Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
މެސީ ބާސާ ދޫކޮށްލުން

އަންނަ އަހަރު މެސީ ބާސެލޯނާ ދޫކޮށްލަނީ: ރިޕޯޓު

އަންނަ ސީޒަނުގައި މެސީގެ އެއްބަސްވުން ހަމަވާނެ

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 4 ޖުލައި 2020 | ހޮނިހިރު 09:44
ބާސާގެ ކެޕްޓަން ލިއޮނެލް މެސީ: އެއްބަސްވުން އިތުރު ދެ އަހަރަށް އާކުރަން އަންނަނީ މަސައްކަތް ކުރަމުން

ބާސާގެ ކެޕްޓަން ލިއޮނެލް މެސީ: އެއްބަސްވުން އިތުރު ދެ އަހަރަށް އާކުރަން އަންނަނީ މަސައްކަތް ކުރަމުން

އަންނަ އަހަރު ބާސެލޯނާ ދޫކޮށްލަން އެ ޓީމުގެ ކެޕްޓަން ލިއޮނަލް މެސީ ނިންމާފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.

ބާސާއާއެކު 2017 ވަނަ އަހަރު އުމުރުން 33 އަހަރުގެ މެސީ ހަދާފައިވާ އެއްބަސްވުން ހަމަވާނީ އަންނަ އަހަރުގެ ހޫނު މޫސުމުގައެވެ. މި އެއްބަސްވުމުގެ ދަށުން ކޮންމެ ސީޒަނެއް ނިމުމުން ވެސް މެސީއަށް ހިލޭ ޓްރާންސްފާއެއްގެ ދަށުން ކްލަބު ދޫކޮށްލުމުގެ ފުރުސަތު ލިބޭ ނަމަވެސް، ކްލަބު ބަދަލުކުރަން މެސީއަށް ލިބުނު ފުރުސަތު ފަހަނައަޅައި ގޮސްފައިވާތީ، މި ސީޒަނުގައި މެސީ ބާސާ ދޫކޮށްނުލާނެކަން ވަނީ ކަށަވަރުވެފައެވެ.

އެކަމަކު ރިޕޯޓުތައް ބުނާގޮތުން މެސީ ބޭނުންވަނީ އަންނަ ސީޒަނުގައި އެއްބަސްވުން ހަމަވުމުން ކްލަބު ދޫކޮށްލާށެވެ. އެގޮތުން ބާސާގެ ނިންމުންތަކުގައި މެސީގެ ނުފޫޒު އޮންނަ ކަމަށް މީޑިއާގައި ދެކެވޭ ވާހަކަތަށް ހުއްޓުވަން އެ ކްލަބުގެ ބޯޑުން މަސައްކަތް ނުކުރާތީ އާއި، ބާސާގެ ބައެއް ބޯޑު މެމްބަރުން އިސްވެ އެ ޓީމުގެ ކުރީގެ ތަރިންނާއި މިހާރުގެ ބައެއް ކުޅުންތެރިންގެ އަގު ވައްޓާލަން ސޯޝަލް މީޑިއާގައި މަސައްކަތް ކުރާތީ މެސީ ބާސާގައި މަޑުކުރަން ބޭނުން ނުވާ ކަމަށް ވަނީ ރިޕޯޓުކޮށްފައެވެ.

އަންނަ އަހަރު މެސީގެ އެއްބަސްވުން ހަމަވާއިރު، އޭނާގެ އެއްބަސްވުން އިތުރު ދެ އަހަރަށް އާކުރަން ބާސާއިން އަންނަނީ މަސައްކަތް ކުރަމުންނެވެ. މީގެ ކުރިން ބައެއް މީޑިއާތަކުން ވަނީ މެސީގެ ބައްޕަ ޖޯޖް މެސީއާ އެކު ބާސާގެ ރައީސް ޖޯސެފް މާރިއާ ބާޓޮމެއޫ މަޝްވަރާކުރި ކަމަށާއި، އިތުރު ދެ އަހަރަށް ބާސާގެ އެއްބަސްވުން އާކުރަން މެސީ އެއްބަސްވެފައިވާ ކަމަށް ރިޕޯޓުކޮށްފައެވެ.

މެސީ ބާސާ ދޫކޮށްލާނެ ކަމަށް ރިޕޯޓުކުރިއިރު، އޭނާ ހޯދުމަށް އިންޓަ މިލާނުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން މި ސީޒަން ނިމުމުން އިންޓައަށް މެސީ ބަދަލުވާން އުޅޭ ކަމަށް ސްޕެއިންގެ މީޑިއާތަކުން މީގެ ކުރިން ރިޕޯޓުކުރި ނަމަވެސް، އެފަހަރު މެސީ ވަނީ އެކަން ދޮގު ކޮށްފައެވެ.

މީގެ ކުރިން ބާސާގެ ކޯޗު ކިކޭ ސެޓިއެން ވަނީ މެސީ ބާސާ ދޫކޮށް ނުދާނެ ކަމަށް ބުނެފައެވެ. އަދި މެސީ އާއި ބާސާ އަބަދުވެސް އޮންނާނީ އެކުގައި ކަމަށް ސެޓިއެން ވަނީ ބުނެފައެވެ. މެސީ ބާސާ ދޫކޮށްލާނެ ކަމަށް އެންމެ ފުރަތަމަ އަޑުފެތުރުނީ، ބާސާގެ ސްޕޯޓިން ޑިރެކްޓަރު އެރިކް އަބިދާލާއި މެސީއާ ދެމެދު މައްސަލަ ޖެހުމުންނެވެ.

ބާސާގެ ސީނިއާ ޓީމުން 2004 ވަނަ އަހަރު ކެރިއަރު ފެށި މެސީ ވަނީ މިހާތަނަށް ބާސާއާއެކު ސްޕެނިޝް ލީގު 10 ފަހަރު ހޯދާފައެވެ. އަދި ޔުއެފާ ޗެމްޕިއަންސް ލީގު 4 ފަހަރު ހޯދާފައި ވާއިރު، މެސީ ވަނީ މިހާތަނަށް ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާއަށްދޭ ބަލޮންޑޯ އެވޯޑް 6 ފަހަރު ހޯދާފައެވެ. މެސީ އަކީ މި އެވޯޑު އެންމެ ގިނައިން ހޯދި ކުޅުންތެރިޔާއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ނިއުރޭޑިއަންޓް އެކަޑަމީ ފުޅާކޮށް އަންނަ ފެބްރުއަރީ މަހު ހުޅުވަން ނިންމައިފި

ނިއުރޭޑިއަންޓް އެކަޑަމީ ފުޅާކޮށް އަންނަ ފެބްރުއަރީ މަހު ހުޅުވަން ނިންމައިފި

18 ޖެނުއަރީ 2017
މޯލްޑިވްސް ފުޓްބޯލް އެވޯޑް އަންނަ އަހަރު އިތުރުވާނެ: ބައްސާމް

މޯލްޑިވްސް ފުޓްބޯލް އެވޯޑް އަންނަ އަހަރު އިތުރުވާނެ: ބައްސާމް

17 ޖެނުއަރީ 2017
އަލުން ފުޓުބޯޅަ ކުޅެން ފަށަން ރޮނާލްޑީނިއޯ އަންނަނީ ވިސްނަމުން: އެޖެންޓް

އަލުން ފުޓުބޯޅަ ކުޅެން ފަށަން ރޮނާލްޑީނިއޯ އަންނަނީ ވިސްނަމުން: އެޖެންޓް

17 ޖެނުއަރީ 2017
ދެ އަހަރުގެ އެއްބަސްވުމަކާއެކު ސާންތި އެނބުރި އީގަލްސް އަށް

ދެ އަހަރުގެ އެއްބަސްވުމަކާއެކު ސާންތި އެނބުރި އީގަލްސް އަށް

11 ޖެނުއަރީ 2017
އެވޯޑް ހަފްލާއަށް ނުދަޔައީ މާދަމާރޭ މުހިންމު މެޗެއް އޮތުމުން: ބާސެލޯނާ

އެވޯޑް ހަފްލާއަށް ނުދަޔައީ މާދަމާރޭ މުހިންމު މެޗެއް އޮތުމުން: ބާސެލޯނާ

10 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

29 މެއި
ކަމަދޫ އީދު އުފާ 1446 ގެ ރަސްމީ ލަވަ ރިލީސްކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ކަމަދޫ އީދު އުފާ 1446 ގެ ރަސްމީ ލަވަ ރިލީސްކޮށްފި

ހާފިޒް: ޓައީ ޑިޒައިން ކުރެއްވުމުގެ މާހިރެއް، ވެލެންސިއާ އާއި ބާސްކެޓްގެ ލެޖެންޑެއް
20242 އަހަރު ކުރިން
މީހުން

ހާފިޒް: ޓައީ ޑިޒައިން ކުރެއްވުމުގެ މާހިރެއް، ވެލެންސިއާ އާއި ބާސްކެޓްގެ ލެޖެންޑެއް

ޗުއްޓީއަށް ވެސް ދަރައި ވިކިގެން!
20233 އަހަރު ކުރިން
ރިޕޯޓު

ޗުއްޓީއަށް ވެސް ދަރައި ވިކިގެން!

ފުލުހުންގެ ތާރީޚުގައި ވަރަށް ގިނަ ކަންކަން ފުރަތަމަ ކުރެއްވި އަންހެން ފުލުސް
20224 އަހަރު ކުރިން
މީހުން

ފުލުހުންގެ ތާރީޚުގައި ވަރަށް ގިނަ ކަންކަން ފުރަތަމަ ކުރެއްވި އަންހެން ފުލުސް

ލައްކައެއްހާ ރުފިޔާއަށް އެދުމުންވެސް ރައީސް ޔާމީން ނުދެއްވި - ޑރ ޝައިނީ
20215 އަހަރު ކުރިން
ރާއްޖެ

ލައްކައެއްހާ ރުފިޔާއަށް އެދުމުންވެސް ރައީސް ޔާމީން ނުދެއްވި - ޑރ ޝައިނީ

ރައުދާގެ މަރުގެ ފައިނަލް ރިޕޯރޓް: އަހަރެން މަރާލީ ކަލޭ!
20197 އަހަރު ކުރިން
ރިޕޯޓު

ރައުދާގެ މަރުގެ ފައިނަލް ރިޕޯރޓް: އަހަރެން މަރާލީ ކަލޭ!

އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު ކުނިއުކުމުގެ މަސައްކަތަށް!
20188 އަހަރު ކުރިން
ރިޕޯޓު

އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު ކުނިއުކުމުގެ މަސައްކަތަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު