Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްޑީޕީގެ މަސައްކަތްތައް

ތާށިވެގެން އަބަދަކު ނުތިބެވޭނެ، ސަލާމަތުގެ އައްސޭރި އަށް ގެންގޮސްދޭނަން: ރައީސް ނަޝީދު

7 ޖުލައި 2020 | އަންގާރަ 19:30

މައިމޫނާ އަށް ވަރަށް ބޮޑަށް ތައުރީފް ކުރެއްވި

އަލީ ސަމާޚް
އަލީ ސަމާޚް | 7 ޖުލައި 2020 | އަންގާރަ 19:30
އެމްޑީޕީ ގައުމީ މަޖިލީހުގައި، ރައީސް ނަޝީދު ވާހަކަފުޅު ދައްކަވަނީ

އެމްޑީޕީ ގައުމީ މަޖިލީހުގައި، ރައީސް ނަޝީދު ވާހަކަފުޅު ދައްކަވަނީ

ކޮވިޑާ ހެދި ރާއްޖެ ވެއްޓިފައި މިއޮތް އަނދަވަޅުން އަރައި، ރައްޔިތުން ސަލާމަތުގެ އައްސޭރިއަށް އެމްޑީޕީން ގެންގޮސްދޭނެ ކަމަށް އެ ޕާޓީގެ އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު އެހެން ވިދާޅުވީ، އެމްޑީޕީގެ ގައުމީ މަޖިލީހުގައި ޕާޓީގެ މެމްބަރުންނާ ބައްދަލުކުރައްވާ ދެއްކި ވާހަކަފުޅުގައެވެ.

Advertisement - newsAdvertisement

އަންގާރ ދުވަހުގެރޭ ޖަމާލުއްދީން ސްކޫލުގެ ހޯލުގައި ބޭއްވި ބައްދަލުވުމުގައި ރައީސް ނަޝީދު ވިދާޅުވީ، ކޮވިޑް-19 ގެ ސަބަބުން މުޅި ދުނިޔެއަށް އައި ތާށިކަމާއި އެކު ރާއްޖެވެސް ވަރަށް ބޮޑަށް ބަންދުވެފައިވާ ކަމަށެވެ.

ފަތުރުވެރިން ނައުމާއި ގުޅިގެން އާމްދަނީ ދަށްވެފައިވާ މި ދަނޑިވަޅުގައިވެސް، މަސްވެރިން ކިރާ މަސް ވިއްކާލުމަކީ ކިރިޔާވެސް ލިބޭ ހިތްހަމަޖެހުމެއް ކަމަށް ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވި ގޮތުގައި، ކޮވިޑުގެ ބަލިމަޑުކަން އިތުރަށް ފެތުރުނާ ނުދީ ކޮންޓްރޯލް ކުރެވިފައިވަނީ ސަރުކާރުން އަޅަމުން ގެންދިޔަ ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުންނެވެ. އެމަނިކުފާނު ވަނީ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރްގެ މަސައްކަތަށް ވަރަށް ބޮޑަށް ތައުރީފްކުރައްވާފައެވެ.

ފޯރިއާ ޖޯޝުގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ކޮވިޑުގެ ބަލިމަޑުކަން ފެތުރެމުންދާއިރު ރައްޔިތުންގެ މައްޗަށް ވެރިކަން ކުރަން އެމްޑީޕީ ދެއްވިކަން، އެއީ އެންމެ ބޮޑު އެއް ނަސީބު ކަމަށެވެ.

އެމްޑީޕީން ދެވަނަ ފަހަރަށް ވެރިކަމަށް އައީ ރައީސް ނަޝީދު ސިފަކުރެއްވި ގޮތުގައި ތަންދޮރު އެނގޭ ބައެއްގެ ގޮތުގައެވެ. އެމްޑީޕީގެ ރައީސް ވިދާޅުވި ގޮތުގައި ވާދަވެރިން ''ރޫޅި'' ނިމިއްޖެއެވެ. އަދި އެހެން ޕާޓީތަކުންވެސް މިހާރު ހިނގަމުންދަނީ އެމްޑީޕީގެ ފިޔަވަޅު ފަހަތުންނެވެ.

.

ރައީސް ނަޝީދު ވިދާޅުވީ، އެމްޑީޕީން ރައްޔިތުންނަށް ވީ ވައުދު އެ ޕާޓީން ހަނދާނެއް ނުނެތޭއެވެ. ހާލަތުން އަރައިގަންނައިރު އެ ޕާޓީން ރައްޔިތުންނަށް ވެފައިވާ ވައުދު ފުއްދުމާއިގެން ކުރިޔަށް ދާނެކަން ފާހަގަކުރެއްވިއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

06 އެޕްރީލު 2018

އަމާން އައްސޭރިއަކަށް ވާޞިލުވުމުގެ މަގު އޮތީ ނުހަނު ގާތުގައި: ރައީސް މައުމޫން

06 އެޕްރީލު 2018
އަމާން އައްސޭރިއަކަށް ވާޞިލުވުމުގެ މަގު އޮތީ ނުހަނު ގާތުގައި: ރައީސް މައުމޫން
19 ފެބުރުއަރީ 2018

ކުއްލި ނުރައްކަލުގެ ހާލަތު 30 ދުވަހަށް ދަންމާލަން ގައުމީ ސަލާމަތުގެ ކޮމެޓީން ފާސްކޮށްފި

19 ފެބުރުއަރީ 2018
ކުއްލި ނުރައްކަލުގެ ހާލަތު 30 ދުވަހަށް ދަންމާލަން ގައުމީ ސަލާމަތުގެ ކޮމެޓީން ފާސްކޮށްފި
08 ޑިސެމްބަރު 2017

އައްސޭރި ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދިޔަ ގައިދީއެއް ހިތް ހުއްޓިގެން މަރުވެއްޖެ

08 ޑިސެމްބަރު 2017
އައްސޭރި ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދިޔަ ގައިދީއެއް ހިތް ހުއްޓިގެން މަރުވެއްޖެ
24 ނޮވެމްބަރު 2017

ރައީސް ޔާމީނަށް މިގައުމުގެ ރައްޔިތުން އަބަދަކު މޮޔައެއް ނުހެއްދޭނެ: ޒިފްލީން

24 ނޮވެމްބަރު 2017
ރައީސް ޔާމީނަށް މިގައުމުގެ ރައްޔިތުން އަބަދަކު މޮޔައެއް ނުހެއްދޭނެ: ޒިފްލީން
13 އޮކްޓޯބަރު 2017

ރައްޔިތުން ތިބީ ބިރުގެންފަ، އަބަދަކު މިހެން ނުތިބޭނެ: އަލީ ޙުސައިން

13 އޮކްޓޯބަރު 2017
ރައްޔިތުން ތިބީ ބިރުގެންފަ، އަބަދަކު މިހެން ނުތިބޭނެ: އަލީ ޙުސައިން
10 އޯގަސްޓު 2017

އަނަސްގެ މަރުގެ މައްސަލަ ގައުމީ ސަލާމަތުގެ ކޮމިޓީން ބޭރުކޮށްލައިފި

10 އޯގަސްޓު 2017
އަނަސްގެ މަރުގެ މައްސަލަ ގައުމީ ސަލާމަތުގެ ކޮމިޓީން ބޭރުކޮށްލައިފި
23 ޖުލައި 2017

އައްސޭރި ޖަލަށް މަސްތުވާތަކެއްޗާއި އިތުރު ސާމާނުތަކެއް އެތެރެ ކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި

23 ޖުލައި 2017
އައްސޭރި ޖަލަށް މަސްތުވާތަކެއްޗާއި އިތުރު ސާމާނުތަކެއް އެތެރެ ކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި
09 ޖޫން 2017

ޔޫއެންއެޗްއާރުސީގެ އެޖެންޑާއަށް ރާއްޖެ ރަސްމީކޮށް އެ ލީ، ދެން ގަދަފައި ވިއްދާފައި ނުތިބެވޭނެ: އީވާ

09 ޖޫން 2017
ޔޫއެންއެޗްއާރުސީގެ އެޖެންޑާއަށް ރާއްޖެ ރަސްމީކޮށް އެ ލީ، ދެން ގަދަފައި ވިއްދާފައި ނުތިބެވޭނެ: އީވާ
30 މާރިޗު 2017

ނާޒިމް ގެންދިޔައީ މާފުށީ ޖަލަށް، އައްސޭރި ޖަލުގެ މަރާމާތު އަދިވެސް ނުނިމޭ!

30 މާރިޗު 2017
ނާޒިމް ގެންދިޔައީ މާފުށީ ޖަލަށް، އައްސޭރި ޖަލުގެ މަރާމާތު އަދިވެސް ނުނިމޭ!
25 ޖެނުއަރީ 2017

އައްސޭރި ޖަލުގެ ޕެރިމީޓަރ ސާފުކޮށްފި

25 ޖެނުއަރީ 2017
އައްސޭރި ޖަލުގެ ޕެރިމީޓަރ ސާފުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް