Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފަގީރުންގެ ލިސްޓު

އަވަސް އަރުވާލައިގެން ފަގީރުންގެ ލިސްޓަށް ބަދަލު ގެނައުމުން އިންސާފުވެރިއެއް ނުވާނެ

14 ޖުލައި 2020 | އަންގާރަ 17:55

ގެއްލިފައިވާ އިތުބާރު އަލުން އިއާދަކުރަން އެކަށީގެންވާ ފިޔަވަޅުތަކެއް އަޅައިފައިވާ ކަމަށް މިނިސްޓްރީން ބުނި

އަލީ ސަމާޚް
އަލީ ސަމާޚް | 14 ޖުލައި 2020 | އަންގާރަ 17:55
އިސްލާމިކް މިނިސްޓްރީން ޒަކާތް ބަލައިގަންނަނީ

އިސްލާމިކް މިނިސްޓްރީން ޒަކާތް ބަލައިގަންނަނީ

ކަނޑައެޅިފައިވާ އުސޫލުތަކާ ހިލާފަށް އަވަސް އަރުވާލައިގެން، ހަމަހަމަކަން ގެއްލޭގޮތަށް ފަގީރުންގެ ލިސްޓަށް ބަދަލު ގެނައުމަކީ އިންސާފުވެރި ގޮތެއް ނޫން ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން އެހެން ބުނެފައިވަނީ، ޒަކާތް ބަހާފައިވަނީ އެންމެ ހައްގުކޮށް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައި ވަނިކޮށެވެ.

Advertisement - newsAdvertisement

އަންގާރަ ދުވަހު މިނިސްޓްރީން އާއްމުކޮށްފައިވާ ބަޔާނެއްގައި ބުނީ، ޒަކާތް ބެހުމުގެ ކަންކަން އިސްލާމީ ޝަރީއަތުގެ ހަމަތަކާ އެއްގޮތަށް އިސްލާހުކޮށް ގެންނަން ޖެހޭ އިދާރީ ބަދަލުތައް ގެނެސް ޒަކާތުގެ ނިޒާމު ހަރުދަނާކޮށް ވޭތުވެދިޔަ ތަނުގައި ރައްޔިތުންގެ މެދުގައި ނިޒާމާމެދު އުފެދިފައިވާ އޮޅުންބޮޅުންތައް ފިލުވާލައި، ގެއްލިފައިވާ އިތުބާރު އަލުން އިއާދަކުރަން އެކަށީގެންވާ ފިޔަވަޅުތަކެއް އަޅައި އެ ކަމަށް މިނިސްޓްރީން މަސައްކަތް ކުރަމުންދާ ކަމަށެވެ.

މިނިސްޓްރީގެ ބަޔާނުގައި ބުނީ، 1441 ވަނަ އަހަރުގެ ފިތުރު ޒަކާތް ބެހުމަށްޓަކައި ރޯދަ މަހުގެ ކުރިން ފަގީރުންގެ ދަފްތަރު މުރާޖައާ ކުރުމަށް މަސައްކަތް ކުރި ނަމަވެސް ލޮކްޑައުންގެ ހާލަތު މެދުވެރިވުމުގެ ސަބަބުން އެކަން ކުރެވޭ ގޮތް ވެފައިނުވާ ކަމަށެވެ.

ނަމަވެސް، މި އަހަރުގެ ފިތުރު ޒަކާތް ބަހާފައިވަނީ، އަހަރުގެ ކުރީކޮޅު އެކުލަވާލެވުނު ލިސްޓަށް ކަމަށް މިނިސްޓްރީން ބުންޏެެވެ. އެހެން ކަމުން ޒަކާތް ބަހާފައިވަނީ، މި ހިނގާ 1441 ވަނައަހަރު މުރާޖައާ ކުރެވިފައިވާ އާ ލިސްޓަށް ކަމަށާއި، އެއީ 1439 ވަނަ އަހަރުގެ ލިސްޓެއް ނޫންކަމަށާއި، ދެ ސަފަރު 1441 ގައި އެކުލަވާލެވުނު ފަގީރުންގެ ދަފްތަރުކަން ބަޔާންކޮށް، މަޖިލީހުގެ އިދާރާއަށް އެ މައުލޫމާތު ހިއްސާކުރެވިފައި ވާނެ ކަމަށް މިނިސްޓްރީގެ ބަޔާނުގައި ބުންޏެވެ.

ޒަކާތުގެ ކަންކަން ނިންމުމުގައި އަބަދުވެސް އަހަރު ބަލާނީ ހިޖުރީ ތާރީހުންނެވެ. މީލާދީ ތާރީހަކުން ނޫނެވެ. ލޮކްޑައުންގެ ލުޔާއެކު ޖޫން މަހުގެ އެކަކުން ފެށިގެން މުދަލު ޒަކާތް ބެހުމުގެ ކުރިން ފަގީރުންގެ ދަފްތަރު މުރާޖައާ ކުރުމަށްޓަކައި މިނިސްޓްރީން މިހާރު ވަނީ އާއްމުކޮށް ހުޅުވާލާފައެވެ.

އާއްމު ހާލަތުގައިވެސް، މުއައްސަސާތަކުން ހޯދަންޖެހޭ ލިޔެކިޔުންތައް ހަމަކުރުމާއި، ފޯމު ހުށަހެޅުމުގައި ހުރި އެޖެންސީއާއެކު ގިނަ ގޮންޖެހުންތަކުގެ ޝަކުވާ މިނިސްޓްރީއަށް ލިބެމުންދާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނީ، ފަގީރެއްގެ ގޮތުގައި ހުށައަޅަން ޖެހޭ ލިޔުންތަކަކީ އެކި އިދާރާތަކުން އެއްކުރާ މައުލޫމާތުތަކާއި، އަދި އެ ފަރާތްތަކާއި މަޝްވަރާކޮށްގެން ނިންމާ ނިންމުން ކަމަށެވެ.

އަދި އިސްލާމްދީނުގެ ތިންވަނަ ރުކުން ކަމުގައިވާ ޒަކާތުގެ ޝިއާރާ އެ ނޫންވެސް ދީނުގެ މަތިވެރި ޝިއާރުތައް ގާއިމުކުރުގައި މިނިސްޓްރީން އަމަލުކުރަމުންދާ ގޮތާމެދު އާއްމުންގެ ހިތްތަކުގައި ޝައްކު އުފެދި، އިތުބާރު ގެއްލޭފަދަ އެއްވެސް ކަމެއް ނުކުރުމަށް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު

22 ޖެނުއަރީ 2017
ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު
21 ޖެނުއަރީ 2017

ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

21 ޖެނުއަރީ 2017
ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް
19 ޖެނުއަރީ 2017

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!
17 ޖެނުއަރީ 2017

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި
16 ޖެނުއަރީ 2017

ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

16 ޖެނުއަރީ 2017
ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
07 ޖެނުއަރީ 2017

އައިޖީއެމްއެޗްގެ އައިސީޔޫގައި ތިބޭ ބަލި މީހުނަށް ޒިޔާރަތްކުރާ ގަޑިއަށް ބަދަލުގެނެސްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗްގެ އައިސީޔޫގައި ތިބޭ ބަލި މީހުނަށް ޒިޔާރަތްކުރާ ގަޑިއަށް ބަދަލުގެނެސްފި
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް