Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެތައުލީމުގެ ބިލަށް ޚިޔާލު ހޯދުން

ތައުލީމުގެ ބިލަށް ޚިޔާލު ހޯދުމަށް ބާއްވާ ބައްދަލުވުމެއް މިރޭ

އެއިދާރާގެ 4 ވަނަ ފަންގިފިލާގައި އާދިއްތަ ދުވަހުގެ ރޭ 20:30 ގައި ބައްދަލުވުން އޮންނާނެ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 12 ޖުލައި 2020 | އާދީއްތަ 11:08
އަމީނިއްޔާ ސްކޫލްގެ ދަރިވަރުން

އަމީނިއްޔާ ސްކޫލްގެ ދަރިވަރުން

ތައުލީމުގެ ބިލަށް އާންމުންގެ ޚިޔާލު ހޯދުމަށް ބާއްވާ ބައްދަލުވުމެއް އާދިއްތަ ދުވަހުގެ ރޭ މަޖިލީހުގެ އިދާރާގައި އޮންނާނެކަމަށް މަޖިލީހުން ބުނެފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނީ އެއިދާރާގެ 4 ވަނަ ފަންގިފިލާގައި އާދިއްތަ ދުވަހުގެ ރޭ 20:30 ގައި ބައްދަލުވުން އޮންނާނެކަމަށެވެ.

މިބައްދަލުވުމުގައި ޕެނަލިސްޓުންގެ ގޮތުގައި ބައިވެރިވެ ވަޑައިގަންނަވާނީ ބިލް ހުށަހެޅުއްވި ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު މުޙައްމަދު މުމްތާޒް އާއި ބާރަށު ދާއިރާގެ މެމްބަރ އަހުމަދު އަބްދުﷲ އެވެ. އަދި މިނިސްޓަރ އޮފް ސްޓޭޓް ފޯރ އެޑިޔުކޭޝަން ޑރ އަބްދުﷲ ރަޝީދު އަހުމަދު އާއި އެމްއެންޔޫގެ ލެކްޗަރަރ ލީލާ އަހުމަދުގެ އިތުރުން އިބްރާހީމް އިސްމާއީލް (އިބްރާ) ވެސް މިބައްދަލުވުމުގައި ޕެނަލިސްޓުންގެ ގޮތުގައި ބައިވެރިވެ ވަޑައިގަންނަވާނެ އެވެ.

ބިލު މަޖިލީހަށް ބަލައިގަނެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީން އަންނަނީ މިބިލް ދިރާސާކުރުމުގެ މަސައްކަތް ކުރަމުންނެވެ. ތައުލީމުގެ ބިލުގައިވާ ގޮތުން އުމުރުން ހަތަރު އަހަރުން ފެށިގެން 16 އަހަރާ ދެމެދުގެ ކޮންމެ ކުއްޖަކީ ތައުލީމު ލާޒިމުވާ އުމުރުގެ ކުއްޖެކެވެ. ބިލުގައި ޕްރީ ސްކޫލް ތައުލީމާއި ސާނަވީ ތައުލީމާއި މަތީ ސާނަވީ ތައުލީމު ހިލޭ ކޮށްދިނުމުގެ އުސޫލުތައް ބަޔާން ކޮށްފައިވެއެވެ. އަދި ދަރިވަރުންގެ ހައްގުތަކާއި ބެލެނިވެރިންނާއި ޓީޗަރުންނާއި ސަރުކާރުގެ ޒިންމާތައްވެސް އެ ބިލުގައި ބަޔާންކޮށްފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުން އަންނަނީ މަޖިލީހަށް ހުށަހެޅޭ ބިލްތަކާއި ގުޅޭގޮތުން އާންމުންގެ ޚިޔާލު ހޯދުމުގެ ބައްދަލުވުންތައް ބާއްވަމުންނެވެ. އެގޮތުން މީގެކުރިން ވަނީ މިނިމަން ވޭޖް ކަނޑައެޅުމާއި ގުޅޭގޮތުންނާއި ފުލުހުންގެ ބިލާއި ބެހޭ ގޮތުން އާންމުންގެ ޚިޔާލު ހޯދުމަށް ބައްދަލުވުން ބާއްވާފައެވެ.

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ

23 ޖެނުއަރީ 2017
ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ
20 ޖެނުއަރީ 2017

މީޑިއާ ކައުންސިލްގެ މީޑިއާގެ މަގާމަށް މެންބަރަކު އިންތިޚާބް ކުރުމަށް ބާއްވާ ވޯޓުނެގުން 28 ގައި!

20 ޖެނުއަރީ 2017
މީޑިއާ ކައުންސިލްގެ މީޑިއާގެ މަގާމަށް މެންބަރަކު އިންތިޚާބް ކުރުމަށް ބާއްވާ ވޯޓުނެގުން 28 ގައި!
19 ޖެނުއަރީ 2017

46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

19 ޖެނުއަރީ 2017
46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް
16 ޖެނުއަރީ 2017

ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ބޯޑު މެންބަރެއް ހޯދުމަށް އިއުލާނު ކޮށްފި

16 ޖެނުއަރީ 2017
ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ބޯޑު މެންބަރެއް ހޯދުމަށް އިއުލާނު ކޮށްފި
13 ޖެނުއަރީ 2017

މިނިވަން އިންސާފުވެރި އިންތިޚާބެއް ހޯދުމަށް ގޮވާލައި އެމްޔޫއޯއިން އެއްވުމެއް ބާއްވަނީ

13 ޖެނުއަރީ 2017
 މިނިވަން އިންސާފުވެރި އިންތިޚާބެއް ހޯދުމަށް ގޮވާލައި އެމްޔޫއޯއިން އެއްވުމެއް ބާއްވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު