Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ރާއްޖެ އިސްތިހާރު ކުރުން

ސެލްޓަ-ބާސާ މެޗުގެ ކުރިން ރާއްޖެ އިސްތިހާރު ކުރުމުގެ ހަރަކާތެއް

ޖުލައި މަހުގެ 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލަން ވަނީ ނިންމާފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 27 ޖޫން 2020 | ހޮނިހިރު 10:16
މި ސީޒަނުގައި ބާސާ އާއި ސެލްޓަ ބައްދަލުކުރި މެޗުގެ ތެރެއިން

މި ސީޒަނުގައި ބާސާ އާއި ސެލްޓަ ބައްދަލުކުރި މެޗުގެ ތެރެއިން

ހޮނިހިރު ދުވަހުގެ ރޭ ސްޕެނިޝް ލީގުގައި ސެލްޓަ ވީގޯ އާއި ބާސެލޯނާ ބައްދަލުކުރާ މެޗުގެ ކުރިން ރާއްޖެ އިސްތިހާރު ކުރުމުގެ ހަރަކާތެއް ކުރިއަށްދާނެ ކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

ރާއްޖެއިން އަންނަ ޖުލައި މަހުގެ 15 ވަނަ ދުވަހު ބޯޑަރު އަލުން ހުޅުވާލަން ވަނީ ނިންމާފައެވެ. އެހެންކަމުން ރާއްޖޭގެ ފަތުރުވެރިކަން އަލުން އިސްތިހާރު ކުރުމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ހާއްސަ ހަރަކާތްތަކެއް ހިންގާއިރު، އެ ވުޒާރާއިން ވަނީ ރާއްޖެ އިސްތިހާރު ކުރުމަށް "މޯލްޑިވްސް: ދަ ސަން ވިލް ޝައިން އެގެއިން" ގެ ނަމުގައި ހާއްސަ ކެމްޕެއިނެއް ފަށާފައެވެ.

އެގޮތުން ހޮނިހިރު ދުވަހުގެރޭ ރާއްޖެ ގަޑިން 8:00 ގައި ސެލްޓަގެ ދަނޑުގައި ވަރުގަދަ ބާސާއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ރާއްޖެ އިސްތިހާރު ކުރުމުގެ ހަރަކާތެއް ކުރިއަށް ގެންދާނެ ކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.

ކޮރޯނާވައިރަސް (ކޮވިޑް-19) ށްފަހު ރާއްޖޭގެ ފަތުރުވެރިކަން އަލުން ހުޅުވާލުމަށް ކުރިއަށް ގެންދާ ހަރަކާތްތަކުގައި، ރާއްޖޭން ސްޕޮންސާކޮށްފައިވާ ސެލްޓައިން މީގެ ކުރިންވެސް ވަނީ ބައިވެރިވެފައެވެ. އެގޮތުން ސެލްޓަގެ ކުޅުންތެރިން ވަނީ ރާއްޖެ އިސްތިހާރު ކުރުމުގައި ބައިވެރިވެ ހާއްސަ މެސެޖެއް ދީފައެވެ. ސެލްޓައިން ރާއްޖެ އިސްތިހާރު ކުރުމުގައި ބައިވެރިވީ ސްޕެއިން ގައުމީ ޓީމަށްވެސް ކުޅެފައިވާ ފޯވާޑް އިއާގޯ އަސްޕާސް އާއި ބާސެލޯނާގެ ލޯނެއްގެ ދަށުން ކުޅެމުން އަންނަ ބްރެޒިލްގެ ރަފީނިއާ އަލްކަންޓްރާ އާއި ކުރިން އާސެނަލާއި ބާސެލޯނާ އަށް ކުޅުނު ސްޕެއިންގެ ޑެނިސް ސުއާރޭޒް އަދި ރަޝިއާ ގައުމީ ޓީމުގެ ތަރި ފިޔޯޑޯ ސްމޯލޯފް އެވެ.

ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރު ކުރުމަށް ސެލްޓަ އާއެކު އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ކުރީކޮޅެވެ. ތިން އަހަރު ދުވަހުގެ މުއްދަތަށް ވެފައިވާ މި އެއްބަސްވުމުގެ ދަށުން އަހަރަކު 900،000 (ނުވަ ލައްކަ) ޑޮލަރު ރާއްޖެއިން ޚަރަދު ކުރާނެއެވެ. އަހަރުން އަހަރަށް ބަދަލު ގެނެވޭގޮތަށް ހެދި މި އެއްބަސްވުމާއެކު ރާއްޖެއިން ތިން އަހަރުގެ ތެރޭގައި ސެލްޓަގެ ޖާޒީ އާއި ސްޓޭޑިއަމްގައި ރާއްޖޭ އިސްތިހާރު ކުރާނެއެވެ.

އަދި މި އެއްބަސްވުމުގެ ދަށުން ސެލްޓައިން ރާއްޖޭގެ ފުޓްބޯޅަ ކުރިއެރުވުމަށްވެސް އެކި ގޮތްގޮތުން އެހީވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ރާއްޖޭގެ އެކި އުމުރު ފުރާތަކުގެ ގައުމީ ޓީމުތައް ސްޕެއިނަށް ގޮސް، އެ ކްލަބުގެ ޓްރެއިނިންގ ފެސިލިޓީތައް ބޭނުން ކުރެވޭނެ މަގު ފަހިވެގެން ދާނެއެވެ. އަދި ރަހުމަތްތެރިކަމުގެ މެޗުތައް ކުޅުމާއި ކޯޗުން ތަމްރީން ކުރުމާއި ސެލްޓަގެ އެކަޑަމީގައި ރާއްޖޭގެ ގައުމީ ޓީމުން ބޭނުންވާ ކުޅުންތެރިން ތިބެ ތަމްރީނުވުމުގެ ފުރުސަތުވެސް ފަހިކޮށްދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ލަމްޕާޑް ރިޓަޔާކުރުމުގެ ކުރިން ސްވަންސީން އޭނާ ހޯދުމަށް މަސައްކަތްކުރި

ލަމްޕާޑް ރިޓަޔާކުރުމުގެ ކުރިން ސްވަންސީން އޭނާ ހޯދުމަށް މަސައްކަތްކުރި

03 ފެބުރުއަރީ 2017
ރާއްޖެއަށް މަދުވީ ބައިނަލް އަގްވާމީ މެޗުތަކުގެ ތަޖުރިބާ: އަދީލް

ރާއްޖެއަށް މަދުވީ ބައިނަލް އަގްވާމީ މެޗުތަކުގެ ތަޖުރިބާ: އަދީލް

28 ޖެނުއަރީ 2017
އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް

އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް

27 ޖެނުއަރީ 2017
ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ

ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ

26 ޖެނުއަރީ 2017
ރާއްޖެއައީ ފަތުރުވެރިންގެ ގޮތުގައެއް ނޫން، މިއައީ މޮޅު ކުޅުމެއް ދައްކަން: މަޖްދާ

ރާއްޖެއައީ ފަތުރުވެރިންގެ ގޮތުގައެއް ނޫން، މިއައީ މޮޅު ކުޅުމެއް ދައްކަން: މަޖްދާ

25 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

29 މެއި
ކަމަދޫ އީދު އުފާ 1446 ގެ ރަސްމީ ލަވަ ރިލީސްކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ކަމަދޫ އީދު އުފާ 1446 ގެ ރަސްމީ ލަވަ ރިލީސްކޮށްފި

ހާފިޒް: ޓައީ ޑިޒައިން ކުރެއްވުމުގެ މާހިރެއް، ވެލެންސިއާ އާއި ބާސްކެޓްގެ ލެޖެންޑެއް
20242 އަހަރު ކުރިން
މީހުން

ހާފިޒް: ޓައީ ޑިޒައިން ކުރެއްވުމުގެ މާހިރެއް، ވެލެންސިއާ އާއި ބާސްކެޓްގެ ލެޖެންޑެއް

ޗުއްޓީއަށް ވެސް ދަރައި ވިކިގެން!
20233 އަހަރު ކުރިން
ރިޕޯޓު

ޗުއްޓީއަށް ވެސް ދަރައި ވިކިގެން!

ފުލުހުންގެ ތާރީޚުގައި ވަރަށް ގިނަ ކަންކަން ފުރަތަމަ ކުރެއްވި އަންހެން ފުލުސް
20224 އަހަރު ކުރިން
މީހުން

ފުލުހުންގެ ތާރީޚުގައި ވަރަށް ގިނަ ކަންކަން ފުރަތަމަ ކުރެއްވި އަންހެން ފުލުސް

ލައްކައެއްހާ ރުފިޔާއަށް އެދުމުންވެސް ރައީސް ޔާމީން ނުދެއްވި - ޑރ ޝައިނީ
20215 އަހަރު ކުރިން
ރާއްޖެ

ލައްކައެއްހާ ރުފިޔާއަށް އެދުމުންވެސް ރައީސް ޔާމީން ނުދެއްވި - ޑރ ޝައިނީ

ރައުދާގެ މަރުގެ ފައިނަލް ރިޕޯރޓް: އަހަރެން މަރާލީ ކަލޭ!
20197 އަހަރު ކުރިން
ރިޕޯޓު

ރައުދާގެ މަރުގެ ފައިނަލް ރިޕޯރޓް: އަހަރެން މަރާލީ ކަލޭ!

އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު ކުނިއުކުމުގެ މަސައްކަތަށް!
20188 އަހަރު ކުރިން
ރިޕޯޓު

އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު ކުނިއުކުމުގެ މަސައްކަތަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު