Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮވިޑް-19، އިޓަލީގެ ހާލަތު

އިޓަލީގެ ސްކޫލްތައް ސެޕްޓެމްބަރު މަހު ހުޅުވާލަނީ

1 ބިލިއަން ޔޫރޯ އިންވެސްޓު ކުރުމަށް ވަނީ ނިންމާފަ

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް | 27 ޖޫން 2020 | ހޮނިހިރު 14:09
އިޓަލީގެ ސްކޫލެއްގެ ކްލާސްރޫމެއް: ސްކޫލްތައް ހުޅުވާލުމަށް ނިންމާފައިވަނީ ސެޕްޓެމްބަރު މަހުގެ 14 ވަނަ ދުވަހު

އިޓަލީގެ ސްކޫލެއްގެ ކްލާސްރޫމެއް: ސްކޫލްތައް ހުޅުވާލުމަށް ނިންމާފައިވަނީ ސެޕްޓެމްބަރު މަހުގެ 14 ވަނަ ދުވަހު

ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި އެކު އިޓަލީގެ ސްކޫލްތައް ސެޕްޓަމްބަރު މަހު ހުޅުވާލާނެ ކަމަށް އެގައުމުގެ ސަރުކާރުން ހާމަކޮށްފިއެވެ.

އެގައުމުގެ ސަރުކާރުން ބުނީ ސެޕްޓެމްބަރު މަހުގެ 14 ވަނަ ދުވަހު ސްކޫލްތައް ހުޅުވާލުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން، ސްކޫލްތައް ހުޅުވުމަށްފަހު ކްލާސްތަކުގައި ކޮންމެ ދަރިވަރަކު ތިބޭނީ އެއް މީޓަރު ދުރުގައި ކަމަށާއި ބްރޭކް ގަޑީގައި ކެެންޓީނުގައި ތިބިގެން ކެއުމުގެ ބަދަލުގައި އެ ގަޑި ކްލާސްރޫމުގައި ހޭދަކުރާ ގޮތަށް ވަނީ ބަދަލުކޮށްފައެވެ.

އިޓަލީގެ އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވީ ޖާގައިގެ ދަތިކަމާއި ގުޅިގެން ސްކޫލްތަކުގައި އިޖުތިމާއީ ގައިދުރުކަމުގެ ފިޔަވަޅުތައް އެޅުމަށް ދަތިތަކެއް އެބަހުރި ކަމަށެވެ. އެގޮތުން %15 ދަރިވަރުންނަށް މިކަމުގެ އަސަރުކުރާނެ ކަމަށް ބެލެވޭ ކަމަށެވެ.

އޭނާ ވިދާޅުވީ މިކަން ހައްލު ކުރުމަށްޓަކައި ކްލާހުން ބޭރުގައި ކިޔަވައިދިނުމުގެ ހަރަކާތްތަކެއް ހިންގިދާނެ ކަމަށެވެ.

ސެޕްޓެމްބަރު މަހު ސްކޫލްތައް ހުޅުވާލުމަށްޓަކައި ވަމުންދާ ތައްޔާރީތައް ހިއްސާ ކުރައްވަމުން އިޓަލީގެ ބޮޑު ވަޒީރު ވިދާޅުވީ ސްކޫލްތައް ރިނޮވޭޓްކޮށް، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށާއި ޓީޗަރުންނަށް ދޭން ޖެހޭ ތަމްރީނުތައް ދިނުމަށް 1 ބިލިއަން ޔޫރޯ އިންވެސްޓު ކުރުމަށް ނިންމާފައިވާ ކަމަށެވެ.

އިތުރަށް ކިޔާލަން

30 ސެޕްޓެމްބަރު 2017

އެމެރިކާގެ ރައީސް ޓްރަމްޕް ނޮވެމްބަރު މަހު އޭޝިއާގެ ފަސް ޤައުމަކަށް ދަތުރު ކުރައްވާނެ

30 ސެޕްޓެމްބަރު 2017
އެމެރިކާގެ ރައީސް ޓްރަމްޕް ނޮވެމްބަރު މަހު އޭޝިއާގެ ފަސް ޤައުމަކަށް ދަތުރު ކުރައްވާނެ
22 އޯގަސްޓު 2017

އެމެރިކާގެ ސީކްރެޓް ސާވިސްގެ 1،100 މުވައްޒަފަކަށް މިއަންނަ ސެޕްޓެމްބަރުން ފެށިގެން އޯވާޓައިމް ފައިސާ ނުދެވިދާނެ!

22 އޯގަސްޓު 2017
އެމެރިކާގެ ސީކްރެޓް ސާވިސްގެ 1،100 މުވައްޒަފަކަށް މިއަންނަ ސެޕްޓެމްބަރުން ފެށިގެން އޯވާޓައިމް ފައިސާ ނުދެވިދާނެ!
16 އޯގަސްޓު 2017

ސައުދީ އަރަބިއްޔާ އާއި އިރާގާ ގުޅިފައިވާ "އަރާރް ބޯޑަރު" ސައުދީން ހުޅުވާލަނީ

16 އޯގަސްޓު 2017
ސައުދީ އަރަބިއްޔާ އާއި އިރާގާ ގުޅިފައިވާ "އަރާރް ބޯޑަރު" ސައުދީން ހުޅުވާލަނީ
28 ޖުލައި 2017

މާޗްމަހު ރެފިއުޖީންގެ ބޯޓަކަށް ދިން ހަމަލާގެ ތުހުމަތު ސައުދީ ކޯލިޝަނަށް

28 ޖުލައި 2017
މާޗްމަހު ރެފިއުޖީންގެ ބޯޓަކަށް ދިން ހަމަލާގެ ތުހުމަތު ސައުދީ ކޯލިޝަނަށް
03 ޖޫން 2017

މިދިޔަ މަހު ޔަމަނުގައި ކޮލެރާ ޖެހިގެން 600 އެއްހާ މީހުން މަރުވި

03 ޖޫން 2017
މިދިޔަ މަހު ޔަމަނުގައި ކޮލެރާ ޖެހިގެން 600 އެއްހާ މީހުން މަރުވި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު