Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސަރުކާރުގެ އޮފީސްތައް ހުޅުވާލުން

އަންނަ އާދިއްތަ ދުވަހުން ފެށިގެން ސަރުކާރުގެ އޮފީސްތައް ރަސްމީކޮށް ހުޅުވާލަނީ

2 ޖުލައި 2020 | ބުރާސްފަތި 13:28

ކޮންމެ ހަފުތާއެއްގެ އާދީއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ހުޅުވިފައި ހުންނާނެ

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 2 ޖުލައި 2020 | ބުރާސްފަތި 13:28
ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

ދިވެހިރާއްޖޭގައި ކޮވިޑް-19 ފެތުރުން ކުޑަކުރެއްވުމަށްޓަކައި 2020 މާރިޗު 19 ވަނަ ދުވަހުން ފެށިގެން ސަރުކާރުގެ އިދާރާތައް އާންމުކޮށް ނުހުޅުއްވާ ގޮތަށް ހަމަޖައްސަވާފައި އޮތް އޮތުން ނިމުމަކަށް ގެންނަވައި، 2020 ޖުލައި 5 ވާ އާދީއްތަ ދުވަހުން ފެށިގެން، ސަރުކާރުގެ އިދާރާތައް އާންމުކޮށް ހުޅުއްވައިގެން މަސައްކަތް ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފިއެވެ.

ސަރުކާރުގެ އިދާރާތައް ހުޅުވާފައި ހުންނާނީ ކުރިއެކޭވެސް އެއްގޮތަށް ކޮންމެ ހަފުތާއެއްގެ އާދީއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހަކު ހެނދުނު 8:00 އިން މެންދުރުފަހު 2:00 އަށް ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ހަމަޖައްސަވާފައެވެ. މިކަން ހާމަކޮށްފައިވަނީ ބުރާސްފަތި ދުވަހު ރައީސް އޮފީހުން ނެރުނު ދެންނެވުމެއްގައެވެ.

Advertisement - newsAdvertisement

ސަރުކާރުގެ އިދާރާތައް އާންމުކޮށް ހުޅުއްވައިގެން ދެއްވަންޖެހޭ ޚިދުމަތްތަކާއި، ކުރައްވަންޖެހޭ މަސައްކަތްތައް ކުރެއްވުމަށް ހަމަޖެއްސެވުމާ ގުޅިގެން، އިދާރާތަކުން ޢަމަލު ކުރައްވާނެ އުސޫލު ވެސް ވަނީ އާންމު ކުރައްވާފައެވެ.

މިގޮތުން، ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތައް ލުއިކުރައްވައި، އައު އާންމު ހާލަތު ނުވަތަ ނިއު ނޯމަލްގެ ހާލަތުގައި ސަރުކާރުގެ އިދާރާތައް ހިންގެވުމާއި، އިދާރާތަކުގައި މަސައްކަތްކުރުމުގައި ޞިއްޙީ ރައްކާތެރިކަމުގެ ގޮތުން އަޅުއްވަންޖެހޭ ފިޔަވަޅުތަކާއި، މި ހާލަތުގައި މުވައްޒަފުން ޢަމަލު ކުރައްވަންޖެހޭ ގޮތާ ބެހޭ ގޮތުންނާއި، މަސައްކަތުގެ މާހައުލުގެ ސާފުތާހިރުކަމުގެ އިރުޝާދުތަކާއި، އިޖުތިމާޢީ ގައިދުރުކަމުގެ އިރުޝާދުތަކާ ބެހޭ ގޮތުން ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ލަފަޔާއި މަޝްވަރާގެ މަތިން ސިވިލް ސަރވިސް ކޮމިޝަނުން އެކުލަވައިލައްވައި އާންމުކުރައްފައިވާ އެ ކޮމިޝަނުގެ ސަރކިއުލަރގައި ހިމަނުއްފައިވާ ކަންކަން ސަރުކާރުގެ އިދާރާތަކުން ތަންފީޒު ކުރެއްވުމަށް ވަނީ އޮފީސްތަކަށް އަންގަވާފައެވެ.

މީގެ އިތުރުން، ރަސްމީ މަސައްކަތު ގަޑީގެ ތެރޭގައި މަސައްކަތް ނިންމެވުމަށް މުވައްޒަފުންނަށް ބާރުއެޅުއްވުމާއެކު، ނުރަސްމީ ގަޑިގައި މުވައްޒަފުން މަސައްކަތްކުރައްވަން ނުޖެހޭގޮތަށް އޮފީހުގެ މަސައްކަތްތައް ރޭއްވެވުމާއި، ދަންފަޅި އުސޫލުން މަސައްކަތް ކުރާ އިދާރާތައް ފިޔަވައި، ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށްޓަކައި މެނުވީ މެންދުރުފަހު 2:00 ގެ ފަހުން ހުޅުއްވައިގެން މަސައްކަތް ނުކުރެއްވުމަށާއި، ސަރުކާރުގެ އިދާރާއަކުން ކޮންމެހެން ކުރައްވަންޖެހޭ މަސައްކަތެއް ކުރެއްވުމަށްޓަކައި، ނުރަސްމީގަޑީގައި އިދާރާ ހުޅުވާފައި ބަހައްޓަވަންޖެހޭ ހާލަތްތަކުގައިވެސް، އެންމެ ލަސްވެގެން ހަވީރު 4:00 ގެ ފަހުން އިދާރާ ހުޅުވާފައި ނުބެހެއްޓެވުމަށް އޮފީސްތަކަށް ވަނީ އަންގަވާފައެވެ.

ހަމައެއާއެކު، ކޮވިޑް-19 އާ ގުޅިގެން ސަރުކާރުގެ އިދާރާތަކުން އޮންލައިންކޮށް ދެއްވަން ފެއްޓެވި ޚިދުމަތްތައް އެ ގޮތުގެ މަތިން ދެއްވަމުން ގެންދެވުމަށާއި، އޮންލައިންކޮށް ދެވެން ހުރި އިތުރު ޚިދުމަތްތަކަކީ ކޮބައިތޯ ބައްލައި، އެ ޚިދުމަތްތައް އޮންލައިންކޮށް ދެއްވޭނެ އިންތިޒާމުތައް ހަމަޖެއްސަވަމުން ގެންދެވުމަށާއި، ސަރުކާރުގެ އިދާރާތަކުގެ މަސައްކަތްތަކުގެ ތެރެއިން، އޮންލައިންކޮށް ކުރެއްވެން ހުންނަ މަސައްކަތްތައް އޮންލައިންކޮށް ކުރާނެ އިންތިޒާމު ހަމަޖައްސަވައި، އޮންލައިންކޮށް މަސައްކަތް ކުރެއްވުމަކީ އާންމު އުސޫލެއް ކަމުގައި ހެއްދެވުމަށް ވެސް ވަނީ އަންގަވާފައެވެ.

އަދި އޮފީހުން ކުރާ ކަރުދާހުގެ ޚަރަދާއި، ޕްރިންޓްކުރުމުގެ ޚަރަދު ކުޑަކުރެއްވޭނެ ގޮތްތައް ހޯއްދަވައިގެން އެގޮތަށް މަސައްކަތްކުރެއްވޭނެ އުސޫލުތައް ހައްދަވައި، އެ އުސޫލުތައް ތަންފީޒުކުރައްވައިގެންނާއި، ލިޔެކިޔުންތައް ވީވަރަކުން ޑިޖިޓަލައިޒް ކުރައްވައިގެން "ޕޭޕަރލެސް" މަސައްކަތު މާޙައުލެއް އޮފީހުގައި ޤާއިމުކުރެއްވުމަށް މަސައްކަތް ކުރެއްވުމަށް ވެސް ވަނީ އޮފީސްތަކަށް އަންގަވާފައެވެ.

މިކަންކަމުގެ އިތުރަށް، ކޮވިޑް 19 އާ ގުޅިގެން، ދުނިޔޭގެ އިޤްތިޞާދަށް ކުރިމަތިވެފައިވާ ހީނަރުކަމުގެ ސަބަބުން، ރާއްޖޭގެ އިޤްތިޞާދަށާއި، ދައުލަތުގެ ބަޖެޓަށް އެކަމުގެ ނޭދެވޭ އަސަރު ފޯރަން ފަށާފައިވާތީ، ސަރުކާރުގެ ޚަރަދުތައް ކުޑަކުރެއްމުގެ ގޮތުން، އޮފީސްތަކުން ކޮންމެހެން ކުރައްވަން ޖެހޭ ޚަރަދުތައް ކުރުމަށާއި، ޚަރަދު ކުޑަކުރެއްވުމަށް އެޅުއްވެން ހުރި ފިޔަވަޅުތައް އެޅުއްވުމަށް ވެސް ދެންނެވުމުގައި އޮފީސްތަކަށް އަންގަވާފައިވެއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

އިތުރަށް ކިޔާލަން

21 ޖެނުއަރީ 2017

ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

21 ޖެނުއަރީ 2017
ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް
20 ޖެނުއަރީ 2017

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ
20 ޖެނުއަރީ 2017

ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

20 ޖެނުއަރީ 2017
ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި
20 ޖެނުއަރީ 2017

ޓިވެޓް ޕްރޮގްރާމުތަކަށް ޖަރުމަން ސަރުކާރުގެ އެހީތެރިކަން ހޯދަނީ

20 ޖެނުއަރީ 2017
ޓިވެޓް ޕްރޮގްރާމުތަކަށް ޖަރުމަން ސަރުކާރުގެ އެހީތެރިކަން ހޯދަނީ
19 ޖެނުއަރީ 2017

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
10 ޖެނުއަރީ 2017

ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!

10 ޖެނުއަރީ 2017
ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!
07 ޖެނުއަރީ 2017

މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ

07 ޖެނުއަރީ 2017
މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް