Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޗައިނީސް ސުޕަ ލީގު ފެށުން

ޗައިނީސް ސުޕަ ލީގު ފަށާ މެޗުގައި ކުޅޭނީ ވޫހާން ޒާލް

13 ޖުލައި 2020 | ހޯމަ 09:12

އެންމެ ފުރަތަމަ ޗައިނީސް ސުޕަ ލީގު ފަށަން ތާވަލުކުރީ ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހު

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 13 ޖުލައި 2020 | ހޯމަ 09:12
މީގެ ކުރިން ލީގުގައި ވޫހާން ޒާލް ކުޅުނު މެޗެއްގެ ތެރެއިން

މީގެ ކުރިން ލީގުގައި ވޫހާން ޒާލް ކުޅުނު މެޗެއްގެ ތެރެއިން

ޗައިނީސް ސުޕަ ލީގު ފަށާ މެޗުގައި, ކޮރޯނާވައިރަސް (ކޮވިޑް-19) އާ ގުޅިގެން އެންމެ ބޮޑު ގޮންޖެހުމަކާ ކުރިމަތިލާން ޖެހުނު ވޫހާން ޒާލް ފުޓްބޯޅަ ޓީމު ކުޅޭ ގޮތަށް ހަމަޖައްސައިފިއެވެ.

ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހު ފަށަން ތާވަލުކުރި ޗައިނީސް ސުޕަ ލީގު ކޮވިޑް-19 އާ ގުޅިގެން ފަސްކުރިއިރު، މިހާރު ވަނީ މި މަހުގެ 25 ވަނަ ދުވަހު ލީގު ފެށުމަށް ތާވަލުކޮށްފައެވެ. މި މަހުގެ 25 ވަނަ ދުވަހު ލީގު ފަށާއިރު، ޗައިނާގެ ފުޓްބޯޅަ ސީޒަން ހުޅުވާ މެޗުވެސް ކުޅުމަށް ހަމަޖައްސާފައިވަނީ ހަމަ އެ ދުވަހެވެ.

ސީޒަން ހުޅުވާ މެޗުގައި ގުއަންޒޫ އެވަގްރާންޑޭ އާއި ޝަންހާއި ޝެންހުއާ ބައްދަލުކުރާއިރު، ލީގުގެ ފުރަތަމަ މެޗުގައި ހަމަ އެ ދުވަހު ވޫހާން ޒާލް ނުކުންނާނީ ލީގަށް އަލަށް ޕްރޮމޯޓުވި ޗިންގްޑައީ ހުއާންހާއިއާއެވެ.

ޗައިނީސް ސުޕަ ލީގު ފަށާ މެޗުގައި ވޫހާން ޒާލް ކުޅޭ ގޮތަށް ހަމަޖެއްސިއިރު، ކޮވިޑް-19 އާ ގުޅިގެން އެޓީމު އެނބުރި ގައުމަށް ގޮސްފައިވަނީ 104 ދުވަސް ފަހުން އޭޕްރީލް މަހުގެ ތެރޭގައެވެ.

ކޮވިޑް-19 އެންމެ ފުރަތަމަ ފެތުރެން ފެށިއިރު، ވުހާން ޒާލް ޓީމު ގޮސް ތިބީ ޓްރެއިނިންގ ކޭމްޕެއްގައި ސްޕެއިންގައެވެ. ފަހުން ސްޕެއިންގައި ވެސް ވައިރަހުގެ ނުރައްކާ ބޮޑުވުމާއި ގުޅިގެން ވުހާން ޓީމު ދިޔައީ ޖަރުމަނަށެވެ. އަދި އެއަށްފަހު އެނބުރި ވުހާނަށް އެ ޓީމު ދިޔައީ 104 ދުވަހަށް ފަހުއެވެ.

މި މަހުގެ ފަހުކޮޅު ޗައިނީސް ސުޕަ ލީގުގެ ކުޅުން ފަށާއިރު، މެޗުތައް ކުޅެން ނިންމާފައިވަނީ ސަޕޯޓަރުން ނުވައްދައެވެ.

ކޮވިޑް-19 ގެ އަސަރު އެންމެ ބޮޑަށް ކުރި އެއް ގައުމު ކަމަށްވާ ޗައިނާގައި ވައިރަސް ކޮންޓްރޯލް ކުރެވިފައިވީ ނަމަވެސް، މި އަހަރު އެ ގައުމުގައި ބައިނަލްއަގުވާމީ ގިނަ މުބާރާތްތަކެއް ނުބާއްވަން އެ ގައުމުގެ ސަރުކާރުން މިހާރު ވަނީ ނިންމާފައެވެ. އަދި އެ ގައުމުގެ ފުޓްބޯޅަ ސީޒަން އަލުން ފަށާއިރު، ހާއްސަ އުސޫލުތަކެއް އެ ގައުމުން ވަނީ ކަނޑައަޅާފައެވެ.

ޗައިނާއިން މިހާތަނަށް 83،000 ށްވުރެ ގިނަ މީހުން ކޮވިޑް-19ށް ޕޮޒިޓިވް ވެފައިވާއިރު، އެ ގައުމުން ކޮވިޑް-19 ޖެހިގެން 4،600 ށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް

15 ޖެނުއަރީ 2017
ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް
15 ޖެނުއަރީ 2017

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

15 ޖެނުއަރީ 2017
ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް
15 ޖެނުއަރީ 2017

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް
12 ޖެނުއަރީ 2017

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި
06 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
04 ޖެނުއަރީ 2017

ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ

04 ޖެނުއަރީ 2017
ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް