Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސަރުކާރުގެ އޮފީސްތައް ހުޅުވުން

ބުދަ އަދި ބުރާސްފަތި ދުވަހު ސަރުކާރު އޮފީސްތައް ނުހުޅުވާނެ

ކޮންމެހެން ފޯރުކޮށްދޭން ޖެހޭ ހިދުމަތް ފޯރުކޮށްދޭން ވާނެ

އަލީ ސަމާޚް
އަލީ ސަމާޚް | 30 ޖޫން 2020 | އަންގާރަ 13:49
ސަރުކާރުގެ އޮފީސްތައް ހުޅުވައިގެން ހިދުމަތް ދޭނީ ހެނދުނު 9:00ން މެންދުރު 1:00ށް

ސަރުކާރުގެ އޮފީސްތައް ހުޅުވައިގެން ހިދުމަތް ދޭނީ ހެނދުނު 9:00ން މެންދުރު 1:00ށް

މި ހަފްތާގެ ބުދަ އަދި ބުރާސްފަތި ދުވަހު ސަރުކާރުގެ އޮފީސްތައް ހުޅުވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމެވި ނިންމެވުމަށް ބަދަލު ގެންނަވައިފިއެވެ.

ކޮވިޑް-19ގެ އާ މަރުހަލާއަކަށް ރާއްޖެ މިސްރާބު ޖަހާ ނިއު ނޯމަލްއާ އެކު އާދިއްތަ ދުވަހުން ފެށިގެން ސަރުކާރުގެ އޮފީސްތަކާއި، ވިޔަފާރިތަކުގެ އިތުރުން ކޭފޭ، ރެސްޓޯރެންޓު ހުޅުވާލާނެ ކަމަށް އަންގާރަ ދުވަހު ހެނދުނު ކުރެއްވި ޓްވީޓެއްގައި ރައީސް ސޯލިހު ވަނީ ވިދާޅުވެފައެވެ. ނަމަވެސް ސަރުކާރުގެ އޮފީސްތައް ހުޅުވާލުމާއި ގުޅޭ ގޮތުން ބަޔާނެއް ނެރެފައެވެ.

Advertisement - newsAdvertisement

ރައީސް އޮފީހުން ބުނީ، ސަރުކާރުން ކޮންމެހެން ދޭން ހިދުމަތްތައް ދިނުމަށް ބުދަ އަދި ބުރާސްފަތި ދުވަހުގެ ނިޔަލަށް ސަރުކާރުގެ އިދާރާތައް ހުޅުވާ މުއްދަތު، އިތުރު ކޮށްފައިވާ ކަމަށެވެ. ނަމަވެސް އެ ދެ ދުވަހު ވެސް އޮފީސް ހުޅުވާނީ ހެނދުނު 9:00ން މެންދުރު 1:00ށް ކަމަށެވެ.

އެ އޮފީހުން ބުނީ، އިދާރާ ހުޅުވައިގެން ދޭނެ ހިދުމަތްތައް، އެ އިދާރާއެއްގެ ވަޒީރު ނުވަތަ އެ އިދާރާއެއްގެ އެންމެ އިސްވެރިޔާ ކަނޑައަޅަންވާނެ ކަމަށާއި އިދާރާއެއް ހުޅުވާނީ، އެ އިދާރާއަށް މުވައްޒަފުން ހާޒިރުވެގެން އެ އިދާރާއަކުން ކޮންމެހެން ދޭން ޖެހޭ ހިދުމަތްތައް ދިނުމަށް ކަމަށާއި، ރައްޔިތުންނަށް ކޮންމެހެން ފޯރުކޮށް ދޭންޖެހޭ ހިދުމަތްތައް އެ އިދާރާއަކުން ފޯރުކޮށް ދެވިދާނެ ކަމަށެވެ.

އޮފީސްތައް ހުޅުވަން ހަމަޖެއްސެވި ކަމުގައި ވިޔަސް، ސަރުކާރުގެ އިދާރާއަކުން ކޮންމެހެން ދޭންޖެހޭ ހިދުމަތްތައް ދިނުމަށް އެ ނޫން ވަގުތުތަކުގައި، އެ އިދާރާއެއްގެ ވަޒީރު ނުވަތަ އެންމެ އިސްވެރިއަކު ކަނޑައަޅާ ގޮތެއްގެ މަތިން އެ އިދާރާއެއް ހުޅުވައިގެން ހިދުމަތްތައް ދެވިދާނެ ކަމަށް ރައީސް އޮފީހުގެ ބަޔާނުގައި ބުންޏެވެ.

އަދި އޭގެ އިތުރުން ސަރުކާރުގެ އިދާރާއެއް ހުޅުވިނަމަވެސް، މިހާރެކޭ އެއްފަދައިން، ގޭގައި މުވައްޒަފުން ތިބެގެން ދެވެން ހުރި ހިދުމަތްތައް ދޭންވާނީ އެ ގޮތުގެ މަތިން ކަމަށެވެ. އަދި އިދާރާއިން އޮންލައިންކޮށް ދެވެން ހުރި ހިދުމަތްތައް ދޭންވާނީ އޮންލައިންކޮށް ކަމަށްވެސް ރައީސް އޮފީހުން ބުނެއެވެ.

ސަރުކާރުގެ އޮފީސްތައް ބަންދުކޮށްފައިވަނީ މާޗް މަހުގެ 12 ވަނަ ދުވަހު ރާއްޖޭގައި އިއުލާންކުރި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތާއި އެކުއެވެ.

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
14 ޖެނުއަރީ 2017

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު
14 ޖެނުއަރީ 2017

މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި

14 ޖެނުއަރީ 2017
މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު