Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޕާކިސްތާން ކްރިކެޓް ކުޅުންތެރިން ޕޮޒިޓިވްވުން

ވައިރަހުގެ ބިރު އޮތް ނަމަވެސް ޕާކިސްތާން ކްރިކެޓް ޓީމު އިންގްލެންޑަށް ފުރަނީ

ޕާކިސްތާން ކްރިކެޓް ޓީމުގެ 10 ކުޅުންތެރިއަކު ވަނީ ކޮވިޑް-19ށް ޕޮޒިޓިވް ވެފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 27 ޖޫން 2020 | ހޮނިހިރު 10:35
ޕާކިސްތާން ގައުމީ ކްރިކެޓް ޓީމު: 10 ކުޅުންތެރިއަކު ވަނީ ކޮވިޑް-19ށް ޕޮޒިޓިވް ވެފައި

ޕާކިސްތާން ގައުމީ ކްރިކެޓް ޓީމު: 10 ކުޅުންތެރިއަކު ވަނީ ކޮވިޑް-19ށް ޕޮޒިޓިވް ވެފައި

ކްރިކެޓް ޓީމުގެ 10 ކުޅުންތެރިއަކު ކޮރޯނާވައިރަސް (ކޮވިޑް-19) ށް ޕޮޒިޓިވްވި ނަމަވެސް، އާދީއްތަ ދުވަހު އިންގްލެންޑަށް ފުރަން ޕާކިސްތާން ގައުމީ ކްރިކެޓް ޓީމުން ތައްޔާރުވެއްޖެއެވެ.

ޕާކިސްތާން ކްރިކެޓް ޓީމުގެ 10 ކުޅުންތެރިއަކު ކޮވިޑް-19ށް ޕޮޒިޓިވްވި ނަމަވެސް، އޮގަސްޓް މަހު އިންގްލަންޑުގައި ކުޅުމަށް ހަމަޖެހިފައިވާ ތިން ޓެސްޓު މެޗާއި، ޓީ20 ތިން މެޗުގައި ޕާކިސްތާން ކްރިކެޓް ޓީމު ވާދަކުރާނެއެވެ. މި މެޗުތައް ކުޅުމަށް ޕާކިސްތާން ޓީމު އިންގްލެންޑަށް ފުރާނީ އާދީއްތަ ދުވަހެވެ.

ޕާކިސްތާން ކްރިކެޓް ޓީމުގެ 10 ކުޅުންތެރިއަކު ކޮވިޑް-19ށް ޕޮޒިޓިވް ވިކަން ހާމަކުރި ފަހުން، އެ ޓީމުގެ އޯލް-ރައުންޑާ މުހައްމަދު ހަފީޒް ވަނީ އޭނާ ފަހުން ވައިރަހަށް ނެގެޓިވްވި ކަމަށް ބުނެފައެވެ. ކޮވިޑް-19ށް ޕޮޒިޓިވްވި ޕާކިސްތާން ކްރިކެޓް ޓީމުގެ ކުޅުންތެރިން އައިސޮލޭޝަނަށް ބަދަލުކޮށްފައިވާއިރު، އެއިން އެއްވެސް ކުޅުންތެރިއެއްގެ ގައިން ވައިރަހުގެ އެއްވެސް އަލާމާތެއް ނުފެންނަ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އިންގްލެންޑާއި ވޭލްސްގެ ކްރިކެޓް ބޯޑުން ބުނީ ޓެސްޓު ޓުއާއަށް ކުޅުންތެރިން އިންގްލެންޑަށް އަންނައިރު، ހުރިހާ ކުޅުންތެރިން ކޮވިޑް-19ށް ޓެސްޓު ކުރުމުގެ އިންތިޒާމު މިހާރު ހަމަޖައްސާފައިވާ ކަމަށެވެ.

މީގެ ކުރިން ޕާކިސްތާން ކްރިކެޓް ބޯޑުގެ ޗީފް އެގްޒެކުޓިވް ވާސިމް ޚާން ވިދާޅުވީ ކްރިކެޓް ޓީމުގެ ގިނަ ކުޅުންތެރިންތަކެއް ކޮވިޑް-19ށް ޕޮޒިޓިވްވި ނަމަވެސް، އިންގްލެންޑުގައި ކުޅުމަށް ހަމަޖެހިފައިވާ މެޗުތަކުގައި ޕާކިސްތާން ކްރިކެޓް ޓީމު ވާދަކުރާނެ ކަމަށެވެ. އެގޮތުން އިންގްލެންޑަށް ފުރާނީ ދެ ފަހަރުގެ މަތިން ކޮވިޑް-19ށް ޓެސްޓު ކޮށް، ނެގެޓިވްވާ ކުޅުންތެރިން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ޕާކިސްތާންގައި ކޮވިޑް-19 ހަލުވިކަމާއެކު ފެތުރެމުން އަންނައިރު، މީގެ ކުރިން ޕާކިސްތާންގެ ކުރީގެ ކުޅަދާނަ އޯލްރައުންޑާ ޝާހިދު އަފްރީދީވެސް ވަނީ ކޮވިޑް-19ށް ޕޮޒިޓިވް ވެފައެވެ.

އަދި އެ ގައުމުން މިހާތަނަށް 198،800 ށްވުރެ ގިނަ މީހުން ކޮވިޑް-19ށް ޕޮޒިޓިވް ވިއިރު، މި ވައިރަސް ޖެހިގެން އެ ގައުމުން 4،000 ށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

އިތުރަށް ކިޔާލަން

07 އެޕްރީލު 2017

އުންމީދު ކުރިވަރަށް ވުރެން ރަނގަޅަށް ޓީމު ކުޅުނު، ނަމަވެސް ޓާގެޓް ހާސިލެއް ނުވި: އިބްރާހިމް ހަސަން

07 އެޕްރީލު 2017
އުންމީދު ކުރިވަރަށް ވުރެން ރަނގަޅަށް ޓީމު ކުޅުނު، ނަމަވެސް ޓާގެޓް ހާސިލެއް ނުވި: އިބްރާހިމް ހަސަން
03 އެޕްރީލު 2017

ކުރިއަށް އޮތް ތިން އަހަރަށް ގައުމީ ޓީމުގެ ސްޕޮންސަރަކަށް ބީއެމްއެލް ހަމަޖައްސަން މަސައްކަތްކުރަނީ

03 އެޕްރީލު 2017
ކުރިއަށް އޮތް ތިން އަހަރަށް ގައުމީ ޓީމުގެ ސްޕޮންސަރަކަށް ބީއެމްއެލް ހަމަޖައްސަން މަސައްކަތްކުރަނީ
02 އެޕްރީލު 2017

ޓޮޓެންހަމުން ޗެލްސީއާ ދެމެދު އޮތް ފަރަގު ހަތް ޕޮއިންޓަށް ކުޑަކޮށްފި

02 އެޕްރީލު 2017
ޓޮޓެންހަމުން ޗެލްސީއާ ދެމެދު އޮތް ފަރަގު ހަތް ޕޮއިންޓަށް ކުޑަކޮށްފި
22 މާރިޗު 2017

ފުރަތަމަ މެޗުން ބަލިވުމަކީ ޓާގެޓަށް ދިއުމަށް އޮތް ހުރަހެއް ނޫން: ޝަރަފް

22 މާރިޗު 2017
ފުރަތަމަ މެޗުން ބަލިވުމަކީ ޓާގެޓަށް ދިއުމަށް އޮތް ހުރަހެއް ނޫން: ޝަރަފް
21 މާރިޗު 2017

ޕާކިސްތާން ކްރިކެޓް ޓީމުގެ ފަސް ކުޅުންތެރިއަކު ސަސްޕެންޑްކޮށްފި

21 މާރިޗު 2017
ޕާކިސްތާން ކްރިކެޓް ޓީމުގެ ފަސް ކުޅުންތެރިއަކު ސަސްޕެންޑްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު