Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ކޮވިޑް-19 އިން އަރައިގަތުން

ކޮވިޑް-19 އާ ގުޅިގެން ފަގީރު ގައުމުތަކުގެ ދަރަނި ކަނޑާލުމަށް އެމްނެސްޓީން ގޮވާލައިފި

ކޮވިޑް-19 ގެ ސަބަބުން ދުނިޔޭގައިވާ ތަފާތުކުރުންތައް ވަރަށް ބޮޑަށް ހާމަވެގެން ހިނގައްޖެ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 17 ޖުލައި 2020 | ހުކުރު 20:51
ޖީ20 ގައި ހިމެނޭ ބައެއް ގައުމުތަކުގެ ވެރިން

ޖީ20 ގައި ހިމެނޭ ބައެއް ގައުމުތަކުގެ ވެރިން

ކޮވިޑް-19ން ރައްކާތެރިވުމަށް ގައުމުތަކުން އަޅަމުންދާ ފިޔަވަޅުތަކުގެ ސަބަބުން ފަގީރުން އިތުރަށް ފަގީރުވެ، މޫސުމީ ކާރިޘާތައް ނުވަތަ ތިމާވެއްޓަށް ލިބޭ ގެއްލުންތައް އިތުރުވެ، މުޖުތަމައުގައި އޮތް ހަމަހަމަކަން ނެތް ޘަގާފަތް އިތުރު ވެފައިވާކަމަށް އދ އާއި ކަމާބެހޭ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ. އެހެންކަމުން އެކަންކަމަށް ސަމާލުކަމަށް ދިނުމަށް ގައުމުތަކަށް ވަކިން ޚާއްސަކޮށް ކުރިއަރާފައިވާ ގައުމުތަކަށް އދ އިން އަންނަނީ ތަކުރާރުކޮށް ގޮވާލަމުންނެވެ. މިކަމުގައި އިންސާނީ ހައްގުތައް ހިމާޔަތްކުރުމުގައި މަސައްކަތްކުރާ ޖަމިއްޔާތަކުންވެސް އަންނަނީ އެފަދަ ގޮވާލުންތައް ގޮވާލަމުންނެވެ.

މިމަހު ބޭއްވުމަށް ހަމަޖެހިފައިވާ ޖީ-ޓުވެންޓީ ގައުމުތަކުގެ ބައްދަލުވުމާއި ދިމާކޮށް އެމްނެސްޓީ އިންޓަރނޭޝަނަލް އިން ވަނީ ގައުމުތަކުގެ ލީޑަރުން މިކަންކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ގޮވާލާފަ އެވެ. ވަކިން ޚާއްސަކޮށް ތަފާތުކުރުން ނައްތާލުމަށާއި ތިމާވެއްޓަށް ލިބެމުންދާ ގެއްލުންތަކުން އަރައިގަތުމަށް މުހިންމު ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް އެމްނެސްޓީން ވަނީ ގޮވާލާފައެވެ.

އެމްނެސްޓީ އިންޓަރނޭޝަންގެ އެކްޓިންގ ސެކްރެޓަރީ ޖެނެރަލް ޖޫލީ ވިރްހާރް ވިދާޅުވެފައިވަނީ ކޮވިޑް-19 ގެ ސަބަބުން ދުނިޔޭގައިވާ ތަފާތުކުރުންތައް ވަރަށް ބޮޑަށް ހާމަވެގެން ހިނގައްޖެ ކަމަށެވެ. ކުރިޔަށްއޮތް ތަނުގައި ދިމާވާ މިފަދަ ހާދިސާތަކުން އަވަހަށް ސަލާމަތްވުމަށް ދިގުރާސްތާ ބަދަލުތަކެއް ޖީ-ޓުވެންޓީ ގެ ގައުމުތަކުގެ ލީޑަރޝިޕުން ގެންނަންޖެހޭ ކަމަށް ޖޫލީ ވިދާޅުވި އެވެ.

އަދި ޖީ-ޓުވެންޓީ ގެ ގައުމުތަކުގެ ފިނޭންސް މިނިސްޓަރުން ދުނިޔޭގެ ފަގީރު ގައުމުތަކުގެ ދަރަނިތައް ކަނޑާލުމަށް އެއްބަސްވެ، ސިއްހީ އަދި އިޖުތިމާޢީ ރައްކާތެރިކަމަށް ބޮޑެތި އިންވެސްޓްތައްކޮށް މޫސުމަށް ބަދަލު އަންނަ ނުރައްކާތެރި ގޭސްތައް ޖައްވަށް ދޫކުރުން ހުއްޓާލަންޖެހޭކަމަށް ޖޫލީ ވިދާޅުވި އެވެ. އަދި ދުނިޔެއަށް ކުރިމަތިވެފައިވާ ބަލިމަޑުކަމުން ދެމެހެއްޓެނެވި ގޮތެއްގައި އަރައިގަނެވޭނެ ގޮތްތައް ހޯދަންޖެހޭކަމަށް ޖޫލީ ވިދާޅުވި އެވެ.

މީގެއިތުރުން ބާރުގަދަ މުއްސަނދި ގައުމުތަކުން އަހަންމިއްޔަތުކަންދޭ ކަންތައްތަކުގެ ސަބަބުން ސްޓޭޓް އޮފް ގްލޯބަލް އެމަރޖެންސީ އަކާ ހިސާބަށް ގޮސްފައިވާކަން ފާހަގަކުރައްވާ ޖޫލީ ވިދާޅުވީ ޖީ-ޓުވެންޓީ ގެ ގައުމުތަކުން މިކަން މިމަގުން ނުހިނގާނެ ގޮތަކަށް ކަންކަން ތަންފީޒު ކުރަންޖެހޭ ކަމަށެވެ. އެގޮތުން އިންސާނީ ހައްގުތަކަށާއި މިބަލިމަޑުކަމުން އަރައިގަތުމަށް ކުރަންޖެހޭ ކަންކަން ދެމެހެއްޓެނެވި ގޮތަކަށް ކުރުމަށް ޖޫލީ ގޮވާލެއްވި އެވެ.

އެމްނެސްޓީ އިންޓަރނޭޝަނަލް އިން ވަނީ ދުނިޔޭގެ އެންމެ ފަގީރު ގައުމުތަކުގެ ދަރަނި ކަނޑާލަދިނުމަށް ޖީ-ޓުވެންޓީ ގެ ގައުމުތަކުގެ ކިބައިން އެދިފައެވެ. މަދުވެގެން ކުރިޔަށް އޮތް ދެ އަހަރު ދުވަހު އެގައުމުތަކުގެ ދަރަނި ދެއްކުން ކެންސަލްކޮށް އެ ގައުމުތަކުން ކޮވިޑް-19ން ރައްކާތެރިވުމަށް ކުރަންޖެހޭ ކަންކަމަށް ޚަރަދުތައް ކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަށް އެމްނެސްޓީން ވަނީ ގޮވާލާފަ އެވެ.

2020 އަދި 2021 ވަނަ އަހަރު ދުނިޔޭގެ ފަގީރު 77 ގައުމަކުން 85 ބިލިއަން ޑޮލަރު އެގައުމުތަކުން އެކިއެކި ގައުމުތަކުންނާއި ޖަމިއްޔާތަކުން ނަގާފައިވާ ދަރަނިތައް އަދާކުރުމުގައި ހޭދަކުރާނެ ކަމަށް ބެލެއެވެ. މީގެތެރެއިން 40 އިންސައްތަ އަކީ މުއްސަނދި ގައުމުތަކަށް ދައްކަންޖެހޭ އަދަދުތަކެކެވެ. ބާކީ ބަޔަކީ ބައިނަލްއަގްވާމީ ފަރާތްތަކާއި އަމިއްލަ ފަރާތްތަކެވެ. ލަފާ ކުރެވޭ ގޮތުން ދުނިޔޭގެ 64 ގައުމަކުން އެގައުމުތަކުން ނަގާފައިވާ ދަރަނި އަދާކުރުމަށް ކުރާ ހޭދަ އެގައުމުގެ ސިއްހީ ނިޒާމު ރަނގަޅު ކުރުމަށް ކުރާ ހޭދައަށްވުރެ ބޮޑުވާނެ އެވެ.

މިއަހަރުގެ އޭޕްރީލް މަހު ޖީ-ޓުވެންޓީ ގެ ގައުމުތަކުން ވަނީ ފަގީރު 77 ގައުމަކުން 12 ބިލިއަން ޑޮލަރު ދެއްކުން ފަސްކޮށްދިނުމަށް އެއްބަސްވެފަ އެވެ. ނަމަވެސް ދަރަނި ދެއްކުން މެދުކަނޑާލަން އެއްބަސްވާ ސަރުކާރުތަކުން އެފައިސާ އަލުން ދައްކާއިރު ދައްކަންޖެހޭނީ އިންޓްރެސްޓާއެކު އެވެ.

ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކުގެ ޤާނޫނުގެ ދަށުން ޖީ-ޓުވެންޓީ ގެ ގައުމުތައްވެސް ހިމެނޭގޮތަށް މުއްސަނދި ގައުމުތަކުން އެހީތެރިކަން ބޭނުންވާ ގައުމުތަކަށް މިހާލަތުގައި އެހީތެރިކަން ފޯރުކޮށްދޭންޖެހޭނެ އެވެ.

އެމްނެސްޓީން ދަރަނިތައް ކެންސަލްކުރުމުގައި ނުވަތަ ކަނޑާލުމުގައި ގޮވާލަނީ އެކަން ދެފުށް ފެންނަ ހާމަގޮތެއްގައި ކުރެވޭނެ ނިޒާމެއްގެ ތެރެއިން ކުރުމަށެވެ. އެއީ އެ ފައިސާ އަކީ ކޮރަޕްޝަނާއި ފަސާދައިގެ ފައިސާއަށް އަދި ބޭނުމެއްނެތް ބޭކާރު ޚަރަދުތަކެއް ކުރުމުގައި ބަދަލުގައި ރަނގަޅުކަންކަމަށް ހޭދަކުރެވޭ ފައިސާތޯ ޔަގީންކުރުމަށެވެ.

ޖީ-ޓުވެންޓީ ގައުމުތަކުގެ ސަމިޓް މިފަހަރު ޚާއްސަކޮށްފައިވަނީ ކޮވިޑް-19 އަށެވެ. މިމަހުގެ 18 އަދި 19 ވަނަ ދުވަހު ވަރޗުއަލްކޮށް ބޭއްވުމަށް ހަމަޖެހިފައިވާ މިބައްދަލުވުމުގައި ޖީ-ޓުވެންޓީ ގެ މެމްބަރު 17 ގައުމަކުން ބައިވެރިވާނެ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރާއްޖޭގެ ދަރަނި: ގޮވަން ކައިރިވެފައިވާ ބޮން

ރާއްޖޭގެ ދަރަނި: ގޮވަން ކައިރިވެފައިވާ ބޮން

02 ޖުލައި 2018
ދަރަނި ބޮޑުވެ، މިއަދު އުފަންވި ކުއްޖާ ވެސް ދޮޅު ލައްކަ ރުފިޔާއިން ދަރައިފި!؟

ދަރަނި ބޮޑުވެ، މިއަދު އުފަންވި ކުއްޖާ ވެސް ދޮޅު ލައްކަ ރުފިޔާއިން ދަރައިފި!؟

09 ޖޫން 2018
ޗައިނާގެ އިގްތިޞާދީ އިސްތިޢުމާރުގެ މަޅީގައި ގައުމުތައް ސިޔާދަތުގެ ދަރަނިވެރިކަމަށް!

ޗައިނާގެ އިގްތިޞާދީ އިސްތިޢުމާރުގެ މަޅީގައި ގައުމުތައް ސިޔާދަތުގެ ދަރަނިވެރިކަމަށް!

21 ޑިސެމްބަރު 2017
ޔާމީން ސަރުކާރުން ބޭރުގެ ގައުމުތަކުގެ އިދިކޮޅު ފަރާތްތަކާ ބައްދަލު ކުރުން މައްސަލައެއް ނޫން!

ޔާމީން ސަރުކާރުން ބޭރުގެ ގައުމުތަކުގެ އިދިކޮޅު ފަރާތްތަކާ ބައްދަލު ކުރުން މައްސަލައެއް ނޫން!

18 ޑިސެމްބަރު 2017
ދަރަނި ބޮލަކަށް ވެގެން ހޯދާ ތަރައްގީއެއް ބޭނުންތަ؟

ދަރަނި ބޮލަކަށް ވެގެން ހޯދާ ތަރައްގީއެއް ބޭނުންތަ؟

21 އޮކްޓޯބަރު 2017

އަހަރުތަކުން މިއަދު

14 ޖެނުއަރީ
މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން
20251 އަހަރު ކުރިން
ރާއްޖެ

މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް
20242 އަހަރު ކުރިން
ރާއްޖެ

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް

ބަރަބޯ އޮށުގެ ފައިދާ
20233 އަހަރު ކުރިން
ރިޕޯޓު

ބަރަބޯ އޮށުގެ ފައިދާ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
20197 އަހަރު ކުރިން
ރިޕޯޓު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން
20188 އަހަރު ކުރިން
ރިޕޯޓު

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު