Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހާލުބެލުން ޕޯޓަލް

ރަށްރަށަށްދާ މީހުންނަށް "ހާލުބެލުން ޕޯޓަލް" އިން ހުއްދަ ދޭނީ ކައުންސިލްތަކުން

ރަށްރަށަށް ދާން ރަޖިސްޓްރީކުރުމުން ސިސްޓަމް ތެރެއިން ރިކުއެސްޓްދާނީ ސީދާ ކައުންސިލަށް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 5 ޖުލައި 2020 | އާދީއްތަ 02:39
އައު އާންމު ހާލަތުގެ ދަށުން ހުއްދައެއް ނެތި ރަށްރަށުން މާލެއަށް އާދެވޭ

އައު އާންމު ހާލަތުގެ ދަށުން ހުއްދައެއް ނެތި ރަށްރަށުން މާލެއަށް އާދެވޭ

މާލޭގައި ތިބި މީހުންގެ ތެރެއިން ރަށްރަށަށް ދާން ބޭނުންވާ މީހުންނަށް "ހާލުބެލުން ޕޯޓަލް" އިން ހުއްދަ ދޫކުރާނީ އެ މީހަކު ދާ ރަށެއްގެ ކައުންސިލުން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) އިން ހޮނިހިރު ދުވަހުގެރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. ނަޒްލާ ވިދާޅުވީ ހާލުބެލުން ޕޯޓަލްގައި ޖޫން މަހުގެ 23 ވަނަ ދުވަހުން ފެށިގެން މިހާތަނަށް އައިއިރު 793 މީހަކު ރަޖިސްޓްރީކޮށްފައިވާ ކަމަށެވެ. އަދި މި މީހުންނަށް ހުއްދަ ދޫކުރުމާއި ގުޅޭ ކަންކަން ކުރިޔަށް ގެންގޮސްފައިވާ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

އެގޮތުން ހޮނިހިރު ދުވަހު 145 މީހަކު އެ ޕޯޓަލްގައި ރަޖިސްޓްރީވުމަށް އެދިފައިވާއިރު 75 މީހަކަށް ހުއްދަ ދީފައިވާކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

މި ޕޯޓަލް މަސައްކަތްކުރާ ގޮތަށް އާދިއްތަ ދުވަހުން ފެށިގެން ވަނީ ބަދަލުތަކެއް ގެނެވިފައެވެ. އެގޮތުން މާލޭގައި ތިބި މީހުން ރަށަށް ދާން ރަޖިސްޓްރީ ކުރުމުން ސިސްޓަމް ތެރެއިން ރިކުއެސްޓް ދާނީ ސީދާ ކައުންސިލަށް ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ޑރ. ނަޒްލާ ވިދާޅުވީ އެތައް ބަޔަކު ކޮންމެ ދުވަހަކުވެސް ލީގަލް ޑޮކިޔުމަންޓް ހޯދުމަށް އެދޭކަމަށެވެ. އެހެންކަމުން ލީގަލް ޑޮކިޔުމަންޓް ހޯދުމަށް އެދޭއިރަށް އެ ޑޮކިޔުމަންޓް ދޫކުރުމުގައި ދަތިތަކެއް ހުރިކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. ލީގަލް ޑޮކިޔުމަންޓް ދޫކުރުމަށް 24 ގަޑިއިރާއި 48 ގަޑިއިރާ ދެމެދުގެ މުއްދަތެއް ނަގާނެކަމަށާއި ދަތުރަށް ޓިކެޓްނަގާ ދަތުރުގެ ކަންކަން ހަމަޖައްސާއިރު އެމުއްދަތަށް ބެލުމަށް ޑރ. ނަޒްލާ އިލްތިމާސްކުރެއްވިއެވެ.

ކޮވިޑް-19އާ ގުޅިގެން ރަށްރަށުން އަރާފޭބުން މަނާކޮށް، މާލެ ސަރަހައްދު ލޮކްޑައުން ކުރުމަށްފަހު މިހާރު ވަނީ މިކަންކަމަށް ލުއިތަކެއް ދީފައެވެ. އެގޮތުން ރަށްރަށުން މާލެ އަންނަ ފަރާތްތަކުން މިހާރު އެއްވެސް ހުއްދައެއް ނަގަންނުޖެހޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ. ނަމަވެސް މާލެއިން ރަށްރަށަށްދާ ފަރާތްތަކުން ހުއްދަ ނެގުމާއި 14 ދުވަހުގެ ކަރަންޓީނުގެ މުއްދަތު ފުރިހަމަކުރަން ޖެހެއެވެ.

އިތުރަށް ކިޔާލަން

22 ފެބުރުއަރީ 2017

ބޭރު މީހުންނަށް ބިން ނުވިއްކޭ ގޮތަށް ގާނޫނޫއަސާސީއަށް އެމްޑީޕީން އިސްލާހު ހުށަހަޅަން ނިންމައިފި

22 ފެބުރުއަރީ 2017
ބޭރު މީހުންނަށް ބިން ނުވިއްކޭ ގޮތަށް ގާނޫނޫއަސާސީއަށް އެމްޑީޕީން އިސްލާހު ހުށަހަޅަން ނިންމައިފި
19 ފެބުރުއަރީ 2017

ހުއްދަ ނެތި ހުޅުމާލޭ ހުޅަނގު ފަރާތުގައި އަޅާފައިވާ އުޅަނދުތައް ނަގަން ނިންމައިފި

19 ފެބުރުއަރީ 2017
ހުއްދަ ނެތި ހުޅުމާލޭ ހުޅަނގު ފަރާތުގައި އަޅާފައިވާ އުޅަނދުތައް ނަގަން ނިންމައިފި
14 ފެބުރުއަރީ 2017

ދައުލަތުގެ ތިޖޫރީ ޖުމްހޫރީ މައިދާނުގައި މީހުންނަށް ފެންނަ ގޮތަށް ބެހެއްޓުމަށް ގޮވާލަން: އަރީފް

14 ފެބުރުއަރީ 2017
ދައުލަތުގެ ތިޖޫރީ ޖުމްހޫރީ މައިދާނުގައި މީހުންނަށް ފެންނަ ގޮތަށް ބެހެއްޓުމަށް ގޮވާލަން: އަރީފް
08 ފެބުރުއަރީ 2017

މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންނަށް އަންނައުނެއް ނުދޭ: ވަކީލް

08 ފެބުރުއަރީ 2017
މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންނަށް އަންނައުނެއް ނުދޭ: ވަކީލް
08 ފެބުރުއަރީ 2017

ޖިންސީ ކުށުގެ ޝިކާރައަކަށްވާ މީހުންނަށް މާލީ އެހީ ދޭނެ އުސޫލެއް ކަނޑައަޅައިފި

08 ފެބުރުއަރީ 2017
ޖިންސީ ކުށުގެ ޝިކާރައަކަށްވާ މީހުންނަށް މާލީ އެހީ ދޭނެ އުސޫލެއް ކަނޑައަޅައިފި
04 ފެބުރުއަރީ 2017

ފާޓިލިޓީ ސެންޓަރުން 49 މީހުންނަށް މިހާތަނަށް ވަނީ ޚިދުމަތްދީފަ- އައިޖީއެމްއެޗް

04 ފެބުރުއަރީ 2017
ފާޓިލިޓީ ސެންޓަރުން 49 މީހުންނަށް މިހާތަނަށް ވަނީ ޚިދުމަތްދީފަ- އައިޖީއެމްއެޗް
02 ފެބުރުއަރީ 2017

މަފާޒުގެ މަރާ ގުޅިގެން ދައުވާ ކުރި މީހުންނަށް ހުކުމް ކުރުން މާޗް 14 އަށް!

02 ފެބުރުއަރީ 2017
މަފާޒުގެ މަރާ ގުޅިގެން ދައުވާ ކުރި މީހުންނަށް ހުކުމް ކުރުން މާޗް 14 އަށް!
26 ޖެނުއަރީ 2017

މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް

26 ޖެނުއަރީ 2017
މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް
22 ޖެނުއަރީ 2017

ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ

22 ޖެނުއަރީ 2017
ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ
17 ޖެނުއަރީ 2017

ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި

17 ޖެނުއަރީ 2017
ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު