Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެޗްއާރްސީއެމް ކޮމިޓީއަށް ހާޒިރުކުރުން

އެޗްއާރްސީއެމުން މަޖިލީހަށް ދޮގު މައުލޫމާތު ދިނުން، ނައިބް ރައީސް ވިދާޅުވަނީ އެނގިވަޑައިނުގަންނަވާ ކަމަށް!

ޒާހިދު ވިދާޅުވީ، ކޮމިޓީއަށް ހާޒިރު ވެފައިވަނީ ނައިބްރައީސްގެ ހައިސިއްޔަތުން ނޫންކަމަށް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 12 ޖުލައި 2020 | އާދީއްތަ 14:22
މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން އާދިއްތަ ދުވަހު ބޭއްވި ބައްދަލުވުން

މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން އާދިއްތަ ދުވަހު ބޭއްވި ބައްދަލުވުން

ހިއުމަންރައިޓްސް ކޮމިޝަން އޮފް ދި މޯލްޑިވްސް (އެޗްއާރްސީއެމް) އިން މަޖިލީހަށް ދޮގު މައުލޫމާތު ދިންކަން ހާމަވެފައިވާކަމަށް މަޖިލީހުގެ ހިއުމަންރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން ބުނެފިއެވެ.

ކޮމިޓީގައި ވާހަކަ ދައްކަވަމުން މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ވިދާޅުވީ، ފާއިތުވި 3 އަހަރު ކޮމިޝަނުގެ އެއްވެސް ބައްދަލުވުމެއް ކޮމިޝަނުގެ މެމްބަރުން ހާޒިރު ނުވެގެން ކެންސަލްކުރަން ޖެހިފައި ނުވާނެ ކަމަށް ކޮމިޓީއަށް މައުލޫމާތު ދީފައިވީނަމަވެސް، އެގޮތަށް އެކަން ހިނގައިގެން ޖަލްސާ ކެންސަލް ކުރަން ޖެހިފައިވާކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އެކަމުގެ މައުލޫމާތެއް ލިބިފައިވޭތޯ ކޮމިޝަނުގެ ނައިބް ރައީސް މުހައްމަދު ޒާހިދުއާ ސުވާލު ކުރެއްވުމުން ވިދާޅުވީ، ކޮމިޓީއަށް ހާޒިރުވެފައިވަނީ ނައިބް ރައީސްގެ ހައިސިއްޔަތުން ނޫން ކަމަށާއި، އެކަންކަމުގައި ޖަވާބުދެއްވާނީ ވަކީލުން ކަމަށެވެ. އަދި އެޗްއާރްސީއެމްގެ ފަރާތުން ކޮމިޓީއަށް އެގޮތަށް ޖަވާބުދީފައިވަނީ އޭނާއަށް އެނގިގެން ނޫންކަމަށްވެސް ވިދާޅުވިއެވެ.

އޭގެ އިތުރުން، މާލޭ ޖަލުގައި އަނިޔާ ކުރުމާގުޅޭ މައްސަލައެއްގައި އެޗްއާރްސީއެމުން މުވައްކިލުގެ ޙައްޤު ގެއްލޭ ގޮތަށް އަމަލު ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވިފައިވާއިރު، އެކަމުގައި ސީދާ ވަކީލާ ބައްދަލު ކޮށްފައިވާނެ ކަމަށާއި، އެކަން ބަލަމުންދާ ކަމަށް އެޗްއާރްސީއެމުން ކޮމިޓީއަށް އަންގާފައިވެއެވެ. އެހެން ނަމަވެސް، އެކަމުގައި ވަކީލާ މުއާމަލާތް ކޮށްފައި ނުވާ ކަަމަށާއި، އެއީ ދޮގު މައުލޫމާތުކަަމަށް ވަކީލު ވަނީ ތަފްސީލާއެކު ކޮމިޓީއާ ހިއްސާކޮށްފައެވެ.

އެކަމާ ގުޅޭގޮތުން ޒާހިދު ވިދާޅުވީ، ކޮމިޓީއަށް ހާޒިރުވީ ފޮނުވާފައިވާ ސިޓީގައި ހުރި ކަންކަމަށް ޖަވާބުދާރީވުމަށް ކަމަށާއި، އިތުރު ކަމެއްގައި ފުރިހަމަ ޖަވާބެއް ދެވޭނީ އިތުރަށް ބަލާލުމަށްފަހު ކަމަށް އޭނާ ވިދާޅުވިއެވެ.

އޭގެ އިތުރުންވެސް ކޮމިޝަނުގެ މެމްބަރުން އިހުމާލުވެފައިވާ ގިނަ މައްސަލަތަކެއް ވަނީ ފެންމަތިވެފައެވެ.

އާދިއްތަ ދުވަހު މަޖިލިސް އިދާރާގައި އޮތް ކޮމިޓީ ބައްދަލުވުމަކީ އެޗްއާރްސީއެމްގެ މެމްބަރުން މަޤާމުން ވަކި ކުރުމާބެހޭ މައްސަލަ ދިރާސާ ކުރަމުންދިޔައިރު، ކޮމިޓީއަށް ފާހަގަވި ކަންކަމަށް ޖަވާބުދާރީވުމަށް އެޗްއާރްސީއެމްގެ މެމްބަރުންނަށް ފުރުސަތު ދިނުމުގެ ގޮތުން ބޭއްވި ބައްދަލުވުމެކެވެ. އެގޮތުން ކޮމިޓީން ދިރާސާކުރި ގިނަ މައްސަލަތަކެއްގައި ކޮމިޝަނުގެ އިހުމާލު އޮތްކަމަށް ފާހަގަވެފައިވާ ކަމަށާއި، މެމްބަރުން މަޤާމުން ވަކި ކުރަން ޖެހޭ ކަމަށް ކޮމިޓީ މެމްބަރުންނަށް ފެންނާތީ އެ މަސައްކަތްވެސް ކޮމިޓީން ވަނީ ފަށާފައެވެ.

ކޮމިޓީން ފާހަގަކުރި ކަންކަމަށް ޖަވާބުދާރީވުމަށް ފުރުސަތު ދިންނަމަވެސް، އާދިއްތަ ދުވަހު އޮތް ކޮމިޓީ ބައްދަލުވުމަށް ހާޒިރުވެފައިވަނީ ހަމައެކަނި ކޮމިޝަނުގެ ނައިބް ރައީސް މުޙައްމަދު ޒާހިދެވެ. އަދި ބާކީ ތިބި މެމްބަރުން ލިއުމުން ޖަވާބުދާރީވެފައިވީ ނަމަވެސް، ކޮމިޓީން އެދިފައިވާ ހުރިހާ މައުލޫމާތެއް ސާފުކޮށްދެއްވާފައި ނުވާކަން ކޮމިޓީން ފާހަގަކުރިއެވެ.

އޭގެ އިތުރުން، ކޮމިޝަނުގެ ރައީސް ކަމުގެ މަޤާމުގައި ހުންނެވި އައިމިނަތު އީނާސް ވަނީ އާދިއްތަ ދުވަހު މަޤާމުން އިސްތިއުފާވެސް ދެއްވާފައެވެ.

އިންސާނީ ހައްޤުތައް ނިގުޅައިގަނެވޭ އެތައް "ޖަރީމާ" ތަކެއް ހިނގަމުންދިޔައިރު، އެޗްއާރްސީއެމްއަށް ޒިންމާ އަދާ ނުކުރެވޭ ކަމަށާއި، އެ ކޮމިޝަން މަސައްކަތް ކޮށްފައިވަނީ ވަކި ބައެއްގެ މަސްލަހަތު ހިމާޔަތް ކުރުމަށް ކަމަށް މީހުން ދަނީ ބުނަމުންނެވެ. އެގޮތުން ކޮމިޝަނުގައި ތިބޭ ފަރާތްތައް އާއިލީ ގޮތުން ގުޅިފައި ތިބުމާއި، ފާއިތުވި ސަރުކާރުގެ ސިޔާސީ ބޭފުޅުންނާއި އާއިލީ ގޮތުން ގުޅިފައި ވުމަކީ "ކޮންފްލިކްޓް އޮފް އިންޓްރެސްޓް" އުފެދިދާނެ ކަމެއް ނޫންތޯވެސް ގިަނ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޓާޓާ ފްލެޓް ލިބުނު ފަރާތްތަކުގެ މައުލޫމާތު ދިނުމަށް އެޗްޑީސީން ދެކޮޅު ހަދައިފި

ޓާޓާ ފްލެޓް ލިބުނު ފަރާތްތަކުގެ މައުލޫމާތު ދިނުމަށް އެޗްޑީސީން ދެކޮޅު ހަދައިފި

14 ފެބުރުއަރީ 2017
ހެއްކާބެހޭ ބިލް މަޖިލީހަށް ހުށަހަޅައިފި

ހެއްކާބެހޭ ބިލް މަޖިލީހަށް ހުށަހަޅައިފި

08 ފެބުރުއަރީ 2017
ރިލްވާނު ވަގަށް ނެގި މައްސަލައިގެ މައުލޫމާތު ނުދިނުމުން އާއިލާ އިން ކޯޓަށް!

ރިލްވާނު ވަގަށް ނެގި މައްސަލައިގެ މައުލޫމާތު ނުދިނުމުން އާއިލާ އިން ކޯޓަށް!

07 ފެބުރުއަރީ 2017
ކައުންސިލް މެމްބަރުކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ހުށަހެޅި ބިލް މަޖިލީހަށް ބަލައިގެނެފި

ކައުންސިލް މެމްބަރުކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ހުށަހެޅި ބިލް މަޖިލީހަށް ބަލައިގެނެފި

07 ފެބުރުއަރީ 2017
 އައްޑޫ އެވޯޑް: ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ އިނާމު ރާއްޖެޓީވީގެ ރިޒްނާއަށް

އައްޑޫ އެވޯޑް: ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ އިނާމު ރާއްޖެޓީވީގެ ރިޒްނާއަށް

04 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

7 އެޕްރީލު
ފައިސަލްގެ ގެކޮޅަށް ރެއިޑްކުރަން އުޅުނުކަމަށް ދެކެވޭ ވާހަކަ ފުލުހުން ދޮގުކޮށްފި، ފައިސަލްގެ ކޮމެންޓެއް އަދި ނެތް
20251 އަހަރު ކުރިން
ރާއްޖެ

ފައިސަލްގެ ގެކޮޅަށް ރެއިޑްކުރަން އުޅުނުކަމަށް ދެކެވޭ ވާހަކަ ފުލުހުން ދޮގުކޮށްފި، ފައިސަލްގެ ކޮމެންޓެއް އަދި ނެތް

ސިމްޑީ ރަމަޟާން ޕްރޮމޯޝަންގެ ހަތަރުވަނަ ހަފުތާގެ ނަސީބުވެރިން ހޮވައިފި
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސިމްޑީ ރަމަޟާން ޕްރޮމޯޝަންގެ ހަތަރުވަނަ ހަފުތާގެ ނަސީބުވެރިން ހޮވައިފި

ނައީމާއްތަގެ މަރު: ފުލުހުން ދޮރު ވައްޓާލިއިރުވެސް ކޮޓަރި ތެރެއިން ކުނި ވަސް ދުވާ!
20233 އަހަރު ކުރިން
ރިޕޯޓު

ނައީމާއްތަގެ މަރު: ފުލުހުން ދޮރު ވައްޓާލިއިރުވެސް ކޮޓަރި ތެރެއިން ކުނި ވަސް ދުވާ!

އިންސާނުންގެ ހަށިގަނޑުން މައިކްރޯޕްލާސްޓިކް ފެނުން: ބޮޑު ނުރައްކަލެއްގެ ރަނގަބީލެއް
20224 އަހަރު ކުރިން
ރިޕޯޓު

އިންސާނުންގެ ހަށިގަނޑުން މައިކްރޯޕްލާސްޓިކް ފެނުން: ބޮޑު ނުރައްކަލެއްގެ ރަނގަބީލެއް

ވޯޓު ބާތިލްވާގޮތާއި ސައްހަވާގޮތް އަދި ކަރުދާސް ބާތިލްވާގޮތް މިއޮތީ
20215 އަހަރު ކުރިން
ރިޕޯޓު

ވޯޓު ބާތިލްވާގޮތާއި ސައްހަވާގޮތް އަދި ކަރުދާސް ބާތިލްވާގޮތް މިއޮތީ

އަލުން ގުނަނީ މާވަށު ދާއިރާގެ ތިން ވޯޓު ފޮށްޓެއް
20197 އަހަރު ކުރިން
ރާއްޖެ

އަލުން ގުނަނީ މާވަށު ދާއިރާގެ ތިން ވޯޓު ފޮށްޓެއް

އެއް ދުވަހުން ރެކޯޑު އަދަދަކަށް މަސް ބާނައިފި، އިއްޔެ އެކަނި ވެސް 700 ޓަނު!
20188 އަހަރު ކުރިން
ރާއްޖެ

އެއް ދުވަހުން ރެކޯޑު އަދަދަކަށް މަސް ބާނައިފި، އިއްޔެ އެކަނި ވެސް 700 ޓަނު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު