Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެބޭސްފަރުވާއަށް އިންޑިއާއަށް މީހުންފޮނުވުން

ބޭސްފަރުވާއަށް ނުދެވިފައި ތިިބި 28 މީހަކު އިންޑިއާއަށް ފުރުވާލައިފި

މި ޕްލައިޓް އެނބުރި އަންނާނީ އިންޑިއާއަށް ފަރުވާ އަށް ގޮސް ނާދެވި ތިބި 7 މީހުން ގޮވައިގެން

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 29 ޖޫން 2020 | ހޯމަ 17:24
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް

އާސަންދައިގެ ދަށުން ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް 28 މީހަކު ފުރުވާލުމަށް ހަމަޖެހިފައިވާ ކަމަށް އާސަންދަ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ބުނެފިއެވެ.

އާސަންދައިން ބުނީ ރައީސުލް ޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙްގެ އެދިވަޑައިގަތުމުގެ މަތިން އިންޑިއާ ސަރުކާރުން ދެއްވި ހުއްދައާއިއެކު، އާސަންދައިގެ ޚަރަދުގައި ހޯމަ ދުވަހުގެ ރޭ 28 ބަލިމީހުން އިތުރު ފަރުވާ ހޯދުމަށް އިންޑިއާއަށް ފޮނުވަން ހަމަޖެހިފައިވާ ކަމަށެވެ.

މި 28 ބަލިމީހުންނާއެކު އެމީހުންގެ އެހީތެރިންނާއި އަދި ބަލިމީހުންގެ ޞީއްޙީ ކަންކަން ދަތުރުމަތީގައި ބެލެހެއްޓުމަށް 2 ޑޮކްޓަރުންނާއި 5 ނަރުހުންވެސް ފުރުމަށް ވަނީ ހަމަޖެހިފައެވެ. މި 28 ބަލި މީހުންގެ ތެރެއިން 2 މީހުންނަކީ ސްޓްރެޗަރގަ ގެންދާ ދެ މީހުންނެވެ.

ފްލައިޓުން ދަތުރުކުރާ ހުރިހާ ފަސިންޖަރުން ވެސް އިންޑިއާއަށް ދަނީ އިންޑިއާގެ ވިސާ ހަމަޖައްސާ އެ ޤައުމުގެ ޕަބްލިކް ހެލްތް ގައިޑްލައިނާ އެއްގޮތަށް ކޮވިޑަށް ޓެސްޓްކޮށް ނެގެޓިވް ނަތީޖާއާއެކުގައި ކަމަށް އާސަންދައިން މައުލޫމާތު ދެއެވެ.

އިންޑިއާއިން ވެސް މި ފަސިންޖަރުން ކޮވިޑަށް ޓެސްޓު ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެ ޤައުމުގަ 14 ދުވަހުގެ ކަރަންޓީން ފުރިހަމަކުރަންޖެހޭނެ ކަމަށާއި 14 ދުވަސް ފަހުން އަނެއްކާވެސް ކޮވިޑް19އަށް ޓެސްޓު ކުރާނެ ކަމަށް އާސަންދައިން މައުލޫމާތު ދެއެވެ.

ބަލި މީހުންނަށް ފަރުވާ ދިނުމަށް ހަމަޖެހިފައިވަނީ އަމްރީތާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސަސް އެންޑް ރިސަރޗް ސެންޓަރ، އެއިމްސް ގައެވެ. ކަރަންޓީނުގައި ތިބޭނީ އެތަނުގެ އެކޮމޮޑޭޝަން ބްލޮކެއްގައި ކަމަށާއި ކަރަންޓީނުގެ މުއްދަތުގައި ވެސް އެމީހުންގެ ފަރުވާކުރިއަށް ގެންދެވޭނެ ކަމަށް އާސަންދައިން ބުނެއެވެ.

އިންޑިއާގަ ފްލައިޓް ލޭންޑްކުރާ ގަޑިއަށް ޕަސެންޖަރުން ބަލާ އެއިމްސް ގެ ފަރާތުން 4 ކާރާއި 5 އެމްބިއުލާންސާއި 4 ޓްރެވެލް ބަސް އަދި 21 ޕެރަމެޑިކުންނާއި ހޮސްޕިޓަލުގެ 3 މެޑިކަލް ކޯޑިނޭޓަރުން ދިއުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރެއިން 1 ކޯޑިނޭޓަރަކީ ދިވެހި ބަހުން ވާހަކަދައްކަން ދަންނަ ކޯޑިނޭޓަރެކެވެ. މަގުތަކުގެ ޓްރެފިކް ބޮޑޫ ނޫންނަމަ އެއަރޕޯޓުން ހޮސްޕިޓަލާ ދެމެދުގެ ދަތުރުގައި ވާނީ އެއްގަޑިއިރެވެ.

ހޮސްޕިޓަލަށް ބަލި މީހުން ފޯރާއިރު އިނީޝިއަލް އެސެސްމެންޓް ހެދުމަށް 30 ޑޮކްޓަރުން ސްޓޭންޑްބައިގަ ތިބޭނެ ކަމަށާއި އެސެސްމެންޓަށް ފަހު ވަގުތުން ފަރުވާ ދޭން ޖެހޭ މީހުން ވަކިކޮށް އެހެން ބަލި މީހުންނާ ވަކިން އެ މީހުން އެޑްމިޓްކޮށް ވަގުތުން ފަރުވާދޭން ފަށާނެ ކަމަށް އާސަންދައިން މައުލޫމާތު ދެއެވެ.

ހޯމަދުވަހުގެ ރޭގެ ފްލައިޓުން 37 ބަލިމީހުން ފުރުވަން ކުރިން ހަމަޖެހިފައިވީ ނަމަވެސް, އެކި އެކި ސަބަބުތަކާހެދި ބައެއް ބަލިމީހުން މި ދުވަސްވަރު ދަތުރުކުރުމަށް އުޒުރުވެރިވެފައިވާތީވެ މި ފްލައިޓްގައި ދަތުރުކުރަނީ 28 ބަލި މީހުން ކަމަށާއި ބަލިމީހުން ގޮވައިގެން މިދާ ފްލައިޓު އެނބުރި އަންނާނީ އިންޑިއާއަށް ފަރުވާ އަށް ގޮސް ނާދެވި ތިބި 7 މީހުން ގޮވައިގެން ކަމަށް އާސަންދައިން މައުލޫމާތު ދެއެވެ.

އާސަންދައިގެ ދަށުން އިންޑިއާއަށް ދެވަނަ ފްލައިޓެއްގައި ދާން 50 އަށްވުރެ ގިނަ ބަލިމީހުން މިހާރުވެސް ވަނީ ލިސްޓުކުރެވިފައެވެ. މީގެ ތެރެއިން ވެސް އެންމެ ކްރިޓިކަލް ބަލިމީހުން ފަރުވާއަށް ފޮނުވުމަށްޓަކާ ކުރަންޖެހޭ މަސައްކަތްތައް އާސަންދައިން މިހާރުވެސްދަނީ ކުރަމުންނެވެ.

ބަލި މީހުން އިންޑިއާއަށް ފޮނުވުމަށް ދަތުރުގެ އެންމެހާ ކަންކަން ހަމަޖެއްސުމަށާ ހޯދަންޖެހޭ ހުއްދަތައް ހޯދުމަށް އިންޑިއާ ސަރުކާރާ ގުޅިގެން ރައީސުލް ޖުމްހޫރިއްޔާގެ ސީދާ ބެއްލެވުމުގެ ދަށުން ރައީސް އޮފީހާއި، ފޮރިން މިނިސްޓްރީއާއި އިންޑިއާގައި ހުންނަ ދިވެހި ކޮންސިއުލޭޓުން ކޮށްދެއްވި ބުރަ މަސައްކަތްތައް ފާހަގަކޮށް އާސަންދައިގެ ފަރާތުން ވަނީ ޝުކުރުއަދާކޮށްފައެވެ.

އިތުރަށް ކިޔާލަން

24 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު އުމުރަށް ޖަލަށް

24 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު އުމުރަށް ޖަލަށް
23 ޖެނުއަރީ 2017

ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި

23 ޖެނުއަރީ 2017
ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި
17 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

17 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!
15 ޖެނުއަރީ 2017

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި
14 ޖެނުއަރީ 2017

ފުޅިއަޅައިގެން ފީނަނިކޮށް ޑީކޯވި މީހަކު ހެލިކޮޕްޓަރުގައި ގަމަށް ގެންގޮސްފި

14 ޖެނުއަރީ 2017
ފުޅިއަޅައިގެން ފީނަނިކޮށް ޑީކޯވި މީހަކު ހެލިކޮޕްޓަރުގައި ގަމަށް ގެންގޮސްފި
11 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!

11 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!
10 ޖެނުއަރީ 2017

އެެމްއާރްޑީސީގެ ލެޑްލައިޓެއް ވަގަށް ނެގި މީހަކު ޖަލަށް ލުމަށް ހުކުމް ކޮށްފި

10 ޖެނުއަރީ 2017
އެެމްއާރްޑީސީގެ ލެޑްލައިޓެއް ވަގަށް ނެގި މީހަކު ޖަލަށް ލުމަށް ހުކުމް ކޮށްފި
09 ޖެނުއަރީ 2017

ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ

09 ޖެނުއަރީ 2017
ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ
08 ޖެނުއަރީ 2017

ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި

08 ޖެނުއަރީ 2017
ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު