާރުން ގެންގުޅޭނަމަ ޖަރީމާތައް ހުއްޓޭނެ: މަޚުލޫފް

11 ފެބުރުއަރީ 2017
"ދެފުށް ފެންނަ" ސިޔާސަތެއް ސަރުކާރުން ގެންގުޅޭނަމަ ޖަރީމާތައް ހުއްޓޭނެ: މަޚުލޫފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް