Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުން

ކުޑަކުދިންގެ ފޮޓޯ އަދި ވީޑިއޯ ސޯޝަލް މީޑިއާގައި އާންމުކުރާނަމަ ފިޔަވަޅު އަޅާނަން

30 ޖޫން 2020 | އަންގާރަ 03:06

ވީޑިއޯ ދައުރުކުރުވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން

އަލީ ސަމާޚް
އަލީ ސަމާޚް | 30 ޖޫން 2020 | އަންގާރަ 03:06
އެންއީއޯސީގައި ބޭއްވި ޕްރެސް ކޮންފަރެންސެއް ގައި ޖެންޑަރ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ ވާހަކަ ދައްކަވަނީ

އެންއީއޯސީގައި ބޭއްވި ޕްރެސް ކޮންފަރެންސެއް ގައި ޖެންޑަރ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ ވާހަކަ ދައްކަވަނީ

ކުޑަކުދިންގެ ކަރާމާތައް ގެއްލުންވާ ފަދަ މައުލޫމާތު, ފޮޓޯ އަދި ވީޑިއޯ ސޯޝަލް މީޑިއާގައި އާންމުކުރާނަމަ ގާނޫނުގެ ދަށުން، ޖެންޑަރ މިނިސްޓަރަށް ލިބިގެންވާ ބާރުގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށް އެ މިނިސްޓްރީން ބުނެފިއެވެ.

ކުޑަ ދެ ކުއްޖަކު އުމުރާއި ނުގުޅޭ އަމަލެއް ހިންގަމުންދާ މަންޒަރު ފެންނަ ވީޑިއޯއެއް ހޯމަ ދުވަހުން ފެށިގެން އަންނަނީ ސޯޝަލް މީޑިއާގައި ދައުރުވަމުންނެވެ. އެ ވީޑިއޯއާ ގުޅިގެން ކަންބޮޑުވުން ފާޅުކުރަމުން ޖެންޑަރ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، ކުޑަކުދިންނާ ގުޅޭ ވީޑިއޯތައް ސޯޝަލް މީޑިއާގައި ދައުރު ކުރުވުމަކީ ކުޑަކުދިންގެ މަސްލަހަތާއި އެކުދިންގެ ކަރާމާތާއި އެކުދިން ހެދި ބޮޑުވުމަށް ނޭދެވޭ އަސަރު ފޯރާނެ ކަންކަމަށްވުމުން އެފަދަ ވީޑިއޯ ދައުރު ކުރުވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

Advertisement - newsAdvertisement

ޖެންޑަރ މިނިސްޓްރީން ބުނީ، ކަމާއި ގުޅުންހުރި ފަރާތްތަކާއި ގުޅިގެން ދައުރުވަމުންދާ ވީޑިއޯގެ މައްސަލަ ބަލަމުންދާ ކަމަށެވެ.

ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނުގެ 10 ވަނަ މާއްދާގެ (ހ) އަށް ރިޔާއަތް ކޮށް އެ މިނިސްޓްރީން ނެރެފައިވާ ބަޔާނުގައި ބުނީ، ކުއްޖާ ހެދިބޮޑުވުމަށް ބޭނުންވާ ރައްކާތެރިކަމާއި އަޅާލުން، ކުއްޖާގެ ބެލެނިވެރިންގެ ފަރާތުންނާއި ކުއްޖާގެ އާއިލާގެ އަދި މުޖުތަމައުގެ ފަރާތުންނާއި، ދައުލަތުގެ ފަރާތުން ލިބުމަކީ ކޮންމެ ކުއްޖަކަށް ލިބިގެންވާ ހައްގެއް ކަމުގައި ބަޔާންކޮށްފައިވާ ކަމަށެވެ. އަދި އޭގެ އިތުރުން ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނުގެ 33 ވަނަ މާއްދާގެ (ހ) ގައި ކުޑަކުދިންގެ ކަރާމާތަށް އުނިކަމެއް އަންނަ ގޮތަކަށް، އެ ކުދިންގެ ޒާތީ މައުލޫމާތު އެއްވެސް ފަރާތަކުން އާންމުކޮށްގެން ނުވާކަން ބަޔާކޮށްފައިވާކަން ވެސް ޖެންޑަރ މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.

ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނުގެ 53 ވަނަ މާއްދާގައި ކުޑަކުދިންގެ ހައްގުތަކަށް އުނިކަން ލިބޭ ގޮތަށް ވާހަކަދެއްކުމާއި، އެކުދިންގެ ހައްގުތަކަށް އުނިކަން ލިބޭފަދަ ކަންކަމަށް ހިއްވަރު ދިނުމަކީ މަނާކަމެއް ކަމަށް ބަޔާންކޮށްފައިވާ ކަމަށާއި، އެފަދައިން އެއްވެސް ފަރާތަކުން އަމަލުކޮށްފިނަމަ، އެކަން ތަހުގީގުކޮށް އެކަމުގެ ކުޑަ ބޮޑުމިނަށް ބަލާ، ކުޑަކުދިންގެ ކަރާމާތައް ގެއްލުންވާފަދަ މައުލޫމާތު، ފޮޓޯ އަދި ވީޑިއޯ ސޯޝަލް މީޑިއާގައި އާންމުކުރާނަމަ ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނުގެ 53 ވަނަ މާއްދާއިން މިނިސްޓަރަށް ލިބިގެންވާ ބާރުގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށް ޖެންޑަރ މިނިސްޓްރީން ބުންޏެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

13 މާރިޗު 2017

ނޫސްވެރިންނަށާއި ސޯޝަލް މީޑިއާ އެކްޓިވިސްޓުންނަށް ބިރު ދެއްކުން ހުއްޓާލާ: އެމްޑީޕީ

13 މާރިޗު 2017
ނޫސްވެރިންނަށާއި ސޯޝަލް މީޑިއާ އެކްޓިވިސްޓުންނަށް ބިރު ދެއްކުން ހުއްޓާލާ: އެމްޑީޕީ
13 މާރިޗު 2017

ފަނޑިޔާރު އަލީ ހަމީދަށް ތުހުމަތު ކުރެވޭ ކަސްބީ އަންހެނުންނާ އެކު ގުޅުން ހިންގި ވީޑިއޯގެ މައްސަލަ ނުބަލަން ނިންމައިފި

13 މާރިޗު 2017
ފަނޑިޔާރު އަލީ ހަމީދަށް ތުހުމަތު ކުރެވޭ ކަސްބީ އަންހެނުންނާ އެކު ގުޅުން ހިންގި ވީޑިއޯގެ މައްސަލަ ނުބަލަން ނިންމައިފި
02 މާރިޗު 2017

ފޮޓޯ ނަގައިގެން ހައްޔަރު ކުރި ޓޫރިސްޓް އިމިގްރޭޝަނާ ހަވާލު ކޮށްފި

02 މާރިޗު 2017
ފޮޓޯ ނަގައިގެން ހައްޔަރު ކުރި ޓޫރިސްޓް އިމިގްރޭޝަނާ ހަވާލު ކޮށްފި
01 މާރިޗު 2017

އެމްޑީޕީ ހަރުގެ ފޮޓޯނެގި ފަތުރުވެރިއަކު ހައްޔަރުކޮށްފި

01 މާރިޗު 2017
އެމްޑީޕީ ހަރުގެ ފޮޓޯނެގި ފަތުރުވެރިއަކު ހައްޔަރުކޮށްފި
27 ފެބުރުއަރީ 2017

"އެނާޖީ އެވެއާނެސް"ގެ ނަމުގައި ދެ ވީޑިއޯ ސްޕޮޓް ލޯންޗު ކޮށްފި

27 ފެބުރުއަރީ 2017
"އެނާޖީ އެވެއާނެސް"ގެ ނަމުގައި ދެ ވީޑިއޯ ސްޕޮޓް ލޯންޗު ކޮށްފި
26 ފެބުރުއަރީ 2017

ބަރަހަނާ ފޮޓޯތަކެއް ލީކުވެ އަންހެން ފުލުހަކު ވަޒީފާއިން ވަކިކޮށްފި

26 ފެބުރުއަރީ 2017
ބަރަހަނާ ފޮޓޯތަކެއް ލީކުވެ އަންހެން ފުލުހަކު ވަޒީފާއިން ވަކިކޮށްފި
25 ފެބުރުއަރީ 2017

ބަރަހަނާ ވީޑިއޯ އާންމުވި ފުލުސްމީހާ ވަޒީފާއިން ވަކިކޮށްފި

25 ފެބުރުއަރީ 2017
ބަރަހަނާ ވީޑިއޯ އާންމުވި ފުލުސްމީހާ ވަޒީފާއިން ވަކިކޮށްފި
23 ފެބުރުއަރީ 2017

ފުލުހުންގެ އިސް އޮފިސަރެއްގެ ބަރަހަނާ ވީޑިއޯއެއްގެ މައްސަލަ ބަލަނީ

23 ފެބުރުއަރީ 2017
ފުލުހުންގެ އިސް އޮފިސަރެއްގެ ބަރަހަނާ ވީޑިއޯއެއްގެ މައްސަލަ ބަލަނީ
22 ޖެނުއަރީ 2017

ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި

22 ޖެނުއަރީ 2017
ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި
11 ޖެނުއަރީ 2017

ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް

11 ޖެނުއަރީ 2017
ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް