Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސްކޫލް އަދި ޔުނިވަރސިޓީތައް ހުޅުވުން

ސްކޫލްތަކާއި ކޮލެޖް ޔުނިވަރސިޓީތައް ހުޅުވައި ކިޔަވައިދޭން ފަށައިފި

ސްކޫލްތަކުގައި ކިޔަވައިދޭން ފަށާފައިވާއިރު ކޮވިޑް-19 ފެނިފައިވާ ރަށްރަށުގައި ކިޔެވައި ދިނުން ހަމަޖެހިފައިވަނީ ކީ ސްޓޭޖް 4 އަދި 5 ގެ ދަރިވަރުންނަށް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 1 ޖުލައި 2020 | ބުދަ 03:46
ލޮކްޑައުންގެ ކުރިން ދަރުމަވަންތަ ސްކޫލުގައި ބޭއްވި އެސަމްބްލީއެއްގެ ތެރެއިން؛ މިއަދުން ފެށިގެން މާލޭގައި ސްކޫލްތަކުގައި ކިޔަވައިދޭނީ ގްރޭޑް 9ން މަތީގެ ދަރިވަރުންނަށް

ލޮކްޑައުންގެ ކުރިން ދަރުމަވަންތަ ސްކޫލުގައި ބޭއްވި އެސަމްބްލީއެއްގެ ތެރެއިން؛ މިއަދުން ފެށިގެން މާލޭގައި ސްކޫލްތަކުގައި ކިޔަވައިދޭނީ ގްރޭޑް 9ން މަތީގެ ދަރިވަރުންނަށް

ރާއްޖެއިން ކޮވިޑް-19 ގެ ކޭސްތަކެއް ފެނުމާއި ގުޅިގެން ރާއްޖޭގެ ހުރިހާ ސްކޫލްތަކާއި ކޮލެޖް ޔުނިވަރސިޓީގެ ކިޔެވުން މެނދުކެނޑުމަށްފަހު ބުދަ ދުވަހުން ފެށިގެން ސްކޫލް އަދި ކޮލެޖް ޔުނިވަރސިޓީތަކުގައި ކިޔަވައިދޭން ފަށައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ގައިޑްލައިންތަކާއެކު ބުދަ ދުވަހުން ފެށިގެން ސްކޫލްތަކުގައި ކިޔަވައިދޭން ފަށާފައިވާއިރު ކޮވިޑް-19 ފެނިފައިވާ ރަށްރަށުގައި ކިޔެވައި ދިނުން ހަމަޖެހިފައިވަނީ ކީ ސްޓޭޖް 4 އަދި 5 (ގްރޭޑް 9-12) ގެ ދަރިވަރުންނަށް ސްކޫލްތައް ހުޅުވާލައިގެންނެވެ. އެގޮތުން ސްކޫލްތައް ހިންގާނެ ގޮތް ކަނޑައަޅާނީ އެޑިއުކޭޝަން މިނިސްޓްރީ އާއި ސްކޫލްތަކާ ގުޅިގެންނެވެ.

މި ކީ ސްޓޭޖްތަކުގެ ދަރިވަރުން ސްކޫލަށް ހާޒިރުވި ކަމުގައިވިޔަސް ޓެލިކްލާހާއި، އޮންލައިން ގޫގްލް ކްލާސް ވެސް ކުރިއަށް ގެންދިޔުމަށް އެޗްޕީއޭ އިން ވަނީ އިރުޝާދު ދީފައެވެ. އަދި ކޮންމެ ސެޝަނެއް ކުރިޔަށް ގެންދެވޭނީ 4 ގަޑިއިރަށް ކަމަށާއި، ދަރިވަރުން ސްކޫލަށް ހާޒިރުވެގެން ކިޔަވަން ޖެހޭނީ ހަފްތާއަކު 4 ދުވަހު ކަމަށް ވެސް ވަނީ ކަނޑައަޅާފައެވެ.

މީގެ އިތުރުން ދަރިވަރުން އަދި ސްކޫލްގައި މަސައްކަތް ކުރާ އެންމެހާ މުވައްޒަފުން ވެސް މާސްކް އެޅުމާއި، ސްކޫލަށް ވަންނަން ހުންނަ ޕޮއިންޓްތަކުގައި ޓެމްޕަރޭޗަރ ބަލައި ސްކްރީން ކުރުން އަދި ސްކޫލް އެސެމްބްލީތަކާއި، އިތުރު ޙަރަކާތްތައް ހިންގުން ވަނީ މަނާކޮށްފައެވެ. އަދި މަދުވެގެން އެކަކު އަނެކަކާ ދެމެދުގައި 3 ފޫޓުގެ ގައިދުރުމިން ފަރިތަކުރުމަށް ވެސް ވަނީ އަންގާފައެވެ.

މީގެ އިތުރުން ސްކޫލްގައި އަތް ދޮވެވޭނެ ނުވަތަ ސެނިޓައިޒް ކުރެވޭނެ އިންތިޒާމް ހަމަޖެހިފައި ހުރުމާއި، ކޮންމެ ސެޝަންއެއް ނިންމާލުމަށްފަހު ޤަވާއިދުން ކްލާސް ރޫމްތައް ޑިސްއިންފެކްޓްކޮށް ކޮންމެ ދުވަހަކު އެއްފަހަރު ކްލާސްރޫމްތައް ސާފުކުރުމަށް ވަނީ އަންގާފައެވެ. އަދި ހަފްތާ ބަންދުގައި ކްލާސްރޫމްތައް 'ޑީޕް ކްލީން' ކުރުމަށްފަހު ޑިސްއިންފެކްޓް ކުރުމަށް އެޗްޕީއޭއިން ވަނީ އަންގާފައެވެ.

މީގެ އިތުރުން ފައުންޑޭޝަން ސްޓޭޖުން ފެށިގެން ކީ ސްޓޭޖް 3 (ޕްރީ ސްކޫލުން ފެށިގެން ގްރޭޑް 8 ގެ ދަރިވަރުން) ސްކޫލަށް ހާޒިރުނުވި ކަމުގައިވިޔަސް ޓެލިކްލާހާއި، އޮންލައިން ގޫގްލް ކްލާހުގައި ބައިވެރިވުމާއި، އައިސޮލޭޝަން، ކަރަންޓީން، އަދި އިތުރު ސަބަބަކާއި ހުރެ ސްކޫލަށް ހާޒިރުވާން އުޒުރުވެރިވާ ނަމަ ޓެލިކްލާހާއި، އޮންލައިން ގޫގްލް ކްލާހުގައި ބައިވެރިވުމަށް ވަނީ އަންގާފައެވެ.

އަދި އެޑިއުކޭޝަން މިނިސްޓްރީން ކަނޑައަޅާ އުޞޫލާ އެއްގޮތަށް ސެން ކްލާހުގައި ދަރިވަރުންނަށް ކިޔަވާ ދިނުމާއެކު ކޮވިޑް-19 ފެނިފައިނުވާ ރަށްރަށުގައި ކިޔެވުން ހަމަޖެހިފައިވަނީ ކީ ސްޓޭޖް 1ން ފެށިގެން 5ށް (ގްރޭޑް 1-12) ގެ ދަރިވަރުންނަށެވެ. އަދި ސްކޫލްތައް ހިންގާނެ ގޮތް ކަނޑައަޅާނީ އެޑިއުކޭޝަން މިނިސްޓްރީއާއި ސްކޫލްތަކުން ގުޅިގެންނެވެ.

މަތީ ތަޢުލީމާއި ތަމްރީން ދޭ ތަންތަނުން މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުން ކަނޑައަޅާ އުޞޫލާ އެއްގޮތަކަށް ކިޔެވުން ކުރިއަށް ގެންދިއުމަށް ވަނީ އަންގާފައެވެ. އަދި މަރުކަޒަށް ކިޔަވައިދޭ ޓީޗަރުން، މުވައްޒަފުން އަދި ދަރިވަރުން ޙާޒިރުވާނަމަ، މާސްކް ބޭނުން ކުރުމުގައި ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ 'މާސްކް އެޅުމުގައި ޢަމަލު ކުރާނެ ގޮތުގެ އެޞޫލާ' އެއްގޮތަށް ޢަމަލު ކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

އިތުރަށް ކިޔާލަން

02 އެޕްރީލު 2017

ތިން ހަފްތާއަށް ފަހު ސްކޫލްތައް ހުޅުވައިފި

02 އެޕްރީލު 2017
ތިން ހަފްތާއަށް ފަހު ސްކޫލްތައް ހުޅުވައިފި
31 މާރިޗު 2017

ޖުމައިރާގެ ރޯޔަލް ރެޒިޑެންޓް ނައިބު ރައީސް ހުޅުވައި ދެއްވައިފި

31 މާރިޗު 2017
ޖުމައިރާގެ ރޯޔަލް ރެޒިޑެންޓް ނައިބު ރައީސް ހުޅުވައި ދެއްވައިފި
25 މާރިޗު 2017

ރާއްޖެ ޓީވީއަށް އެހީވުމަށް ޅ. ނައިފަރުގައި "އަބުރު ފަންޑު" ހުޅުވައިފި

25 މާރިޗު 2017
ރާއްޖެ ޓީވީއަށް އެހީވުމަށް ޅ. ނައިފަރުގައި "އަބުރު ފަންޑު" ހުޅުވައިފި
20 މާރިޗު 2017

ރާއްޖެ ޓީވީއަށް އެހީވުމަށް މާކުރަތުގައި އަބުރު ފަންޑެއް ހުޅުވައިފި

20 މާރިޗު 2017
ރާއްޖެ ޓީވީއަށް އެހީވުމަށް މާކުރަތުގައި އަބުރު ފަންޑެއް ހުޅުވައިފި
18 މާރިޗު 2017

ތުޅާދޫގައި ރާއްޖެޓީވީ އަބުރު ފަންޑު ހުޅުވައިފި

18 މާރިޗު 2017
ތުޅާދޫގައި ރާއްޖެޓީވީ އަބުރު ފަންޑު ހުޅުވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު