Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެމެރިކާގައި ފުޓްބޯޅަ އަލުން ފެށުން

އެމްއެލްއެސްގެ މުބާރާތުގައި ނުކުޅެން އެފްސީ ޑަލަސްއިން ނިންމައިފި

7 ޖުލައި 2020 | އަންގާރަ 13:19

"އެމްއެލްއެސް އިޒް ބެކް" މުބާރާތަކީ އަލުން ފުޓްބޯޅަ ފެށުމުގެ ގޮތުން އެމެރިކާ ކްލަބުތަކުގެ މެދުގައި ބާއްވާ މުބާރާތެއް

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 7 ޖުލައި 2020 | އަންގާރަ 13:19
އެފްސީ ޑަލަސްގެ ކުޅުންތެރިން ފަރިތަކުރުންތަކުގައި

އެފްސީ ޑަލަސްގެ ކުޅުންތެރިން ފަރިތަކުރުންތަކުގައި

އަލުން ފުޓްބޯޅަ ފެށުމުގެ ގޮތުން އެމެރިކާ ކްލަބުތަކުގެ މެދުގައި ބުދަ ދުވަހު ފަށާ "އެމްއެލްއެސް އިޒް ބެކް" މުބާރާތުގައި ނުކުޅެން އެފްސީ ޑަލަސްއިން ނިންމައިފިއެވެ.

ކޮރޯނާވައިރަސް (ކޮވިޑް-19) ގެ މެދުކެނޑުމަށްފަހު އެމެރިކާގައި ފުޓްބޯޅަ އަލުން ފެށުމަށް މޭޖާ ލީގު ސޮކާ (އެމްއެލްއެސް) އިން ވަނީ ހާއްސަ މުބާރާތެއް ބޭއްވުމަށް ތާވަލުކޮށްފައެވެ. "އެމްއެލްއެސް އިޒް ބެކް" މި ނަމުގައި ކުރިއަށްދާ މި މުބާރާތް ބުދަ ދުވަހު ފަށާއިރު، މި މުބާރާތުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ފްލޮރިޑާގެ ސިޓީއެއް ކަމަށްވާ އޯލަންޑޯގައި ހުންނަ ޑިޒްނީ ވޯލްޑް ރިސޯޓުގައެވެ.

26 ޓީމުގެ މެދުގައި ބާއްވާ މި މުބާރާތުގައި ކުޅުން އެއްވެސް ޓީމަކަށް އަދި ކުޅުންތެރިއަކަށް މަޖުބޫރު ކޮށްފައިނުވާއިރު، ދާދި ފަހުން ޑަލަސްއިން ވަނީ މުބާރާތުގައި ނުކުޅެން ނިންމާފައެވެ. އެ ޓީމުން މި މުބާރާތުގައި ނުކުޅެން ނިންމީ 10 ކުޅުންތެރިއަކު ކޮވިޑް-19 ށް ޕޮޒިޓިވްވުމާ ގުޅިގެންނެވެ. ޑަލަސްގެ އިތުރުން ބައެއް މަޝްހޫރު ކުޅުންތެރިންވެސް ވަނީ އެކި ސަބަބުތަކަށްޓަކައި މުބާރާތުގައި ނުކުޅެން ނިންމާއެވެ.

ހާއްސަ މުބާރާތަކާއެކު އެމެރިކާގައި ފުޓްބޯޅަ އަލުން ފަށާއިރު، ކޮވިޑް-19 އާ ގުޅިގެން މާޗު މަހުގެ އަށްވަނަ ދުވަހުން ފެށިގެން މޭޖާ ލީގުގެ ކުޅުން ވަނީ މެދުކަނޑާލާފައެވެ. އަދި މީގެ ކުރިން މޭޖާ ލީގުން ވަނީ މިއަހަރު ބޭއްވުމަށް ތާވަލުކޮށްފައި އޮތް ތިން އިވެންޓެއް ކެންސަލް ކޮށްފައެވެ. މޭޖާ ލީގުން ކެންސަލް ކޮށްފައިވަނީ މިއަހަރުގެ އޯލް-ސްޓާ މެޗާއި، ލީގްސް ކަޕްގެ އިތުރުން ޗެމްޕިއަންސް ކަޕެވެ. މޭޖާ ލީގުން ބުނީ މިއަހަރުގެ އިވެންޓުތައް ކެންސަލް ކުރި ނަމަވެސް، އަންނަ އަހަރު މި އިވެންޓުތައް ބާއްވާނެ ކަމަށެވެ.

އެންމެ ހިނގާ

1

ރައީސް މުއިއްޒު މޭޔަރުކަމަށް ގެންނަން އަމިއްލަ ގޭގައި ކޯލް ސެންޓަރު ހިންގި ފަޒްލާވެސް ވަޒީފާއިން ވަކިކޮށްފި

2

އާޒިމާގެ ފުރަތަމަ ޓާސްކް ފްލޮޕް!

3

އީރާނުން އެމެރިކާގެ ދެ މަނަވަރަކަށާއި 18 އުޅަނދަކަށް ހަމަލާދީފި

4

ރައީސް މުއިއްޒުގެ ސިޓީފުޅާ އެކު، އިނގިރޭސިވިލާތުން ބުނީ ފޯޅަވަހީގެ މައްސަލަ އަކީ ރާއްޖެއާ ގުޅުން އޮތް ކަމެއް ނޫން ކަމަށް

5

ރައީސް ޔާމީން އަށް މެސެޖެއް ދެއްވުމަށް ވިދާޅުވި ކަމަށް މެންބަރު ޝުޖާއު ދެއްކެވި ވާހަކަ އަކީ ދޮގެއް ކަމަށް މިނިސްޓަރު އަމީން ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

21 ފެބުރުއަރީ 2017

އޭއެފްސީ ކަޕް: ވެލެންސިއާ އިން ވަރުގަދަ މޯހަން ބާގަން ހިފަހައްޓައިފި

21 ފެބުރުއަރީ 2017
އޭއެފްސީ ކަޕް: ވެލެންސިއާ އިން ވަރުގަދަ މޯހަން ބާގަން ހިފަހައްޓައިފި
20 ފެބުރުއަރީ 2017

ޝައިހް ކަމާލް ކަޕް: ފަހަތުން އަރާ އެފްސީ އަލްގާ ބަލިކޮށް ޓީސީ ސެމީއަށް

20 ފެބުރުއަރީ 2017
ޝައިހް ކަމާލް ކަޕް: ފަހަތުން އަރާ އެފްސީ އަލްގާ ބަލިކޮށް ޓީސީ ސެމީއަށް
19 ފެބުރުއަރީ 2017

މޯހަން ބަގާންގެ ހެޑްކޯޗާއެކު ގިނަ ކުޅުންތެރިން އޭއެފްސީ ކަޕް މެޗަށް ރާއްޖެ ނާދޭ

19 ފެބުރުއަރީ 2017
މޯހަން ބަގާންގެ ހެޑްކޯޗާއެކު ގިނަ ކުޅުންތެރިން އޭއެފްސީ ކަޕް މެޗަށް ރާއްޖެ ނާދޭ
07 ފެބުރުއަރީ 2017

ވެލެންސިއާގެ ޓާގެޓަކީ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުން ޖާގައެއް ހޯދުން: ފެސްކޯ

07 ފެބުރުއަރީ 2017
ވެލެންސިއާގެ ޓާގެޓަކީ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުން ޖާގައެއް ހޯދުން: ފެސްކޯ
07 ފެބުރުއަރީ 2017

އޭއެފްސީ ކަޕް: ފަހުވަގުތު ޖެހި ލަނޑުތަކާއެކު ތިމްޕޫ ބަލިކޮށް ވެލެންސިއާ ޕްލޭއޮފަށް

07 ފެބުރުއަރީ 2017
އޭއެފްސީ ކަޕް: ފަހުވަގުތު ޖެހި ލަނޑުތަކާއެކު ތިމްޕޫ ބަލިކޮށް ވެލެންސިއާ ޕްލޭއޮފަށް
06 ފެބުރުއަރީ 2017

އިންޓަ ސްކޫލް ފުޓުބޯޅަ މުބާރާތުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފި

06 ފެބުރުއަރީ 2017
އިންޓަ ސްކޫލް ފުޓުބޯޅަ މުބާރާތުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފި
01 ފެބުރުއަރީ 2017

އޭއެފްސީ ޗެމްޕިއަންސް ލީގުން ބެންގްލޫރް އެފްސީ އަށް ފުރުސަތު ގެއްލިއްޖެ

01 ފެބުރުއަރީ 2017
އޭއެފްސީ ޗެމްޕިއަންސް ލީގުން ބެންގްލޫރް އެފްސީ އަށް ފުރުސަތު ގެއްލިއްޖެ
29 ޖެނުއަރީ 2017

ނެޓްބޯޅަ އޮފީސް މުބާރާތުގައި 16 ޓީމު ބައިވެރިވެއްޖެ

29 ޖެނުއަރީ 2017
ނެޓްބޯޅަ އޮފީސް މުބާރާތުގައި 16 ޓީމު ބައިވެރިވެއްޖެ
25 ޖެނުއަރީ 2017

އަންހެން ވޮލީ މުބާރާތުގައި ވާދަކުރާ އީރާން ޓީމު މާލެ އަތުވެއްޖެ

25 ޖެނުއަރީ 2017
އަންހެން ވޮލީ މުބާރާތުގައި ވާދަކުރާ އީރާން ޓީމު މާލެ އަތުވެއްޖެ
22 ޖެނުއަރީ 2017

އޭއެފްސީ ކަޕަށް ތައްޔާރުވާން ވެލެންސިއާގެ ފަރިތަކުރުންތައް ފަށައިފި

22 ޖެނުއަރީ 2017
އޭއެފްސީ ކަޕަށް ތައްޔާރުވާން ވެލެންސިއާގެ ފަރިތަކުރުންތައް ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް