Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުއެމްއޭސީއެލްގެ ޚިދުމަތް

27 އޮކްޓޫބަރުގެ ނިޔަލަށް އަންނަ ފްލައިޓްތަކަށް ހުރިހާ ޚިދުމަތްތަކެއް ހިލޭ ލިބޭނެ: އެމްއޭސީއެލް

ތެޔޮ އަޅާނަމަ އާއްމު ރޭޓުން އަގު ނަގާނެ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 28 ޖޫން 2020 | އާދީއްތަ 20:02
އެމްއޭސީއެލްގެ މުވައްޒަފަންތަކެއް ރަންވޭ ސަރަހައްދުގައި ހަރަކާތްތެރިވަނީ

އެމްއޭސީއެލްގެ މުވައްޒަފަންތަކެއް ރަންވޭ ސަރަހައްދުގައި ހަރަކާތްތެރިވަނީ

ޖުލައި 15 ގައި ބޯޑަރު ހުޅުވާލާއިރު 27 އޮކްޓޫބަރުގެ ނިޔަލަށް ރާއްޖެއަށް އަންނަ ޝެޑިއުލް ފްލައިޓްތަކަށް ހުރިހާ ޚިދުމަތް ތަކެއް ހިލޭ ލިބޭނެ ކަމަށް މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނެފި އެވެ.

އެމްއޭސީއެލުން ބުނީ 27 އޮކްޓޫބަރުގެ ނިޔަލަށް ހުރިހާ ޚިދުމަތެއް ހިލޭ ލިބުނު ނަމަވެސް ތެޔޮ އަޅާނަމަ އާއްމު ރޭޓުން އަގު ނަގާނެ ކަމަށެވެ.

އެއާޕޯޓުން ދޭ ޚިދުމަތްތަކުން ޚާއްސަ ޑިސްކައުންޓް ތަކެއް ދޭން ނިންމާފައިވާކަން ފާހަގަކޮށް އެމްއޭސީއެލުން ބުނީ ގްރައުންޑް ހޭންޑްލިންގެ ޚިދުމަތްތަކާއި ޖައްސަން ނަގާ ލޭންޑިން ފީ އަދި ނެވިގޭޝަން ފީ އަދި ޕާކިން ފީ އިން 50 އިންސައްތަ ނުވަތަ 100 އިންސައްތައާ ދެމެދުގެ ޑިސްކައުންޓެއް ލިބޭނެ ކަމަށެވެ. މީގެ އިތުރުން އެމްއޭސީއެލުން ބުނީ ޖުލައި 15 ން 27 އޮކްޓޫބަރުގެ ނިޔަލަށް ޝެޑިއުލް ފްލައިޓްތަކަށް ހުރިހާ ޚިދުމަތްތަކެއް ހިލޭ ލިބޭނެ ކަމަށެވެ.

01 ސެޕްޓެމްބަރުން 27 އޮކްޓޫބަރުގެ ނިޔަލަށް އަންނަ ފްލައިޓްތަކަށް 75 އިންސައްތަ ޑިސްކައުންޓެއް ލިބޭއިރު، އޮކްޓޫބަރު 28ން 2021 ވަނަ އަހަރުގެ މާޗު މަހުގެ 26ގެ ނިޔަލަށް އަންނަ ފްލައިޓްތަކަށް 50 އިންސައްތަ ޑިސްކައުންޓް ލިބޭނެ ކަމަށް އެމްއޭސީއެލުން ބުނެއެވެ.

ހެޑް އޮފް މެނޭޖްމެންޓް މޫސާ ސޯލިހު ވިދާޅުވީ ކޮވިޑް-19ގެ ސަބަބުން އޭވިއޭޝަން ސިނާއަތަށް ވަރަށް ބޮޑު އަސަރެއް ކޮށްފައިވާ ކަމަށެވެ. އަދި އެއްކޮށް ކަހަލަ ގޮތަކަށް ވައިގެ މަގުން ކުރާ ދަތުރުތައް ހުއްޓި އެއަރ ޓްރާންސްޕޯޓަށް ވަރަށް ބޮޑެތި ގެއްލުން ތަކެއް ވެފައިވާ ކަމަށެވެ.

މީގެ އިތުރުން މޫސާ ސޯލިހު ވިދާޅުވީ އެއަރ ޓްރާންސްޕޯޓަކީ ވީއައިއޭގެ އޮޕްރޭޝަންގެ ވިޔަފާރީގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ ސަރވިސްއެއްކަމުން ވީހާވެސް އަވަހަށް އަލުން މިޚިދުމަތް ފެށޭނެ ގޮތަށްވުން ވަރަށް މުހިންމު ކަމަށެވެ. އަދި ވިދާޅުވީ ކޮވިޑް-19އާ ގުޅިގެން ވީއައިއޭއިން ޚިދުމަތް ހޯދާ ވަރަށް ގިނަ ފަރާތްތަކަށް ގިނަ ޚިދުމަތްތަކެއް ފޯރުކޮށްދީފައިވާ ކަމަށެވެ. އެހެންކަމުން މިޚިދުމަތްތަކުގެ ސަބަބުން އިތުރު އިންޓަނޭޝަނަލް އެއަރލައިންތައް ވީއައިއޭގެ ޚިދުމަތް ހޯދާނެ ކަމަށް އުންމީދު ކުރާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގެ ބޯޑަރުތައް އަލުން ހުޅުވާއިރު، އެއަރލައިންތަކާއި އެއަރޕޯޓުން އަމަލު ކުރަންޖެހޭ އުސޫލުތައް މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ (އެމްއޭސީއޭ) އިން ވަނީ އާންމުކޮށްފައެވެ. އެމްއޭސީއޭ އިން އާންމުކޮށްފައިވާ އުސޫލުގައި ވާގޮތުން، ފަތުރުވެރިޔާ ރާއްޖެ އައިސް ހޭދަކުރާ މުއްދަތުގައި ހުންނާނެ ތަނުގެ މައުލޫމާތު ފޯރުކޮށްދޭން ޖެހެއެވެ. އަދި އޮން އެރައިވަލް ވިސާ ލިބޭނެ ކަމަށާއި 24 ގަޑިއިރު ހަމަނުވާ އޮންލައިން ހެލްތް ޑިކްލެރޭޝަން ފޯމެއް ކޮންމެ ފަތުރުވެރިއަކު ވެސް ރާއްޖެ އައުމުގެ ކުރިން ފުރަން ޖެހޭ ކަމަށް އުސޫލުގައި ވަނީ ފާހަގަކޮށްފައެވެ.

މޯލްޑިވިސް ސިވިލް އޭވިއޭޝަނުން ނެރެފައިވާ މި އުސޫލަށް ހުރިހާ އިންޓަރނޭޝަނަލް ފްލައިޓްތަކުންނާއި ފަތުރުވެރިން ދަތުރުކުރާ ޑޮމެސްޓިކް ފްލައިޓްތަކުން ވެސް އަމަލުކުރަން ޖެހެއެވެ.

އިތުރަށް ކިޔާލަން

22 އޮކްޓޯބަރު 2017

ގެސްޓްހައުސް އެވޯޑްސް އެޑިޝަންގެ ވޯޓްލުން އޮކްޓޯބަރ 28ގެ ނިޔަލަށް!

22 އޮކްޓޯބަރު 2017
ގެސްޓްހައުސް އެވޯޑްސް އެޑިޝަންގެ ވޯޓްލުން އޮކްޓޯބަރ 28ގެ ނިޔަލަށް!
23 އޯގަސްޓު 2017

ޖުލައި މަހުގެ ނިޔަލަށް ދައުލަތަށް 9.9 ބިލިއަން ރުފިޔާ ލިބިފައިވޭ:މީރާ

23 އޯގަސްޓު 2017
ޖުލައި މަހުގެ ނިޔަލަށް ދައުލަތަށް 9.9 ބިލިއަން ރުފިޔާ ލިބިފައިވޭ:މީރާ
08 އޯގަސްޓު 2017

ޗައިނާގެ ލަކީ އެއަރގެ ދަތުރުތައް އަންނަ ޖެނުއަރީމަހު ރާއްޖެއަށް ފެށުމަށް ތައްޔާރުވެއްޖެ

08 އޯގަސްޓު 2017
ޗައިނާގެ ލަކީ އެއަރގެ ދަތުރުތައް އަންނަ ޖެނުއަރީމަހު ރާއްޖެއަށް ފެށުމަށް ތައްޔާރުވެއްޖެ
24 ޖުލައި 2017

މީރާއިން އަންނަ މަހު ޓެކްސް ވީކެއް ބާއްވަނީ!

24 ޖުލައި 2017
މީރާއިން އަންނަ މަހު ޓެކްސް ވީކެއް ބާއްވަނީ!
24 ޖޫން 2017

ވެކޭޝަންސް އެކްސްޕޯ 2017 އަންނަ ޖުލައި މަހު

24 ޖޫން 2017
ވެކޭޝަންސް އެކްސްޕޯ 2017 އަންނަ ޖުލައި މަހު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު