Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެފްއޭއެމްގެ އިންތިޚާބު

އެފްއޭއެމްގެ ރައީސްގެ މަގާމަށް ދެވަނަ ދައުރަކަށް ބައްސާމް އިންތިޚާބުކޮށްފި

2 ޖުލައި 2020 | ބުރާސްފަތި 11:38

އެފްއޭއެމްގެ އިންތިޚާބު ފަސްކޮށްދިނުމަށް ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާޢީ ކޮމިޓީން ވަނީ އެދިފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 2 ޖުލައި 2020 | ބުރާސްފަތި 11:38
އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް: މިއީ އެ އިދާރާގެ ރައީސްގެ މަގާމަށް ބައްސާމް އިންތިޚާބުވި ދެވަނަ ފަހަރު

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް: މިއީ އެ އިދާރާގެ ރައީސްގެ މަގާމަށް ބައްސާމް އިންތިޚާބުވި ދެވަނަ ފަހަރު | އެފްއޭއެމް

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސްގެ މަގާމަށް ދެވަނަ ދައުރަކަށް ބައްސާމް އަދީލް ޖަލީލް އިންތިޚާބުކޮށްފިއެވެ.

އެފްއޭއެމުން އެ އިދާރާގެ އިންތިޚާބު ބޭއްވީ ބުރާސްފަތި ދުވަހު ބޭއްވި ކޮންގްރެސްގައެވެ. ބުރާސްފަތި ދުވަހު އެފްއޭއެމްގެ އިންތިޚާބު ބޭއްވިއިރު، އިންތިޚާބު ފަސްކޮށްދިނުމަށް ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާޢީ ކޮމިޓީން ވަނީ ކުޅިވަރާ ބެހޭ ވުޒާރާގައި އެދިފައެވެ. އެއާއެކު އެ ވުޒާރާއިން ވަނީ އިންތިޚާބު ފަސްކުރުމަށް އެދި އެފްއޭއެމަށް ސިޓީއެއްވެސް ފޮނުވާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާޢީ ކޮމިޓީން އެފްއޭއެމްގެ އިންތިޚާބު ފަސްކޮށްދިނުމަށް އެދުނީ އެފްއޭއެމްއާ ދޭތެރޭގައި ފިޔަވަޅު އަޅައިދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ހުށަހެޅި ކުއްލި މައްސަލަ އިތުރަށް ދިރާސާ ކުރަމުން އަންނާތީއެވެ.

އެކަމަކު ބުރާސްފަތި ދުވަހު އެފްއޭއެމްގެ އިންތިޚާބު ބޭއްވިއިރު، ފީފާއިން ވެސް ވަނީ ބުރާސްފަތި ދުވަހު އެފްއޭއެމްގެ އިންތިޚާބު ބޭއްވޭނެ ކަމަށް އަންގާފައެވެ.

އެފްއޭއެމްގެ އިންތިޚާބު މިއަހަރުގެ ނޮވެމްބަރު މަހުގެ ކުރިން ބާއްވަން ޖެހޭއިރު، އަސާސީ ގަވާއިދުގައި ބަޔާން ކޮށްފައިވާ އިންތިޚާބު ބާއްވަން ޖެހޭ ތާރީޚަށްވުރެ ކުރިން އިންތިޚާބު ބޭއްވުމަށް ހިންގާ ކޮމިޓީން ނިންމާފައިވަނީ ފެބްރުއަރީ މަހުގެ ހަތަރުވަނަ ދުވަހުއެވެ.

އެފްއޭއެމްގެ އިންތިޚާބުގައި ރައީސްގެ މަގާމަށް ކުރިމަތިލައްވާފައިވަނީ މިހާރުގެ ރައީސް ބައްސާމް އަދީލް ޖަލީލް އެކަންޏެވެ. ބައްސާމާއި އޭނާ ހުށަހެޅުއްވި ހިންގާ ކޮމިޓީއަށް އިތުރު ކެންޑިޑޭޓެއް ކުރިމަތިލާފައި ނެތުމުން، ބައްސާމުގެ ޓީމުގެ އިންތިޚާބުކޮށްފައިވަނީ ވޯޓަކާނުލަ އެވެ. އިތުރު ކެންޑިޑޭޓަކު ކުރިމަތިލާފައި ނެތިއްޖެ ނަމަ، ވޯޓަކާ ނުލާ އިންތިޚާބު ކުރާ ގޮތަށް އަސާސީ ގަވާއިދަށް ބަދަލު ގެނައީ ބުރާސްފަތި ދުވަހުގެ ކޮންގްރެސްގައި، ހުރިހާ މެމްބަރުންގެ އިއްތިފާގުންނެވެ.

ކޮންގްރެސްގައި ބައިވެރިވީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން، ކްލަބު އީގަލްސް، ޓީސީ ސްޕޯޓްސް ކްލަބު، ކްލަބު ގްރީން ސްޓްރީޓްސް، ޔުނައިޓެޑް ވިކްޓްރީ، ދަ ގްރާންޑޭ ސްޕޯޓްސް ކްލަބު، ކްލަބު ޕީކޭ، ޖޭޖޭ ސްޕޯޓްސް ކްލަބު، މަހިބަދޫ ސްޕޯޓްސް ކްލަބު، ކުޑަހެންވޭރު ޔުނައިޓެޑް، ރެޑްލައިން ސްޕޯޓްސް ކްލަބު އަދި ކްލަބު ވެލެންސިއާއެވެ.

އެފްއޭއެމްގެ އައު ހިންގާ ކޮމިޓީ:

ރައީސް: ބައްސާމް އަދީލް ޖަލީލް

ސީނިއާ ނައިބު ރައީސް: އަލީ އުމަރު

ނައިބު ރައީސް: ހުސެއިން ޝާފިއު (ކޮއްކީ)

މެންބަރު: އަހުމަދު ޝަކީބް (ޑޮކް)

މެންބަރު: މުހައްމަދު ޝިފާއު

މެންބަރު: މުފާވިޒް ހާޝިމް (މުފާ)

މެންބަރު: އައިމިނަތު ޝާނީޒް (ޝާނީ)

މެންބަރު: އަހުމަދު ނަޝީދު (ޑޭވް)

މެންބަރު: މުއާވިޔަތު ޚަލީލް

އެފްއޭއެމުން ބުރާސްފަތި ދުވަހު އިންތިޚާބު ބޭއްވި ނަމަވެސް، އެފްއޭއެމާ ދެކޮޅަށް މެންބަރު އާޒިމް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި މައްސަލައިގައި ވަނީ އެފްއޭއެމްގެ ހިންގާ ގަވާއިދު އަދި ކުޅިވަރުގެ ޤާނޫނާއި އަދި ފުޓްބޯޅަގެ މައި ޖަމިއްޔާ ފީފާގެ ހިންގާ ގަވާއިދާ އެއްގޮތަށް އަމަލުކުރުމަށް ކުޅިވަރާ ބެހޭ ވުޒާރާއަށް އެންގުމަށާއި އަދި މިއެންމެހާ ކަންކަމަށް އަމަލުކުރުމަށްފަހު މެނުވީ އެފްއޭއެމްގެ އިންތިޚާބު ނުބޭއްވުމަށް އެންގުމަށާއި އަދި ވަގުތުން ވަގުތަށް މިކަންކަން ބަލާ އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އެދިފައެވެ.

އެފްއޭއެމްގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހުން ބަލަމުން އަންނައިރު، ތިންވަނަ ފަރާތަކުން ނުފޫޒު ފޯރުވާނަ ރާއްޖެ ސަސްޕެންޑް ކުރަން ޖެހިދާނެ ކަމުގެ އިންޒާރެއް ފީފާއިން ވަނީ ބުދަ ދުވަހު ދީފައެވެ.

މިއީ ރާއްޖެއަށް ދެ އަހަރުގެ ތެރޭގައި ކުރިމަތިވި މިފަދަ ދެވަނަ އިންޒާރެވެ. މީގެ ކުރިން، 2018 ވަނަ އަހަރުގެ ފަހުކޮޅު، ކުޅިވަރާ ބެހޭ ވުޒާރާއިން އޭއެފްސީ ކަޕުން ރާއްޖޭގެ ކްލަބުތަކަށް ފުރުސަތު ނުލިބުނު މައްސަލަ ބަލަން ކޮމިޓީއެއް އެކުލަވާލުވުމުން އިންޒާރު ދިނީ އޭޝިއާގެ ފުޓްބޯޅަ ޖަމިއްޔާ، އޭއެފްސީންނެވެ. އެއާއެކު އެ ވުޒާރާއިން އެ މަސައްކަތް ހުއްޓާލިއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

5

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

އިތުރަށް ކިޔާލަން

03 ފެބުރުއަރީ 2017

ގައުމީ ފިރިހެން ވޮލީ ޓީމުގެ ހެޑް ކޯޗުގެ މަގާމަށް ޝަރަފް

03 ފެބުރުއަރީ 2017
ގައުމީ ފިރިހެން ވޮލީ ޓީމުގެ ހެޑް ކޯޗުގެ މަގާމަށް ޝަރަފް
02 ފެބުރުއަރީ 2017

ކްލަބުން ބޭރު ކުރިއަސް، އެސޯސިއޭޝަންގެ ރައީސްގެ މަގާމެއް ނުގެއްލޭނެ: ލަތީފް

02 ފެބުރުއަރީ 2017
ކްލަބުން ބޭރު ކުރިއަސް، އެސޯސިއޭޝަންގެ ރައީސްގެ މަގާމެއް ނުގެއްލޭނެ: ލަތީފް
01 ފެބުރުއަރީ 2017

ދެވަނަ އޮފީސް ހޭންޑްބޯޅަ މުބާރާތް ފަށައިފި

01 ފެބުރުއަރީ 2017
ދެވަނަ އޮފީސް ހޭންޑްބޯޅަ މުބާރާތް ފަށައިފި
25 ޖެނުއަރީ 2017

ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

25 ޖެނުއަރީ 2017
ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް
22 ޖެނުއަރީ 2017

ދެވަނަ ޑިވިޝަން ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސީ ލައިފަށް

22 ޖެނުއަރީ 2017
ދެވަނަ ޑިވިޝަން ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސީ ލައިފަށް
15 ޖެނުއަރީ 2017

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

15 ޖެނުއަރީ 2017
ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް
07 ޖެނުއަރީ 2017

އެފްއޭއެމްގެ ނައިބު ރައީސް އިސްތިއުފާ ދެއްވައިފި

07 ޖެނުއަރީ 2017
އެފްއޭއެމްގެ ނައިބު ރައީސް އިސްތިއުފާ ދެއްވައިފި
06 ޖެނުއަރީ 2017

އެފްއޭއެމްގެ ނައިބު ރައީސް ކަމަށް ޑޮކް ހަމަޖައްސައިފި

06 ޖެނުއަރީ 2017
އެފްއޭއެމްގެ ނައިބު ރައީސް ކަމަށް ޑޮކް ހަމަޖައްސައިފި
04 ޖެނުއަރީ 2017

ވިކްޓަރީގެ ޗެއާޕާސަންގެ މަގާމަށް ނަޒީމް އިންތިހާބުކޮށްފި

04 ޖެނުއަރީ 2017
ވިކްޓަރީގެ ޗެއާޕާސަންގެ މަގާމަށް ނަޒީމް  އިންތިހާބުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް