Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައްޔިތުންގެ މަޖިލީހުގެ ރައީސް

"މިއީ މަސް ކައްކާ ތަނެއް ވެސް ނޫން، މިއީ އިތުރު އެހެންކަމެއް ކުރާތަނެއް ވެސް ނޫން"

ރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާ އެފްއޭއެމް މެދު ކްލަބްތަކުގެ ކަންބޮޑުވުންތައް ހުރި

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 30 ޖޫން 2020 | އަންގާރަ 07:04
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު

ރައްޔިތުންގެ މަޖިލީހަކީ މަސް ކައްކާ އަދި އެފަދަ އިންޑަސްޓްރިއަލް މަސައްކަތް ކުރާ ކާރުހާނާއެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ރައީސް، ރައީސް ނަޝީދު މިހެން ވިދާޅުވީ، މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އިން ދިވެހިރާއްޖޭގެ ކުޅިވަރު ގާނޫނާ އެއްގޮތަށް، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އާ ދެތެރޭ ފިޔަވަޅު އަޅާފައިނުވާތީ، ގާނޫނުގައިވާ ގޮތަށް ފިޔަވަޅު އަޅާ ދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ކުއްލި މައްސަލައާ ގުޅިގެން މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް ދެއްކެވި ވާހަކައާ ގުޅިގެންނެވެ.

Advertisement - newsAdvertisement

މި މައްސަލަ މަޖިލީހަށް ހުށަހެއްޅުއްވީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރ އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އެވެ.

އެ މައްސަލަ މަޖިލީހުގެ ތަޅުމަށް އާޒިމް ހުށަހެޅުއްވުމާއެކު، މައްސަލަ އަށް ބަހުސް ކުރައްވަމުން ޝަރީފް ވިދާޅުވީ، މައްސަލަ މަޖިލީހަށް ހުށަހަޅާފައިވަނީ ގާނޫނާ ހިލާފަށް ކަމަށެވެ. އަދި ޝަރީފް ވިދާޅުވީ ޝަރީއަތް ކުރާތަނަކަށް މަޖިލިސް ވެއްޖެ ކަމަށެވެ.

މިގޮތަށް ޝަރީފް ވާހަކަ ދެއްކެވުމާއެކު ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް، ރައީސް ނަޝީދު ވަނީ ޝަރީފުގެ ވާހަކަ ހުއްޓުވައި، ކަން އޮތްގޮތް ސާފުކޮށް ދެއްވާފައެވެ.

އިތުރަށް ވާހަކަ ދެއްކެވުމަށް ޝަރީފަށް ފުރުސަތު ދެއްވުމުން ޝަރީފް ވަނީ، ހިތްހަމަ ނުޖެހުން ފާޅުކުރައްވައި، މިއަދަކީ ރައްޔިތުންގެ މަޖިލީހުގެ ތާރީހުގައި "ކަޅު" އަދި އަނދިރި ދުވަހެއްގެ ގޮތުގައި ސިފަ ކުރައްވާފައެވެ.

މީގެކުރިން ވެސް ޝަރީފް ހިތްހަމަ ނުޖެހޭ ނުވަތަ، ގާނޫނާ ހިލާފު ކަމަށް ޝަރީފަށް ގަބޫލުކުރެއްވޭ ކަންކަމަށް ބަހުސް ކުރެއްވި މައްސަލަތަކުގައި ވެސް މިފަދަ އިބާރާތްތައް ބޭނުން ކުރައްވާފައިވެއެވެ. އެގޮތުން ކޮވިޑް-19 ޕެންޑަމިކްއާ ގުޅިގެން، ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ފަސްކުރަން ޖެހުމުން، ގާނޫނު އަސާސީ އަށް އިސްލާހު ގެންނަން ހުށަހެޅުނު އިސްލާހު ގެނައުމުގެ ބިލް ފަދަ މައްސަލަތަކާ ގުޅިގެން ކުރެއްވި ބަހުސްތަކުގައި ވެސް ޝަރީފް ވަނީ އެފަދަ ގޮތަކަށް ވާހަކަ ދައްކަވާފައެވެ.

ދިވެހިރާއްޖޭގެ ފުޓްބޯޅަ މައި އިދާރާ، އެފްއޭއެމްގައި ޒަމާނުއްސުރެން މައްސަލަތައް އުޅެއެވެ. އަދި ކޮރަޕްޝަނުގެ އަމަލުތައް ހިންގާކަމުގެ ތުހުމަތުތައް ވެސް ކުރެވިފައިވެއެވެ.

މިހާރު އެފްއޭއެމްގެ ރައީސް ކަމުގެ މަގާމުގައި ހުންނެވި ބައްސާމް އަދީލް ޖަލީލަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގެ ތުހުމަތު ކުރެވޭ ބޭފުޅެކެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި އެފްއޭއެމްގެ އިމާރާތުގައި ރައީސް ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް ދީދީގެ އޮފީހެއް ހުޅުވާފައި ހުރުމުން އެތައް ބައެއްގެ ފާޑުކިޔުން އެފްއޭއެމް އަށް އަމާޒު ވެފައި ވެސް ވެއެވެ.

އެފްއޭއެމާއި ފުޓްބޯޅަ ކްލަބުތަކާއި އަދި ސްޕޯޓްސް މިނިސްޓަރ އަހުމަދު މަހްލޫފް އާދެމެދު ބޮޑެތި ދެބަސްވުންތައްތަކެއް ވެސް މީގެކުރިން އުފެދިފައިވެއެވެ.

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

17 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!
16 ޖެނުއަރީ 2017

ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި

16 ޖެނުއަރީ 2017
ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި
14 ޖެނުއަރީ 2017

ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި

14 ޖެނުއަރީ 2017
ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި
13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
12 ޖެނުއަރީ 2017

ގެއްލިގެން ހޯދަމުން ދިޔަ ސްރީލަންކާގެ މަސްބޯޓް ފެނިއްޖެ، އެކަކުގެ ހާލު ދެރަ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
ގެއްލިގެން ހޯދަމުން ދިޔަ ސްރީލަންކާގެ މަސްބޯޓް ފެނިއްޖެ، އެކަކުގެ ހާލު ދެރަ: އެމްއެންޑީއެފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު