Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ4 ފުރޮޅުލީ އުޅަނދަށް ޚާއްސަ ޕާކިންގ ޒޯން

4 ފުރޮޅުލީ އުޅަނދަށް ޚާއްސަ ޕާކިންގ ޒޯނެއް ކާނިވާ ސަރަޙައްދުން!

ޕާކް ކުރެވޭ ގޮތަށް ދޫކޮށްފައިވަނީ އަގު ދީގެން ޕާކްކުރާގޮތަށް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 27 ޖޫން 2020 | ހޮނިހިރު 22:06
ކާނިވާ ސަރަޙައްދުގައި ޕާކިންގ ޒޯން ތަރައްޤީ ކުރުމުގެ ކުރިން ނަގާފައިވާ ފޮޓޯއެއް- މިހާރު 52 ޖާގަ ވަނީ ދޫކޮށްފައި

ކާނިވާ ސަރަޙައްދުގައި ޕާކިންގ ޒޯން ތަރައްޤީ ކުރުމުގެ ކުރިން ނަގާފައިވާ ފޮޓޯއެއް- މިހާރު 52 ޖާގަ ވަނީ ދޫކޮށްފައި

ހަތަރު ފުރޮޅުލީ އުޅަނދުފަހަރަށް ޚާއްސަ ޕާރކިންގް ޒޯނެއް މާލޭ ސިޓީ ކައުންސިލުން ކަނޑައަޅައިފިއެވެ.

ހޮނިހިރު ދުވަހު މާލޭ ސިޓީ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ، ހަތަރު ފުރޮޅުލީ ވަކި ސައިޒަކުން ދަށުގެ އުޅަނދު ފަހަރު ޕާކް ކުރެވޭ ގޮތަށް ދޫކޮށްފައިވަނީ އަގު ދީގެން ޕާކް ކުރާ ގޮތަށް ކަމަށެވެ. އެގޮތުން މި ޒޯން ދޫކޮށްފައި ވަނީ ހެންވޭރު ކާނިވާ ސަރަޙައްދުން ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެއެވެ.

އޭގެ އިތުރުން، ކާނިވާ ސަރަހައްދުން ޕާކިންގ ޒޯން ކަނޑައަޅައި ފުރުޞަތު ހުޅުވާލުމުން 146 ފަރާތަކުން ޝައުޤުވެރިވެ ފޯމް ހުށަހަޅާފައިވާކަން ފާހަގަކޮށް ސިޓީ ކައުންސިލުން ބުނީ، މި ސަރަޙައްދުގައި ހިމެނޭ 52 ޖާގަ ދޫކުރީ މިހިނގާ ޖޫން މަހުގެ 25 ވަނަ ދުވަހުގެރޭ ބޭއްވި ގުރުއަތުގައި މި ޖާގަތަށް ކަށަވަރުވި ފަރާތްތަކަށް ކަމަށެވެ.

ސިޓީ ކައުންސިލުން ބުނީ، އުޅަނދެއް ޕާކްކުރުމަށް ދޫކުރާ ކޮންމެ ޒޯނެއްގެ އަގަކީ ކޮންމެ އުޅަނދަކަށް މަހަކު 3000 ރުފިޔާ ކަމަށެވެ.

މި ސަރަޙައްދުން ޖާގަ ދޫކުރުމަށް ފުރަތަމަ ފުރުޞަތު ހުޅުވާލީ 2020 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 20 ވަނަ ދުވަހުއެވެ. އެހެން ނަމަވެސް ކޮވިޑް-19 ގެ ފުރަބަންދާ ގުޅިގެން ޖާގަތަށް ދޫކުރުން ފަސްކޮށްލީކަން ކައުންސިލުން ފާހަގަ ކޮށްފައިވެއެވެ.

އޭގެ އިތުރުންވެސް ހެންވޭރު ސަރަޙައްދުގެ މަގުތަކުން ޕާކިންގް ސަރަޙައްދުތަށް ކަނޑައަޅައި، ހަތަރު ފުރޮޅުލީ އުޅަނދުތަކަށް ވަރަށް އަވަހަށް ދޫކުރުމަށް ނިންމާފައިވާކަމަށް ސިޓީ ކައުންސިލުން ބުނެއެވެ. އަދި އެކަމާބެހޭ ގޮތުން ކުރަންހުރި މައިގަނޑު މަސައްކަތްތައްވެސް މިހާރު ނިމިފައިވާކަމަށް ސިޓީ ކައުންސިލުން މައުލޫމާތުދެއެވެ.

އިތުރަށް ކިޔާލަން

17 އޯގަސްޓު 2017

މަގުތަކުން ވެހިކަލް ނެގުމުގެ ޚާއްސަ ޕްރޮގްރާމެއް ފުލުހުން ފަށަނީ

17 އޯގަސްޓު 2017
މަގުތަކުން ވެހިކަލް ނެގުމުގެ ޚާއްސަ ޕްރޮގްރާމެއް ފުލުހުން ފަށަނީ
15 އޯގަސްޓު 2017

"ރިޝްވަތު" ގެ ނަމުގައި ޚާއްސަ ދަރުހެއް

15 އޯގަސްޓު 2017
"ރިޝްވަތު" ގެ ނަމުގައި ޚާއްސަ ދަރުހެއް
19 މެއި 2017

ތިރިވަނަންތަޕޫރަމްއަށް ދިވެހިން ގޮސް އުޅޭ ތަންތަން ފާސް ކުރުމުގެ ޚާއްސަ އޮފަރޭޝަނެއް އިންޑިއާގެ ސަލާމަތީ ބާރުތަކުން ފަށައިފި

19 މެއި 2017
ތިރިވަނަންތަޕޫރަމްއަށް ދިވެހިން ގޮސް އުޅޭ ތަންތަން ފާސް ކުރުމުގެ ޚާއްސަ އޮފަރޭޝަނެއް އިންޑިއާގެ ސަލާމަތީ ބާރުތަކުން ފަށައިފި
06 މެއި 2017

މުސާރަ ބޮޑުނުކޮށް، އިންތިޚާބާ ދިމާކޮށް ފުލުހުންނަށް ޚާއްސަ އިނާޔަތެއް!

06 މެއި 2017
މުސާރަ ބޮޑުނުކޮށް، އިންތިޚާބާ ދިމާކޮށް ފުލުހުންނަށް ޚާއްސަ އިނާޔަތެއް!
24 އެޕްރީލު 2017

މއ. ކިނާރާ ހައުސް ބަލާ ފާސްކުރަނީ ޚާއްސަ އޮޕަރޭޝަންއެއްގެ ދަށުން: ފުލުހުން

24 އެޕްރީލު 2017
މއ. ކިނާރާ ހައުސް ބަލާ ފާސްކުރަނީ ޚާއްސަ އޮޕަރޭޝަންއެއްގެ ދަށުން: ފުލުހުން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު