Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެބިދޭސީންގެ މުޒާހަރާ

ބިދޭސީން ހިންގި ހަމަނުޖެހުން ކޮންޓްރޯލްކޮށް 40 މީހަކު ހައްޔަރުކޮށްފި

މުޒާހަރާ ކޮށްފައިވަނީ މުސާރަ ނުދޭކަމަށް ބުނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 13 ޖުލައި 2020 | ހޯމަ 07:52
ހަމަ ނުޖެހުން ހިންގި ބިދޭސީންގެ ތެރެއިން ބައެއް ބިދޭސީން ފުލުހުންގެ ވެހިކަލްއެއްގައި ގެންދަނީ

ހަމަ ނުޖެހުން ހިންގި ބިދޭސީންގެ ތެރެއިން ބައެއް ބިދޭސީން ފުލުހުންގެ ވެހިކަލްއެއްގައި ގެންދަނީ

އައިލެންޑް އެކްސްޕާޓް ޕްރައިވެޓް ލިމިޑެޓް ކުންފުނީގައި މަސައްކަތް ކުރާ ބިދޭސީ މުވައްޒަފުންތަކެއް މުޒާހަރާކޮށް، ފުލުހުންނާ ކުރިމަތިލައި، ހިނގި ހަމަނުޖެހުންތަކާއި ގުޅިގެން 40 މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ މީޑިއާއިން ބުނީ، އައިލެންޑް އެކްސްޕާޓް ކުންފުނީގެ ބިދޭސީ މުވައްޒަފުންތަކެއް، މުސާރަ ނުލިބޭތީ، އެކަމާ ހިތްހަމަ ނުޖެހުން ފާޅުކުރުމަށް ހުޅުމާލޭގައި ކުރިއަށް ގެންދިޔަ މުޒާހަރާއެއްގައި ހަމަ ނުޖެހުން ހިންގައި، ބައެއް ފުލުހުންނަށް އަނިޔާވެ، އަދި ފުލުހުންގެ ވެހިކަލަށް ގެއްލުންދީފައިވާ ކަމަށެވެ.

ހަމަނުޖެހުން މިހާރު ކޮންޓްރޯލް ކޮށް، މުޒާހަރާ ކުރަމުންދާ ބިދޭސީން މިވަގުތު ތިބީ އައިލެންޑް އެކްސްޕާޓްގެ ލޭބަރ ކުއާޓާގައި ކަމަށެވެ. އަދި މި މައްސަލައާއި ގުޅިގެން ފުލުހުން ބުނީ މިހާތަނަށް 40 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

މުޒާހަރަ ހަމަ ނުޖެހުމަކަށް ބަދަލުވެ ބިދޭސީން ގަލާއި އެހެނިހެން އެއްޗެހި އުކުމުގެ ތެރޭގައި ބައެއް ފުލުހުންނަށް ވަނީ އަނިޔާވެފައެވެ. މީގެ އިތުރުން ފުލުހުންގެ ވެހިކަލްގެ ބިއްލޫރިގަނޑެއް ތަޅައިގެން ގޮސްފައިވެއެވެ. އަދި އެ ސަރަހައްދުގައި ހުރ ފިހާރައެއްގެ ބިއްލޫރިގަނޑު ވެސް ތަޅައިގެން ގޮސްފައިވެއެވެ.

ފުލުހުން ވަނީ މުޒާހަރާ ކުރާ ބިދޭސީން ލޭބާ ކުއާޓަރގެ ތެރެއަށް ވައްދާ ހަމަނުޖެހުން ކޮންޓްރޯލް ކޮށްފައެވެ. އަދި ފުލުހުން ދަނީ މި މައްސަލަ ބަލަމުންނެވެ. މީގެ ކުރިން ވެސް އެ ކުންފުނީގެ މުވައްޒަފުން ވަނީ ހުޅުމާލޭގައި މުޒާހަރާކޮށްފައެވެ.

މުޒާހަރާ ކުރި ބިދޭސީން ގޮވަމުން ދިޔައީ އެމީހުންގެ މުސާރަ ދިނުމަށާއި، އަނބުރާ ގައުމަށް ފޮނުވައިދިނުމަށް އެދިއެވެ. މުޒާހަރާގެ ބައިވެރިން ހިފައިގެން ތިބި ބޯޑުތަކުގައި 5 މަސް ވަންދެން މުސާރަ ނުދޭ ކަމަށް ވަނީ ބުނެފައެވެ.ގާތްގަނޑަކަށް 2 ލައްކައެއްހާ ބިދޭސީން ރާއްޖޭގައި އުޅެމުންދާއިރު، ގަވާއިދާ ހިލާފަށް ވެސް ލައްކައެއްހާ ބިދޭސީން ރާއްޖޭގައި އުޅޭކަމަށް ވެއެވެ. ބިދޭސީން ލައްވާ މަސައްކަތް ކުރުވުމަށްފަހު، އެމީހުންނަށް މުސާރަ ނުދޭ މައްސަލައަކީ ފެށުނީއްސުރެން ދައްކަމުން އަންނަ ވާހަކައެކެވެ.

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި

23 ޖެނުއަރީ 2017
ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި
22 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި

22 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި
17 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

17 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!
15 ޖެނުއަރީ 2017

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި
14 ޖެނުއަރީ 2017

ފުޅިއަޅައިގެން ފީނަނިކޮށް ޑީކޯވި މީހަކު ހެލިކޮޕްޓަރުގައި ގަމަށް ގެންގޮސްފި

14 ޖެނުއަރީ 2017
ފުޅިއަޅައިގެން ފީނަނިކޮށް ޑީކޯވި މީހަކު ހެލިކޮޕްޓަރުގައި ގަމަށް ގެންގޮސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު