Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސްކޫލްތައް ހުޅުވުމުގެ ތައްޔާރީތައް

ސްކޫލްތައް ހުޅުވުމުގެ ތައްޔާރީތައް އެޑިއުކޭޝަން މިނިސްޓަރ ބައްލަވާލައްވައިފި

ޖުލައި 1 ގައި ސްކޫލްތައް ހުޅުވާލެވޭ އިރު ކޮވިޑް ނެތް ރަށްރަށުގައި ގްރޭޑް 1ން ފެށިގެން ކިޔަވައިދޭނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 29 ޖޫން 2020 | ހޯމަ 16:02
ސްކޫލްތައް އައު އާންމު ހާލަތުގައި ހުޅުވުމަށް ވަމުން އަންނަ ތައްޔާރީތަކުގެ ތެރެއިން އިމާދުއްދީން ސްކޫލުގެ ބޭރުގައި ކުރަހާފައިވާ އިރުޝާދުތައް އެޑިއުޝަންގެ ޓީމުން ބައްލަވާލައްވަނީ

ސްކޫލްތައް އައު އާންމު ހާލަތުގައި ހުޅުވުމަށް ވަމުން އަންނަ ތައްޔާރީތަކުގެ ތެރެއިން އިމާދުއްދީން ސްކޫލުގެ ބޭރުގައި ކުރަހާފައިވާ އިރުޝާދުތައް އެޑިއުޝަންގެ ޓީމުން ބައްލަވާލައްވަނީ

އައު އާންމު ހާލަތަށް ސްކޫލްތައް ހުޅުވުމަށް ވަމުންގެންދާ ތައްޔާރީތައް ބައްލަވާލެއްވުމަށް މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީ އަދި މިނިސްޓްރީގެ ޓީމެއް ވަނީ މިއަދު މާލެ ސަރަހައްދުގެ ސްކޫލްތަކަށް ޒިޔާރަތްކޮށްފިއެވެ.

އެޑިއުކޭޝަންގެ ޓީމުން ޒިޔާރަތްކުރި ސްކޫލްތަކަކީ މަޖީދިއްޔާ ސްކޫލް، ދަރުމަވަންތަ ސްކޫލް، ސެންޓަރ ފޯ ހަޔާ ސެކަންޑަރީ އެޑިޔުކޭޝަން، އިސްކަންދަރު ސްކޫލް، އަމީނިއްޔާ ސްކޫލް، ޖަމާލުއްދީން ސްކޫލް، ތާޖުއްދީން ސްކޫލް، ހިރިޔާ ސްކޫލް، އިމާދުއްދީން ސްކޫލް، ކަލާފާނު ސްކޫލް، ހުރަވީ ސްކޫލް، ރެހެންދި ސްކޫލް އަދި ޣާޒީ ސްކޫލެވެ.

Advertisement - newsAdvertisement

ސްކޫލްތައް އަލުން ހުޅުވާލަން ނިންމާފައިވާ އިރު ސްކޫލް މާހައުލަކީ ދަރިވަރުންނާއި މުދައްރިސުންނަށް ރައްކާތެރި މާހައުލަކަށް ހެދުމަށް ހޯދަން ޖެހޭ ތަކެތި (ސެނިޓައިޒާ، ޑިސްއިންފެކްޓް ކުރުމަށް ބޭނުންވާ ތަކެތި، އަތްދޮވުމަށް ސައިބޯނި) މިނިސްޓްރީއިން ގެންދަނީ ސްކޫލްތަކަށް ފޮނުވަމުންނެވެ. އަދި މިތަކެތި ގިނަ ސްކޫލްތަކަށް މިހާރު ލިބިފައިވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.

މީގެ އިތުރުން ސްކޫލްތަކުގައި ގާއިމުކުރަން ޖެހޭ ހޭންޑްވޮޝިން ސްޓޭޝަންތައް މިހާރު ހަދަމުންދާއިރު ސްކޫލްތައް ހުޅުވެންވާއިރު ހުރިހާ ސްކޫލެއްގައި ގާއިމުކޮށް ނިމޭނެކަމަށް ވެސް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ. އަދި ސްކޫލް މާހައުލުގައި ޖިސްމާނީ ގައިދުރުކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި ސްކޫލަށް ވަދެ ނިކުންނަ ގޭޓްތައް ކައިރީ އަދި ކޮރިޑޯ ތަކުގައި ގައިދުރުކުރަން ފާހަގަތައް ލެވިފައިވާނެ ކަމަށާއި، ކްލާސްރޫމްތަކުގައި ދަރިވަރުން ތިބޭއިރު މޭޒުތަކުގެ ދެމެދުގައި ތިން ފޫޓުގެ ދުރުމިނެއް ބެހެއްޓިފައިވާނެ ކަމަށް ވެސް އެޑިއުކޭޝަނުން ބުނެއެވެ.

ޖުލައި 1 ވަނަ ދުވަހު ސްކޫލްތައް އަލުން ހުޅުވާލަން ނިންމާފައިވާ އިރު މާލެ ހިމެނޭ ސަރަހައްދުގެ ސްކޫލްތައް ހުޅުވޭނީ ގްރޭޑް 9 އަކުން މަތީގެ ދަރިވަރުންނަށެވެ. އެހެން ނަމަވެސް ކޮވިޑް-19 ނެތް ރަށް ރަށުގައި ގްރޭޑް 1ން ފެށިގެން މަތީގެ ދަރިވަރުންނަށް ސްކޫލްތައް ހުޅުވޭނެއެވެ.

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު

26 ޖެނުއަރީ 2017
ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު
25 ޖެނުއަރީ 2017

އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ

25 ޖެނުއަރީ 2017
އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ
25 ޖެނުއަރީ 2017

ބަސް ދަތުރުތައް ފެށުމަށް ވާން ޖެހޭ ތައްޔާރީތައް ދަނީ ކުރިއަށް: އެމްޓީސީސީ

25 ޖެނުއަރީ 2017
ބަސް ދަތުރުތައް ފެށުމަށް ވާން ޖެހޭ ތައްޔާރީތައް ދަނީ ކުރިއަށް: އެމްޓީސީސީ
22 ޖެނުއަރީ 2017

މިނިސްޓަރު މުއިއްޒާ ދެކޮޅަށް ނޮޅިވަރަންފަރުގައި މުޒާހަރާކޮށްފި

22 ޖެނުއަރީ 2017
މިނިސްޓަރު މުއިއްޒާ ދެކޮޅަށް ނޮޅިވަރަންފަރުގައި މުޒާހަރާކޮށްފި
17 ޖެނުއަރީ 2017

ސީއެޗްއެސްއީގައި އޮތީ 570 ވަރަކަށް ޖާގަ: އެޑިއުކޭޝަން

17 ޖެނުއަރީ 2017
ސީއެޗްއެސްއީގައި އޮތީ 570 ވަރަކަށް ޖާގަ: އެޑިއުކޭޝަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު