Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަބްރޫކްގެ މަސައްކަތަށް ތައުރީފް

މަބްރޫކް ފަދަ ތަރުޖަމާނެއް އަޅުގަނޑުމެންނަށް ލިބޭނެތަ؟

2 ޖުލައި 2020 | ބުރާސްފަތި 03:34

164 ނޫސްވެރިންގެ ބައްދަލުވުން ބޭއްވި

އަމްނާ އިމާދު
އަމްނާ އިމާދު | 2 ޖުލައި 2020 | ބުރާސްފަތި 03:34
ކޮވިޑް-19 ޓާސްކްފޯހުގެ ތަރުޖަމާނު މަބްރޫކު ޢަޒީޒް، ވަދާއީ ނޫސްވެރިންގެ ބައްދަލުވުމުން ނިންމާލީ ގިނަ ބައެއްގެ ލޮލުން ކަރުނަ ހިލުވާލުމަށްފަހު

ކޮވިޑް-19 ޓާސްކްފޯހުގެ ތަރުޖަމާނު މަބްރޫކު ޢަޒީޒް، ވަދާއީ ނޫސްވެރިންގެ ބައްދަލުވުމުން ނިންމާލީ ގިނަ ބައެއްގެ ލޮލުން ކަރުނަ ހިލުވާލުމަށްފަހު

އަބަދުވެސް ހޯދަން ބޭނުންވާ މައުލޫމާތު ހޯދުމަށް ދަތިއުދަނގޫތައް ނޫސްވެރިންނަށް ކުރިމަތިވެއެވެ. ގިނަ ފަހަރަށް ހުންނަ ތަރުޖަމާނު ފޯނު ނުނަނގާ މައްސަލައެވެ. މެސެޖެއް ކޮށްގެން ވެސް އެއަށް އަވަސް ޖަވާބެއް ނުލިބޭ މައްސަލައެވެ.

މި ޝަކުވާތަކަކީ އަބަދުވެސް ނޫސްވެރިން ކުރަމުން އަންނަ އާންމު ޝަކުވާއެކެވެ. ބޮޑު ހާދިސާއެއް ކުރިމަތިވާއިރު، ކަމާގުޅޭ މުއައްސަސާއެއްގެ ބަހެއް ނުލިބިގެން އުޅެންޖެހޭ ފަހަރު ގިނަވާނެއެވެ.

ނަމަވެސް ފަހުގެ ތާރީހެއްގައި މުޅި ދުނިޔެއަށް އަދި މި ރާއްޖެއަށް ކުރިމަތިވެގެންދިޔަ އެންމެ ބޮޑު ކާރިސާއާ ގުޅުން ހުރި މައުލޫމާތެއް ނުލިބިގެން ނޫސްވެރިން އަދި އާންމު ރައްޔިތުން ވެސް އުޅޭކަށް ނުޖެހުނެއެވެ. އެއީ ކޮވިޑް-19ގެ އެންމެ ފަހުގެ މައުލޫމާތު ނޫސްވެރިންނާއި ރައްޔިތުންނާއި ހިއްސާކުރުމަށް ތަރުޖަމާނެއްގެ ގޮތުގައި ސަރުކާރުން ކަނޑައެޅުއްވި ބޭފުޅާގެ ސަބަބުންނެވެ.

އުފާވެރި މޫނަކާއެކު ކޮންމެ ދުވަހަކު ނުވަތަ ކޮންމެ ރެއަކު ކަހަލަ ގޮތަކަށް އެބޭފުޅާ އަޅުގަނޑުމެންނާ ބައްދަލުކުރެއެވެ. ނުފެނި ދެތިން ރެއަށް ދިޔަ ނަމަވެސް އެކަމާ ރައްޔިތުން ސުވާލުކުރެއެވެ. ނޫސްވެރިން ވެސް ހަމަ އެ ފަދައެވެ.

މިހާރު މިދައްކަނީ ކޮން ބޭފުޅެއްގެ ވާހަކަކަން ރައްޔިތުންނަށް ބުނެދޭކަށް ނުޖެހޭނެއެވެ. އެއީ އަޅުގަނޑުމެން އެންމެން ދަންނަ ކޮވިޑް-19 ޓާސްކްފޯހުގެ ތަރުޖަމާނު މަބްރޫކު ޢަޒީޒެވެ.

7 މާޗް 2020 ވަނަ ދުވަހު ތަރުޖަމާނެއްގެ ގޮތުގައި އަޅުގަނޑުމެންނާ ބައްދަލުކުރި މަބްރޫކް، އެންއީއޯސީގެ ފަރާތުން ބޭއްވި ވަދާއީ ނޫސްވެރިންގެ ބައްދަލުވުން ނިންމާލާ އަޅުގަނޑުމެނާ ވަކިވެގެންދިޔައީ ގިނަ ބައެއްގެ ލޮއެއްބާއެކު ލޮލުން ކަރުނަ ހިލުވާލުމަށްފަހުއެވެ. އާންމު ރައްޔިތުންގެ ތައުރީފްގެ ބަސްތަކުން މުޅި ސޯޝަލް މީޑިއާ ފުރިފައިވާއިރު، ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މަބްރޫކް ސިފަކޮށްދެއްވީ މި މަސައްކަތުގެ ސަރުކާރުގެ ދުލުގެ ގޮތުގައެވެ.

ފާއިތުވެގެންދިޔަ ތިން މަސް ދުވަހަށް ނަޒަރު ހިންގާލާއިރު މަބްރޫކް ފާހަގަކުރެވެނީ ހުރިހާ ގޮތަކުން ވެސް ތަފާތު ތަރުޖަމާނެއްގެ ގޮތުގައެވެ. އުނދަގޫ ހާލަތުގައި ގަދަ ހިތްވަރާއެކު، ބުރަ މަސައްކަތްތައްކޮށް އުފާވެރި މުނާކާއެކު ރައްޔިތުންނާ ބައްދަލުކުރިއެވެ.

އެއްވެސް ކަމެއް ސިއްރު ނުކުރާނެ ކަމުގެ ޔަގީންކަމާއެކު، ބައެއް މީހުން ދެމުންދިޔަ ބަހުގެ ހަމަލާތަކަށް ވެސް ފަސް ޖެހުމެއްނެތި ޖަވާބުދާރީވިއެވެ. ނުރަނގަޅު މައުލޫމާތުދެއް ދެވުނު ކަމުގައި ވިޔަސް މަސްލަހަތު އިސްކޮށް، މާފަށް އެދި ރީތި ނަމޫނާއެއް ދެއްކިއެވެ.

ކޮންމެ ވަގުތަކު ގުޅާލި ނަމަވެސް ފޯނަށް ޖަވާބުދެއްވައެވެ. ފޯނަށް ޖަވާބު ނުދެވޭ ހާލަތްތަކުގައި އަލުން ގުޅާނެއެވެ. ނުވަތަ މެސެޖެއް ނަމަވެސް ކުރާނެއެވެ. ނޫސްވެރިންނާ ގާތް ގުޅުމެއް ބާއްވަމުން ދިޔަ މަބްރޫކް އަބަދުވެސް ވިދާޅުވާ ވާހަކައެއް އޮވެއެވެ.''އަޅުގަނޑަށް ފޯނު ނުނެނގޭ ފަހަރު އަތުވެދާނެ، މެސެޖެއް ކޮށްލާފަ ބައިންދާ. ފެންނަހާ އަވަހަކަށް އެސުވާލަކަށް ޖަވާބު ފޮނުވާނަން'' މިއެވެ.މަބްރޫކް ވިދާޅުވި ބަހުގެ އިތުބާރު ދެމެހެއްޓިއެވެ.

ނޫސްވެރިން ކުރިމަތި ކުރުވާ ސުވާލުތަކަށް ފުރިހަމައަށް ޖަވާބުދެމުން ދިޔަ މަބްރޫކްއާ އެއް ސުވާލެއް ތަކުރާރުކޮށް ކުރިމަތިކުރުވި ނަމަވެސް ފޫހިކަމެއް ނެތި ޖަވާބު ދެއްވައެވެ. ވަކި މީޑިއާއެއް ނުވަތަ ވަކި ނޫސްވެރިއެއް ވެގެން ޖަވާބު ނުދީ ނުވަތަ ތަފާތު ކޮށްފައިނުވެއެވެ.

ނޫސްވެރިންގެ ބައްދަލުވުންތަކުގައި ރަނގަޅަށް ސާފުކުރަން ޖެހޭ މައުލޫމާތެއް ނަމަ ދެން އަންނަ ރެއެއްގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސުވާލަކަށް ފުރިހަމަ ޖަވާބެއް މަބްރޫކް ދެއްވައެވެ. ނޫސްވެރިން ސުވާލުތަކަށް ޖަވާބު ނުލިބިގެން މަޑުކުރަންޖެހޭ ހާލަތްތައް އަތުން ގުނާލެވޭހާ މަދުވާނޭ ނުވަތަ ނެތޭ ވެސް ބުނެވިދާނެއެވެ.

މައުލޫމާތު ލިބުމުގައި ދަތިކަމެއް އުނދަގޫ ކަމެއް ނެތި ނޫސްވެރިންގެ މަސައްކަތްތަކަށް އެތައް ލުއި ފަސޭހަކަމެއް ލިބެގެން ދިޔައީ މަބްރޫކް ނޫސްވެރިންނާ ބެހެއްޓެވި ގާތްކަމެއްގެ ސަބަބުންނެވެ.

އެންއީއޯސީގެ ވަދާއީ ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ ކޮވިޑް-19އާ ގުޅިގެން ސެންޓަރު 164 ނޫސްވެރިންގެ ބައްދަލުވުން ބާއްވާ، 111 ނޫސްވެރިންގެ ބައްދަލުވުން ލީޑް ކުރެއްވި ކަމަށެވެ. އަދި މި ނޫސްވެރިންގެ ބައްދަލުވުމުގައި 1200ށް ވުރެ ގިނަ ސުވާލަށް ވަނީ ޖަވާބު ދީފައިވާ ކަމަށާއި، ނޫސްވެރިންގެ ބައްދަލުވުންގެ ބޭރުން ނޫސްވެރިން ގުޅައިގެން ކުރި 680ށް ވުރެ ގިނަ ސުވާލުތަކަށް ޖަވާބު ދީފައިވާކަން މަބްރޫކް ފާހަގަކުރެއްވިއެވެ.

ނޫސްވެރިންގެ މަސައްކަތްތަކަށް ތައުރީފްކޮށް، ކޮވިޑް-19ގެ މަސައްކަތުގައި މަސްއޫލުވެ އުޅޭ ހުރިހާ ފަރާތްތަކުގެ މަސައްކަތުގެ އަގުވަޒަންކޮށް، ރައްޔިތުންވަމުންދާ ގުރުބާނީތަކުގެ ވާހަކަތައް ދައްކަމުން އައި މަބްރޫކްގެ ނަން މިއަދު މިވަނީ ރާއްޖޭގެ ތާރީހުގައި ލިޔެލެވިފައެވެ.

ނެޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބުދަ ދުވަހުގެ ރޭ ބޭއްވިގެން ދިޔައީ ވަދާއީ ނޫސްވެރިންގެ ބައްދަލުވުމެވެ. ކޮވިޑް-19އާ ގުޅިގެން ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާއި، ރާއްޖޭގެ ހާލަތު އެންމެ ގާތުން އޮޅުން ފިލުވައި ދިނުމަށް ސަރުކާރުން ގާއިމްކުރި ނެޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރު އުވާލާ އެ ސެންޓަރު ވަނީ ހެލްތު މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފައެވެ.

އެއާއެކު އެންމެންގެ ތަރުޖަމާނު، ރައީސް އޮފީހުގެ އަންޑަރ ސެކްރެޓަރީގެ މަގާމު ފުރުއްވަމުން އަންނަ މުހައްމަދު މަބްރޫކް އަޒީޒް ރައްޔިތުންނަށް ގެއްލިގެން ދިޔައީތޯ އެއީ މިއަދު ގިނަ ބަޔަކު ކުރަމުންދާ ސުވާލެވެ؟ ނިންމާލަމުން ވެސް ތިޔަ ކޮށްދެއްވި ހިދުމަތަށް، ފަށްފަށުން އިހުލާސްތެރި ޝުކުރެވެ.

އިތުރަށް ކިޔާލަން

03 ޖުލައި 2018

އިޤްތިޞާދު ހަލާކުވަނީވެސް، ޔޫރަޕާއި ގުޅުން ކެނޑެނީވެސް ސަޢީދުމެން ފަދަ ބޭފުޅުންނާއި ހެދި!

03 ޖުލައި 2018
އިޤްތިޞާދު ހަލާކުވަނީވެސް، ޔޫރަޕާއި ގުޅުން ކެނޑެނީވެސް ސަޢީދުމެން ފަދަ ބޭފުޅުންނާއި ހެދި!
04 މާރިޗު 2018

އިދިކޮޅު އެއްވުން ހުއްޓުވާނެކަމުގެ އިންޒާރު! ފުރުސަތު ލިބޭނެތަ؟

04 މާރިޗު 2018
އިދިކޮޅު އެއްވުން ހުއްޓުވާނެކަމުގެ އިންޒާރު! ފުރުސަތު ލިބޭނެތަ؟
01 މާރިޗު 2018

ގާނޫނު ފުނޑާލަން ޖެހޭ ފަދަ ކޮޅިގަނޑެއް އައިސްދާނެ ތަ؟

01 މާރިޗު 2018
ގާނޫނު ފުނޑާލަން ޖެހޭ ފަދަ ކޮޅިގަނޑެއް އައިސްދާނެ ތަ؟
27 ފެބުރުއަރީ 2018

ގަދަފަދަ ވިޔަސް ނިމުން އަންނާނެ!

27 ފެބުރުއަރީ 2018
ގަދަފަދަ ވިޔަސް ނިމުން އަންނާނެ!
24 ފެބުރުއަރީ 2018

ހަމަ އަޖައިބެއް ފަދަ ބައެއް....!

24 ފެބުރުއަރީ 2018
ހަމަ އަޖައިބެއް ފަދަ ބައެއް....!
30 ޑިސެމްބަރު 2017

2017 ގެ ސިޔާސީ މަޝްރަހު: ހީވެސް ނުކުރާފަދަ ކަންކަން، ގެއްލުން ވެސް ބޮޑު!

30 ޑިސެމްބަރު 2017
2017 ގެ ސިޔާސީ މަޝްރަހު: ހީވެސް ނުކުރާފަދަ ކަންކަން، ގެއްލުން ވެސް ބޮޑު!
23 ނޮވެމްބަރު 2017

މަސީހު އެވެ، ފޮތުގައި އޮތް އެއްޗެއް އަޅުގަނޑުމެންނަށް އެނގެއެވެ. ތިވަރަށް އޮޅުވާލައްވަން ހެޔޮނުވާނެ އެވެ!

23 ނޮވެމްބަރު 2017
މަސީހު އެވެ، ފޮތުގައި އޮތް އެއްޗެއް އަޅުގަނޑުމެންނަށް އެނގެއެވެ. ތިވަރަށް އޮޅުވާލައްވަން ހެޔޮނުވާނެ އެވެ!
02 އޮކްޓޯބަރު 2017

ކޮންފަދަ ނަސީބެއްތޯއެ މީ ޔާމީން މިގައުމުގަ ލެއްވުމީ...

02 އޮކްޓޯބަރު 2017
ކޮންފަދަ ނަސީބެއްތޯއެ މީ ޔާމީން މިގައުމުގަ ލެއްވުމީ...
20 ޖޫން 2017

ރޯޔަލް ޕްރޮޓޮކޯލް މުގުރާލައްވައި، ޕްރިންސް ވިލިއަމް މަންމާފުޅު ޑަޔާނާ ފަދަ ބޭފުޅަކަށް!

20 ޖޫން 2017
 ރޯޔަލް ޕްރޮޓޮކޯލް މުގުރާލައްވައި، ޕްރިންސް ވިލިއަމް މަންމާފުޅު ޑަޔާނާ ފަދަ ބޭފުޅަކަށް!
23 ޖެނުއަރީ 2017

އީއައިއޭ ހަދަން ނުޖެހުން، ތިމާވެއްޓާ މިނިސްޓްރީ އުވާލުންފަދަ ކަމެއް؟!

23 ޖެނުއަރީ 2017
އީއައިއޭ ހަދަން ނުޖެހުން، ތިމާވެއްޓާ މިނިސްޓްރީ އުވާލުންފަދަ ކަމެއް؟!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް