Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ބޮޑުފިނޮޅުގައި ހަމަނުޖެހުން ހިންގުން

ބޮޑުފިނޮޅު ކައްކާގެ ދުލުން: "ބިރު ދެއްކީ ކޯރާޑީއަކުން. ސަލާމަތްވާނެ ކަމަށް ހީނުކުރަން"

އަލިބެއަށް ވެސް ލައްކައެއްހާ ރުފިޔާ ލިބެން ޖެހޭ

އަލީ ސަމާޚް
އަލީ ސަމާޚް, ރާއްޖެ އެމްވީ | 4 ޖުލައި 2020 | ހޮނިހިރު 13:26
ބޮޑުފިނޮޅުގައި ރަހީނުކުރި ދިވެހިން ސަލާމަތް ކުރުމުގެ ތެރެއިން

ބޮޑުފިނޮޅުގައި ރަހީނުކުރި ދިވެހިން ސަލާމަތް ކުރުމުގެ ތެރެއިން

ބުރާސްފަތި ދުވަހު މުޅި ރާއްޖެ ސިއްސުވާލީ ބިދޭސީންތަކެއް ދިވެހިން ރަހީނު ކޮށްގެން އުޅޭ ހަބަރުންނެވެ. ސޯޝަލް މީޑިއާގައި ދައުރުވާން ފެށި މި ހަބަރު ބައެއް ނޫސްތަކަށް އަރާ ކަމާބެހޭ އިދާރާތަކުން މި މައުލޫމާތު ހާމަ ކުރި އިރު އެ ދިވެހިންގެ ހާލަތު އެއްވެސް ބަޔަކަށް ސީދާ ކިޔައިދޭން ނޭނގެއެވެ. އެއިރު ހަމައެކަނި އިނގޭހާ މައުލޫމާތަކީ ބ. ތުޅާދޫ ފަޅުތެރޭގައި ތަރައްގީކުރާ ބޮޑުފިނޮޅު ތެރެއިން ދުން އަރާ ކަމާއި، ދިވެހިންތަކެއް ރަހީނުކުރި ވާހަކައެވެ.

ކަންކަން ތިލަވަމުން ދިޔަވަރަކަށް އެނގިގެން ދިޔައީ އެތަނުގައި މަސައްކަތް ކުރާ ބިދޭސީންގެ ތެރެއިން ބަޔަކަށް ހަ މަހުގެ މުސާރަ އަދި އަނެއްބައި މީހުންނަށް ހަތް މަހުގެ މުސާރަ ނުދީ ހުރި ކަމެވެ. ބިދޭސީން އެކަންޏެއް ނޫނެވެ. އެރަށުގައި ތިބި ދިވެހިންނަށް ވެސް މުސާރަ ނުދޭތާ މަސްތަކެއް ވެއްޖެއެވެ.

ބިދޭސީން އަމިއްލަ ގައުމު ދޫކޮށް ކުޑަ އުޖޫރައަކަށް މަސައްކަތް ކުރަން ރާއްޖެ އަންނަނީ އަމިއްލަ އާއިލާގެ މުހުތާދުތައް ފުއްދުމަށްޓަކައެވެ. އެމީހުން ކުރާ މަސައްކަތާ އަޅާ ބަލާއިރު އެކަށީގެންވާ އުޖޫރައެއް ނުދިނުމާއި ބޭ އިންސާފުން ކަންކުރާ ވާހަކަ އަބަދުވެސް ދެކެވެއެވެ. އަދި ބިދޭސީން މި ގައުމުގައި ވެރިކަން ކުރާނޭ ކަމަށް ބުނެ މަޖަލަކަށް އެ ވާހަކަ ދެއްކި ނަމަވެސް އެއީ ސީރިއަސް ވާހަކަތަކެކެވެ. އިހަށް މި ވާހަކަތައް ބޭއްވުމަށް ފަހު، ބޮޑުފިނޮޅުގެ ހާދިސާއަށް ބަލާލާނަމެވެ.

މުސާރަ ނުލިބި ތިބި ބިދޭސީންގެ ރުޅިގަނޑު ފަޅައިގެން ގޮސް ހުރިހާ ރޯޅިއެއް ބޭލީ އެ ރަށުގައި ތިބި މަދު ދިވެހިން ކޮޅަށާއި، އެތަނުގައި ހުރި ސާމާނާއި އާލާތަށެވެ. ތަންތަން ސުންނާފަތިކޮށް، ތަކެއްޗަށް ގެއްލުން ދެމުން ބިދޭސީންތައް ދިޔައީ ހަމައެއް ލަމައެއް ނެތިއެވެ. އެ އަޑުފަތް ގަނޑަށް އެތަނުގެ ކޮޓަރިއެއްގައި ނިދާފައި އޮތް ބޮޑުފިނޮޅުގެ ކައްކާ، އުމުރުން 77 އަހަރުގެ އަލީ މުހައްމަދު (އަލިބެ) ސިއްސައިގެން ގޮސް ހޭލެވުނެވެ.

ކަންތައް ހިނގަމުން ދިޔަގޮތް ރާއްޖެ.އެމްވީއަށް ކިޔައިދެމުން، އަލިބެ ބުނީ އަޑުފައްގަނޑެއް އިވި، ލިބިގެން ދިޔަ ސިހުމާއި އެކު ހިނގައިގަތީ ކޮޓަރިން ނިކުންނަން ކަމަށެވެ. އަދި ދޮރުން ބޭރަށް ބޯ ދިއްކޮށްލާފައި ފެނުނު މަންޒަރުން އަލިބެ ބިދޭސީން ކައިރީ ރޮއެފައި އެދުނީ ތަންތަނަށް ގެއްލުން ނުދިނުމަށެވެ.

ތަންތަނަށް ގެއްލުން ދެމުން ދިޔަ ބިދޭސީން އަލިބެއަށް އެންގީ ބިރު ނުގަނެ ކޮޓަރި ތެރޭގައި މަޑުކުރުމަށެވެ. ފެންނަމުން ދިޔަ މަންޒަރުތަކުން އިތުރު ގޮތެއް ނެތްކަން ގަބޫލުކޮށް ބިދޭސީން ބުނި އަޑު އަހައިގެން ކޮޓަރި ތެރެއަށް ވަދެ އަލިބެ އިނީ އިށީންދެލައިގެންނެވެ. ބާކި ތިބި 11 މީހުން ވެސް ބިދޭސީންގެ އަތްދަށުވެ ތިބެ، އެ މީހުންގެ ކޮޓަރިތަކުގައި ބަންދުވެގެން ތިއްބެވެ.

ކޮޓަރީގައި ތާށިވެގެން ތިބި ދިވެހިން އެކަކު އަނެކަކާ ނުވަތަ އެހެންވެސް ފަރާތަކާ މުއާމަލާތްކޮށްފާނެ ކަމުގެ ބިރަށް، ރަހީނުކޮށްފައި ތިބި ހުރިހާ ދިވެހިންނަށް ބިރު ދެއްކުމަށް ފަހު، ފޯނުތައް އަތުލިއެވެ.

އެކަމަކު އަލިބެ ފޯނު އެމީހުން އަތުނުލައެވެ. އަލިބެ ބުނީ ބިދޭސީން އެއްވެސް އަނިޔާއެއް އެއްވެސް މީހަކަށް ނުކުރާ ކަމަށެވެ. ކަންތައް އެންމެ ހޫނުވި އިރުވެސް އެއްވެސް ވަރަކަށް އަނިޔާއެއް އަދި ހާނިއްކައެއް ވެސް ނުކުރެއެވެ.

ބޭރުގައި ހިނގަމުން ދިޔަ ކަންތަކާއި ބޯގޮވާފައި ކޮޓަރީގައި ހުރި އަލިބެއަށް "ނައްޓުބެގެ" ފޯނެއް އައި ކަމަށް އޭނާ ބުންޏެވެ. ނައްޓުބެއަކީ ރިޒް ކުންފުނީގެ ފަރާތުން މަސައްކަތުގެ ކަންކަން ބަލަން ހުންނަ މީހާއެވެ.

އޭޭނާ ބުނީ އެމީހުން ބައިތިއްބާފައި ހުރި ކޮޓަރި ކައިރިއަށް ގޮސް "ނައްޓުބެ" އަށް ގުޅާށޭ ބުނި ކަމަށެވެ. އަދި އެހެން ބުނުމުން ފޯނެއް ނެތް ކަމަށް އެތަނުގައި ތިބި ދިވެހިން ޖަވާބުގައި ބުނި ކަމަށް އަލިބެ ބުންޏެވެ. އަލިބެ ބުނީ ނައްޓުއާއި ވާހަކަ ދައްކުވަން "ގާސިމްބެ" އަތަށް އަލިބެގެ ފޯނު ދިން ކަމަށެވެ. އެ މީހާ "ނައްޓުބެ" އަށް ގުޅި ކަމަށާއި ދެން ނައްޓުބެ، ބަދިގޭގައި މަސައްކަތް ކުރާ "ފަޒުލް" ކިޔާ މީހަކަށް ގުޅި ކަމަށެވެ. މިބުނާ ފަޒުލްއަކީ ރަށުތެރޭގައި ހަމަ ނުޖެހުން ހިންގުމުގައި އެންމެ އިސްކޮށް ހުރި އެކަކެވެ. އަދިވެސް އޭނާ ހުރީ ދޫވެފައެވެ.

ފެންނަމުންދިޔަ މަންޒަރުތަކާއި އެއްޗެހި ސުންނާފަތި ކުރާ އަޑުފަތްގަޑާއެކު އަލިބެ ހުރީ ގޮސް ހުސްވެފައެވެ. މަޑުމަޑުން އަނބުރާ ކޮޓަރިއަށް ދިޔަ އިރު އަލިބެ ހިތުގައި އެއިރު އުފެދެމުން ދިޔަ އިހުސާސްތައް ހިއްސާކޮށްލިއެވެ.

އަލިބެ ބުނީ މިކަމުން ސަލާމަތްވާނެ ކަމަށް އެއްވެސް އިރަކު އުއްމީދު ނުކުރާ ކަމަށެވެ. އާއިލާއާއި ދަރިން ވެސް ހާސްކަމެއް ތެރެއަށް ވެއްޓި ބައެއް ފަރާތްތައް ސިއްހީ މަރުކަޒަށް ގެންދަން ޖެހުނު ކަމަށް ވެސް އަލިބެ ބުންޏެވެ. މިއީ އަލިބެ އިތުރަށް ހާސްކަމުގެ ތެރެއަށް ވައްޓާލި ކަމެކެވެ.

އެ ހާސްކަމުގެ ތެރޭގައި ހުރި އަލިބެ ކޮޓަރިން ނިކުތީ ފުލުހުން އެ ރަށަށް އަރައި އަލިބެ ސަލާމަތް ކުރުމުންނެވެ.

އަލިބެ ބުނި ގޮތުގައި މުސާރައިގެ މައްސަލާގައި ރިސޯޓުގައި މަސައްކަތްކުރާ ނައިފަރުގެ ބައެއް މުވައްޒިފުން ވަނީ އެއްވަސް ބަޔަކަށް ނާންގާ ތިން ދުވަހެއް ކުރިން އެ ރަށުން ފުރައިގެން ގޮސްފައެވެ. އެ މީހުން ގޮސް އަލިބެ ބަލައި ލޯންޗެއް ފޮނުވާނެ ކަމަށް ބުންޏެވެ. އަލިބެ ފުރަން ވާނީ އެއްވެސް ބިދޭސީއަކަށް ނާންގާ ކަމަށް އެ މީހުން އިރުޝާދު ދިނެވެ. އަލިބެ ގަދަ ނިދީގައި އޮއްވަ އެ ތަނުގައި މަސައްކަތްކުރާ ދިވެހިންތަކެއް އޭނާ ހޭލެއްވާ، ތުޅާދޫގައި އޮތް ޕާޓީއަކަށް އެ މީހުންނާ އެކު ދިޔުމަށް އެދުނެވެ. އެންމެންނާ ބައިވެރިވުމުގެ ގޮތުން އަލިބެ ވެސް ދާން ތައްޔާރުވިއެވެ.

އަސްލު ތުޅާދޫއަށް ދިޔަ ސަބަބު އަލިބެ އަށް ރޭކާލީ އެ ރަށަށް ފޭބުމުންނެވެ. ބިދޭސީން ހަޅުތާލު ކުރަން އުޅޭކަން އެ މީހުންނަށް އެނގިގެން އަލިބެ ވެސް ތޫޅާދޫއަށް ގެންދިޔައެވެ. ބޮޑުފިނޮޅުން ފައިބަން އަލިބެއަށް އެންގީ ރިސޯޓު ބެލެހެއްޓުމުގައި ހަވާލުވެގެން ހުންނަ ނައްޓުއެވެ. އެކަމަކު ބިދޭސީންތަކެއް އެކަނިކޮށްލާފައި ގޮސް ތުޅާދޫގައި ހުންނަކަށް އަލިބެ ހިތްހަމަ ނުޖެހުނެވެ.

ތުޅާދޫގައި ނުހުންނަން ވެގެން ބުދަ ދުވަހުގެރޭ އަލިބެ ދިޔައީ އަނބުރާ ބޮޑުފިނޮޅަށެވެ.

ބުރާސްފަތި ދުވަހު ހެނދުނުހާއިރު މިލަންދޫއަށް ނިސްބަތްވާ ނުވަ ދިވެއްސަކު ބޮޑުފިނޮޅުން ދާންވެގެން ފޮށިތައް ބަންދުކޮށްގެން ދަނިކޮށް ބިދޭސީން އެ މީހުންނަށް ހުރަސް އެޅިއެވެ. އެއީ ބިދޭސީންގެ ހަމަނުޖެހުންތައް ފެށުނު ހިސާބެވެ. އެތަނުން ފަސް މީހަކަށް އެ ރަށުން ބޭރުވެވުނީ ތުޅާދޫ ފުލުހުން އެ މީހުން ގެންދިޔުމުންނެވެ.

އަލިބެ ކިޔައިދިން ގޮތުގައި މުސާރާ ނުލިބޭތާ ހަތް މަހަށް ވުރެ ގިނަ ދުވަސް ވެދާނެއެވެ. އެކަމަކު ރިޒް ކުންފުނިން ބުނެފައިވާ ގޮތުން ނުދެވިވަނީ ހަތަރު މަހުގެ މުސާރައެވެ. މަހު މުސާރައަށް އަލިބެ އަށް ލިބެނީ 15،000 އެވެ. ރިޒް ކުންފުނިން އަލިބެއަށް ދޭން ޖެހޭ ލައްކައެއްހާ ރުފިޔާ ދޭން ޖެހެއެވެ.

އޭނާ ބުނި ގޮތުގައި މުސާރަ ނުދެވޭ ސަބަބެއް ކަމަށް އެ ރަށުގެ ކޮންޓްރެކްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ މެމްބަރު ރިޒާގެ ދައްކާ ''ބަހާނާއަކީ''، ރަށާއި ހަވާލުވެގެން އުޅޭ ސީލް ކުންފުނިން ލިބެން ޖެހޭ ފައިސާ ނުލިބިގެންނެވެ. މުސާރައިގެ ކަންބޮޑުވުން ރިޒާއާ ހިއްސާކުރާ އިރަށް ފަހުން ހަމަޖައްސާނަމޭ، މަޑުކޮށްލޭށާ އޭނާ ވިދާޅުވާ ކަމަށް އަލިބެ ބުންޏެވެ.

މި ހާދިސާއަށް ފަހުވެސް ރިޒާ އަލިބެއަށް ގުޅިއެވެ. އަމިއްލަ އެއްޗެހި ވިއްކާލުމަށް ފަހުވެސް މުސާރަ ދޭނެ ކަމަށް ރިޒާ ވިދާޅުވި ކަމަށް ތުޅަދޫގައި ހުރެ ރާއްޖެ.އެމްވީއާ ވާހަކަ ދައްކަމުން އަލިބެ ބުންޏެވެ. އެކަމަކު ވަކި ދުވަހެއް ރިޒާ ވިދާޅެއް ނުވެއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރެވުނު ފަރާތްތަކުގެ ބަންދަށް މިހާރު ވަނީ 15 ދުވަހުގެ މުއްދަތެއް ޖަހާފައެވެ. މި ހާދިސާއާ ގުޅުވާ، ރިސޯޓުގެ އެކި ކަންކަމުގައި ޝާމިލްވާ ފަރާތްތަކުން އެކި ގޮތްގޮތަށް ވާހަކަތައް ދައްކަމުން އަންނަައިރު، މުޅި ގައުމުގެ ލޯ ވަނީ މިކަމަށް ހުއްޓިފައެވެ. އަދި މި މައުލޫމާތުތައް ކަމާބެހޭ މުއައްސަސާތަކާ ހިއްސާކުރެވި، އެކަށީގެންވާ ވަގުތުގެ ތެރޭގައި ފިޔަވަޅު އަޅާފައި ނެތުމުން، އާންމުންގެ ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

އަލިބެގެ ވާހަކަތަކުން އެނގިގެން ދިޔައީ، ހަމަނުޖެހުމާ ހަމައަށް ކަންކަން ބޮއްސުން ލައިގެން ދިޔައީ އެތައް ބައެއްގެ އިހުމާލުންކަން އިނގެއެވެ. އަދި ދުރާލާ ކަމެއް ހިނގަން އުޅޭ ކަމުގެ މައުލޫމާތު ލިބި، މިހެން މިކަން ހިނގައިދާނެ ފުރުސަތު ދިން ފަރާތްތައް އިންސާފުގެ ކުރި މައްޗަށް ގެނައުމަށް އެތައް ބަޔަކު އަންނަނީ ގޮވާލަމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މިނިވަންދުވަސް: ހިޔާލުފާޅުކުރުން ބިރުވެރިކަމެއްގެ ތެރޭގައި!

މިނިވަންދުވަސް: ހިޔާލުފާޅުކުރުން ބިރުވެރިކަމެއްގެ ތެރޭގައި!

26 ޖުލައި 2017
އިގްތިސޯދީ މިނިވަންކަން ގެއްލިގެން ދިއުމުގެ ބިރު!

އިގްތިސޯދީ މިނިވަންކަން ގެއްލިގެން ދިއުމުގެ ބިރު!

25 ޖުލައި 2017
ބިރު ދައްކައިގެން ކާމިޔާބެއް ނުލިބޭނެ!

ބިރު ދައްކައިގެން ކާމިޔާބެއް ނުލިބޭނެ!

04 ޖުލައި 2017
ޕީޕީއެމްގެ ޕީޖީ ބިރު ފަހަނައަޅައި އިންސާފާއި ދިމާލަށް!

ޕީޕީއެމްގެ ޕީޖީ ބިރު ފަހަނައަޅައި އިންސާފާއި ދިމާލަށް!

29 ޖޫން 2017
އަދީބު ބޭރަށް ނުފޮނުވަން ތިޔައުޅުއްވަނީ "ވެއްޓިދާނެތީ" ބިރުން!

އަދީބު ބޭރަށް ނުފޮނުވަން ތިޔައުޅުއްވަނީ "ވެއްޓިދާނެތީ" ބިރުން!

22 ޖޫން 2017

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު