Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސީލައިފްގެ މައްސަލައިގައި ބަދަލު ދިނުން

ސީލައިފްއަށް ފައިސާދިން ގިނަ ފަރާތްތަކަށް ބަދަލު ދެވިއްޖެ: އެޗްޑީސީ

އެ މަޝްރޫއު އެއްވެސް ވަރަކަށް ކުރިޔަށް ގެންގޮސްފައެއް ނުވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 16 ޖުލައި 2020 | ބުރާސްފަތި 23:27
އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ސުހައިލް އަޙުމަދު

އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ސުހައިލް އަޙުމަދު

ހުޅުމާލޭގައި 3،000 ފްލެޓް އަޅަން ބުކިން ފީގެ ގޮތުގައި ސީ ލައިފުން ފައިސާ ނެގުމަށް ފަހު މަސައްކަތް ކުރިއަށް ނުގެންދިއުމުން ގެއްލުންވި ގިނަ މީހުންނަށް ބަދަލު ދެވިފައިވާކަމަށް ހައުސިންގ ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީން) ބުނެފިއެވެ.

ބުރާސްފަތި ދުވަހުގެ ރޭ ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ސުހައިލް އަޙުމަދު ވިދާޅުވީ، އެ މައްސަލައިގައި ކުރެވުނު މަޝްވަރާތަކަށް ފަހު، ބަދަލު ދިނުމަށް އޭރު ނިންމުނު ކަމަށާއި، ގެއްލުން ލިބުނު މީހުންކަން ކަށަވަރު ކުރުމަށް ބޭނުންވާ ލިއެކިއުންތައް ފުރިހަމަވެފައިވާ އެންމެންނަށް މިހާރު ބަދަލު ދެވިފައިވާ ކަމަށެވެ.

އޭގެ އިތުރުން، އެކަމަށް ހުޅުވާލި ފުރުސަތުގެ މުއްދަތު ހަމަވެގެން އަލުން 10 ދުވަހުގެ ފުރުސަތެއް ހުޅުވާލާފައިވާނެ ކަން ފާހަގަ ކުރައްވައި ސުޙައިލް ވިދާޅުވީ، ޑެޑްލައިން ހަމަވި ފަހުންވެސް ބައެއް ހުށައެޅުން ލިބިފައިވާ ކަމަށެވެ. އަދި އެ ފަރާތްތަކަށް ފައިސާ ދޫކުރުމުގައި ދަތިތަކެއް ހުރިކަމަށް އޭނާ ވިދާޅުވިއެވެ.

ސުހައިލް ވިދާޅުވީ، މިހާތަނަށް ލިއެކިއުންތަކުގެ މައްސަލައެއް ނެތް ހުރިހާ ފަރާތްތަކަށް އަނބުރާ ލާރި ދެވިފައިވާ ކަމަށާއި، މިހާރު ބާކީ ހުރީ އެކިކަހަލަ ސަބަބުތަކާއި ހެދި އަލުން ބަލަން ޖެހޭ ފަރާތްތައް އެކަނި ކަމަށެވެ. އެގޮތުން އެފަދަ 16 ވަރަކަށް ފަރާތެއް ފާހަގަވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ސީލައިފްގެ މައްސަލައިގައި އެޗްޑީސީ އާއި ސަރުކާރާ އެކު އެއްބަސްވެފައިވަނީ އެތަނުން ފްލެޓް ގަތުމަށްޓަކައި ފައިސާ ދެއްކި 203 ފަރާތަކަށް ފްލެޓަށް ދެއްކި ފައިސާ އަނބުރާ ދިނުމަށާއި، ގެއްލުމުގެ ބަދަލުގައި ސަރުކާރުން ކަނޑައަޅާ ހައުސިންގ ސްކީމެއްގެ ދަށުން ހައުސިންގ ޔުނިޓު ދިނުމަށެވެ. ސީލައިފްއަށް ފައިސާދިން ގިނަ ފަރާތްތަކުން ބުކިންގ ފީއާއި ޑައުންޕޭމަންޓް ފައިސާ ވަނީ ދައްކާފައެވެ.

ސީލައިފް ގްލޯބަލް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހުޅުމާލޭގައި އިމާރާތްކުރަން ހަވާލުކުރެވުނު 3000 ހައުސިންގ ޔުނިޓްގެ މަޝްރޫއު އެއްވެސް ވަރަކަށް ކުރިޔަށް ގެންގޮސްފައެއް ނުވެއެވެ. ސީލައިފް ގްލޯބަލް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ މުހައްމަދު (އައްމަޓީ) އަކީ ކުރީގެ ރައީސް ޔާމީންއާ ގާތް ގުޅުމެއް އޮންނަ މީހެކެވެ.

އިތުރަށް ކިޔާލަން

21 ޖެނުއަރީ 2017

ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

21 ޖެނުއަރީ 2017
ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް
19 ޖެނުއަރީ 2017

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!
17 ޖެނުއަރީ 2017

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި
15 ޖެނުއަރީ 2017

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު