Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފުލުހުންގެ މަގާމުތަކަށް ބަދަލު ގެނައުން

ރިސޯސް މެނޭޖްމަންޓުގެ ހެޑްއަކަށް ފައިރޫޝް އައްޔަންކޮށް، ފުލުހުންގެ އިސް މަގާމުތަކަށް ބަދަލުތަކެއް

9 ޖުލައި 2020 | ބުރާސްފަތި 09:46

ބަދަލުކުރީ ސްޓްރެޓީޖިކް ލަނޑުދަނޑިތައް ހާސިލްކުރުމަށް ކުރެވެމުންދާ މަސައްކަތުގެ ތެރެއިން

އަލީ ސަމާޚް
އަލީ ސަމާޚް | 9 ޖުލައި 2020 | ބުރާސްފަތި 09:46
ޑރ. އަބްދުﷲ ފައިރޫޝް

ޑރ. އަބްދުﷲ ފައިރޫޝް

މޯލްޑިވްސް ޕޮލިސް ސަރވިސްގެ ބައެއް ޑިޕާޓްމަންޓްތަކުގެ އިސް މަގާމުތަކަށް ބަދަލު ގެންނަވައިފިއެވެ.

އެގޮތުން ގެނެސްފައިވާ ބަދަލުތަކަކީ ރިސޯސް މެނޭޖްމަންޓުގެ ހެޑްގެ މަގާމަަށް އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް ޑރ. އަބްދުﷲ ފައިރޫޝް އައްޔަންކުރެއްވުމާއި ޑިވިޝަނަލް ޕޮލިސިންގ ކޮމާންޑުގެ ހެޑްގެ މަގާމަށް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަލީ ރަޝީދު އައްޔަންކުރެއްވުމުގެ އިތުރުން ޑިވިޝަނަލް ޕޮލިސިންގ ކޮމާންޑުގެ ނޮދަރން ޑިވިޝަންގެ ހެޑްގެ މަގާމަށް ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އާސިމް އަބްދުﷲ އައްޔަންކުރެއްވުމެވެ.

Advertisement - newsAdvertisement

ފައިރޫޝް ކުރިން ހުންނެވީ ކޮވިޑުގެ އޮޕަރޭޝަނާ ގުޅިގެން ވަގުތީ ގޮތުން މާލެ ސަރަހައްދު ހިމެނޭ ސެންޓްރަލް ޕޮލިސިންގ ކޮމާންޑުގެ ހެޑްގެ ގޮތުގައެވެ. އަދި ޑިވިޝަނަލް ޕޮލިސިންގ ކޮމާންޑުގެ ހެޑްގެ މަގާމަށް އައްޔަންކުރެއްވި އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް އަލީ ރަޝީދު ކުރިން ހުންނެވީ ރިސޯސް މެނޭޖްމަންޓްގެ ހެޑް މަގާމުގެ އިތުރުން ކޮވިޑް19 އާއި ގުޅިގެން ޑިވިޝަނަލް ޕޮލިސް ކޮމާންޑުގެ ހެޑްގެ ގޮތުގައި ހުންނެވި އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް ޑރ. އަބްދުﷲ ފައިރޫޝް ސެންޓްރަލް ޕޮލިސްންގ ކޮމާންޑާއި ހަވާލުވެލެއްވުމުން، އެކޮމާންޑުގެ ހިންގުމާ ވަގުތީގޮތުން ހަވާލުވެއެވެ.

ޑިވިޝަނަލް ޕޮލިސިންގ ކޮމާންޑުގެ ނޮދަރން ޑިވިޝަންސްގެ ހެޑްގެ މަގާމަށް އައްޔަންކުރެއްވި ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އާސިމް އަބްދުﷲ ކުރިން ހުންނެވީ ޑިވިޝަނަލް އޮޕަރޭޝަންސް ކޮމާންޑުގެ ދަށުން ހިންގަމުންއައި ޑިވިޝަނަލް އޮޕަރޭޝަން ކޮމާންޑްގެ ސަޕޯރޓް ސާރވިސްގެ ހެޑްގެ މަގާމުގައެވެ.

އޭގެ އިތުރުން، ކޮވިޑް19 އާ ގުޅިގެން އެންއޯއީސީގައި ފުލުހުން އަދާކުރަމުންދިޔަ ދައުރު ނިމުމާ ގުޅިގެން އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީން ވަނީ ކުރިންވެސް ހުންނެވި ސެންޓްރަލް ޕޮލިސިންގ ކޮމާންޑްގެ ހެޑްގެ މަގާމަށް އައްޔަންކުރައްވާފައި ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

އަދި ސެންޓްރަލް ޕޮލިސިންގ ކޮމާންޑްގެ ދަށުން ހިންގަމުންދާ މާލޭ ސިޓީ ޕޮލިސްގެ ހެޑްގެ މަގާމަށް ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢަބްދުﷲ ޝަރީފް ވަނީ އައްޔަން ކުރައްވާފައެވެ. ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢަބްދުﷲ ޝަރީފް ކުރިން ހުންނެވީ ނޮދަރން ޑިވިޜަންސްގެ ހެޑްގެ މަގާމުގައެވެ.

ރިސޯސް މެނޭޖްމަންޓަކީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފައިނޭންސް، ހިއުމަންރިސޯސް އަދި އިންޖިނިއަރިން އެންޑް މެކޭނިކަލް ސަރވިސް ޑިޕާރޓްމަންޓް ހިމެނޭ ޑައިރެކްޓަރޭޓެވެ.

އަދި ޑިވިޝަނަލް ޕޮލިސިންގ ކޮމާންޑަކީ މާލެ ފިޔަވައި، އަތޮޅުތަކުގައި ދެވޭ ފުލުހުންގެ ހިދުމަތާއި ގުޅޭ ކަންކަން ބަލަހައްޓާ ކޮމާންޑެވެ. ސެންޓްރަލް ޕޮލިސިންގ ކޮމާންޑަކީ މާލެ، ހުޅުމާލެ، ވިލިމާލެ ހިމެނޭގޮތަށް މާލެ ސަރަހައްދުގެ ޕޮލިސްއާއި ގުޅޭ ކަންކަން ބެލެހެއްޓުމާއި، އޮޕަރޭޝަނަލް ސަޕޯޓުގެ ޑިޕާޓްމަންޓުތައް ހިމެނޭ ކޮމާންޑެވެ.

ފުލުހުން ބުނީ، މި ބަދަލުތައް ގެނެސްފައި މވަނީ ފުލުހުންގެ ސްޓްރެޓިޖިކް ޕްލޭން 2019 އިން 2023 ގެ ދަށުން ސްޓްރެޓީޖިކް ލަނޑުދަނޑިތައް ހާސިލްކުރުމަށް ކުރެވެމުންދާ މަސައްކަތުގެ ތެރެއިން ކަމަށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

24 މާރިޗު 2018

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް

24 މާރިޗު 2018
އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް
23 ފެބުރުއަރީ 2018

މިހާރު އަސްލު ޕޮލިސް ކަމިޝަނަރަކީ ރައީސް ޔާމީން، ފުލުހުންގެ މުއައްސަސާ ލަދު ގަންނަންޖެހޭ: ކުރީގެ އޭސީޕީ ފައިރޫޝް

23 ފެބުރުއަރީ 2018
މިހާރު އަސްލު ޕޮލިސް ކަމިޝަނަރަކީ ރައީސް ޔާމީން، ފުލުހުންގެ މުއައްސަސާ ލަދު ގަންނަންޖެހޭ: ކުރީގެ އޭސީޕީ ފައިރޫޝް
20 ޖެނުއަރީ 2018

ރައީސް ޔާމީންގެ ރަނިންގމޭޓަކަށް ވާނީ ހަމަބުއްދި ނެތް މީހެއް: ފައިރޫޝް

20 ޖެނުއަރީ 2018
ރައީސް ޔާމީންގެ ރަނިންގމޭޓަކަށް ވާނީ ހަމަބުއްދި ނެތް މީހެއް: ފައިރޫޝް
08 ޖެނުއަރީ 2018

މީރާގެ ޓެކްޒޭޝަންގެ އިސް މަޤާމުގައި ތިއްބެވި ދެ ބޭފުޅުން އައްޔަންކޮށްފައިވަނީ ޤާނޫނާ ހިލާފަށް: ޓްރޭޑް ޔޫނިއަން

08 ޖެނުއަރީ 2018
މީރާގެ ޓެކްޒޭޝަންގެ އިސް މަޤާމުގައި ތިއްބެވި ދެ ބޭފުޅުން އައްޔަންކޮށްފައިވަނީ ޤާނޫނާ ހިލާފަށް: ޓްރޭޑް ޔޫނިއަން
19 ޑިސެމްބަރު 2017

އާސަންދަ ކުންފުނީގެ އެމްޑީއަކަށް އަޒީމް އައްޔަންކޮށްފި

19 ޑިސެމްބަރު 2017
އާސަންދަ ކުންފުނީގެ އެމްޑީއަކަށް އަޒީމް އައްޔަންކޮށްފި
19 ނޮވެމްބަރު 2017

ފައިރޫޝް ވަކިކުރި މައްސަލައިގައި ފުލުހުންގެ އިސްތިއުނާފު ކޮމެޓީއަކަށް ގޮތެއް ނުނިންމުނު!

19 ނޮވެމްބަރު 2017
ފައިރޫޝް ވަކިކުރި މައްސަލައިގައި ފުލުހުންގެ އިސްތިއުނާފު ކޮމެޓީއަކަށް ގޮތެއް ނުނިންމުނު!
31 އޮކްޓޯބަރު 2017

ފުލުހުންގެ ވަޒީފާއިން ވަކިކުރި މައްސަލަ ފައިރޫޝް އިސްތިއުނާފަށް ހުށަހަޅުއްވައިފި

31 އޮކްޓޯބަރު 2017
ފުލުހުންގެ ވަޒީފާއިން ވަކިކުރި މައްސަލަ ފައިރޫޝް އިސްތިއުނާފަށް ހުށަހަޅުއްވައިފި
30 އޮކްޓޯބަރު 2017

ކުރެއްވި ޓްވީޓަކާ ގުޅިގެން އޭސީޕީ ފައިރޫޝް ފުލުހުންގެ ވަޒީފާއިން ވަކިކޮށްފި

30 އޮކްޓޯބަރު 2017
ކުރެއްވި ޓްވީޓަކާ ގުޅިގެން އޭސީޕީ ފައިރޫޝް ފުލުހުންގެ ވަޒީފާއިން ވަކިކޮށްފި
01 އޮކްޓޯބަރު 2017

އޭސީޕީ ފައިރޫޝްގެ ސުލޫކީ މައްސަލައެއް ބަލާތީ ރާއްޖެ ވަޑައިގަންނަވަން އަންގައިފި

01 އޮކްޓޯބަރު 2017
އޭސީޕީ ފައިރޫޝްގެ ސުލޫކީ މައްސަލައެއް ބަލާތީ ރާއްޖެ ވަޑައިގަންނަވަން އަންގައިފި
23 މެއި 2017

ޓްރޭޑް ޔޫނިއަނުން ދެ ނައިބު ރައީސުންނާއި، މަޖިލިސް ރެޕެއް އައްޔަންކޮށްފި

23 މެއި 2017
ޓްރޭޑް ޔޫނިއަނުން ދެ ނައިބު ރައީސުންނާއި، މަޖިލިސް ރެޕެއް އައްޔަންކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް