Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އިންސާފު ލިބޭނީ ބެންޗު ބަދަލުކުރުމަކުން ނޫން

އިންސާފު ލިބޭނެ ފުރިހަމަ ނިޒާމެއް އުފެއްދޭނީ ހަމައެކަނި ސުޕްރީމް ކޯޓުގެ ބެންޗު ބަދަލުކޮށްގެން ނޫން: ރައީސް

ރައްޔިތުންގެ އުންމީދުތަކާ އެއްމިންވަރަކަށް ބަދަލުތައް އެންމެ ފަހުން ފެށުނީވެސް އިންސާފު ޤާއިމުކުރުމުގެ ދާއިރާއިން: ރައީސް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 4 ޖުލައި 2020 | ހޮނިހިރު 09:06
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރިޔާސީ އިންތިހާބު 2018 ގައި ބޭއްވި ކެމްޕޭން ހަރަކާތެއްގައި ސަޕޯޓަރުންނަށް ހަނާއަޅުއްވަނީ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރިޔާސީ އިންތިހާބު 2018 ގައި ބޭއްވި ކެމްޕޭން ހަރަކާތެއްގައި ސަޕޯޓަރުންނަށް ހަނާއަޅުއްވަނީ

އިންސާފު ހޯދައިދީ އަދި އިންސާފު ލިބިދޭނެ ނިޒާމެއް އެންމެ ފުރިހަމަ ގޮތުގައި އުފެއްދުމަކީ ހަމައެކަނި ސުޕްރީމް ކޯޓުގެ ބެންޗު ބަދަލުކޮށްގެން ކުރެވޭނެ ކަމެއް ނޫން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ 15 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން "ޚަބަރު ސިޓީ" އަލުން ނެރެން ފަށާފައިވާއިރު، އޭގައި ރައީސް ލިޔުއްވާފައިވާ ހަބަރެއްގައި ވިދާޅުވެފައިވަނީ އިންސާފު ހޯދައިދީ އަދި އިންސާފު ލިބިދޭނެ ނިޒާމެއް އެންމެ ފުރިހަމަ ގޮތުގައި އުފެއްދުމަކީ ހަމައެކަނި ސުޕްރީމް ކޯޓުގެ ބެންޗު ބަދަލުކޮށްގެން ކުރެވޭނެ ކަމެއް ނޫންކަން އެމަނިކުފާނަށް އެނގިވަޑައިގަންނަވާ ކަމަށެވެ. އަދި މި ބިޔަބޮޑު ކަމަކީ އެކަމަށް ބޭނުންވާ ހުރިހާ ކަމެއް ވަށާ ޖެހުނީމާ ލިބޭ ނަތީޖާ ކަމަށެވެ.

Advertisement - newsAdvertisement

އަދި ޤާނޫނުތައް އިޞްލާޙްކުރުމާއި، އެކަމަށް ބޭނުންވާ މީހުން އުފެއްދުމާއި، ވަސީލަތްތައް ޤާއިމުކުރުމާއި، ތަމްރީންގެ ފުރުޞަތު ލިބުން ފަދަ ކަންކަމަކީ އެކު އެކީގައި ހިނގަންޖެހޭ ކަންކަން ކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން މި ކަމާ ގުޅުން ހުރި އެހެނިހެން މުއައްސަސާތައްވެސް އެކު އެކީގައި އިޞްލާޙްކުރެވެން ޖެހޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އެމްޑީޕީ ވުޖޫދުވިތާ 15 އަހަރު ވީއިރު، ހަނދާނުން ފޮހެލަން ދަތި ވަރަށް ގިނަ ކަންކަން އެބަހުންނެވި ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ހުރިހާ ކަމެއް ހިނގައިދިޔައީ އަދި ދަނީވެސް ހިތްވަރުގަދަ މެންބަރުންގެ ލޯތަކުގެ ކުރިމަތީގައި ކަމަށެވެ. ބިރުވެރި، ދަތީ އެތައް އުނދަގޫ ދުވަސްތަކެއް ކަޑައްތު ކުރުމަށްފަހު، ޕާޓީ ރަޖިސްޓަރީ ކުރެވުނީ އަދި މާ ފަހުން ކަމަށާއި، އެމަނިކުފާނުގެ ގަބޫލުފުޅުކުރައްވާ ގޮތުގައި އެމްޑީޕީއަކީ 15 އަހަރަށްވުރެ މާ ދޮށީ ޕާޓީއެކެވެ.

ރައީސް ވިދާޅުވީ އެމްޑީޕީގެ ސިޔާސީ މަސައްކަތްތައް ފެށިގެން އައީ ވަރަށް ގިނަ ބައެއް އޭރު ތަޙައްމަލްކުރަމުން އައި ބޭއިންސާފާއި އަނިޔާވެރިކަމުން މި ޤައުމު މިންޖުކުރުމުގެ ނިޔަތާއި، އުންމީދާއެކުގައި ކަމަށެވެ. އަދި 1990 ގެ އަހަރުތަކުގައި ފެށި މި މަސައްކަތުގެ ނަތީޖާ މާނަވީ ގޮތެއްގައި ރައްޔިތުންނަށް އިޙްސާސްކުރެވެން ފެށީ، މި އަހަރު ސުޕްރީމް ކޯޓުގެ ބެންޗަށް ގެނެވުނު މުހިއްމު ބަދަލުތަކާ އެކުގައި ކަމަށް އެމަނިކުފާނު ގަބޫލުފުޅުކުރައްވާ ކަމަށެވެ.

އަދި އެތައް އަހަރުތަކެއް އެމްޑީޕީގެ މެންބަރުން ހޭދަކުރީ ބުރަ މަސައްކަތުގައި މިފަދަ ބަދަލުތައް ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމާއި، ޤާނޫނު އަސާސީ އާއި، ތިން ބާރުގެ ހިންގުމަށް ބޮޑެތި ބަދަލުތައް އައިއިރު، ރައްޔިތުންގެ އުންމީދުތަކާ އެއްމިންވަރަކަށް ބަދަލުތައް އެންމެ ފަހުން ފެށުނީވެސް އިންސާފު ޤާއިމުކުރުމުގެ ދާއިރާއިމް ކަމަސް ރައީސް ވިދާޅުވެފައިވެއެވެ. އަދި ތަފާތު އެތައް ތަޖުރިބާތަކަކަށްފަހު މި ބަދަލުތައް މިހާރު ފެންނަން ފަށާފައިވާކަމީ، އެމަނިކުފާނަށް ވެސް ލިބޭ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ކަމަށެވެ.

ރައީސް ވިދާޅުވީ މީގެ ވިއްސަކަށް އަހަރު ކުރިން ކުރަން ފެށި މި ދަތުރު ނިންމާލުމާ ގާތަށް ވެސް އަދި ވަޑައިނުގެންނެވޭ ކަމަށެވެ. އަދި އެމަނިކުފާނާއި ބައިވެރިން އަދިވެސް މި ތިއްބެވީ މި ދަތުރުފުޅު މަތީގައި ކަމަށާއި، މިކަން ކުރުމުގައި އިތުރު ވަކި އެހެން ނިޔަތެއް ނެތި މަސައްކަތް ކުރާނެ ބަޔަކީ ވެސް އެމްޑީޕީގެ މެންބަރުން ކަމަށެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު އެދިވަޑައިގަންނަވަނީ ހަމަ އެންމެ ކަމަކަށް ކަމަށެވެ. އެއީ މި މަސައްކަތް ކުރަން ފެށި ސަބަބު އެންމެ ހިނދުކޮޅަކަށް ނަމަވެސް ހަނދާން ނައްތާނުލެއްވުމަށާއި، އެމްޑީޕީއާއެކު ދެމި ތިއްބެވުމަށެވެ. ރައީސް ނިންމަވާލައްވަމުން ވިދާޅުވީ އިރާދަކުރެއްވިއްޔާ މިކަން ކުރައްވާނީ ތިބޭފުޅުންނާއެކުގައި ކަމަށާއި، އެމްޑީޕީއާއެކު ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކޮރަޕްޝަނާއި އަދުލު އިންސާފުގެ އެއްވެސް ވާހަކައެއް ރިޔާސީ ބަޔާނަކު ނެތް

ކޮރަޕްޝަނާއި އަދުލު އިންސާފުގެ އެއްވެސް ވާހަކައެއް ރިޔާސީ ބަޔާނަކު ނެތް

06 ފެބުރުއަރީ 2017
ފްލެޓް ލިބުނު ފަރާތްތަކަށް ފައިސާ ދެއްކޭނެ ނިޒާމެއް ގާއިމް ކުރުމަށް މައުމޫން ފެކްޝަނުން ގޮވާލައިފި

ފްލެޓް ލިބުނު ފަރާތްތަކަށް ފައިސާ ދެއްކޭނެ ނިޒާމެއް ގާއިމް ކުރުމަށް މައުމޫން ފެކްޝަނުން ގޮވާލައިފި

05 ފެބުރުއަރީ 2017
ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް

ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް

29 ޖެނުއަރީ 2017
ރާއްޖެޓީވީ ނޫސްވެރިންގެ މައްސަލައިގައި އަދުލް އިންސާފުގެ ހުރިހާ ދޮރެއްގައި ޓަކި ޖަހާނަން: ހަސީން

ރާއްޖެޓީވީ ނޫސްވެރިންގެ މައްސަލައިގައި އަދުލް އިންސާފުގެ ހުރިހާ ދޮރެއްގައި ޓަކި ޖަހާނަން: ހަސީން

25 ޖެނުއަރީ 2017
ރައީސް ނަޝީދަށް ދައުވާކުރުމަށް ފުރިހަމަކުރަންޖެހޭ ކަންތައްތައް މިދަނީ ފުރިހަަމަކުރަމުން: ޕީޖީ

ރައީސް ނަޝީދަށް ދައުވާކުރުމަށް ފުރިހަމަކުރަންޖެހޭ ކަންތައްތައް މިދަނީ ފުރިހަަމަކުރަމުން: ޕީޖީ

23 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

19 ޖެނުއަރީ
ބައެއް ވަޒީރުން އިޚްލާސްތެރި އެއް ނޫން: ލަތީފު
20251 އަހަރު ކުރިން
ރާއްޖެ

ބައެއް ވަޒީރުން އިޚްލާސްތެރި އެއް ނޫން: ލަތީފު

ނީޝާމް: އެއް ލަނޑަށް ހަ ވިކެޓް ނެގި، ރެކޯޑް މުގުރާލެވިދާނެތަ؟
20242 އަހަރު ކުރިން
މީހުން

ނީޝާމް: އެއް ލަނޑަށް ހަ ވިކެޓް ނެގި، ރެކޯޑް މުގުރާލެވިދާނެތަ؟

މޮޅުވީ ޕީއެސްޖީ، ވިދާލީ ރޮނަލްޑޯ!
20233 އަހަރު ކުރިން
ކުޅިވަރު

މޮޅުވީ ޕީއެސްޖީ، ވިދާލީ ރޮނަލްޑޯ!

މޭރީގެ މަރު: ލަމްހާގެ ފަރާތުން މާވިންއަށް ކޮށްފައިވާ މެސެޖެއްގައި އަންހެނެއްގެ ގަޔަށް ސިރިންޖު ޖަހާނެ ގޮތުގެ ވާހަކަތަކެއް!
20224 އަހަރު ކުރިން
ރާއްޖެ

މޭރީގެ މަރު: ލަމްހާގެ ފަރާތުން މާވިންއަށް ކޮށްފައިވާ މެސެޖެއްގައި އަންހެނެއްގެ ގަޔަށް ސިރިންޖު ޖަހާނެ ގޮތުގެ ވާހަކަތަކެއް!

މެޑްރިޑް ގޮވުން- މިނިސްޓަރ މައުސޫމުގެ ޙާލުކޮޅު ރަނގަޅު
20215 އަހަރު ކުރިން
ރާއްޖެ

މެޑްރިޑް ގޮވުން- މިނިސްޓަރ މައުސޫމުގެ ޙާލުކޮޅު ރަނގަޅު

ހިންނަވަރުގެ ތަރައްގީއަށް އެޅިފައިވާ ހުރަހަކީ މީހުން ހިޖުރަކުރުން
20197 އަހަރު ކުރިން
ރިޕޯޓު

ހިންނަވަރުގެ ތަރައްގީއަށް އެޅިފައިވާ ހުރަހަކީ މީހުން ހިޖުރަކުރުން

ރައީސް ޔާމީންގެ ރަނިންގމޭޓަކަށް ވާނީ ހަމަބުއްދި ނެތް މީހެއް: ފައިރޫޝް
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ ރަނިންގމޭޓަކަށް ވާނީ ހަމަބުއްދި ނެތް މީހެއް: ފައިރޫޝް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު