Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުބޮލީވުޑް

ރަންވީރު އެނބުރި މަސައްކަތަށް ނުކުންނަން ތައްޔާރުވަނީތަ؟

17 ޖުލައި 2020 | ހުކުރު 12:59

ރަންވީރު ސެލޫންގައި ނަގާފައިވާ ފޮޓޯއެއް ވަނީ ހިއްސާކޮށްފައި

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 17 ޖުލައި 2020 | ހުކުރު 12:59
ރަންވީރު ސިންގް އާއި އޭނާގެ ހެއަރ ސްޓައިލިސްޓް

ރަންވީރު ސިންގް އާއި އޭނާގެ ހެއަރ ސްޓައިލިސްޓް

ކޮވިޑް-19 އާ ގުޅިގެން އިންޑިއާ ލޮކްޑައުން ކޮށްފައިވުމުން ފާއިތުވި ތިން މަހަށްވުރެ ގިނަ ދުވަހު ބޮލީވުޑްގެ ތަރިން ވަނީ ގޭގައި ތިބެ މީހުން މުނިފޫހި ފިލުވައި ދިނުމަށްޓަކައި ތަފާތު ކަންކަން ކޮށްފައެވެ.

އެގޮތުން ތަރިން ވަނީ ޓްވިޓަރ އަދި އިންސްޓަގްރާމް މެދުވެރިކޮށް ލައިވް ޗެޓް ސެޝަންތައް ކުރިއަށް ގެންގޮސް ފޭނުންގެ އެތައް ސުވާލު ތަކަކަށް ޖަވާބު ދީފައެވެ.

މީގެ އިތުރުން ވެސް ލޮކްޑައުންގައި އާންމު އާންމު ދިރިއުޅުން ކުރިއަށް ގެންދާ ގޮތުގެ ފޮޓޯތަކާއި ވީޑިއޯތައް ވެސް ވަނީ ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ.

ކޮންމެއަކަސް ލޮކްޑައުންއަށް ލިއުތަކެއް ދިނުމާއި ގުޅިގެން ތަރިން ދަނީ ނިއު ނޯމަލްގައި މަސައްކަތްތަކަށް ތައްޔާރުވަމުންނެވެ.

އެގޮތުން ބޮލީވުޑް އެކްޓަރ ރަންވީރު ސިންގް ވެސް ދާދި ފަހުން ވަނީ ސެލޫންއަށް ގޮސްފައެވެ.

ރަންވީރުގެ ހެއަރ ސްޓައިލިސްޓް ދަރްޝަން ޔެވަލޭކަރު ދާދި ފަހުން ވަނީ ނިއު ނޯމަލްގައި ރަންވީރާއި އެކު ސެލޫންގައި ނަގާފައިވާ ފޮޓޯއެއް ހިއްސާކޮށްފައެވެ. އެ ފޮޓޯގައި ދެމީހުން މާސްކް އަޅައިގެން ތިބިއިރު ރަންވީރު ފެނިގެންދަނީ ކަޅު ކުލައިގެ ޓީޝާޓަކާއި ޖިންސެއް ލައިގެން ކަޅު ކުލައިގެ ތޮތްޕެއް ބޮލުގައި އަޅާފައި ހުއްޓައެވެ. ރަންވީރުގެ އިސްތަށިގަނޑު ދިގުކޮށްފައި ހުރިކަން ފާހަގަ ކުރެވެއެވެ.

އެހެންކަމުން ބޮޑަށް ބެލެވެނީ ރަންވީރު ވެސް އެނބުރި މަސައްކަތަށް ނުކުންނަށް ތައްޔާރުވަމުން ދަނީ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ރިޕޯޓްތައް ބުނާގޮތުން ރަންވީރު ދެން އެންމެ އަވަހަށް ކުޅުމަށް ހަމަޖެހިފައިވަނީ ޒޯޔާ އަޚްތަރު ޑައިރެކްޓް ކުރާ ފިލްމެކެވެ. މި ފިލްމްގައި ރަންވީރު ފެނިގެން ދާނީ އަންޑަރކަވަރ ކޮޕެއްގެ ރޯލުންނެވެ.

ރަންވީރުގެ ތަފާތު ދެ ފެނިލުމެއް މި ފިލްމްގައި ފެނިގެން ދާނެ ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ. އަދި އެއީ ކޮޕެއްގެ ރޯލާއި ގޭންގްސްޓާރ އެއްގެ ރޯލުން ކަމަށް ވެއެވެ.

މި ފިލްމްގައި ރަންވީރާއި އެކު ކެޓްރީނާ ކެއިފް ފެނިގެންދާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ބޮލީވުޑް ހަންގާމާގައި ރިޕޯޓް ކޮށްފައިވާ ގޮތުން ރަންވީރު ވަނީ ދަރްޝަން އެކު ގިނަ ފިލްމްތަކެއްގައި މަސައްކަތް ކޮށްފައެވެ. އޭގެ ތެރޭގައި ބަޖީރާއޯ މަސްތާނީ، ޕަދްމާވަތް، ގަލީ ބޯއީ އަދި 83 ހިމެނެއެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

3

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

27 ޑިސެމްބަރު 2017

އާ އަހަރުގެ ޝޯއާ އެކު މޭނާ ހައްސާން އެނބުރި އަންނަނީ

27 ޑިސެމްބަރު 2017
އާ އަހަރުގެ ޝޯއާ އެކު މޭނާ ހައްސާން އެނބުރި އަންނަނީ
14 އޮކްޓޯބަރު 2017

ޗުއްޓީއަށްފަހު އަމީތާބު އެނބުރި އިންޑިއާއަށް

14 އޮކްޓޯބަރު 2017
ޗުއްޓީއަށްފަހު އަމީތާބު އެނބުރި އިންޑިއާއަށް
24 ސެޕްޓެމްބަރު 2017

ޕްރިޔަންކާ "ކުއެންޓިކޯ" ކުޅެން އެނބުރި ނިއުޔޯކަށް

24 ސެޕްޓެމްބަރު 2017
ޕްރިޔަންކާ "ކުއެންޓިކޯ" ކުޅެން އެނބުރި ނިއުޔޯކަށް
25 ޖުލައި 2017

ރަންވީރު ސިންހާ އެކު ރޯހިތު ޝެޓީ ފިލްމެއް ހަދަނީ

25 ޖުލައި 2017
ރަންވީރު ސިންހާ އެކު ރޯހިތު ޝެޓީ ފިލްމެއް ހަދަނީ
24 އެޕްރީލު 2017

މިސްޓަރ ބީން އެނބުރި އައުންވެސް އެހާ މަޖާވާނެ

24 އެޕްރީލު 2017
މިސްޓަރ ބީން އެނބުރި އައުންވެސް އެހާ މަޖާވާނެ
26 މާރިޗު 2017

"ޓައިގާ ޒިންދާހޭ" ގެ ޝޫޓިން ނިންމާލުމަށްފަހު ކެޓްރީނާ އެނބުރި މުމްބާއީއަށް!

26 މާރިޗު 2017
"ޓައިގާ ޒިންދާހޭ" ގެ ޝޫޓިން ނިންމާލުމަށްފަހު ކެޓްރީނާ އެނބުރި މުމްބާއީއަށް!
14 މާރިޗު 2017

ސްރީދޭވީ އެނބުރި އައިސް ކުޅޭ ދެ ވަނަ ފިލްމުގެ ފުރަތަމަ ޕޯސްޓަރު ދައްކާލައިފި

14 މާރިޗު 2017
ސްރީދޭވީ އެނބުރި އައިސް ކުޅޭ ދެ ވަނަ ފިލްމުގެ ފުރަތަމަ ޕޯސްޓަރު ދައްކާލައިފި
01 މާރިޗު 2017

ރާނީގެ އެނބުރި އައުން ތަފާތު ގޮތަކަށް

01 މާރިޗު 2017
ރާނީގެ އެނބުރި އައުން ތަފާތު ގޮތަކަށް
13 ފެބުރުއަރީ 2017

"ޕަދްމާވަތީ" ގައި ދިޕިކާ އާއި ރަންވީރު އެކުގައި ނުފެންނާނެ

13 ފެބުރުއަރީ 2017
"ޕަދްމާވަތީ" ގައި ދިޕިކާ އާއި ރަންވީރު އެކުގައި ނުފެންނާނެ
16 ޖެނުއަރީ 2017

ވިހެއިތާ އެއް މަސް ނުވޭ، އަނެއްކާވެސް އެނބުރި މަސައްކަތަށް ރުޖޫޢަ ވަނީ

16 ޖެނުއަރީ 2017
ވިހެއިތާ އެއް މަސް ނުވޭ، އަނެއްކާވެސް އެނބުރި މަސައްކަތަށް ރުޖޫޢަ ވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް