Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސަފާރީ ރޭޕް ކޭސް

ސަފާރީ ރޭޕް ކޭސް: 11 މީހުންގެ ބަޔާން ނަގާފައިވޭ!

16 ޖުލައި 2020 | ބުރާސްފަތި 12:01

ޑައިވްކޮށްގެން ފުލުހުން ވިކްޓިމްގެ ފޯނު ހޯދާފައިވޭ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 16 ޖުލައި 2020 | ބުރާސްފަތި 12:01
ފުލުހުން ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

ފުލުހުން ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

ހުޅުމާލޭގައި އަޅާފައި އޮތް ސާފާރީއެއްގައި ހުރި އަންހެނަކު ''ރޭޕްކުރި'' މައްސަލަ ތަހުޤީޤު ކުރަމުންދާ ކަަމަށާއި މިހާތަނަށް 11 މީހުންގެ ބަޔާން ނަގާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ބުރާސްފަތި ދުވަހު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް މަރިޔަމް އަޒްމާ ވިދާޅުވީ އަންހެން މީހާ އާއި ފުރަތަމަ ސުވާލުކުރުމުން ފޯނު ގެއްލިގެން އުޅޭކަމަށް އަންހެން މީހާ ފުލުހުންނަށް މައުލޫމާތުދިން ކަމަށެވެ. ނަމަވެސް ފަހުން، އަންހެން މީހާއަށް ޖިންސީ ގޯނާކުރުމަށް ބަޔަކު މަސައްކަތްކުރިކަމަށާއި، އެހެންވެ ސަފާރިން ފުންމާލި ކަމަށް އަންހެން މީހާ ފުލުހުންނަށް މައުލޫމާތުދިންކަމަށް އަޒްމާ ވިދާޅުވި އެވެ. އަޒްމާ ވިދާޅުވީ އަންހެން މީހާ މޫދަށް ފުންމާލުމުން ސަފާރިން ދެ މީހަކު ޑިންގީއެއްގައި އައިސް، އޭނާ ނެގިކަމަށް މައުލޫމާދިން ކަމަށެވެ. އަދި ފުލުހުންނަށް އެވަގުތު ލިބުނު މައުލޫމާތުގެ މައްޗަށް، ދެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނުކަމަށް އަޒްމާ ވިދާޅުވި އެވެ.

Advertisement - newsAdvertisement

އަޒްމާ ވިދާޅުވީ ސަފާރީ އަޅާފައިވާ އޮތް ސަރަހައްދުގައި ޑައިވްކޮށްގެން ފުލުހުން ވިކްޓިމްގެ ފޯނު ހޯދާފައިވާ ކަމަށެވެ. އަދި މައްސަލާގައި 11 ފަރާތަކާއި ސުވާލުކޮށްފައިވާކަމަށް އަޒްމާ ވިދާޅުވި އެވެ.

ކެންޔާގެ އަންހެން މީހާއާ ގުޅިގެން މެންދުރު އޮންލައިންގައި ހިއްސާކޮށްފައިވާ ރިޕޯޓަކީ ހަޤީޤަތާއި ހިލާފު މައުލޫމާތު ހިމަނައިގެން އަންހެން މީހާގެ ހުއްދަ ނުހޯދާ ލިޔެފައިވާ ރިޕޯޓެއް ކަމަށް އެ އަންހެން މީހާ ބުނެފައިވާ ކަމަށް އަޒްމާ ވިދާޅުވި އެވެ. އަދި އެކަމާއި ގުޅިގެން މައްސަލަ ތަހުޤީޤު ކުރަމުންދާއިރު މިހާތަނަށް ހޯދި ހޯދުމުން އެއީ ރަޖިސްޓްރީ ކޮށްގެން ހިންގާ ނޫހެއް ނޫންކަން އެނިގައިފައިވާ ވެސް އަޒްމާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި މައްސަލާއާ ގުޅިގެން ޕްރޮސެކިއުޓަރ ޖެނެރަލްއާ މަޝްވަރާ ކުރަމުންދާ ކަމަށެވެ.

ކެންޔާގެ އަންހެން މީހާއާ ޑޮކްޓަރަށް ދެއްކުމުގައި ލަސްތަކެއްވިކަމަށް ބުނެ އަމާޒުވި ސުވާލަށް ޖަވާބުދެއްވަމުން ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ބަޝީރު އަދި ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް މަރިޔަމް އަޒްމާވެސް ވިދާޅުވީ ޑޮކްޓަރަށް ދެއްކުމުގައި ލަސްތަކެއް ނުވާނެކަމަށެވެ. މި މައްސަލަ އެންމެ ފުރަތަމަ ހުށަހެޅިފައިވަނީ ރޭޕް ކޭސްއެއްގެ ގޮތަށް ނޫން ކަަމަށްވެސް ފުލުހުން ވިދާޅުވި އެވެ. އަދި ފުރަތަމަ ފުލުހުންނަށް ހުށަހެޅިފައިވަނީ ޖިންސީ ގޯނާގެ މައްސަލައެއްގެ ގޮތުގައިކަމަށް ބަޝީރު ވިދާޅުވި އެވެ.

ހުޅުމާލެ ފަޅުގައި އަޅާފައި އޮތް ސަފާރީއެއްގައި ދިވެހިރާއްޖޭގައި މަސައްކަތް ކުރާ އުމުރުން 27 އަހަރުގެ ބިދޭސީ އަންހެނަކަށް ގަދަކަމުން ޖިންސީ ގޯނާކުރި މައްސަލަ ހުށަހެޅިފައިވަނީ 26 ވަނަ ދުވަހުގެ ފަތިހު ފަހެއް ޖެހިއިރުއެވެ.

ފުލުހުން އޭރު ބުނީ އެކަން ފުލުހުންނަށް ހުށަހެޅުމުން، އެތަނުގައި ތިބި ދެ ފިރިހެނުން އެވަގުތު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ، އެއީ ދެމިގެންދިޔަ ކުށުގެ ވެއްޓެއް ކަމަށްވާތީ ކަމަށެވެ. ނޫސްވެރިންގެ ބައްދަލުވުމުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަބްދުލް މަންނާން ޔޫސުފް ވިދާޅުވީ ދެ މީހުން ދޫކޮށްލީ އެއްވެސް ފަރާތެއްގެ ނުފޫޒެއް އޮވެގެން ނޫން ކަމަށެވެ. އެއީ އެވަގުތު ހުންނެވި އިސްވެރިޔާއަށް ލިބިފަިއވާ އިލްމާ ތަޖުރިބާގެ އަލީގައި ނިންމި މިނިވަން ނިންމުމެއްކަމަށް ބަޝީރު ވިދާޅުވި އެވެ.

އެންމެ ހިނގާ

1

ވިންޑްސަރ ގަނޑުވަރުގައި ރަސްގެފާނު ޗާލްސް އަރަބި ބަހުން ވިދާޅުވީ މާތް ނަބިއްޔާގެ ހަދީސްފުޅެއް!

2

ކީވްއަށް ބެލިސްޓިކް މިސައިލްތަކެއް، މޮސްކޯ ވަށައިގެން އެތައް ސަތޭކަ ޑްރޯނެއް އަދި ވޮޝިންގޓަނުގެ ސިއްރު ޑީލްތައް ފަޅާއެރުން!

3

ބިމުގެ އަޑީގައިވާ އީރާންގެ ނިއުކްލިޔަރ މަރުކަޒުތައް ނައްތާލަން އެމެރިކާއާއި އިސްރާއީލުން ތައްޔާރުވަނީ!

4

މުއިއްޒު އާއި އެކު ޝެހެބާޒް ދެއްވި ރަސްމީ ސްޓޭޓްމަންޓުގައި ކަޝްމީރުގައި ވަކި ދައުލަތެއް ބިނާކުރުމަށާއި، ސިންދު ކޯރުގެ މައްސަލައިގައި ރަތްރޮނގު ހުރަސްކުރާނަމަ ހަނގުރާމައަކަށް ދާންޖެހިދާނެކަމުގެ އިންޒާރު!

5

ރަސްމާލެ މަޝްރޫއާ ގުޅޭ ގޮތުން ބައެއް މެންބަރުންނާ އެކު ރައީސް މުއިއްޒުގެ ބައްދަލުވުންތަކެއް، ސަރުކާރާއެކު ކުރިއަށްދާން ބޭނުންވާނަމަ އެ މަޝްރޫއާ މެދު ދެކޭގޮތް ބަދަލުކުރަން ޖެހޭކަމުގެ އިންޒާރު!

އިތުރަށް ކިޔާލަން

06 ފެބުރުއަރީ 2017

ކައުންސިލް މެމްބަރު ކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

06 ފެބުރުއަރީ 2017
ކައުންސިލް މެމްބަރު ކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި
06 ފެބުރުއަރީ 2017

މަހާނަ ހެދި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދަށް 15 ދުވަސް

06 ފެބުރުއަރީ 2017
މަހާނަ ހެދި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދަށް 15 ދުވަސް
05 ފެބުރުއަރީ 2017

ރިޔާސީ ބަޔާން އިއްވާ ޖަލްސާގައި މިއަހަރު ވެސް އެމްޑީޕީން ބައިވެރިނުވާނެ!

05 ފެބުރުއަރީ 2017
ރިޔާސީ ބަޔާން އިއްވާ ޖަލްސާގައި މިއަހަރު ވެސް އެމްޑީޕީން ބައިވެރިނުވާނެ!
05 ފެބުރުއަރީ 2017

ރައްޔިތުންގެ މަޖިލިސް: ރިޔާސީ ބަޔާން އިއްވުން މާދަމާ ދަރުބާރު ގޭގައި

05 ފެބުރުއަރީ 2017
ރައްޔިތުންގެ މަޖިލިސް: ރިޔާސީ ބަޔާން އިއްވުން މާދަމާ ދަރުބާރު ގޭގައި
02 ފެބުރުއަރީ 2017

ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް މާލީ ބަޔާންތައް އާއްމުކުރުން ވަރަށް މުހިއްމު: ޓްރާންސްޕޭރަންސީ

02 ފެބުރުއަރީ 2017
ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް މާލީ ބަޔާންތައް އާއްމުކުރުން ވަރަށް މުހިއްމު: ޓްރާންސްޕޭރަންސީ
24 ޖެނުއަރީ 2017

އެސްއޯއެފް އަތުން 165 މިލިޔަން ރުފިޔާ ހޯދުމަށް އެމްއެމްޕީއާރުސީން ކުރާ ދައުވާގެ މައްސަލައި ބަޔާންތައް ބަދަލު ކޮށްނިމެއްޖެ

24 ޖެނުއަރީ 2017
އެސްއޯއެފް އަތުން 165 މިލިޔަން ރުފިޔާ ހޯދުމަށް އެމްއެމްޕީއާރުސީން ކުރާ ދައުވާގެ މައްސަލައި ބަޔާންތައް ބަދަލު ކޮށްނިމެއްޖެ
16 ޖެނުއަރީ 2017

ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

16 ޖެނުއަރީ 2017
ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
15 ޖެނުއަރީ 2017

ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި

15 ޖެނުއަރީ 2017
ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި
12 ޖެނުއަރީ 2017

ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
 ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް
07 ޖެނުއަރީ 2017

ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި

07 ޖެނުއަރީ 2017
ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް