Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އިމްޕޯޓް ޑިޔުޓީ ކަނޑާލަން ފާސްކުރުން

އުތުރާއި ދެކުނުގެ ޕޯޓަށް އެތެރެކުރާ ގިނަ މުދަލުން 50 އިންސައްތަ ޑިއުޓީ ކަނޑާލަން ކޮމިޓީން ފާސްކޮށްފި

މިއިސްލާހު ފާސްކޮށްފައިވަނީ މިއިސްލާހުތައް ދިރާސާކުރި މުޅި މަޖިލީހުގެ ކޮމިޓީން

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 7 ޖުލައި 2020 | އަންގާރަ 11:24
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން

އައްޑޫ ސިޓީ އަދި ކުޅުދުއްފުށީގައި ގާއިމު ކޮށްފައިވާ ޕޯޓުތަކަށް އެތެރެކުރާ ގިނަ ބާވަތުގެ މުދަލުގެ ޑިއުޓީއިން 50 އިންސައްތަ ކުޑަކުރުމަށް އިމްޕޯޓް އެކްސްޕޯޓް ގާނޫނަށް ހުށަހެޅި އިސްލާހުތައް ދިރާސާކުރި މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށްފިއެވެ.

އިމްޕޯޓު އެކްސްޕޯޓް ޤާނޫނަށް އިސްލާހު ގެނައުމަށް ހުށަހެޅުއްވީ ގަމު ދާއިރާގެ މެމްބަރ މުހައްމަދު ވިސާމް އެވެ. މި އިސްލާހުތައް ދިރާސާކުރުމަށް ބޭއްވި މުޅި މަޖިލީހުގެ ކޮމިޓީގައި އިސްލާހު ހުށަހެޅުއްވީ ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު ރަޝީދެވެ. އަހުމަދު ރަޝީދު ހުށަހެޅުއްވި އިސްލާހުގައި މި ދެ ޕޯޓަށް ގެންނަ މުދަލުގެ ތެރެއިން 50 އިންސައްތަ ކަނޑާލަން ގިނަ ޗެޕްޓަރުތަކެއް ހުށަހެޅުއްވިއެވެ. މިއިސްލާހު މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި 54 މެމްބަރުންގެ ވޯޓުންނެވެ.

Advertisement - newsAdvertisement

އަހުމަދު ރަޝީދު ހުށަހެޅުއްވި އިސްލާހުތަކުގެ ތެރޭގައި އުތުރާއި ދެކުނުގެ ބަނދަރުން ޑިއުޓީ ކަނޑާލާ ތަކެތީގެ ތެރޭގައި ކެއުން ބުއިމަށް ބޭނުން ކުރާ ތައްޔާރީ ތަކެތި ހިމެނެއެވެ. އަންނައުނު އުފައްދަން ބޭނުން ކުރާ ކަފަ، އުއި، ރޮދި، އަދި ބަރަންޏާއި ފޮތި ފަދަ ތަކެތި ވެސް މީގެތެރޭގައި ހިމެނެއެވެ.

އާންމު ބޭނުންތަކަށް ބޭނުން ކުރާ މުދަލުގެ ތެރެއިން ތަށިމުއްޓާއި ބަދިގެ ސާމާނާއި، ބިއްލޫރި އާއި، އައިސްއަލަމާރި، ފެން ފިލްޓާ ކުރުމަށް ބޭނުންވާ ސާމާނާއި، ގޮދަޑި، ބާލީސް، ތަންމަތި، ފާރުނީޗަރު، އިންވާޓާ އެއަރ ކޮންޑިޝަނާ އުލާއި ސަމުސަލާއި، ވަޅި ވެސް ހިމެނެއެވެ.

މުތާއި އަގުބޮޑު މައުދަނާއި ޖަވާހިރު އާއި ދަނގަޑާއި އެކަތަ އާއި ޓިނު އެލްމަނިއަމް އާއި އެލްމަނިއަމް އިން އުފައްދާ ތަކެތި ވެސް ހިމެނެއެވެ. ކާރު، ޖިޕް، ވޭން، އޮޓޯ ސައިކަލާއި، މޮޓޯ ސައިކަލް ފަދަ އެއްގަމު އުޅަނދު ފަހަރު ވެސް ބަނދަރުތައް ގެންދެވޭ މުދަލުން ޑިއުޓީ ކަނޑާލެވޭ މުދާތަކުގެ ތެރޭގައި ހިމެނެއެވެ. މިފަދަ ތަކެތީގެ އިންޖީނާއި އޭގެ ބައިތަކާއި، މެރިން އިންޖީނުތައް ވެސް ހިމެނެ އެވެ.

އައިނާއި، އޭގެ ބައިބައި، ހިތުގެ ވިންދު އުފެއްދުމަށް ބޭނުން ކުރާ ގެޖެޓްއާއި، މެޑިކަލް، ސާޖިކަލް، ޑެންޓަލް ފަދަ ސިއްހީ ވަސީލަތްތަކުގެ ސާމާނުތައް ވެސް ހިމެނެއެވެ. ނެޕީ އާއި ނާސިން ޕެޑް، ސެނިޓަރީ ޓަވަލާއި ޓެމްޕްޓޮންސް ވެސް 50 އިންސައްތަ ކަނޑާލަން ހުށަހަޅާފައިވާ ތަކެތީގެ ތެރޭގައި ހިމެނެއެވެ.

އަހުމަދު ރަޝީދު ވިދާޅުވީ މި އިސްލާހުގެ ސަބަބުން ރާއްޖޭގެ އުތުރުގެ ސަރަހައްދާއި ދެކުނުގެ ސަރަހައްދުގައި އިގްތިސޯދީ ހަރަކާތްތައް ފުޅާވެ ވަޒީފާގެ ފުރުސަތުތައް އިތުރުވެގެން ދާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މިދިޔަ އަހަރު އެކަނި ވެސް 1000 އަށްވުރެ ގިނަ ކުދިން ދަސްވާރު ޕްރޮގުރާމް ފުރުހަމަ ކޮށްފައިވޭ: އެޑިއުކޭޝަން މިނިސްޓަރު

މިދިޔަ އަހަރު އެކަނި ވެސް 1000 އަށްވުރެ ގިނަ ކުދިން ދަސްވާރު ޕްރޮގުރާމް ފުރުހަމަ ކޮށްފައިވޭ: އެޑިއުކޭޝަން މިނިސްޓަރު

10 ފެބުރުއަރީ 2017
ހަތަރު ރަށެއްގެ ނަރުދަމާ ޑިޒައިން ކުރުމަށް ދެ މިލިއަނަށްވުރެ ގިނަ ރުފިޔާއަށް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފި

ހަތަރު ރަށެއްގެ ނަރުދަމާ ޑިޒައިން ކުރުމަށް ދެ މިލިއަނަށްވުރެ ގިނަ ރުފިޔާއަށް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފި

05 ފެބުރުއަރީ 2017
އައިޖީއެމްއެޗަށް ލިބެން ޖެހޭ 360 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި އެބައޮތް: އޮޑިޓަރ ޖެނެރަލް

އައިޖީއެމްއެޗަށް ލިބެން ޖެހޭ 360 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި އެބައޮތް: އޮޑިޓަރ ޖެނެރަލް

01 ފެބުރުއަރީ 2017
ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ

ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ

01 ފެބުރުއަރީ 2017
މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ

މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ

01 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

15 ޖެނުއަރީ
ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު
20242 އަހަރު ކުރިން
ރާއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"
20233 އަހަރު ކުރިން
ރިޕޯޓު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި
20215 އަހަރު ކުރިން
ރާއްޖެ

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!
20197 އަހަރު ކުރިން
ރާއްޖެ

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ
20188 އަހަރު ކުރިން
ސިއްހަތު

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު