Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެލަންކާގައި މާސްކު އެޅުން

އާދިއްތަ ދުވަހުން ފެށިގެން ލަންކާގައި މާސްކު ނާޅާ މީހުން ކަރަންޓީނު ކުރަނީ

ގައިޑްލައިންތަކަށް ހުރިހާ އެންމެން ތަބާވުމަށް ސަރުކާރުން އިލްތިމާސްކުރޭ

އަލީ ސަމާޚް
އަލީ ސަމާޚް | 27 ޖޫން 2020 | ހޮނިހިރު 13:44
ލަންކާގެ މަގުމަތީގައި ސިފައިން މީހަކު ފޯރިމަރަނީ

ލަންކާގެ މަގުމަތީގައި ސިފައިން މީހަކު ފޯރިމަރަނީ

އާދިއްތަ ދުވަހުން ފެށިގެން ލަންކާގައި މާސްކު ނާޅާ އުޅޭ މީހުން 14 ދުވަހުގެ މުއްދަތަކަށް ކަރަންޓީނު ކުރުމަށް ނިންމައިފިއެވެ.

އެގޮތަށް އަމަލުކުރަން ފަށާނެ ކަމަށް ލަންކާގެ ވެސްޓަން ޕްރޮވިންސްގެ ޑެޕިއުޓީ އިންސްޕެކްޓަރ ޖެނެރަލް އޮފް ޕޮލިސް ވަނީ ވިދާޅުވެފައެވެ. ލަންކާގައި މީހުން ކަރަންޓީނު ކުރަމުން އަންނަނީ ސަރުކާރުން ގާއިމްކޮށްފައިވާ ފެސިލިޓީތަކުގައެވެ.

ލަންކާއިން މިހާރު ރިޕޯޓް ކުރެވެމުންދާ ކޭސްތަކުގެ އަދަދު ދަށްވެ، މިހާރު ކާފިޔު ހިންގަނީ ރޭގަނޑު 11:00ން ފަތިހު 4:00 އަށެވެ. ފިހާރަތަކާއި، މާރުކޭޓްތައް ވަނީ ހުޅުވާލާފައެވެ. އަދި އޭގެ އިތުރުން ޕާކްތައް ވެސް ވަނީ ހޮނިހިރު ދުވަހު ހުޅުވާލާފައެވެ. ނަމަވެސް އެތަންތަނުގައި އުޅޭއިރު ހެލްތް މިނިސްޓްރީން އަންގަމުންދާ އެންގުންތަކަށް ތަބާވާން އެ ގައުމުގެ ސަރުކާރުން ދަނީ އިލްތިމާސް ކުރަމުންނެވެ.

ގިނަ ދުވަސްތަކެއްގެ މެދުކެނޑުމަށް ފަހު ލަންކާއިން އިން ދަނި ބައިނަލްއަގްވާމީ ވައިގެ ބަނދަރު، ބަންޑާރަނައިކަ އިންޓަނޭޝަނަލް އެއާޕޯޓް (ބީއައިއޭ) ހުޅުވާލުމުގެ ތައްޔާރީތައްވަމުންނެވެ. އެއާޕޯޓް ހުޅުވާލާއިރު އެއާޕޯޓުގައި ކޮވިޑަށް ޓެސްޓު ކުރެވޭނެ އިންތިޒާމް ހަމަޖެހިފައިވާނެ ކަމަށް އެ ގައުމުގެ އޭވިއޭޝަން މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

އާބާދީގެ ގޮތުން ބަލާއިރު ލަންކާގައި ރިޕޯޓް ކުރެވުނު ކޮވިޑް-19 ގެ ކޭސްތައް ނިސްބަތުން މަދެވެ. މިހާތަނަށް ލަންކާއިން ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ 2033 މީހުންނެވެ. މީގެ ތެރެއިން ގިނަ މީހުންނަކީ ބޭރުގެ ގައުމުތަކުން ލަންކާއަށް އެތެރެވި އެ ގައުމުގެ ރައްޔިތުންނެވެ.

އިތުރަށް ކިޔާލަން

14 މާރިޗު 2018

ލަންކާގައި މިހާރު ވައިބަރ ބޭނުން ކުރެވޭ، ހުކުރު ދުވަހުން ފެށިގެން ފޭސްބުކް ބޭނުން ކުރެވޭނެ

14 މާރިޗު 2018
ލަންކާގައި މިހާރު ވައިބަރ ބޭނުން ކުރެވޭ، ހުކުރު ދުވަހުން ފެށިގެން ފޭސްބުކް ބޭނުން ކުރެވޭނެ
08 މާރިޗު 2018

ލަންކާގައި ހިނގަމުންދާ ހަމަނުޖެހުންތައް އެ ގައުމަށް ހައްލު ކުރެވޭނެ:ޗައިނާ

08 މާރިޗު 2018
ލަންކާގައި ހިނގަމުންދާ ހަމަނުޖެހުންތައް އެ ގައުމަށް ހައްލު ކުރެވޭނެ:ޗައިނާ
06 މާރިޗު 2018

ދީނީ ހަމަނުޖެހުންތަކާއި ގުޅިގެން ސްރީލަންކާގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފި

06 މާރިޗު 2018
ދީނީ ހަމަނުޖެހުންތަކާއި ގުޅިގެން ސްރީލަންކާގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފި
07 ނޮވެމްބަރު 2017

ޓޫރިޒަމް ތަރައްގީކުރުމުގެ އިތުރު މަޝްރޫއުތައް އަންނަ އަހަރު ފެށިގެންދާނެ: ބަންޑާރަ ނައިބު

07 ނޮވެމްބަރު 2017
ޓޫރިޒަމް ތަރައްގީކުރުމުގެ އިތުރު މަޝްރޫއުތައް އަންނަ އަހަރު ފެށިގެންދާނެ: ބަންޑާރަ ނައިބު
29 އޮކްޓޯބަރު 2017

މިއަހަރުގެ މިހާތަނަށް ލަންކާގައި މަގުމަތީ 2200 މަރު!

29 އޮކްޓޯބަރު 2017
މިއަހަރުގެ މިހާތަނަށް ލަންކާގައި މަގުމަތީ 2200 މަރު!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު