Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއާތޫރް އާއި ޕިޔަނިޗް ކްލަބު ބަދަލުކުރުން

އާތޫރް ޔުވެންޓަސްއަށް، ޕިޔަނިޗް ބާސާއަށް

29 ޖޫން 2020 | ހޯމަ 18:29

އާތޫރް ޔުވެންޓަސްއަށް ބަދަލުވީ 72 މިލިއަން ޔޫރޯއަށް

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 29 ޖޫން 2020 | ހޯމަ 18:29
ބްރެޒިލް މިޑްފީލްޑަރު އާތޫރް މެލޯ އާއި ބޮސްނިއާ މިޑްފީލްޑަރު މިރަލެމް ޕިޔަނިޗް

ބްރެޒިލް މިޑްފީލްޑަރު އާތޫރް މެލޯ އާއި ބޮސްނިއާ މިޑްފީލްޑަރު މިރަލެމް ޕިޔަނިޗް

ބްރެޒިލް މިޑްފީލްޑަރު އާތޫރް މެލޯ ޔުވެންޓަސްއަށް ސޮއިކުރިއިރު، ބޮސްނިއާ މިޑްފީލްޑަރު މިރަލެމް ޕިޔަނިޗް ބާސެލޯނާއަށް ސޮއިކޮށްފިއެވެ.

ހޯމަ ދުވަހުގެ ވަގުތެއްގައި އާތޫރް ވިއްކާލައި ޕިޔަނިޗްގެ ސޮއި ހޯދިކަން ބާސާއިން ހާމަކުރިއިރު، މި ދެ ކުޅުންތެރިން ކްލަބު ބަދަލުކުރާނީ މި ސީޒަން ނިމުމުންނެވެ.

ބާސާގެ މެދުތެރެއަށް ކުޅެމުން އަންނަ އާތޫރް ޔުވެންޓަސްއަށް ވިއްކާލީ 72 މިލިއަން ޔޫރޯއަށެވެ. ޔުވެންޓަސްއާއެކު ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއް އާތޫރް ހެދިއިރު، ބޯނަހުގެ ގޮތުގައި އިތުރު 10 މިލިއަން ޔޫރޯ ޔުވެންޓަސްއިން ބާސާއަށް ދައްކާނެ ކަމަށްވެސް ވަނީ ރިޕޯޓުކޮށްފައެވެ.

2018 ވަނަ އަހަރު ގްރެމިއޯއިން ބާސާއަށް ބަދަލުވި އާތޫރް ޔުވެންޓަސްއަށް ވިއްކާލުމުން ބާސާގެ ގިނަ ސަޕޯޓަރުން ވަނީ އެކަމާ ނުރުހުން ފާޅުކޮށްފައެވެ.

ބާސާގެ މެދުތެރޭގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އާތޫރް ވަނީ މިހާތަނަށް ބާސާއަށް ކުޅެދިން 72 މެޗުގައި ހަތަރު ލަނޑު ޖަހާފައެވެ. އަދި އޭނާ ވަނީ ބާސާއާއެކު މިދިޔަ ސީޒަނުގެ ސްޕެނިޝް ލީގުވެސް ކާމިޔާބުކޮށްފައެވެ.

މީގެ އިތުރުން ބާސާއާ އަލަށް ގުޅުނު ޕިޔަނިޗް އެ ކްލަބަށް ބަދަލުވާން އެއްބަސްވީ ހަތަރު އަހަރުގެ އެއްބަސްވުމެއް ދަށުންނެވެ. ބާސާއިން ޕިޔަނިޗް ހޯދުމަށް 60 މިލިއަން ޔޫރޯ ޔުވެންޓަސްއަށް ދައްކާއިރު، ބޯނަހުގެ ގޮތުގައި އިތުރު ފަސް މިލިއަން ޔޫރޯ ދައްކަން ޖެހޭނެއެވެ.

2016 ވަނަ އަހަރު ރޯމާ ދޫކޮށް ޔުވެންޓަސްއާ ގުޅުނު ޕިޔަނިޗް އަންނަނީ އެޓީމުގެ މެދުތެރޭގައި މުހިންމު ދައުރެއް އަދާކުރަމުންނެވެ. އެގޮތުން މިހާތަނަށް އެޓީމަށް ކުޅެދިން 171 މެޗުގައި 22 ލަނޑު ކާމިޔާބުކޮށްފައިވާއިރު، އޭނާ ވަނީ ޔުވެންޓަސް އާއެކު ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. އެގޮތުން އިޓާލިއަން ލީގު ތިން ފަހަރު ހޯދުމުގެ އިތުރަށް ޕިޔަނިޗް ވަނީ ޔުވެންޓަސް އާއެކު އިޓާލިއަން ކަޕްގެ އިތުރުން އިޓާލިއަން ސުޕަ ކަޕްވެސް ކާމިޔާބުކޮށްފައެވެ.

އެންމެ ހިނގާ

1

ރައީސް މުއިއްޒު މޭޔަރުކަމަށް ގެންނަން އަމިއްލަ ގޭގައި ކޯލް ސެންޓަރު ހިންގި ފަޒްލާވެސް ވަޒީފާއިން ވަކިކޮށްފި

2

އާޒިމާގެ ފުރަތަމަ ޓާސްކް ފްލޮޕް!

3

އީރާނުން އެމެރިކާގެ ދެ މަނަވަރަކަށާއި 18 އުޅަނދަކަށް ހަމަލާދީފި

4

ރައީސް މުއިއްޒުގެ ސިޓީފުޅާ އެކު، އިނގިރޭސިވިލާތުން ބުނީ ފޯޅަވަހީގެ މައްސަލަ އަކީ ރާއްޖެއާ ގުޅުން އޮތް ކަމެއް ނޫން ކަމަށް

5

ރައީސް ޔާމީން އަށް މެސެޖެއް ދެއްވުމަށް ވިދާޅުވި ކަމަށް މެންބަރު ޝުޖާއު ދެއްކެވި ވާހަކަ އަކީ ދޮގެއް ކަމަށް މިނިސްޓަރު އަމީން ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

18 އޯގަސްޓު 2017

ބާސާއަށް ޑްރެކްސްލާ ނުވިއްކާނެ

18 އޯގަސްޓު 2017
ބާސާއަށް ޑްރެކްސްލާ ނުވިއްކާނެ
17 އޯގަސްޓު 2017

މަޓުއިޑީ އިޓަލީގެ ޔުވެންޓަސްއަށް.!

17 އޯގަސްޓު 2017
މަޓުއިޑީ އިޓަލީގެ ޔުވެންޓަސްއަށް.!
13 އޯގަސްޓު 2017

ބްރެޒިލްގެ މިޑްފީލްޑަރ ޕައުލީނިޔޯ ބާސާއަށް ބަދަލުވަނީ.؟

13 އޯގަސްޓު 2017
ބްރެޒިލްގެ މިޑްފީލްޑަރ ޕައުލީނިޔޯ ބާސާއަށް ބަދަލުވަނީ.؟
10 އޯގަސްޓު 2017

ބާސާއަށް ޑެމްބެލޭ ދޫކުރެވޭނީ 135 މިލިއަން ޕައުންޑަށް: ޑޯޓްމަންޑް

10 އޯގަސްޓު 2017
ބާސާއަށް ޑެމްބެލޭ ދޫކުރެވޭނީ 135 މިލިއަން ޕައުންޑަށް: ޑޯޓްމަންޑް
15 ޖުލައި 2017

ސެމޭޑޯ ބާސާއަށް

15 ޖުލައި 2017
ސެމޭޑޯ ބާސާއަށް
12 ޖޫން 2017

ބާސާއަށް ބަދަލުވާން އުޅޭ ވާހަކައަށް ކުޓީނިއޯ ރައްދުދީފި

12 ޖޫން 2017
ބާސާއަށް ބަދަލުވާން އުޅޭ ވާހަކައަށް ކުޓީނިއޯ ރައްދުދީފި
13 މެއި 2017

އެސިސްޓަންޓް ކޯޗާ ދެބަސްވެ ނޭމާ ކުލަބުގައި މަޑު ނުކުރާނެ ކަމުގެ އިންޒާރު ބާސާއަށް

13 މެއި 2017
އެސިސްޓަންޓް ކޯޗާ ދެބަސްވެ ނޭމާ ކުލަބުގައި މަޑު ނުކުރާނެ ކަމުގެ އިންޒާރު ބާސާއަށް
16 އެޕްރީލު 2017

ސްޕެނިޝް ލަލީގާ: ސޮސައިޑާޑް އަތުން ބާސާއަށް ހަނި މޮޅެއް

16 އެޕްރީލު 2017
ސްޕެނިޝް ލަލީގާ: ސޮސައިޑާޑް އަތުން ބާސާއަށް ހަނި މޮޅެއް
03 އެޕްރީލު 2017

ނޭމާ ކާމިޔާބުކޮށްދިން 100 ވަނަ ލަނޑާއެކު ބާސާއަށް މޮޅެއް

03 އެޕްރީލު 2017
ނޭމާ ކާމިޔާބުކޮށްދިން 100 ވަނަ ލަނޑާއެކު ބާސާއަށް މޮޅެއް
01 މާރިޗު 2017

އިޓާލިއަން ކަޕް ސެމީގެ ފުރަތަމަ ލެގް ޔުވެންޓަސްއަށް

01 މާރިޗު 2017
އިޓާލިއަން ކަޕް ސެމީގެ ފުރަތަމަ ލެގް ޔުވެންޓަސްއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް