Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވަގަށް އެތެރެކުރި ވެހިކަލްތައް

ވަގަށް ވެހިކަލް އެތެރެކުރުމުގައި ޓްރާންސްޕޯޓުގެ އަތެއްވޭ: ކަސްޓަމްސް

ވަގަށް ވެހިކަލް އެތެރެކުރުމުގައި ވެސް ވަރަށް ބޮޑު ރޯލެއް ޓްރާންސްޕޯޓްގެ ތެރޭގައި ހިނގާފައި އެބައޮތް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 26 ޖޫން 2020 | ހުކުރު 07:00
ކަސްޓަމްސްއިން ހިފެހެއްޓި ގަވައިދާ ހިލާފަށް އެތެރެކޮށްފައިވާ ކަމަށް ބެލެވޭ ސައިކަލުތަކެއް: 16 ސައިކަލު ހިފަހައްޓާފައިވޭ

ކަސްޓަމްސްއިން ހިފެހެއްޓި ގަވައިދާ ހިލާފަށް އެތެރެކޮށްފައިވާ ކަމަށް ބެލެވޭ ސައިކަލުތަކެއް: 16 ސައިކަލު ހިފަހައްޓާފައިވޭ

މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި އޮޅުވާލައިގެން ރާއްޖެއަށް ވަގަށް އެތެރެކުރި ވެހިކަލްތަކުގެ މައްސަލައިގައި ޓްރާންސްޕޯޓު މިނިސްޓްރީގެ ބޮޑު ރޯލެއްވާ ކަމަށް ކަސްޓަމްސް އިން ބުނެފިއެވެ.

ރައްޖެޓީވީގެ ފަލަ ސުރުހީ ޕްރޮގްރާމުގައި ވަހަކަ ދައްކަވަމުން ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފް ވިދާޅުވީ ވަގަށް ވެހިކަލްތަކެއް އެތެރެ ކުރަން އުޅުނު މައްސަލަ އަކީ 2019 ވަނަ އަހަރު ހިންގި ބޮޑު ހާދިސާއެއް ކަމަށެވެ. އަދި މި މައްސަލައިގައި ކަސްޓަމްސްގެ 2 މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައިވާ ކަމަށެވެ.

މި މައްސަލައިގެ މައުލޫމާތު ހިއްސާ ކުރައްވަމުން ޝަރީފް ވިދާޅުވީ ޓްރާންސްޕޯޓްގެ ތެރޭގައި ވަރަށް ގިނަ ގޯސް ކަންތައްތަކެއް ހިނގާ ވާހަކަ ދާދި ފަހުން ޓްރާންސްޕޯޓް މިނިސްޓަރ ނަހުލާ ވިދާޅުވެފައިވާ ކަމަށާއި، ވަގަށް ވެހިކަލް އެތެރެކުރުމުގައި ވެސް ވަރަށް ބޮޑު ރޯލެއް ޓްރާންސްޕޯޓްގެ ތެރޭގައި ހިނގާފައި އެބައޮތް ކަމަށެވެ.

ޝަރީފް ވިދާޅުވީ މި މައްސަލަ އަދިވެސް ބަލަމުން ދާ ކަމަށާއި، މައްސަލަ ބަލާ ނުނިމެނީސް ހުރިހާ މައުލޫމާތެއް ހާމަ ނުކުރެވޭނެ ކަމަށެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 22 ވަނަ ދުވަހު ރާއްޖެ ޓީވީގެ ފަށާއިރު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން، ޓްރާންސްޕޯޓް މިނިސްޓްރީ ތެރެއިން ކުރާ ބައެއް މަސައްކަތްތަކުގައި ކޮރަޕްޝަނާއި ނާޖާއިޒް ފާއިދާ ނަގަމުންދާކަމަށް ދެކެމުންދާ ވާހަކަތަކާއި ގުޅިގެން ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ ވިދާޅުވީ، އެ މިނިސްޓްރީ އަކީ ފެށުނީއްސުރެ މީހުން އިނގިލި ދިއްކުރަމުން އަދި ތުހުމަތުކުރަމުން އަންނަތަނެއް ކަމަށެވެ.

އަދި ތުހުމަތުގެ އިނގިލި ދިއްކުރަނީ އެތަނުގައި ދެރަ ކަންތައްތަކެއް [ކޮރަޕްޝަނާއި ނާޖާއިޒް ފާއިދާ ނެގުމުގެ ކަންކަން] ހިނގާފައިވާތީ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން އެކަންކަން ހައްލުކުރެވޭނެ ގޮތަށް ހާއްސަ އިސްކަމެއް ދެއްވައިގެން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ވަރަށް ގިނަ ކަންތައްތަކެއް ރަނގަޅުކުރަމުން އަންނަ ކަމަށެވެ. އަދި މިކަންކަމަކީ ކުރިންސުރެ އޮންނަ ކަންތައްތަކެއް ކަމުން، ކަންކަން ރަނގަޅުކުރުމުގައި ދަތިތަކެއް ދިމާވާ ކަމަށެވެ.

އެއް ގަރާޖެއްގައި ގިނަ ވެހިކަލް ރަޖިސްޓްރީ ކުރާ މައްސަލައަކީ ޓްރާންސްޕޯޓު އޮތޯރިޓީ ހިމެނޭ ގޮތަށް ވަރަށް ބައިވަރު މީހުން ގުޅިގެން ހިންގާ ކަމެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ހަމައެކަނި އެކަން ކުރާ އާންމު މީހާއަށް އަދަބު ދިނުމުގެ ބަދަލުގައި މުޅި މައްސަލައަށް ހައްލެއް ހޯއްދަވަން ބޭނުންފުޅުވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

05 އެޕްރީލު 2017

ރަސްދޫ ކައުންސިލް އޮފީސް ފަޅާލައި، ހާޑު ޑިސްކްތައް ވަގަށް ނަގައިފި

05 އެޕްރީލު 2017
ރަސްދޫ ކައުންސިލް އޮފީސް ފަޅާލައި، ހާޑު ޑިސްކްތައް ވަގަށް ނަގައިފި
27 ފެބުރުއަރީ 2017

ވަގަށްނަގާ ނުވަތަ ގެއްލޭ ފޯނު ޓެކްނޮލޮޖީގެ އެހީގައި ހޯދޭނެ ނިޒާމެއް ގާއިމުކޮށްފި

27 ފެބުރުއަރީ 2017
ވަގަށްނަގާ ނުވަތަ ގެއްލޭ ފޯނު ޓެކްނޮލޮޖީގެ އެހީގައި ހޯދޭނެ ނިޒާމެއް ގާއިމުކޮށްފި
07 ފެބުރުއަރީ 2017

ރިލްވާނު ވަގަށް ނެގި މައްސަލައިގެ މައުލޫމާތު ނުދިނުމުން އާއިލާ އިން ކޯޓަށް!

07 ފެބުރުއަރީ 2017
ރިލްވާނު ވަގަށް ނެގި މައްސަލައިގެ މައުލޫމާތު ނުދިނުމުން އާއިލާ އިން ކޯޓަށް!
23 ޖެނުއަރީ 2017

ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި

23 ޖެނުއަރީ 2017
ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި
17 ޖެނުއަރީ 2017

ނޯތު ހާބަރަށް ވެހިކަލް ވަންނަ ކޮންމެ ފަހަރު ފީނަގަން ނިންމައިފި

17 ޖެނުއަރީ 2017
ނޯތު ހާބަރަށް ވެހިކަލް ވަންނަ ކޮންމެ ފަހަރު ފީނަގަން ނިންމައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު