Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހިޔާ ފްލެޓްތައް

ހިޔާ ފްލެޓްތަކަށް ވަދެވޭނީ އަށް މަސް ފަހުން: އަސްލަމް

16 ޖުލައި 2020 | ބުރާސްފަތި 09:40

މި މަހު ފަހުކޮޅު ލިޔުންތައް ހަވާލުކުރަން ފެށޭނެ ކަމަށް ފްލެޓް ކޮމިޓީން މައުލޫމާތު ދިން

އަލީ ސަމާޚް
އަލީ ސަމާޚް | 16 ޖުލައި 2020 | ބުރާސްފަތި 09:40
ހުޅުމާލޭގައި އިމާރާތް ކޮށްފައިވާ ހިޔާ ފްލެޓް

ހުޅުމާލޭގައި އިމާރާތް ކޮށްފައިވާ ހިޔާ ފްލެޓް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ބޯހިޔާވަހިކަން ހޯދައި ދިނުމުގެ ގޮތުން ހުޅުމާލޭގައި ގާއިމްކުރި ހިޔާ ފްލެޓްތަކުގެ މަސައްކަތް ނިންމާ، އެ ފްލެޓްތަކަށް ވަންނަން އަށް މަސް ދުވަސް ނަގާނެ ކަމަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީ އަށް މިނިސްޓަރު އަސްލަމްއާ، އެ މިނިސްޓްރީގެ އިސްބޭފުޅުންގެ އިތުރުން ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ހާޒިރުކޮށް މެމްބަރުން ވަނީ ހިޔާ ފްލެޓްތަކާއި ގުޅޭ ގޮތުން ގިނަ ސުވާލުތަކެއް ކުރައްވާފައެވެ.

Advertisement - newsAdvertisement

ހިޔާ ފްލެޓްތައް ލިބެންވާ ފަރާތްތަކަށް އެ ފްލެޓް ހަވާލު ކުރަން ކުރެވޭ މަސައްކަތާއި ގުޅޭ ގޮތުން ކޮމިޓީގެ މެމްބަރަކު ސުވާލު ކުރެއްވުމުން އަސްލަމް ވިދާޅުވީ، މި މަަހު ފަހުކޮޅު ފްލެޓްގެ ހައްގުވެރި ފަރާތްތަކުގެ ލިސްޓު އާއްމު ކުރާނެ ކަމަށް ފްލެޓްގެ މައްސަލަ ބަލަން އެކުލަވާލި ކޮމިޓީން މައުލޫމާތު ދީފައިވާ ކަމަށެވެ. އަސްލަމް ވިދާޅުވީ، ފްލެޓް ކޮމިޓީން އިވެލުއޭޓް ކޮށްފައި ނިންމާ ލިސްޓަކީ މުޅިން އައު ލިސްޓަކަށްނވުން އެކަށީގެންވާ ކަމަށެވެ.

މިހާރު ކުރިޔަށްދާ މަސައްކަތުގެ ތަފްސީލު ދެއްވަމުން އަސްލަމް ވިދާޅުވީ، ފްލެޓްތަކަށް މީހުން ވަނުމުގެ ކުރިން ކޮންމެހެން ނިންމަން ޖެހޭ މަސައްކަތްތަކެއް އެބަހުރި ކަމަށެވެ. އެގޮތުން ހަމައެކަނި ތަޅުން އަޅަން ވެސް ދެމަސް ދުވަސް ހޭދަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ހިޔާ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 19 ޑިސެމްބަރު 2017 ގައެވެ. އެގްރީމެންޓްގައިވާ ގޮތުން، 730 ދުވަހުގެ ތެރޭގައި އެ މަޝްރޫއު ނިންމަންޖެހެއެވެ. އެއީ ދެ އަހަރުގެ މުއްދަތެކެވެ. އެހެންކަމުން މި ޕްރޮޖެކްޓް 19 ޑިސެމްބަރު 2019 ހުންނަން ޖެހޭނީ ނިމިފައެވެ. އެކަމަކު އަދިވެސް މި ޕްރޮޖެކްޓްގެ މަސައްކަތް މުޅިއަކުން ނުނިމެއެވެ. ނަމަވެސް މިހާރު 90 ޕަސެންޓް ނިމިފައިވާ ކަމަށް ހައުންސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެއެވެ.

ހިޔާ މަޝްރޫއުގެ ދަށުން އިމާރާތްކުރި 16 ޓަވަރަށް ބޭރުން ބަލާލާއިރު ރީތި ގޮތެއް ހުރިނަމަވެސް އެއީ އުޅެން އެންމެ އެކަށީގެންވާ ތަނެއް ނޫން ކަމަށް ބައެއް ފަރާތްތަކުން ސިފަކޮށްފައިވެއެވެ. އަދި ހާއްސަކޮށް، ފްލެޓްތަކުގެ ކޮޓަރިތަކުގެ ސައިޒު ކުޑަކަމާއި، ފާހަނާއާއި ލޯންޑަރީ ބައިގެ ޖާގަ ކުޑަކަމުންނާއި އެތަނުގައި ދިރިއުޅުމެއް، އުޅެން ބޭނުންވާ މީހުންނަށް ބޮޑެތި ދަތިތަކެއް ހުރިކަން ފާހަގަ ކޮށްފައިވެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

17 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!
16 ޖެނުއަރީ 2017

ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި

16 ޖެނުއަރީ 2017
ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި
14 ޖެނުއަރީ 2017

ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި

14 ޖެނުއަރީ 2017
ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި
13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
12 ޖެނުއަރީ 2017

ގެއްލިގެން ހޯދަމުން ދިޔަ ސްރީލަންކާގެ މަސްބޯޓް ފެނިއްޖެ، އެކަކުގެ ހާލު ދެރަ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
ގެއްލިގެން ހޯދަމުން ދިޔަ ސްރީލަންކާގެ މަސްބޯޓް ފެނިއްޖެ، އެކަކުގެ ހާލު ދެރަ: އެމްއެންޑީއެފް
11 ޖެނުއަރީ 2017

ރޯވި މަސްބޯޓުގައި ތިބި މީހުން ފެނިއްޖެ

11 ޖެނުއަރީ 2017
ރޯވި މަސްބޯޓުގައި ތިބި މީހުން ފެނިއްޖެ
11 ޖެނުއަރީ 2017

ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ

11 ޖެނުއަރީ 2017
ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ
11 ޖެނުއަރީ 2017

ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި

11 ޖެނުއަރީ 2017
ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި
07 ޖެނުއަރީ 2017

މުއީޒް އެ ހައްދަވަނީ ބުހުތާން ދޮގު، އެދައްކަވަނީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ: އަސްލަމް

07 ޖެނުއަރީ 2017
މުއީޒް އެ ހައްދަވަނީ ބުހުތާން ދޮގު، އެދައްކަވަނީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ: އަސްލަމް
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް