Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުފަތުރުވެރިކަން

ބޯޑަރު ބަންދު ކުރުމުން ވެސް ރާއްޖެ އިޝްތިހާރު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވިގެންދިޔަ: ތޮއްޔިބު

ރާއްޖެ އިޝްތިހާރު ކުރުމަށްޓަކައި ވަރަށް ބުރަކޮށް އެމްއެމްޕީއާރްސީގެ ޓީމް މަސައްކަތް ކުރި

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 25 ޖޫން 2020 | ބުރާސްފަތި 07:53
އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު އެންއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުމުގައި

އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު އެންއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުމުގައި

ބޯޑަރު ބަންދު ކުރުމުން ވެސް ރާއްޖެ އިޝްތިހާރު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވިގެންދިޔަ ކަމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހުގެ ރޭ ނެޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ތޮއްޔިބު ވިދާޅުވީ ބޯޑަރު ބަންދު ކުރުމާއި ހަމައަށް ވަރަށް ގިނަ މަސައްކަތްތަކެއް ފެށިގެން ކަމަށާއި ރާއްޖެ އިޝްތިހާރު ކުރުމަށްޓަކައި ވަރަށް ބުރަކޮށް އެމްއެމްޕީއާރްސީގެ ޓީމް މަސައްކަތް ކުރި ކަމަށެވެ.

ބޯޑަރު ބަންދުކުރުމާއި ގުޅިގެން ރާއްޖެއަށް ފަތުރުވެރިން އައުން ހުއްޓާލި ނަމަވެސް އެމްއެމްޕީއާރްސީގެ މުވައްޒަފުން އިތުރަށް މަސައްކަތް ކުރަން ޖެހުނުކަން ފާހަގަކުރައްވާ ތޮއްޔިބު ވިދާޅުވީ އޭރު ވެސް މިހާރު ވެސް ދިވެހިރާއްޖެ އިޝްތިހާރު ކުރުމުގެ މަސައްކަތް ހުއްޓާނުލާ ކަމަށެވެ.

އަދި ފަށާފައި ހުރި ބައެއް ކެމްޕޭން ހަރަކާތްތައް ކުރިއަށް ގެންދިޔަ ގޮތް ބަދަލުކޮށްލި ކަމަށް ވެސް ފާހަގަކުރެއްވިއެވެ.

ރާއްޖެއިން ބޭރުގައި ތިއްބެވި ފަރާތްތަކަށް ރާއްޖޭގެ މައުލޫމާތު ފޯރުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރެވުނުކަން ފާހަގަކުރައްވާ ތޮއްޔިބު ވިދާޅުވީ ރާއްޖޭގެ ހާލަތާއި ބެހޭ މައުލޫމާތު ވަރަށް ގިނަ ފަރާތްތަކުން ހޯދި ކަމަށެވެ.

ބޭރު ޤައުމުތަކުގައި ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއި ގުޅުން ބަދަހިކުރެވޭތޯ މަސައްކަތްކޮށް، އެކި ކަހަލަ ވެބިނަރތައް ވެސް ބޭއްވި ކަމަށް އެމްއެމްޕީއާރްސީއިން ވަނީ ބުނެފައެވެ.

ކޮވިޑް-19 ގެ މި ހާލަތާއި ގުޅިގެން ދުނިޔޭގެ އިޤްތިސާދަށް ބޮޑު ހީނަރުކަމެއް އައިސްފައިވާއިރު މިކަމުގެ އަސަރު ރާއްޖެއަށް އެންމެ ބޮޑަށް ކޮށްފައިވަނީ ފަތުރުވެރިކަމުގެ ދާއިރާއަށެވެ.

ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ ބޯޑަރުތައް ބަންދުކޮށްފައި އޮތް އޮތުން ނިމުމަށް ގެނެސް ޖުލައި މަހުގެ 15 ވަނަ ދުވަހު އަލުން ބޯޑަރުތައް ހުޅުވާލާނެކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރަސްމީކޮށް އިއުލާންކުރައްވާފައިވަނީ އަންގާރަ ދުވަހުއެވެ. ބޯޑަރު ހުޅުވާލާނީ ހުރިހާ ގައުމުތަކަށް ކަމަށާއި، އެއްވެސް ގައުމެއް އިސްތިސްނާ ނުކޮށް ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

މުޅި އަހަރުގެ ތެރޭގައި 8 ލައްކަ ފަތުރުވެރިން ޒިޔާރަތްކުރާނެ ކަމަށް ސަރުކާރުން އަންދާޒާ ކޮށްފައިވާއިރު، އެ އަމާޒަށް ވާސިލުވާން ނިއު ނޯމަލްގެ ތެރޭގައި ރާއްޖެއަށް ފަސް ލައްކަ ފަތުރުވެރިން ޒިޔާރަތްކުރަން ޖެހެއެވެ.

އިތުރަށް ކިޔާލަން

15 މާރިޗު 2017

މޮސްކޯ އިންޓަރނޭޝަނަލް އެގްޒިބިޝަންގައި ރާއްޖެއިން ބައިވެރިވެއްޖެ

15 މާރިޗު 2017
މޮސްކޯ އިންޓަރނޭޝަނަލް އެގްޒިބިޝަންގައި ރާއްޖެއިން ބައިވެރިވެއްޖެ
13 މާރިޗު 2017

ފެބްރުއަރީ މަހު ރާއްޖެއަށް އިމްޕޯޓްކުރި މިންވަރު 29 ޕަސެންޓް އިތުރުވެއްޖެ

13 މާރިޗު 2017
ފެބްރުއަރީ މަހު ރާއްޖެއަށް އިމްޕޯޓްކުރި މިންވަރު 29 ޕަސެންޓް އިތުރުވެއްޖެ
06 މާރިޗު 2017

ޗައިނާއާ ރާއްޖެއާ ދެމެދު ސޮއި ކުރުމަށް ހަމަޖެހިފައިވާ ފްރީޓްރޭޑް އެގްރިމެންޓްގެ މަޝްވަރާތައް ނިމެނީ

06 މާރިޗު 2017
ޗައިނާއާ ރާއްޖެއާ ދެމެދު ސޮއި ކުރުމަށް ހަމަޖެހިފައިވާ ފްރީޓްރޭޑް އެގްރިމެންޓްގެ މަޝްވަރާތައް ނިމެނީ
21 ފެބުރުއަރީ 2017

ވަން ވާރލްޑް ޓްރެވެލް މާޓު 2017 ގައި ރާއްޖެއިން ބައިވެރިވެއްޖެ

21 ފެބުރުއަރީ 2017
ވަން ވާރލްޑް ޓްރެވެލް މާޓު 2017 ގައި ރާއްޖެއިން ބައިވެރިވެއްޖެ
20 ފެބުރުއަރީ 2017

ރާއްޖެއިން އެކްސްޕޯޓު ކުރި މިންވަރު 137 ޕަސެންޓް އިތުރުވެއްޖެ

20 ފެބުރުއަރީ 2017
ރާއްޖެއިން އެކްސްޕޯޓު ކުރި މިންވަރު 137  ޕަސެންޓް އިތުރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު