Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމާލޭގެ މަސް މާރުކޭޓް

އިޖުތިމާއީ ގައިދުރުކުރުމުގެ ފާހަގަތަކާއެކު މަސް މާރުކޭޓް، ޖުލައި 1 ގައި އަލުން ހުޅުވަނީ!

27 ޖޫން 2020 | ހޮނިހިރު 09:13

މިހާރުވެސް މަސްމާރުކޭޓުން ހިދްމަތް ލިބޭ، އެކަމަކު އަލުން ހުޅުވާއިރު އެތެރެއަށް ވަދެ މަސްގަތުމާއި މަސް ކަނޑައިދިނުމުގެ ހިދްމަތް ލިބޭނެ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 27 ޖޫން 2020 | ހޮނިހިރު 09:13
މާލޭގެ މަސް މާރުކޭޓް: މިއީ ވަރަށް ގިނަ ބަޔަކު ހިދްމަތް ހޯދަން ދާތަނެއް، އެހެންކަމުން، އާންމު ސިއްހަތުގެ ރައްކާތެރިކަމަށް ވަރަށް ބޮޑަށް ސަމާލުކަން ދިނުމަށް މާލެ ސިޓީ ކައުންސިލުން ވަނީ ހިދްމަތް ފޯރުކޮށް

މާލޭގެ މަސް މާރުކޭޓް: މިއީ ވަރަށް ގިނަ ބަޔަކު ހިދްމަތް ހޯދަން ދާތަނެއް، އެހެންކަމުން، އާންމު ސިއްހަތުގެ ރައްކާތެރިކަމަށް ވަރަށް ބޮޑަށް ސަމާލުކަން ދިނުމަށް މާލެ ސިޓީ ކައުންސިލުން ވަނީ ހިދްމަތް ފޯރުކޮށް

މާލޭގެ ރޯމަސް މާރުކޭޓްގައި އިޖުތިމާއި ގައިދުރުކަމަށް ސަމާލުކަން ދީގެން، ހިދްމަތް ދިނުމަށް ނިންމައި، އެ މާރުކޭޓް އަލުން ހުޅުވުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ފަށައިފި އެވެ.

މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޝިފާ މުހައްމަދު "ރާއްޖެއެމްވީ"އަށް ވިދާޅުވީ، އަންނަ ޖުލައި މަހު 1 ވަނަ ދުވަހުން ފެށިގެން ކުރިއެކޭ ވެސް އެއްގޮތަށް މަސްމާރުކޭޓްގެ އެތެރެއަށްވަދެ، މަސްގަތުމާއި މަސް ކަނޑައިދިނުމުގެ ހިދްމަތް ދިނުމަށް ހުޅުވާލާނެ ކަމަށެވެ. ނަމަވެސް މާރުކޭޓް އަލުން ހުޅުވާލާއިރު، އިޖުތިމާއީ ގައުދުރުކަން ބެހެއްޓުމުގެ ގޮތުން ފްލޯގައި ނިޝާންތައް ކުރަހާފައިވާނެ ކަމަށާއި އަދި މާރުކޭޓުގައި އުޅޭއިރު ރަނގަޅަށް މާސްކް އަޅައިގެން ހުރިހާ ފަރާތްތަކުންވެސް ސަމާލުކަން ދޭންޖެހޭނެ ކަމަށެވެ. އަދި އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގޮތުން އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ހުރިހާ ދިވެހި ރައްޔިތުންވެސް ސަމާލުކަން ދިނުމަށް ވެސް މާލެ ސިޓީ މޭޔަރު ޝިފާ އެދިލެއްވި އެވެ.

Advertisement - newsAdvertisement

މަސްމާރުކޭޓްގައި އިޖުތިމާއީ ގައިދުރުކަން ގާއިމުކޮށް، އުސޫލްތަކެއް ހަދައި އަލުން ހުޅުވާލާއިރު، މިހާރުވެސް މަސްމާރުކޭޓުން މަސްގަތުމުގެ ހިދްމަތް ލިބެއެވެ. ނަމަވެސް މިހިދްމަތްތައް މިހާރު ލިބެމުންދަނީ، ވަރަށް ބޮޑަށް ކޮންޓްރޯލްކޮށްގެން ނެވެ.

ޝިފާ ވިދާޅުވީ މަސްކާރުކޭޓް އަލުން ހުޅުވާލާއިރުވެސް މަސްގަތުމާއި ކެނޑުމުގެ ހިދްމަތް ލިބޭނީ ހެނދުނު 06:00 އިންފެށިގެން ހަވީރު 18:00 އަށް ކަމަށެވެ. އަދި ހަވީރު 18:00 ގެ ފަހުން މާރުކޭޓް ސާފުކުރުމުގެ މަސައްކަތް ކުރެވެމުންދާނެ ކަމަށްވެސް ޝިފާ ވިދާޅުވި އެވެ.

މަސް މާރުކޭޓްގައި މަސް ވިއްކަމުންދާއިރު، އެ ސަރަހައްދުގައި އަޅާފައި އޮންނަ ދޯނި ފަހަރުން މަސް ވިއްކާ އަދި ކަނޑަމުންދާތީ، އާންމު ރައްޔިތުންގެ ޝަކުވާ ވަރަށް ގިނައިން ލިބެމުންދާ ކަމަށް ވެސް މާލެ ސިޓީ މޭޔަރު ޝިފާ ވިދާޅުވި އެވެ. ޝިފާ ވިދާޅުވީ، މަސް މާރުކޭޓްގައި މަސްވިއްކަން ބޭނުންވާ ކޮންމެ މަސްވެރިޔަކަށް އެފުރުސަތު އެބައޮތް ކަމަށާއި އަދި މަސް މާރުކޭޓްގައި މަސް ވިއްކަމުގެ ހުއްދައަށް އެދޭ ފަރާތްތަކަށް އެފާސް ދޫކުރަމުންވެސް ދާ ކަމަށެވެ.

އެސަރަހައްދުގައި އަޅަފައި އޮންނަ ދޯނި ފަހަރުތަކުގައި އުޅޭ މީހުން ފާހާނާކޮށް، ހަދަމުންދަނީ އެ ސަރަހައްދަށް ކަމަށްވާތީ، ދޯނިތަކުން މަސް ވިއްކައި ކަނޑުމަކީ، އާންމު ސިއްހަތަށް ރައްކާތެރި ކަމެއްކަމަށް ނުފެންނަ ކަމެއްކަމަށްވެސް ޝިފާ ވިދާޅުވި އެވެ. އަދި އެކަމުގެ ޝަކުވާ ވަރަށް ގިނައިން ލިބެމުންދާތީ، ހުރިހާ ފަރާތްތަކުންވެސް ކަނޑައަޅާފައިވާ އުސޫލްތަކުގެ ތެރެއިން ރައްޔިތުންނަށް ހިދްމަތް ފޯރުކޮށްދިނުމަށް ޝިފާ ވަނީ އެދިލައްވާފަ އެވެ.

ޝިފާ ވިދާޅުވީ މަސްމާރުކޭޓް ސަރަހައްދު ސާފުތާހިރުކޮށް ބެހެއްޓުމަކީ، މަސްމާރުކޭޓަށް ދާ ފަރާތްތަކުގެ ރައްކާތެރިކަމާއި، އަދި މަހުގެ ތާޒާކަން މަތީ ބެހެއްޓުމަށާއި އާންމު ސިއްހަތު ރައްކާތެރިކަމުގެ ގޮތުން ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށެވެ. އެހެންކަމުން ހިދްމަތް ދޭންތިބޭ ފަރާތްތަކުންނާއި ހިދްމަތް ހޯދާ ފަރާތްތަކުން އެކަންކަމަށް ވަރަށް ބޮޑަށް ސަމާލުކަން ދިނުމަށް މާލެ ސިޓީ މޭޔަރު ޝިފާ އެދިލެއްވި އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

19 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!

19 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!
17 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

17 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!
16 ޖެނުއަރީ 2017

ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި

16 ޖެނުއަރީ 2017
ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި
14 ޖެނުއަރީ 2017

ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި

14 ޖެނުއަރީ 2017
ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި
13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
12 ޖެނުއަރީ 2017

ގެއްލިގެން ހޯދަމުން ދިޔަ ސްރީލަންކާގެ މަސްބޯޓް ފެނިއްޖެ، އެކަކުގެ ހާލު ދެރަ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
ގެއްލިގެން ހޯދަމުން ދިޔަ ސްރީލަންކާގެ މަސްބޯޓް ފެނިއްޖެ، އެކަކުގެ ހާލު ދެރަ: އެމްއެންޑީއެފް
11 ޖެނުއަރީ 2017

ރޯވި މަސްބޯޓުގައި ތިބި މީހުން ފެނިއްޖެ

11 ޖެނުއަރީ 2017
ރޯވި މަސްބޯޓުގައި ތިބި މީހުން ފެނިއްޖެ
11 ޖެނުއަރީ 2017

ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ

11 ޖެނުއަރީ 2017
ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ
11 ޖެނުއަރީ 2017

ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި

11 ޖެނުއަރީ 2017
ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް